އޮބާމާ ހިމެނޭ ގޮތަށް އެމެރިކާގެ 500 ރައްޔިތަކަށް ރަޝިއާއަށް ވަނުން މަނާކޮށްފި

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ހިމެނޭ ގޮތަށް އެމެރިކާގެ 500 ރައްޔިތަކަށް ރަޝިއާއަށް ވަނުން އެ ގައުމުގެ ސަރުކާރުން މަނާކޮށްފިއެވެ.

ރަޝިއާ ސަރުކާރުން ހުކުރު ދުވަހު ހާމަކޮށްފައިވާ ގޮތުގައި، އޮބާމާ ހިމެނޭ ގޮތަށް އެމެރިކާގެ 500 ރައްޔިތުންނަށް ރަޝިއާއަށް އެތެރެނުވެވޭ ގޮތަށް މިހާރު ވަނީ މަނާކޮށްފައެވެ.

އެ ގައުމުގެ މި ނިންމުމަކީ ވޮޝިންގްޓަނުން ނެރުނު އަމުރުތަކާއި ގުޅިގެން ނެރެފައިވާ އަމުރެއްކަމަށް ރަޝިއާ ސަރުކާރުން ބުނެފައިވެއެވެ. 

”ރަޝިއާ ސަރުކާރާ ދެކޮޅަށް ބައިޑެން ސަރުކާރުން ނެރުނު އަމުރުތަކާ ގުޅިގެން އެމެރިކާގެ 500 ރައްޔިތުންނަށް ރަޝިއަން ފެޑެރޭޝަނަށް އެތެރެވުން މިހާރުވާނީ މަނާކުރެވިފައި.“ ލިސްޓުގައި އެމެރިކާގެ ކުރީގެ ރައީސް އޮބާމާ ވެސް ހިމަނާފައިވާނެކަން ފާހަގަކުރަމުން ރަޝިއާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.

”ރަޝިއާއާ ދެކޮޅަށް އަޅާ ކޮންމެ ފިޔަވަޅަކަށް މި ގައުމުން ފިޔަވަޅު އަޅާނެކަން ވޮޝިންގްޓަނަށް މިހާރު އޮންނަންވާނީ ދަސްވެފައި“ ކަމުގައި ވެސް ރަޝިއާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ. 

ރަޝިއާއަށް އެތެރެވުން މަނާކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އެމެރިކާގެ މަޝްހޫރު ޓީވީ ޕްރޮގްރާމް ހުށަހެޅުންތެރިން ކަމަށްވާ ސްޓީވެން ކޮލްބެރއާއި، ޖިމީ ކިމެލް އަދި ސެތް މަޔާރސް ހިމެނެއެވެ. 

އޭގެއިތުރުން، ސީއެންއެންގެ ނޫސްވެރިޔާ އެރިން ބަރނެޓްއާއި، އެމްއެސްއެންބީސީގެ ހުށަހެޅުންތެރިންކަމުގައިވާ ރޭޗަލް މެޑޯ އަދި ޖޯ ސްކާބޮރޯ ވެސް މި ލިސްޓުގައި ހިމަނާފައިވެއެވެ. 

ރަޝިއާއިން އިތުރަށް ބުނީ ”ރޫސޯފޯބިކް“ ނުވަތަ ރަޝިއާއާއިމެދު ބިރު އުފައްދާ ދޮގު ޚިޔާލުތައް ފަތުރާ ސެނެޓަރުންނާއި، ކޮންގްރެސްމަނުންނާއި، ތިންކް ޓޭންކްތަކުގެ މެންބަރުންގެ އިތުރުން ޔޫކްރޭނަށް ހަތިޔާރު އެތެރެކޮށްދޭ ކުންފުނިތަކުގެ އިސްވެރިން އެގައުމުން ފާހަގަކޮށްފައިވާނެ ކަމަށެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް