އެމް.ފީ މަގާމުން ދުރުކުރުމުން އެނގިގެންދަނީ ޔޫކޭގައި އުޅޭ އިޒުރޭލު މީހުންނަށް ފާޑުކިޔުމުގެ ނުރައްކާތެރިކަން

news uk

އިޒުރޭލު އޮފިސަރުން ޔޫ އެސްގެ ފުލުސް އޮފިސަރުން ތަމްރީނު ކުރުމާއިބެހޭ ތަފްސީލު އެކުލެވޭ އާޓިކަލެއް ހިއްސާކުރުމާއިގުޅިގެން ޝެޑޯ އެޑިއުކޭޝަން ސެކެއްޓަރީއެއްގެ މަގާމުގައި ހުންނެވި ރެބެކާ ލޯންގް-ބެއިލީ، އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފިއެވެ. އިޒްރޭލަށް ފާޑުކިޔާފައިވާ އާޓިކަލެއް ހިއްސާކޮށްގެން އެމް.ޕީއަކު އޭނާގެ މަގާމުގެ މަސްއޫލިއްޔަތުން ދުރުކުރުމުން، ޔޫކޭގެ އިދިކޮޅު ލޭބާ ޕާޓީގައިހިމެނޭ ްވާތުފިޔާގެ މެންބަރުންވަނީ ނުރުހުން ފާޅުކޮށްފައެވެ.  އެޕާޓިގައި ހިމެނޭ ވާތުފިޔާގެ އިސްމެންބަރެއް ކަމަށްވާ ރެބެކާ ލޯންގް-ބެއިލީ  ޝެޑޯ އެޑިއުކޭޝަން ސެކެއްޓަރީއެއްގެ މަގާމުން ދުރުކުރީ ފިލްމީތަރި މެކްޒިން ޕީކޭ […]

އެންމެ ފާހަގަކޮށްލެވޭ 100 ވިޔަފާރި މަރުކަޒު (އިކޯސިސްޓަމް) ލިސްޓުގެ 16 ވަނައިގައި އިސްތަންބޫލް ހިމެނިއްޖެ

Maldives News

ތުރުކީގެ ޓެކްނޮލޮޖީ އެންޑް އިންޑަސްޓްރީ މިނިސްޓަރ ބުރާސްފަތި ދުވަހު އިޢުލާން ކުރެއްވިގޮތުގައި، އަލަށްފަށާ ވިޔަފާރިތައް ކުރިއަރައިގެންދާ ތަންތަނުގެތެރެއިން އެންމެ ފާހަގަކޮށްލެވޭ 100 ތަނުގެ (އިކޯސިސްޓަމްގެ) ލިސްޓުގެ އެންމެމަތީ 20 ތަނުގެ ތެރޭގައި އިސްތަންބޫލްގެ މެޓްރޯޕޮލިސް ހިމެނިއްޖެއެވެ. ޔޫއެސްގައި ހުންނަ ގްލޯބަލް އޮންޓޮޕްރިނިއަރޝިޕް ރިސަރޗް އިންސްޓިޓިއުޝަން ސްޓާޓްއަޕް ޖެނޯމް އިން ނެރުނު އާ ރިޕޯޓަކާއި ހަވާލާދީ މުސްތަފާ ވަރަންކު ޓްވީޓު ކުރައްވާފައިވަނީ ތުރުކީ އިގްތިސާދީ މައިރަށް އިސްތަންބޫލް އޮތީ އެ ލިސްޓުގެ 16 ވަނައިގައި ކަމަށެވެ. މިއީ ދުބާއީ، […]

ކައިވެނިކުރަންއުޅޭ މީހާ، އެހެން މީހަކަށް ގޯނާކުރިކަމުގެ ރިކޯޑެއް އޮތްތޯ ބެލުމުގެ ފުރުޞަތު ޗައިނާގެ ސިޓީއެއްގެ ރައްވެހިންނަށް ދެނީ

news

ކައިވެނިކޮށްގެންއުޅޭ ޗައިނާއަށް ނިސަބަތްވާ މީހުންނަށް، އެމީހެއްގެ ފިރިމީހާ ނުވަތަ އަނބިމީހާއަކީ ގެވެށިއަނިޔާއާއިގުޅޭ ރިކޯޑެއް އޮންނަ މީހެއްތޯ ޑާޓާބޭސްއަކުން ވަރަށް އަވަހަށް ބެލޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.  ރިޕޯޓްތައް ބުނާގޮތުން، ކޮވިޑް-19ގެ ސަބަބުން ފުރަބަންދު ވުމާއެކު، ގެވެށި ްއަނިޔާގެ ހާދިސާތައް ރިޕޯޓުކުރި ޢަދަދު މާބޮޑަށް މަތިވުމާއި ގުޅިގެން، އިރުމަތީ ޗައިނާގައި އޮންނަ ޔިވޫ ނަމަކަށްކިޔާ ސިޓީއަކުންވަނީ މިފަދަ މައުލޫމާތު ލިބޭނެ ޑާޓާބޭސްއެއް އުފެއްދުމުގެ ހުވަފެން ދެކެން ފަށާފައެވެ.  ދި ގާޑިއަން ނޫހުން ރިޕޯޓުކުރި ގޮތުގައި، މި ޕްރޮގްރާމުގެ އަޖުމަބެލުމަށް ޖުލައި […]

ރާއްޖޭގެ އެންމެ ބާރަށް ކުރިއަރަމުންދާ އޮންލައިން ވިޔަފާރި.

maldives news

ރާއްޖޭގައި ނަޒާކީ އޮންލައިން ކިޔާ މުޅިންއާ އޮންލައިން ވިޔަފާރިއެއް ވަރަށް ބާރަށް ކުރިއަރަމުންދެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ވިޔަފާރިކުރުމަށް ބޭނުންވެފައިވާ ފަރާތްތަކަށް ކުރިމަތިވެފައިވާ އުދަގޫތައް މި ވިޔަފާރީގެ ސަބަބުން ހައްލުވެގެންދާނެއެވެ. މިވިޔަފާރި ހިންގާފަރާތުގެ އަމިއްލަ ގުދަނެއް މެލޭޝިއާގައި ހުރެއެވެ. މިގުދަނަކީ 4000 އަކަފޫޓުގެ ގުދަނެކެވެ. މިވިޔަފާރި ހިންގާފަރާތުން ދިވެހިންނަށް ހުށަހަޅަނީ މެލޭޝިއާގެ ފިހާރަތަކުން ބޭނުން އެއްޗެއްގަނެ، އެމީހުންގެ ގުދަނުގައި މުޅިން ހިލޭ ގުދަންކޮށް ބެހެެއްޓުމުގެ ފުރުސަތެވެ. އަދި 7 ދުވަހާއި 10 ދުވަހާއި ދެމެދުގެ މުއްދަތެއްގައި ރާއްޖެ […]

ކަޝްމީރާއި ފަލަސްތީނާއި މެދު ގުޅިފައިވާ ނިންމުމެއް ނިންމަން ޕާކިސްތާނުން ބޭނުންވެއްޖެ.

World News

ދިގު ދެމިގެންގޮސްފައިވާ ކަޝްމީރާއި ފަލަސްތީނުގެ މައްސަލައާއިމެދު ގުޅިފައިވާ ނިންމުމެއް ބަލައިގަންނަން މުސްލިމު އުއްމަތަށް  ޕާކިސްތާނުން އަންގާރަދުވަހު ގޮވާލައިފިއެވެ. އިސްލާމް އާބާދުގައި ބޭއްވި ބައިނަލް އަގުވާމީ ވެބިނަރ އެއްގައި ވާހަކަފުޅު ދައްކަވަމުން، ހިއުމަން ރައިޓްސް މިނިސްޓަރ ޝީރީން މަޒާރީ، މުސްލިމް އުއްމަތުގެ ކިބައިން އެދިވަޑައިގަތީ ހުޅަނގަށް ބަރޯސާވުން ދޫކޮށް، އިހްތިރާމް ލިބިގެންވާ ބައިނަލްއަގުވާމީ ބާރަކަށް ވުމަށްޓަކައި، ކަޝްމީރާއި ފަލަސްތީނުގެ މައްސަލަ ފަދަ ނާޒުކު މައްސަލަތަކާމެދު ގުޅިފައިވާ ނިންމުމެއް ނިންމައި، އެގޮތަށް އަމަލު ކުރުމަށެވެ. އިންޑިއާގެ މުސްލިމުންނާއިމެދު އިންޑިއާ ސަރުކާރުން […]

ބަލިމަޑު ކަމުގެ ހާލަތުގައި އިންތިޚާބު ބާއްވަން ސިންގަޕޫރުން ގޮވާލައިފި

World News

ކޮރޯނާ ވައިރަސްގެ ބަލިމަޑުކަން ގައުމަށް ފެތުރި 42،000 މީހުންނަށް ބަލިޖެހިފައިވީނަމަވެސް، ޢާންމު އިންތިޚާބު ބާއްވާނެކަން ސިންގަޕޫރުގެ ބޮޑުވަޒީރުވަނީ އަންގާރަ ދުވަހު އިޢުލާން ކުރައްވާފައެވެ.  ޓީވީ މެދުވެރިކޮށް ގައުމާ މުޚާޠަބު ކުރައްވަމުން ލީ ހުސިއެން ލޫންގް ވިދާޅުވީ ޖުލައި 10ގައި ވޯޓުލުން އޮންނާނެ ކަމަށެވެ.  އިންތިޚާބު ބާއްވާނެކަމަށް އާންމުކޮށް އިއުލާން ކޮށްފައި މިވަނީ، ވިޔަފާރީގެ ހަބެއްގެ ގޮތުގައި ބެލެވޭ ސިޓީއަށް ކޮރޯނާ ވައިރަސްގެ ބަލިމަޑުކަމުގެ ނޭދެވޭ އަސަރު ވަރަށްބޮޑަށް ކޮށްފައިވާ ދަނޑިވަޅެއްގައެވެ. އިންތިޚާބު ބޭއްވުމަށް ލީ ހުށަހެޅުއްވުމުން، ސިންގަޕޫރުގެ […]

ކޮވިޑު – 19 ގެ ސަބަބުން ޙައްޖަށް ދިއުމަށް ހުރަސްތަކެއް

hajj news

ދުނިޔޭގެ ގިނަ ގައުމުތަކުގައި ކޮވިޑް-19 އިތުރަށް ފެތުރެމުންދާއިރު، މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ހަމައެކަނި ބައިވެރިވެވޭނީ ސައުދީ އަރައްބިޔާގައި ދިރިއުޅޭ މުސްލިމުންނަށް ކަމަށް ސައުދީ ސަރުކާރުންވަނީ އިއުލާންކޮށްފައެވެ.   އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސައުދީ ޙައްޖު މިނިސްޓަރ، މުޙައްމަދު ބެންތެން ވިދާޅުވެފައިވަނީ، އާންމުގޮތެއްގައި އެވްރެޖްކޮށް 2.5 މިލިއަން މީހުން ކޮންމެ އަހަރަކު ހައްޖަށް އަންނަކަމަށެވެ. އެހެންނަމަވެސް މިއަހަރު ޙައްޖުކުރުމަށް މައްކާއާއި މަދީނާގެ ހުރުމަތްތެރިވެގެންވާ ތަންތަނަށް ދިއުމުގެ ހުއްދަ ދެވޭ މީހުންގެ އަދަދު ހާހުން ގުނާލެވޭ މިންވަރެއްގައި  ހިފެހެއްޓޭނެކަމަށް ވިދާޅުވިއެވެ.   […]

އެނޮނީމަސްގެ ”ލިޓްލް ބްލެކް ބުކް“ ގެ ލީކު: ޖެފްރޭ އެޕްސްޓައިން އަކީ ކާކުބާ؟

Maldives News

ޖޯޖް ފްލޮއިޑް ގެ މަރާ ގުޅިގެން އެނޮނީމަސް ނަމަކަށް ކިޔާ އެކްޓިވިސްޓުން ތަކެއް ”ލިޓްލް ބްލެކް ބުކް އޮފް ޖެފްރޭ އެޕްސްޓައިން“ ގެ ނަމުގައި ލިޔުމެއް ނެރެފައިވޭ. މި ލިޔުމުގައި ހިމެނެނީ ޖިންސީ ކުށްވެރިއަށް ކަމަށް ތުހުމަތުކުރެވިފައިވާ ޖެފްރޭ އެޕްސްޓައިންއާ ގުޅުން ހުރި މަޝްހޫރު މީހުންގެ ލިސްޓެކެވެ. މި ދިޔަ އާދީއްތަ ދުވަހު، އެނޮނީމަސްގެ ނަމުން މަޝްހޫރު ވެފައިވާ ސައިބާ އެކްޓިވިސްޓުންތަކެއް، 3 އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު ޖެފްރޭ އެޕްސްޓައިން އާ ގުޅުން ހުރި ދުނިޔޭގެ […]

ސައޫދީގެ ސަރުކާގެ އަމާޒެއް ކަމަށް ބުނެ ރައްކާތެރިވުމަށް، ސައޫދީގެ ސަރުކާރާ އިދިކޮޅު ފަރާތަކަށް ކެނެޑާގެ ފުލުހަކު އިންޒާރުކޮށްފި

Maldives News

މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ އާއި ގާތް ބޭފުޅެއް ކަމަށްވާ ޢުމަރު ޢަބްދުލް ޢަޒީޒަށް ސަޢޫދީ އަރަބިއްޔާއިން އިންޒާރު ދީފައިވާ ކަމަށް އެ ބޭފުޅާ ވިދާޅު ވެއްޖެއެވެ. ޢުމަރު ޢަބްދުލް ޢަޒީޒަކީ ބްލޮގަރ އެއްގެ އިތުރުން އެކްޓިވިސްޓެކެވެ. ޢުމަރު ޢަބްދުލް ޢަޒީު އުޅުއްވަނީ ކެނެޑާގައެވެ. ޢުމަރު ޢަބްދުލް ޢަޒީޒަކީ ސަޢޫދީ އަރަބިޔާ ސަރުކާރުން ފަތުރާ ޕްރޮޕަގެންޑާއާއި ދެކޮޅަން ކެމްޕޭން ކުރައްވާ ބޭފުޅެކެވެ. އަމިއްލައަށް އަރުވާލެވިގެން ކެނެޑާގައި ދިރިއުޅުއްވަމުންދާ ސައޫދީގެ ސަރުކާރާ އިދިކޮޅު މަޝްހޫރު ފަރާތެއް ވިދާޅުވިގޮތުގައި ކެނެޑާގެ […]

ޔޫރަޕްއިން ޝެންގެން ސަރަހައްދު ޖޫން މަހުގެފަހުކޮޅު އަލުން ހުޅުވާލުމަށް ވިސްނުން

Maldives News

ކޮރޯނާ ވައިރަސް ފެތުރުން ކޮންޓްރޯލު ވާނޭކަމަށް އުންމީދުކޮށް، ޔޫރަޕުގެ ދެތިން ގައުމަކުން ދަރުރުފަތުރު ކުރުމުގައި ލުއިތަކެއް ދިނުމަށް ފައްޓާފައި ވާއިރު، ޔޫރަޕިއެން ޔޫނިއަންގެ އޮފިޝަލުން ދަނީ ޖޫން މަސް ނިމޭ ހިސާބުގައި 26 ގައުމުގެ ޝެންގެން ޓްރެވެލް ޒޯން އެއްކޮށް ހުޅުވާލެވޭނެ ކަމަށް އުންމީދު ކުރަމުންނެވެ. ”އަހަރެން ގަބޫލު ކުރާ ގޮތުގައި އެންމެ ލަސް ވެގެން ޖޫން މަސް ނިމޭ ހިސާބުގައި ޝެންގެން ސަރަހައްދު އެއްކޮށް ހުޅުވި، ރައްޔިތުންނަށް މިނިވަންކަމާއެކު ދަތުރު ފަތުރު ކުރެވޭނެ އެވެ.“ އެސޯސިއޭޓެޑް […]