ސިޔާސީޕާޓީތަކުގެ ކޯޅުމާއި އެ ޕާޓީތަކުން ފަތުރަމުންދާ ބުހުތާން ދޮގުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރި ކަމުގެ ސިނާޢަތް ހީނަރުވެދިޔަ ދީގެން ނުވާނޭކަމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ސުޕެޝަލް އެންވޯއީ ދާތޯ މުޙައްމަދު ޒަކީ (ނަޒާކީ ޒަކީ) ވިދާޅުވެއްޖެއެވެ.
ސަންދާނަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ”އަޅުގަނޑުމެންގެ ގައުމަށް ޒިޔާރަތް ކުރަން ބޭނުވެފައިތިބި ފަތުރުވެރިންނަށް އަޅުގަނޑު މެންގެ ފަރާތުން ދެވެން ހުރި ހުރިހާ ލުއިފަސޭހަތަކެއް ހަމަޖައްސައިދީ އެކަންކަމަށް މަގުފަހިކޮށް ދިނުމަކީ އަބަދުވެސް އަދާކުރަން ޖެހިފައިވާ ޒިންމާއެއް“ ކަމުގައެވެ.
ޢާންމު ރައްޔިތުންނަށް މާބޮޑު ފައިދާއެއް ނުކުރި ނަމަވެސް ދިވެހީންގެ މުޅި އިގްތިޞާދު ބިނާވެފައިވަނީ ފަތުރުވެރިކަމުގެ ސިނާޢަތުން ކަމުގައި ބުނަންޖެހެއެވެ. 1970 ވަނައަހަރުގެ ކުރީކޮޅު ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފު ވެގެން ދިޔަ ހިސާބުން ފެށިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ދިޔައީ ކުރިއަރަމުންނެވެ.
އެގޮތުން ރާއްޖެއަށް ފަތުރުވެރިން އަންނަމުންދިޔަ ނިސްބަތް އަހަރަކުން އަހަރަކުން އިތުރުވަމުންގޮސް ހާހުން ލައްކައިން ގުނެމުން ދިޔަ އަހަރުތައް މާޒީގެ ތެރެއަށް ގެނބި މިހާތަނާހަމައަށް އައިއިރު އެ ޢަދަދު އެވަނީ މިލިއަނުން ގުނެމުންދާން ފަށައިފާކަމަށެވެ.
އެހެން ކަމުން ރާއްޖޭގެ ފަތުރުވެރި ކަމުގެ ސިނާޢަތަކީ ވަކިބަޔަކު ރުއްސުމަށް ނުވަތަ ވަކިބަޔަކު ބާރުގައި ތިބުމަށް ބޭނުން ކުރެވޭ ސިނާޢަތަކަށް ހެދުމުގެ ފުރުޞަތު ދެވިގެން ނުވާނޭ ކަމަށްވެސް އެ ޒަކީ ވިދާޅުވެފައިވެއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ޒަކީ ވިދާޅުވީ ރައީސް ޑޮކްޓަރ މުޢިއްޒު ވަޢުދުވެ ވަޑައިގެންފައިވާ ބީދައިން އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސީ ބޮޑެތިމަގާމު ތަކުގައި ތިބެންޖެހޭނީ ވަކިމީހެއްގެ ދަރިއަކަށްވާތީ ނުވަތަ ކެމްޕޭނަށް ފައިސާ ދީފައިވާތީ ވަޒީފާ ދީފައިވާ މީހުނެއް ނޫންކަމަށެވެ. ރައީސް ވިދާޅުވީ “ އަޅުގަނޑުގެ ސަރުކާރެއް އެކުލަވާލެވޭނީ، މަގާމްތަކުގައި ތިބޭނީ، އެދާއިރާއަކުން ތަޢުލީމް ހާޞިލްކޮށް އެ ދާއިރާއެއް ހިންގޭފަދަ ތަޖުރިބާކާރު ލަފާމީހުން“ އާދެ! އެގޮތަށް ހަމަޖެހުމުން ދިވެހީންގެ ރާއްޖެއަށް ކުރިދަތުރުގެ ކާމިޔާބީ ހުރިހާ ރައްޔިތުންނަށް ވެސް ލިބިގެން ދާނޭ ކަމުގައެވެ.
އިތުރަށް ވިދާޅުވީ މާޒީވެދިޔަ ފަންސާހަށްވުރެ ގިނައަހަރުތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާޢަތުން ރާއްޖެއަށް ލިބިފައިވާ މަންފާ ނުހަނު ގިނަކަމުގައެވެ. ދެެރަވަނީ މިދެންނެވި ނަފާ ދިހަވަރަކަށް މަހުޖަނުންގެ މުށުތެރޭގައި ޚިޞާރު ކުރެވިފައިވާތީ ކަމަށެވެ.
އެހެން ކަމާއި އެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސެކްޓަރ އަށް އިތުރު ދިވެހި ވިޔަފާރި ވެރިން ތަޢާރުފު ކޮށް އެ ވިޔާފާރި ވެރިންނަށް ބައިވެރި ކުރެވެވޭނެ ނިޒާމެއް ރާވަން ޖެހިފައިވާކަމަށްވެސް ޒަކީ ވިދާޅުވެފައި ވެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުން ގެނައުމަށްޓަކާ އެރައިވަލްސްތައް އިތުރުކޮށް އެކަން ކުރުމަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައި ދޭންޖެހޭކަން ފާހަގަ ކުރައްވާފައިވެއެވެ. އެގޮތުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރީން ފުރަތަމަ ދޮރާށިން ނިކުތުމުގައި ކުރިމަތިވަމުން އަންނަ ތޮއްޖެހުން ތަކާއި އުފުލަންޖެހިފައިވާ ތަކުލީފުތައް ޙައްލުނުވެ ފަތުރުވެރީން ގިނަވަގުތުތައް ހޭދަކުރަން ޖެހުމަކީ އެކަން އިންތިޒާމު ކުރަން ޙަވާލު ކޮށްފައިވާ ފަރާތްތަކުގެ އިހުމާލްއެވެ. އެކަންކަމަކީ ވިސްނާ ޒިންމާދާރުކަމާއި އެކު ޙައްލުކޮށްދޭން ޖެހިފައިވާ ކަންތައްތަކެވެ.
އެހެންކަމާއި އެކު ފަތުރުވެރިކަމުގެ ސިނާއަތް ފުޅާކުރުމަށްޓަކާ ބޭނުންވާ ވަސީލަތްތައް ފަހިކޮށްދީ އިތުރަށް ފުރިހަމަކުރަންޖެހޭ ކަންކަން އަވަސްކުރެވޭނެ ނިޒާމެއް ރާވަން ޖެހިފައިވާ ކަމަށްވެސް ޒަކީ ވިދާޅުވެފައިވެއެވެ. އަދި ކުރިމަތިވަމުން އަންނަ ގޮންޖެހުންތައް އޮޔާދާން ދޫކޮށްލުމުގެ ބަދަލުގައި ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއި އުނދަގޫތައް ޙައްލު ކުރާނޭ ފަސޭހަ އުޞޫލުތަކެއް ރޭވިފައި އޮތުން އަވަަސް ކުރަން ޖެހެއެވެ. އަދި ފަތުރުވެރީންނަށް ލިބެންޖެހޭ ޚިދުމަތްތަށްފޯރު ކޮށްދިނުމުގައި ކުރިމަތިވާ ތަކުލީފު ތައް ކުޑަކުރަން ޖެހިފައިވާ ކަންވެސް ޒަކީ ފާގަކުރައްވާފައި ވެއެވެ.
މިސާލަކަށް، ކޯވިޑުގެ ބަލިމަޑުކަމާއި ގުޅިގެން ތަޢާރުފު ކުރެވިފައިވާ އިމުގާ ޑިކްލަރޭޝަން އަދިވެސް އެބައޮތެވެ. އެކަން ނިމުމަކަށްގެނެސް އެރައިވަލްގާވެސް ފަސޭހަ ގިނަގުނަ ގޮތްތަކެއް ހަމަޖައްސައިދޭން ޖެހެއެވެ. ކޯވިޑުގެ ބަލިމަޑުކަމާއި ގުޅިގެން ތަޢާރުފު ކުރެވުނު މިފަދަ އިންތައް މިހާރުވަނީ ހުރިހާ ގައުމަކުންވެސް ނިމުމަކަށް ގެނެސްފައެވެ.
