ރާއްޖޭގެ އެންމެ ބާރަށް ކުރިއަރަމުންދާ އޮންލައިން ވިޔަފާރި.

Loading

Facebook
Twitter
WhatsApp
maldives news

ރާއްޖޭގައި ނަޒާކީ އޮންލައިން ކިޔާ މުޅިންއާ އޮންލައިން ވިޔަފާރިއެއް ވަރަށް ބާރަށް ކުރިއަރަމުންދެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ވިޔަފާރިކުރުމަށް ބޭނުންވެފައިވާ ފަރާތްތަކަށް ކުރިމަތިވެފައިވާ އުދަގޫތައް މި ވިޔަފާރީގެ ސަބަބުން ހައްލުވެގެންދާނެއެވެ. މިވިޔަފާރި ހިންގާފަރާތުގެ އަމިއްލަ ގުދަނެއް މެލޭޝިއާގައި ހުރެއެވެ. މިގުދަނަކީ 4000 އަކަފޫޓުގެ ގުދަނެކެވެ. މިވިޔަފާރި ހިންގާފަރާތުން ދިވެހިންނަށް ހުށަހަޅަނީ މެލޭޝިއާގެ ފިހާރަތަކުން ބޭނުން އެއްޗެއްގަނެ، އެމީހުންގެ ގުދަނުގައި މުޅިން ހިލޭ ގުދަންކޮށް ބެހެެއްޓުމުގެ ފުރުސަތެވެ. އަދި 7 ދުވަހާއި 10 ދުވަހާއި ދެމެދުގެ މުއްދަތެއްގައި ރާއްޖެ ފޮނުވައިދިނުމުގެ ޚިދުމަތެވެ.

މެލޭޝިއާގެ ސަތޭކައަށްވުރެ ގިނަ ސަޕްލައަރުންގެ ފަރާތުން 10،000 އަށްވުރެ ގިނަ ވައްތަރުގެ މުދާ، މި އޮންލައިން ފިހާރަ (online.nazaki.com ) އިން ލިބެން ހުރެއެވެ. މި އޮންލައިން ފިހާރައިން ވިއްކާ މުދާތަކުގެ ތެރެއިން އެންމެ ގިނަ މީހުންގެ މަގުބޫލުކަން ލިބިފައިވާ މުދަލަކީ  IKEA ބްރޭންޑުގެ ފަރުނީޗަރާއި ގޭގައި ހިފާގެންގުޅޭ ތަކެއްޗެވެ.  IKEA އަކީ ދުނިޔޭގެ ގިނަފަރާތްތަކުގެ އިތުބާރު ލިބިފައިވާ، ގިނަދުވަހަށް ހަލާކުނުވެ ހުންނަ ގެދޮރުގެ ފަރުނީޗަރު ބްރޭންޑެކެވެ. މި ބްރޭންޑުގެ ފަރުނީޗަރުގެ ތެރެއިން ބައެއް ފަރުނީޗަރަށް 10 އަހަރުގެ ގެރެންޓީއެއް އޮވެއެވެ.

https://www.youtube.com/watch?v=rl7VqQb6WhY

މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ހުނަން ނަޒާކީ އޮންލައިން ފިހާރައިގެ އޮފީހުން ވިދާޅުވާގޮތުގައި، އެފަރާތުން ވިއްކާ މުދަލުގެ މިންވަރު މިހާރަށްވުރެވެސް އިތުރުކުރުމަށްވަނީ ރާވާފައެވެ. މިކަމުގެ ބޭނުމަކީ މެލޭޝިއާއިން ލިބެންހުންނަ ކޮންމެ މުދަލެއް ކަސްޓަމަރުންނަށް ގަނެދީ، ކަސްޓަމަރުންގެ ގެއަށް ފޮނުވާދިނުމެވެ.  މިވަގުތު  ނަޒާކީ އޮންލައިން ލޮޖިސްޓިކުން މާލެއާއި ހުޅުމާލޭގެ ގޭގެއަށް މުދާ ގެންގޮސްދިނުމުގެ ޚިދުމަތް ދެމުންގެންދާއިރު، ކަސްޓަމަރުން އެދިވަޑައިގަތުމުން އަތޮޅުތަކަށްދާ ބޯޓުތަކަށް މުދާއެރުވުމުގެ ޚިދުމަތްވެސް ދަނީ ފޯރުކޮށްދެމުންނެވެ.

މެލޭޝިއާގައި ހުންނަ އޮފީހުގައި މަސައްކަތްކުރާ ޓީމުން ކަސްޓަމަރުންނަށް ބޭނުންވާ ހުރިހާ ޚިދުމަތެއް ފޯރުކޮށްދެއެވެ. އެގޮތުން ކަސްޓަމަރުން ފޮނުވާ އޯޑަރުތަކަށް މުދާ ގަތުމާއި، މެލޭޝިއާގެ ގުދަނަށް މުދާގެނެސް މުދާ ގުދަންކުރުމާއި، މުދާ ފޮނުވުމަށް ބޭނުންވާ ލިޔެކިޔުން ތައްޔާރުކުރުމާއި، މުދާ މާލެއަށް ފުނުވާލެވި، ކަސްޓަމަރުންނަށް މުދާ ފޯރުކޮށްދެވެންދެން މުދަލަށް ވާނުވާ ބެލެހެއްޓުން ހިމެނެއެވެ. ކަސްޓަމުން މުދާތައް ދޫކުރުމުން، ކޮންމެ ކަސްޓަމަރަކަށް މުދާ ހަވާލުކޮށްދިނުމުގެ ކަންކަން މާލޭ އޮފީހުން ހަމަޖައްސަމުންދާނެއެވެ. 

ނަޒާކީ އޮންލައިން އިން އުއްމީދުކުރަނީ، މުދާ ފޯރުކޮށްދިނުމުގެ ޚިދުމަތްތައް މިހާރަށްވުރެ ފުޅާކޮށް، ރާއްޖޭގެ ބޮޑެތި ހުރިހާރަށެއްގެ ގޭގެއަށް މުދާ ފޮނުވުމުގެ ޚިދުމަތް ދިނުމަށެވެ.

އެސިސްޓެންޓް މެނޭޖަރ މިސްޓްރ ތޯމަސް ވިދާޅުވީ، “ އީ ކޮމާސްގެ ނަޒަރުން ވިސްނާއިރު، އަޅުގަނޑުމެން އަމާޒަކީ އެންމެނަށް ޚިދުމަތްދިނުން.  އަޅުގަނޑުމެންގެ ކަސްޓަމަރުން ހިތްހަމަޖެއްސުމަށްޓަކައި، އަޅުގަނޑުމެންގެ ވިޔަފާރި އިތުރަށް ރަގަނޅުކޮށް އިތުރަށް ފުޅާކުރާނެ ގޮތްތަކަށް ވިސްނަންޖެހޭ.  ކަސްޓަމަރުން ދެކޭގޮތުގައި ކަސްޓަމަރުންނަށް ރަގަޅު ޚިދުމަތެއްދިނުމަށް ވިޔަފާރި ފުޅާކުރެވޭނީ ކިހިނެތްކަން، އެފަރާތްކަތުން ބުނެދިނުމަކީ އަޅުގަނޑުމެން މަރުހަބާ ކިޔާކަމެއް. ކަސްޓަމަރުންގެ ފަރާތުން ކޮންމެ ހަފްތާއަކު ލިބޭ ފީޑްބެކް، ކޮންމެ ދުވަހަކު ހެނދުނު އޮންނަ ބައްދަލުވުމުގައި މަޝްވަރާކޮށް، އެ ފީޑްބެކްތަކާއި އެއްގޮތަށް ކަންކަން ރަނގަޅު ކުރާނެ ދާއިރާތައް ފާހަގަކޮށް، ކުރިއަށް އޮތް ދުވަސްތަކުގައި އެކަންކަން ތަންފީޒުކުރާނެ ގޮތްތައް ކަނޑައެޅޭ.  އަޅުގަނޑުމެން މިދަނީ މާލޭގެ ޓީމާއެއްކޮށްވެސް ވަރަށް ގާތުން މަސައްކަތް ކުރަމުން.  ސަބަބަކީ މިއީ ނަޒާކީ އޮންލައިން އިން ވިޔަފާރިކުރާ އެންމެހާ ފަރާތްތަކަށް ލިބިގެންދާ ވިޔަފާރިކުރުމުގެ ތަޖުރިބާ އަބަދުވެސް އިތުރަށް ރަގަނޅު ކުރުމަށް ގުޅިގެން ކުރެވޭ މަސައްކަތެއް“.

https://www.youtube.com/watch?v=FbiFo7MEq68

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް