އިންޑިއާއިން ދިން ރައްދަކީ މާކުރިން ރާވައިގެން ދިން ތަދުބީރީ ހަމަލާއެއް!
ދިވެހި ސިޔާސީ ބައެއް ފަރާތްތަކުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ހަޖޫކިޔައި މީސްމީޑިއާގައި ވާހަކަ ދައްކާފައިވާކަމަށް ބުނެ އިންޑިއާގެ މީސްމީޑިއާ އެކައުންޓުތަކުން ދިވެހިރާއްޖެއަށް ދެމުންގެންދާ ވާޗުއަލް ހަމަލާތައް ގިނަ ބައެއްގެ ސަމާލުކަމަށްވާނީ އައިސްފައެވެ. އެހެންނަމަވެސް، އިންޑިއާގެ އެންޓި-މޯލްޑިވްސް ޕީއާރް ކެމްޕޭނު ކުރިއަށް ގެންގޮސްފައިވާގޮތުގެ ފުރިހަމަކަމުން، މިއީ މާކުރިން ރޭވިގެން ނުހަނު ވިސްނުންތެރިކަމާއެކު ކުރިއަށްގެންދެވޭ މަސައްކަތެއްކަން ގިނަ ދިވެހީންނަށް އަންދާޒާ ނުކުރެވިދާނެއެވެ. ހަގީގަތަކީ، މިއީ ދެގައުމުގެ ޑިޕްލޮމަސީއަށްވުރެ ބޮޑު މައްސަލައެއްކަމެވެ. މައްސަލަ ފެށޭ ހިސާބަކީ، ބޮޑުވަޒީރު މޯދީއާއި އިންޑިއާ […]
އިންޑިއާ ބޮޑުވަޒީރު މޯދީ ޕީއެންޖީއަށް ވަޑައިގެންފި
އިންޑިއާ ބޮޑުވަޒީރު، ނަރެންދްރަ މޯދީ، ޕަޕުއާ ނިއު ގިނީ (ޕީއެންޖީ) އަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުން އޭނާއަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ. އެމެރިކާއަށް ދިމާވެފައިވާ ޚާރިޖީ ދަރަނީގެ މައްސަލަ ބޮޑުވުމާއި ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑެން އެހެން ގައުމުތަކަށް ކުރަން ހަމަޖެހިފައިވާ ދަތުރުފުޅުތައް މެދުކަނޑާލާފައިވާއިރު، ބައިޑެން ޕީއެންޖީއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ވެސް ވަނީ ކެންސަލްކުރައްވާފައެވެ. އެމެރިކާއިން ތައްޔާރުވަމުންދަނީ ދުނިޔޭގެ މައިދާނުގައި މިހާރު އަތްގަދަ ކުރަމުން އަންނަ ޗައިނާގެ ބާރު ކަނޑުވައިލުމަށް އަސްކަރީ ބާރު […]
ސަޢޫދީގެ ”އައު މެދު އިރުމަތި“ ސިޔާސަތުގެ ސަބަބުން އިސްރާއީލު ބާކީވެއްޖެ
”އައު މެދު އިރުމަތި“ ގެ ނަމުގައި ސަޢޫދީ ޢަރަބިއްޔާއިން އިސްނަގައިގެން އެކުލަވައިލި އައު ސިޔާސަތުގެ ދަށުން އެހެން ގައުމުތަކުން ބައިވެރިވެގެން އުފައްދާ ކޯލިޝަންތަކުން އެ ގައުމުގެ ނިންމުންތަކަށް ބާރުނުފޯރުވޭނެއެވެ. ސަރަހައްދީ ކަންކަމަށް އަސަރުކުރާނޭ ސިޔާސަތުތައް އެކުލަވައިލާ، ހިންގާނެ ގޮތް ނިންމައި، ކުރިއަށް ގެންދާނީ ސަޢޫދީ އަރަބިއްޔާއިން އަމިއްލައަށް ކަމަށް އެ ގައުމުން ވަނީ ހާމަކޮށްފައެވެ. އިރާނާއެކު ދެމެދު އޮތް ގުޅުންތައް އަލުން އިޔާދަކުރުމުގެ ކުރިން ވެސް، ސަޢޫދީ ޢަރަބިއްޔާއިންވަނީ ތުރުކީއާއި ޤަތަރާއިއެކު އޮތް ގުޅުން ވަރުގަދަކުރުމަށް މަސައްކަތް […]
ރަޝިއާގެ ވަގްނާ ގްރޫޕުން ބަޚްމޫތު ހިފާފައިވާކަމަށް ބުނެފި
ރަޝިއާގެ އަމިއްލަ އަސްކަރީ ޖަމިއްޔާއެއްކަމަށްވާ ވަގްނާ ގްރޫޕުން އެތައް މަހެއްގެ ތަޅާފޮޅުމާއި ހަނގުރާމައަށްފަހު އިރުމަތީ ޔޫކްރޭނުގެ ބަޚްމޫތު ސިޓީ ހިފާފައިވާ ކަމަށް އެ ޖަމިއްޔާގެ ޗީފް ޔެވްގެނީ ޕްރިގޯޖިން ހޮނިހިރު ދުވަހު ބުނެފިއެވެ. ”ބަޚްމޫތް ހިފުމުގެ މަސައްކަތް 224 ދުވަހަށް ދެމިގެންދިޔަ.“ ކާމިޔާބީ ފާހަގަކޮށް ޓެލެގްރާމުން ފޮނުވި ވީޑިއޯއެއްގައި ވާހަކަދައްކަމުން ޕްރިގޯޖިން ބުނާއަޑު އިވެއެވެ. ސޯވިއެޓް ރަޝިއާއިން ބަޚްމޫތުއަށް ކިޔާއުޅޭ ނަން ބޭނުންކޮށް، ކްރެމްލިން އާއި ހަވާލާދީ ރަޝިއާގެ ސްޓޭޓް ނިއުސް އޭޖެންސީ، ޓީއޭއެސްއެސް އިން ރިޕޯޓުކޮށްފައިވަނީ، […]
ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި ކުރެވިދާނެ 10 ކަމެއް!
ނަފްސާނީ ދުޅަހެޔޮކަމާއި ބެހޭގޮތުން ކަންބޮޑުވާނަމަ ކުރަން އެންމެ ރަނގަޅުކަމަކީ ނަފްސާނީ ބަލީގެ ތަޖުރިބާކާރެއްގެ އެހީ ހޯދުން ކަމުގައިވީ ނަމަވެސް، ނުދަންނަ ފަރާތަކާއި ވާހަކަދެއްކުމަކީ އެންމެ ފަސޭހަކަމެއްކަމުގައި ނުވެދާނެއެވެ. އެހެންކަމުން، ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަން ތިރީގައި އެވަނީއެވެ. ކަސްރަތުކުރުމާއި، ކެއުމާއި، ނިންޖަށް ސަމާލުވުން ތިމާގެ ޚިޔާލުތަކާއި އިޙްސާސްތަކަކީ ނަފްސާނީ ދުޅަހެޔޮކަމުގެ އަސާސްކަމުގައި ހީކުރުމަކީ ކުށްހީއެކެވެ. ނަފްސާނީ ދުޅަހެޔޮކަމާއި، ހަށިގަނޑުގެ ދުޅަހެޔޮކަމަކީ ގުޅި ލާމެހިފައިވާ ދެކަމެވެ. މިގޮތުން، ކަސްރަތުކުރުމުން މީހާގެ ”މޫޑް“ ނުވަތަ އެވަގުތަކު ހުންނަ […]
އޮބާމާ ހިމެނޭ ގޮތަށް އެމެރިކާގެ 500 ރައްޔިތަކަށް ރަޝިއާއަށް ވަނުން މަނާކޮށްފި
އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ހިމެނޭ ގޮތަށް އެމެރިކާގެ 500 ރައްޔިތަކަށް ރަޝިއާއަށް ވަނުން އެ ގައުމުގެ ސަރުކާރުން މަނާކޮށްފިއެވެ. ރަޝިއާ ސަރުކާރުން ހުކުރު ދުވަހު ހާމަކޮށްފައިވާ ގޮތުގައި، އޮބާމާ ހިމެނޭ ގޮތަށް އެމެރިކާގެ 500 ރައްޔިތުންނަށް ރަޝިއާއަށް އެތެރެނުވެވޭ ގޮތަށް މިހާރު ވަނީ މަނާކޮށްފައެވެ. އެ ގައުމުގެ މި ނިންމުމަކީ ވޮޝިންގްޓަނުން ނެރުނު އަމުރުތަކާއި ގުޅިގެން ނެރެފައިވާ އަމުރެއްކަމަށް ރަޝިއާ ސަރުކާރުން ބުނެފައިވެއެވެ. ”ރަޝިއާ ސަރުކާރާ ދެކޮޅަށް ބައިޑެން ސަރުކާރުން ނެރުނު އަމުރުތަކާ ގުޅިގެން […]
އިޓަލީ: 6 މަހުގެ ވާރޭ 36 ގަޑިއިރުގެ ތެރޭގައި!
މިދިޔަ ހުކުރު ދުވަހު އިޓަލީއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބައިނަލްއަގުވާމީ އެހީތެރިކަން ދީފައިވާއިރު، މި ކާރިސާ ސިފަކޮށްފައިވަނީ ފާއިތުވި ގަރުނުގައި އިޓަލީއިން ދުށް އެންމެ ބޮޑު ފެންބޮޑުވުމުގެ ކާރިސާގެ ގޮތުގައެވެ. މި ކާރިސާއާއި ގުޅިގެން 14 މީހުން މަރުވެފައިވާއިރު، ފެންވަދެފައިވާ ގެތަކާއި އިވެކިއުއޭޝަން ސެންޓަރުތަކުގައި އެތައް ހާސް ބަޔަކު ތާށިވެފައިވެއެވެ. ފެންބޮޑުވެފައިވާ ސަރަހައްދުގައި ހުރި ގެތަކުން މިހާތަނަށް 15،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ވަނީ ބަދަލުކޮށްފައެވެ.
އިމްރާނުގެ ސަޕޯޓަރުންނަށް ހުކުމް އިއްވުމަށް ތައްޔާރުވުމުން ކަންބޮޑުވުން ފާޅުކޮށްފި
އާންމު ރައްޔިތުންގެ މައްޗަށް އަސްކަރީ ޤާނޫނުގެ ދަށުން ހުކުމް އިއްވުމަށް ޕާކިސްތާނުން ތައްޔާރުވަމުންދާތީ އިންސާނީ ހައްޤުތަކަށް ގޮވައިލާ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެޖަމިއްޔާތަކުން ބުނެފައިވާގޮތުގައި ގާނޫނުގައި ބަޔާންވެގެންވާ އިޖުރާއަތު ފުރިހަމަވެގެން ދިޔުމުގެ ހައްޤުން އެމީހުން މަހުރޫމްވެގެން ދާނެއެވެ. ޕާކިސްތާނުގައި ހިނގައިދިޔަ ސިޔާސީ ހަމަނުޖެހުމުގައި 10 މީހުން މަރުވެފައިވާއިރު، އެތައް ބަޔަކުވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކުރެވުނު ފަރާތްތަކުގެ ތެރޭގައި ޕާކިސްތާން ތެހެރީކޭ އިންސާފް (ޕީޓީއައި) ޕާޓީގެ ވެރިންވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ. ޤާނޫނުގެ ހުރުމަތް ކަނޑާލައި، ބާރުގެ ބޭނުން ނުހައްޤު ގޮތުގައި […]
އިސްރާއީލު-ފަލަސްތީނު: ނަކްބާއަކީ ކޮބާ؟
ކޮންމެ އަހަރެއްގެ މެއި މަހުގެ 15 ވަނަ ދުވަހު ފަލަސްތީނުގެ ރައްޔިތުން ފާހަގަކުރާ ”ނަކްބާ“ ގެ ދުވަހަކީ 1948 ވަނަ އަހަރު އިސްރާއީލުގެ ޒަޔަނިސްޓް އަސްކަރިއްޔާއިން ފަލަސްތީނުގެ ބިމަށް އަރައި އެގައުމުގެ އެތައް ރައްޔިތުންނެއް ޝަހީދުކޮށް، ގައުމުން ބޭރުކޮށް، އެފަސްގަނޑަށް އަތްގަދަކުރި ދުވަހުގެ ގޮތުގައި އެގައުމުގެ ރައްޔިތުން ފާހަގަކުރަމުން އަންނަ ހިތާމައިގެ ދުވަހެކެވެ. ނަކްބާ މި ލަފްޒަކީ އަރަބި ބަހެއް ކަމުގައި ވީއިރު، ބަހުގެ ލަފްޒީ މާނައަކީ އިނގިރޭސި ބަހުން ނަމަ ”ކެޓެސްޓްރޮފީ“، އަދި ދިވެހިބަހުން ނަމަ […]
ރަޝިއާއިން ޔޫކްރެއިނަށް ދިން ހަމަލާގައި އެމެރިކާގެ ޕޭޓްރިއަޓް ސިސްޓަމް ހަލާކުވެއްޖެ
ރަޝިއާއިން ޔޫކްރެއިނަށް އަންގާރަދުވަހު ހެނދުނު ދިން ވައިގެ ހަމަލާތަކެއްގައި އެއްފަހަރާ ފޮނުވައިލި މިސައިލުތަކެއްގެ ސަބަބުން ޔޫކްރެއިނުން ބޭނުންކުރަމުން އައި އެމެރިކާގެ ޕޭޓްރިއަޓް މިސައިލް ދިފާޢުކުރާ ނިޒާމަށް ގެއްލުންވެފައިވާކަމަށް އެމެރިކާ ސަރުކާރުން ހާމަކޮށްފިއެވެ. ”ފޭސްޑް އެރޭ ޓްރެކިންގ ރޭޑާރ ފޮރ އިންޓަރސެޕްޓް އޮން ޓާރގެޓް“ (ޕޭޓްރިއަޓް) އަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ވައިގެ ދިފާޢީ ނިޒާމެވެ. ޕޭޓްރިއަޓް ފަރުމާކޮށްފައިވަނީ ތަފާތު މަތިންދާ ބޯޓުތަކާއި، ކްރޫޒް މިސައިލުގެ އިތުރުން ބަލިސްޓިކް މިސައިލުތަކުން ދިފާޢުކުރާ ގޮތަށެވެ. އެހެންނަމަވެސް، ރަޝިއާއިން ފޮނުވައިލި […]