އިމްރާނުގެ ސަޕޯޓަރުންނަށް ހުކުމް އިއްވުމަށް ތައްޔާރުވުމުން ކަންބޮޑުވުން ފާޅުކޮށްފި

Loading

Facebook
Twitter
WhatsApp
FILE PHOTO: Former Pakistani Prime Minister Imran Khan, gestures as he speaks with Reuters during an interview, in Lahore, Pakistan March 17, 2023. REUTERS/Akhtar Soomro

އާންމު ރައްޔިތުންގެ މައްޗަށް އަސްކަރީ ޤާނޫނުގެ ދަށުން ހުކުމް އިއްވުމަށް ޕާކިސްތާނުން ތައްޔާރުވަމުންދާތީ އިންސާނީ ހައްޤުތަކަށް ގޮވައިލާ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެޖަމިއްޔާތަކުން ބުނެފައިވާގޮތުގައި ގާނޫނުގައި ބަޔާންވެގެންވާ އިޖުރާއަތު ފުރިހަމަވެގެން ދިޔުމުގެ ހައްޤުން އެމީހުން މަހުރޫމްވެގެން ދާނެއެވެ. 

ޕާކިސްތާނުގައި ހިނގައިދިޔަ ސިޔާސީ ހަމަނުޖެހުމުގައި 10 މީހުން މަރުވެފައިވާއިރު، އެތައް ބަޔަކުވަނީ ހައްޔަރުކޮށްފައެވެ.

ހައްޔަރުކުރެވުނު ފަރާތްތަކުގެ ތެރޭގައި ޕާކިސްތާން ތެހެރީކޭ އިންސާފް (ޕީޓީއައި) ޕާޓީގެ ވެރިންވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ. 

ޤާނޫނުގެ ހުރުމަތް ކަނޑާލައި، ބާރުގެ ބޭނުން ނުހައްޤު ގޮތުގައި ކުރަމުންދާކަމަށް ބުނެ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންވަނީ އެގައުމުގެ އަސްކަރިއްޔާގެ މައްޗަށް ތުހުމަތުތަކެއް ކުރައްވައިފައެވެ. 

ޕާކިސްތާނުގެ ވަރުގަދަ އަސްކަރިއްޔާ ދެކޮޅަށް އަޑުއުފުލައި އާންމު ރައްޔިތުން މަގުތައްމައްޗަށް ނުކުމެފައި މިވަނީ ޕާކިސްތާނުގެ ތާރީޚުގައި ފުރަތަމަ ފަހަރަށެވެ. އަސްކަރިއްޔާއިން ބާރުގެ ބޭނުންކުރަމުންދަނީ އިމްރާން ޚާން އަނެއްކާވެސް ބޮޑުވަޒީރުގެ މަގާމަށް އައްޔަންވެ ވަޑައިގެންފާނެތީކަމަށް ބެލެވެއެވެ. 

Loading

One Response

  1. ޕާކިސްތާނު މިލިޓަރީ ތިއީ ވަރަށް ގޮތްކުޑަ ބަޔެއްކަން ދައްކައިފިއެވެ. ވަރަށް ދެރަވަރު

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް