އިސްރާއީލު-ފަލަސްތީނު: ނަކްބާއަކީ ކޮބާ؟

ކޮންމެ އަހަރެއްގެ މެއި މަހުގެ 15 ވަނަ ދުވަހު ފަލަސްތީނުގެ ރައްޔިތުން ފާހަގަކުރާ ”ނަކްބާ“ ގެ ދުވަހަކީ 1948 ވަނަ އަހަރު އިސްރާއީލުގެ ޒަޔަނިސްޓް އަސްކަރިއްޔާއިން ފަލަސްތީނުގެ ބިމަށް އަރައި އެގައުމުގެ އެތައް ރައްޔިތުންނެއް ޝަހީދުކޮށް، ގައުމުން ބޭރުކޮށް، އެފަސްގަނޑަށް އަތްގަދަކުރި ދުވަހުގެ ގޮތުގައި އެގައުމުގެ ރައްޔިތުން ފާހަގަކުރަމުން އަންނަ ހިތާމައިގެ ދުވަހެކެވެ. ނަކްބާ މި ލަފްޒަކީ އަރަބި ބަހެއް ކަމުގައި ވީއިރު، ބަހުގެ ލަފްޒީ މާނައަކީ އިނގިރޭސި ބަހުން ނަމަ ”ކެޓެސްޓްރޮފީ“، އަދި ދިވެހިބަހުން ނަމަ […]

ރަޝިއާއިން ޔޫކްރެއިނަށް ދިން ހަމަލާގައި އެމެރިކާގެ ޕޭޓްރިއަޓް ސިސްޓަމް ހަލާކުވެއްޖެ

ރަޝިއާއިން ޔޫކްރެއިނަށް އަންގާރަދުވަހު ހެނދުނު ދިން ވައިގެ ހަމަލާތަކެއްގައި އެއްފަހަރާ ފޮނުވައިލި މިސައިލުތަކެއްގެ ސަބަބުން ޔޫކްރެއިނުން ބޭނުންކުރަމުން އައި އެމެރިކާގެ ޕޭޓްރިއަޓް މިސައިލް ދިފާޢުކުރާ ނިޒާމަށް ގެއްލުންވެފައިވާކަމަށް އެމެރިކާ ސަރުކާރުން ހާމަކޮށްފިއެވެ.  ”ފޭސްޑް އެރޭ ޓްރެކިންގ ރޭޑާރ ފޮރ އިންޓަރސެޕްޓް އޮން ޓާރގެޓް“ (ޕޭޓްރިއަޓް) އަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ވައިގެ ދިފާޢީ ނިޒާމެވެ. ޕޭޓްރިއަޓް ފަރުމާކޮށްފައިވަނީ ތަފާތު މަތިންދާ ބޯޓުތަކާއި، ކްރޫޒް މިސައިލުގެ އިތުރުން ބަލިސްޓިކް މިސައިލުތަކުން ދިފާޢުކުރާ ގޮތަށެވެ.  އެހެންނަމަވެސް، ރަޝިއާއިން ފޮނުވައިލި […]

ތައިލެންޑަށް ސިޔާސީ ބިންހެލުމެއް: އަސްކަރީ ވެރިކަމަށް ރައްޔިތުން ބުނީ ނޫނެކޭ

ހައިރާންކުރުވަނިވި ނަތީޖާއަކާއިއެކު ތައިލެންޑްގެ އިންތިޚާބުގައި ވެރިކަންކުރަމުންދާ ސަރުކާރުގެ އަސްކަރީ ބާރުން ބާރު ހޯދައ ވެރިކަމަށް ރައްޔިތުން ނޫނެކޭ ބުނެފިއެވެ.  ސިޔާސީ އިދިކޮޅު ޕާޓީގެ މި ކާމިޔާބީއާއެކު ރައްޔިތުން އެދެނީ ގައުމުގެ މުއްސަސާތަކަށް މުޅިން ތަފާތު ބަދަލެއްކަން ހާމަވެގެން ގޮސްފައިވާއިރު، ވަގުތީ ނަތީޖާ ދައްކާގޮތުން އިދިކޮޅު މޫވް ފޯވަޑް ޕާޓީއިން ލޯވަރ ހައުސް ނުވަތަ ”ހައުސް އޮފް ރިޕްރެޒެންޓޭޓިވްސް“ ގެ 500 ގޮނޑީގެތެރެއިން 151 ގޮނޑި ވަނީ ކާމިޔާބުކޮށްފައެވެ.  ދެން އެންމެ ގިނަ ގޮނޑި ކަށަވަރުކޮށްފައިވަނީ 141 ގޮނޑިއާއިއެކު، […]

ހުވާލައިދިނުމުގެ ރަސްމިއްޔާތަށް ދިއުމަށް ކުރި ޚަރަދުގެ މައްސަލާގައި ޕަޕުއާ ނިއު ގިނީގެ ޚާރިޖީ ވަޒީރު އިސްތިއުފާ ދެއްވައިފި

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާރލްސް ތިންވަނައަށް ރަސްކަމުގެ ހުވާލައިދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ލަންޑަނަށް ދަތުރުކުރި ވަފްދާއި އެ ދަތުރަށް ކުރި ޚަރަދުގެ މައްސަލާގައި ޕަޕުއާ ނިއު ގިނީ (ޕީއެންޖީ) ގެ ޚާރިޖީ ވަޒީރު ޖަސްޓިން ކަޗެންކޮ މަގާމުން އިސްތިއުފާދެއްވައިފިއެވެ.  ކަޗެންކޮ ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ބޮޑުވަޒީރު ޖޭމްސް މަރާޕޭއާއި މަޝްވަރާކުރުމަށްފަހު މަގާމާއި ދުރަށް ޖެހިވަޑައިގެންފައިވާ ކަމަށާއި މަގާމުގެ މަސްއޫލިއްޔަތުތަކާއި ހަވާލުވެ ވަޑައިގަންނަވާނީ ބޮޑުވަޒީރު ކަމަށެވެ. ކަޗެންކޮ އަދިވެސް ހުންނެވީ މަޖިލީސް މެންބަރެއްގެ ގޮތުގައެވެ.  ”ކުރިއަށް އޮތް ހަފްތާތަކަށް ތާވަލުކުރެވިފައިވާ […]

ވައިންނާއި ފުޓް ޕްރިންޓުން ވެސް އިންސާނުންގެ ޑީއެންއޭ މިހާރު ނެގޭނެ!

ބަންދު ކޮޓަރީގައި ހަރުލާފައި ހުންނަ ވައިންނާއި، ފުޓް ޕްރިންޓުން އަދި ކަނޑުގައި ހުންނަ ފެނުންވެސް އިންސާނުންގެ ޑީއެންއޭ މިހާރު ނަގާފައިވާކަން ސައިންވެރިން ހާމަކޮށްފިއެވެ. ސައިންސްވެރިންގެ މި ހޯދުމުގެ ސަބަބުން އިންސާނުންގެ ހަށިގަނޑުގެ ހަގީގަތްތައް ދެނެގަތުމަށްޓަކައި އޭނާގެ ރުހުމާއި ނުލައި އޭނާގެ ޑީއެންއޭ ބޭނުންކުރެވޭނެތީ އޭނާގެ އަމިއްލަވަންތަކަމުގެ ހައްގާއި، ރައްކާތެރިކަން ލިބިގަތުމުގެ ހައްޤުން އުނިވެފައިވާކަމާމެދު ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ.  ތިމާވެށި ދިރާސާކުރަމުންދިޔަ ޔުނިވަރސިޓީ އޮފް ފްލޮރިޑާގެ ސައިންސްވެރިންގެ ޓީމަކުން ހިމާޔަތްކުރެވިފައިވާ ވެލާތައް ދިރާސާކުރުމަށް ވެލިން ނެގި ޑީއެންއޭ […]

ތުރުކީ އިންތިޚާބާއި ބެހޭ ގޮތުން ދެކެވެނީ ކޮން ވާހަކަތަކެއް؟

އައު ދައުރަކަށް ތުރުކީ ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާ އިރު، ގިނަ ކަންތައްތަކެއް ވަނީ ފަލަ ސުރުޚީތަކަށް އަރާފައެވެ. ކުރު ގޮަތަކަށް ބުނާނަމަ، ޤައުމު ދެ ފެކްޝަނަކަށް ބެހިފައިވާއިރު، އިދިކޮޅު ލީޑް ކުރައްވަނީ ސީއެޗް ޕާޓީއިންނެވެ. އަތާޓާރކް އަށް ނިސްބަތްވާ ޕާޓީގެ މައިގަނޑު މަގްސަދަކީ ސެކިޔުލަރ ވިސްނުން ތުރުކީއަށް ގެނެސް، ހުޅަނގުގެ ގޮތްތަކަށް އިޖާބަ ދިނުމެވެ. އަނެއްކޮޅުން އުރްދުޣާން ލީޑް ކުރައްވަވާ ވެރިކަން ކުރައްވާ ޕާޓީއިން ތުރުކީ ވަނީ އުމްރާނީ އަދި އެހެނިހެން އެތައް ތަރައްޤީ އެއް ގެނެސްދެއްވާފައެވެ. […]

13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

ރާއްޖޭގެ ދެކުނުގެ ރަށެއްގައި އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ އިދާރާއިން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ސައުތު ޕޮލިސް ޑިވިޝަންގައި (ގއ.އަތޮޅު, ގދ.އަތޮޅު, ފުވައްމުލައް, އައްޑޫ) ހިމެނޭ ރަށެއްގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލަ އެ އިދާރާއަށް ރިޕޯޓްކުރީ މި މަހުގެ 12 ދުވަހު ކަމަށެވެ. މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 13 ވަނަ ދުވަހު އުމުރުން 33 އަހަރުގެ […]

ކެޔޮދޫ މިސްކިތުގައި ހުރި ޚަތިމުތަކެއް ވީދާލައިފި

ވ.ކެޔޮދޫ މިސްކިތުގައި ހުރި ޚަތިމުތަކެއް ވީދާލައިފިއެވެ. 600 އެއްހައި މީހުން ދިރިއުޅޭ ކެޔޮދޫ މިސްކިތުގައި ހުރި ޚަތިމުތަކުގެ ތެރެއިން 20 ޚަތިމެއް ވީދައިލީ ރޭގެ ވަގުތެއްގައެވެ. ފުލުހުންގެ އިދާރާއިން މިރޭ ވިދާޅުވީ ކެޔޮދޫ މިސްކިތުގައި ހުރި ޚަތިމުތަކެއް ވީދައިލި މައްސަލައެއް ބަލަމުންދާ ކަމަށެވެ. އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މިދިޔަ އޮކްޓޫބަރު މަހުގައި ވެސް ވަނީ ކެޔޮދޫ މިސްކިތުގައި ހުރި ޚަތިމުތަކުގެ ތެރެއިން ދިހަވަރަކަށް ޚަތިމް ވީދައިލާފައެވެ.

އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

Maldives Police Service headquarters. (File Photo/Sun/Ihthisham Mohamed)

ދެކުނުގެ ރަށެއްގައި އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ އިދާރާއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ސައުތު ޕޮލިސް ޑިވިޝަންގައި (ގއ.އަތޮޅު, ގދ.އަތޮޅު, ފުވައްމުލައް, އައްޑޫ) ހިމެނޭ ރަށެއްގައި އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލަ ރިޕޯޓްކުރީ ރޭ 23:02 ހާއިރު ކަމަށެވެ. މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އުމުރުން 63 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި ފިރިހެނަކު މިރޭ ހައްޔަރުކޮށްފައިވާ […]

“ޓިނެޓަސް” އާއި ކޯވިޑް-19 ވެކްސިންއާ ގުޅުމެއް ވޭތަ؟

ކަންފަތުގެ ބައްޔެއް ކަމައްވާ ޓިނެޓަސް ނުވަތަ ކަންފަތުގައި އަޑެއް ހުރުމާއި ކޯވިޑް-19 ގެ ވެކްސިނާ ގުޅުމެއްވާ ކަމަށް ކަމާބެހޭ މާހިރުން ވިދާޅުވެއްޖެއެވެ. ވެކްސިން ޖެހި ގިނަ ޢަދަދެއްގެ ބަޔަކު މި ބަލި ހުރި ކަމަށް ބުނަމުންދާއިރު މިހާރު ސައިންވެރިންދަނީ މިކަމުގެ ހަޤީޤަތް ހޯދުމައް މަސައްކަތް ކުރަމުންނެވެ. ޔުނިވާރސިޓީ އޮފް އެރިޒޯނާގެ ޕްރޮފެސަރެއް ކަމުގައިވާ ޝާއޯވެން ބާއޯ ވިދާޅުވަނީ މީ ތެދު ޚަބަރެއް ކަމުގައިވާނަމަ ކޯވިޑްގެ ވެކްސިންގެ ސަބަބުން ސިކުނޑީގެ ފަށަލައެއް ނުވަތަ މައިބަދައިގެ ފަށަލައެއް ދުޅަވުން އެކަށީގެންވާ […]