މިކަމަކީ އަދިވެސް ރާއްޖޭގައި އޮތް އުދަނގުލެއް ކަމުގަޔާއި އިމިގްރޭޝަން ނިންމައި ނިކުތުމުގައި ލަސްވާ ވާހަކަ އަކީ ފަތުރުވެރިންގެ ތެރޭގައި އުނދަގުލަކަށް ވެގެން ދެކެވެމުން އަންނަ އެއްވާހަކަވެސް މެއެވެ.
މީގެ އިތުރުންވެސް ފަތުރުތުވެރީން އިތުރުކުރުމަށްޓަކައި މިހާރު ގައުމުތަކުގައި އަލަށް ތަޢާރަފް ކުރެވެމުންދާ ދިގުމުއްދަތުގެ ބިޒިނަސްވިސާ “ ޑިޖިޓަލް ނޯމަޑް ވިސާ “ ރާއްޖޭގައި ތަޢާރަފުކުރުން ލަސްވެފައިވާ ކަމުގައިވެސް ޒަކީ ދެކެވަޑައިގަނެއެވެ.
އެހެނީ ވަރަށްގިނަ އޮންލައި މާރކެޓިންގް އެންޑް ސޭލްސްގެ ވިޔާފާރި މިގޮތުން ހީވެސްނުކުރާ ވަރަށް ފުޅާވަމުން އެބަ ދާކަމަށެވެ. އެގޮތުން މެލޭޝިޔާ އަދި ގްރީސްފަދަ ގައުމުތަކުންވެސް ޑިޖިޓަލް ނޯމަޑް ވިސާ މިހާރު އެވަނީ ތަޢާރަފް ކޮށްފައެވެ.
3 Responses
ތިބުނެފައިވާ އިމުގާ ކޮންމެވެސް ސަބަބަކާހުރެ އުވާލަން ބޭނުން ނޫންނަމަ އެރައިވަލް މީހުނަށް އެނހީތެރިވާނެ ޑެސްކެއް ބަހަށްޓާލުންވެސް ރަނގަޅެވެ. އެހެނީ ބައެއްމީހުން އެ ތަނބުތައި ތަތްކޮށްފާ ހުންނަ ކޮޑް ސްކޭން ކޮށްގެން ތިބުނާހެއް ތަކުލީފު އުފަލާ މީިހުން އަހަރެންވެސް ދެކެފީމެވެ. ކުރެވޭ ގިނަ ކަންތަކެއް ވިސްނި ފެންނާނީވެސް ސީނިއަރ މީހަކު އެފަދަކަމަކާ ޒިންމާ ނަގައިގެން ހިނިތުންވެފާ އެރައިވަލް ދޮރުކައިރީ އުޅުނީމާތާއެވެ. ރަނގަޅުވާކަ ކޮޅެކެވެ. މިހާރުން މިހާރަށްވެސް ކުރެވިދާނޭ ތިފަދަ ކަންކަން އެބަ ހުށްޓެވެ.
ޒަކީ ތިޔައީ ރައީސް ޔާމީނުގެ މީހެއްވީމާ ޕީއެންސީ އިން ޕީޕީއެމް އޮޑިއަތުލާ ވެރިވެގަނެ ބާކީ ކޮށްލި މީިިިހުންގެ ތެރޭގައިދޯ ހިމެނުނީ. މި ލިޔުމާއި ގުޅިގެން އަހާލީއަކީ ނޫނެވެ. ކެމްޕޭނުގެފަހުން ސަރުކާރުގެ ކުރީ ސަފުން ނުފެންނާތީ ހަމަ އަނހާލީއެވެ.
ޒަކީމެންނަކީ މިކިޔާ ލަނޑުލިބުނު ޑިމޮކްރެސީ ގެންނަންވެގެން ޢުމުރަށް ޖަލަށް ދާން ޖެހުނު މީހުންނެވެ. މިހާރުގެ ޙާލާއިމެދު ޒަކީ ވިދާޅުވާނީ ކީކޭތޯއެވެ. އަޅުގަނޑަށް މިހާރު ޑިމޮކްރެސީ ވަރަށް ބޮޑަަށް ދަސްވެއްޖެއެވެ. ދޮގާއި މަކަރާއި ޙީލަތްތެރިކަމެވެ. ޚިޔާނާތާއި ފަސާދައަށް ކިޔޭ ނަމެއްކަން ވަރަށް ރަނގަޅށް ދަސްވެ ތަޖުރިބާ ކޮށްލެވިއްޖެއެވެ. ޑިމޮކްރެސީ އަށް ދެން އަޅުގަނޑު ސަލާމް އެވެ.