“ސިފައިންގޭގައި ތިއްބެވި ގާބިލު ބޭފުޅުންގެ ބޭނުން ހިފަމުން އަންނަ ތަނެއް ނުފެނޭ“

ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް. ފޮޓޯ: މިހާރު

ސިފައިންގޭގައި ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައި ތިއްބެވި ބޭފުޅުން ދުރަށް ޖައްސާފައި ސިޔާސީ ގޮތުން ވަކި ބަޔަކު އައްޔަންކޮށްގެން ހިންގާތީ އެ މުއައްސަސާއަށް ރައްޔިތުން ކުރަންޖެހޭ އިތުބާރާމެދު ސުވާލު އުފެދިފައިވާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު މިއަދު ވިދާޅުވެއްޖެއެވެ. ސިފައިންގެ ޚިދުމަތަށް 131 އަހަރު ފުރުމާ ގުޅިގެން “ސަންދާނު“ އަށް ދެއްވި ބަސްދީގަތުމެއްގައި އާދަމް ޝަރީފް މިއަދު ވިދާޅުވީ ދިވެހި އަސްކަރިއްޔާއަކީ ރާއްޖޭގެ ހުރިހާ ސިސްޓަމެއް ފެއިލްވެގެންދާ ވަގުތު ވެސް އެ ސިސްޓަމްތައް ހަމައަކަށް […]

ސުޢޫދީގެ ވަލީ އަޙުދު އެ ޤައުމުގެ ޖައްވީ މިޝަންގެ ބޭފުޅުންނާއި ބައްދަލު ކުރައްވައިފި

ސުޢޫދީ ޢަރަބިއްޔާގެ ވަލީ އަޙްދު މުހައްމަދު ބިން ސަލްމާން އެ ޤައުމުގެ ޖައްވީ މިޝަން، އޭއެކްސް 2 ގެ ފަޅުވެރިންނާއި ބައްދަލު ކުރައްވައިފިއެވެ. މި ވަފުދުގައި އެ ޤައުމުގެ އެންމެ ފުރަތަމަ އަންހެން ޖައްވީ ފަޅުވެރިޔާވެސް ހިމެނެއެވެ. 4 ފަޅުވެރިން ބައިވެރިވާ މި ދަތުރުގައި، ދުނިޔޭގެ ސަތުހު ދޫކޮށް ޖައްވަށް ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ މޭ 8 ވަނަ ދުވަހު އެމެރިކާގެ ފްލޮރިޑާގައެވެ. މި ދަތުރަކީ ސުޢޫދީ ޢަރަބިއްޔާއިން 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށް […]

ދައުލަތް “އޮރިޔާންކޮށްލާނެ“ ކަމަށް އިންޒާރު ދެއްވި މަހްލޫފްގެ މައްސަލަ އަނބުރާ ފޮނުވާލައިފި

ފޮޓޯ: އަވަސް

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފްގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ދައުވާ އަނބުރާ ފޮނުވާލައިފައިވާ ކަމަށް ކްރިމިނަލް ކޯޓުން ވިދާޅުވެއްޖެއެވެ. މަހްލޫފުގެ މައްޗަށް ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާކުރުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހެޅުއްވީ 09 ޖޫން 2021 ގައެވެ. މަހްލޫފްގެ މައްޗަށް ދައުވާކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނެވިއިރު މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓު […]

ބޮޑު ދެ ޕާޓީއަކަށް ނެތް ސޮލިޑްކޮށް ކެންޑިޑޭޓަކު ދެއްކޭކަށް, ކާމިޔާބުކުރާނީ އަޅުގަނޑު: ޢުމަރު

ރާއްޖޭގެ އެންމެ ބޮޑު ދެ ޕާޓީއަށް ވެސް އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެވަރުގެ ކެންޑިޑޭޓެއް ދެއްކޭކަށެއް ނެތް ކަމަށާއި, އޭނާއަށް އިންތިޚާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ. މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަން ނިންމަވާފައިވާ ޢުމަރު މިހެން ވިދާޅުވީ “ސަންދާނު“ އަށް މިއަދު ދެއްވި ބަސްދީގަތުމެއްގައެވެ. އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ. ޕީޕީއެމްގެ ރިޔާސީ […]

މީހުން ޓްރެފިކްކުރުމުގެ ކުށުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފި

މީހުން ޓްރެފިކްކުރަން އުޅުނުކަމުގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފިއެވެ ހައްޔަރުކޮށްފައިވަނީ ހެންވޭރު ސަލީމް ގެސްޓުހައުސްގައި އުޅެމުންދާ އުމުރުން 20 އަހަރުގެ ވެންކަޓަރަމަނާ ޕައްލާ ކިޔާ ފިރިހެނެކެވެ. އޭނާގެ މައްޗަށް ކުރަނީ މީހުން ޓްރެފިކްކުރަން އުޅުން ނުވަތަ ޓްރެފިކްކުރުމުގައި ބައިވެރިވިކަމުގެ ތުހުމަތެވެ. މިއީ ގިނަ ބަޔަކު ޝާމިލްވެގެން އިންތިޒާމުވެގެން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކުށުގެ އަމަލުތައް ހިމެނޭ ގޮތުން ހިންގަމުންދާ ކުށެއްކަމަށް ބެލެވޭކަމަށް ފުލުހުން ވަނީ ބުނެފައެވެ. “ކުށުގެ އަމަލުގެ ސަބަބުން ގިނަ ބަޔަކު ވިކްޓިމައިޒްވެފައިވާނެ ކަމަށް ބެލެވޭ.“ […]

“މުޒާހަރާތަކުގައި އަނިޔާކުރަނީ ނުހައްގުން ކުރިއެރުން ދީފައި ތިބޭ ފުލުހުން“

Maldives News

ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މިނިވަންކުރަން ގޮވާލައި އިދިކޮޅު ކޯލިޝަނުން ކުރާ މުޒާހަރާތަކުގެ ބައިވެރިންނަށް އަނިޔާކުރަނީ ނުހައްގުން ކުރިއެރުން ދީފައި ތިއްބަވާ ފުލުސް އޮފިސަރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޝިފާޤް މުފީދު (ހިސްޓޯ) ވިދާޅުވެއްޖެެއެވެ. މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަޙްމަދު ޝަކީލު ރައީސް ޔާމީންގެ މައްޗަށް އިއްވެވި 11 އަހަރު ދުވަހުގެ ޖަލު ހުކުމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން އަންނަނީ ސިލްސިލާކޮށް މުޒާހަރާ ކުރަމުންނެވެ. ފުލުހުން އަންނަނީ […]

ޖަކަރޓާއިން ގެއްލުނު ފްލައިޓްގެ ބައިތަކެއް ކަމަށް ޝައްކު ކުރެވޭ އެއްޗެއްހިތަކެެއް މޫދުން ފެނިއްޖެ.

މޫދުން ފްލައިޓެއްގެ ބައިތަކެއް ކަމަށް ޝައްކު ކުރެވޭ އެއްޗެއްހިތަކެެއް ފެނިފައިވަނީ އިންޑޮނޭޝިޔާގެ ޖަކަރޓާއިން މަދުވެގެން 62 މީހުންނާއިއެކު ހޮނިހިރު ދުވަހު މެންދުރުފަހުގެ ވަގުތެއްގައި ފުރި ސްރީވިޖަޔާ އެއަރ ބޮއެއިންގ 500-737، ފުރިތާ ކުޑަ ވަގުތުކޮޅެއް ފަހުން އެއަރ ކޮންޓްރޯލްއާއި ގުޅުން ކެނޑިގެންގޮސްފައި ވަނިކޮށެވެ. ދަ ފްލައިޓްރާޑަރ24 ޓްރެކިންގ ސަރވިސްއިން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވާގޮތުން އެސްޖޭ128 މަރުކާގެ ފްލައިޓް ވަނީ ޖަކަރޓާއިން ފުރިތާ 4ވަރަކަށް މިނެޓް ފަހުން އެންމެ މިނެޓެއް ތެރޭގައި ފްލައިޓް އުދުހެމުން ދިޔަ އުސްމިނުން 10,000 […]

އަފްޣާން ޔުނިވަރސިޓީގެ އެންޓްރީ ޓެސްޓުން އެންމެ މަތިން ފާސްވި ދަރިވަރު ތުރުކީއަށް ފުރައިފި

އަފްޣާނިސްތާންގެ ޤައުމީ ޔުނިވަރސިޓީގެ އެންޓްރެންސް އެގްޒަމިނޭޝަނުން އެއްވަނަ ހޯދީ އަފްޣާނަށް ނިސްބަތްވާ ޒުވާން އަންހެން ކުއްޖެކެވެ. މި ދަރިވަރު ވަނީ މިދިޔަ ހުކުރު ދުވަހު، މެޑިކަލް ސްޓަޑީޒް ކިޔެވުން ފެށުމަށް އިސްޓާންބުލް އަށް ފުރާފައެވެ. ކޯލް މައިންރެއްގެ އަންހެން ދަރި، ޝަމްސިއްޔާ އަލީޒާދާއަށް ވަނީ އޭނާއަށް އެންމެ މަޤުބޫލު އެންމެ ކިޔަވާ ހިތްވާ މާއްދާއަކުން ކުރިޔަށް ދިއުމަށް އިސްޓާންބުލްގައި ހުންން ސެރަޕަސާ މެޑިކަލް ފެކަލްޓީއިން ސްކޮލަރޝިޕް ދީފައެވެ. މީގެ އިތުރުން އޭނާއަށް ވަނީ ޕްރެޒިޑެންސީ ފޮރ ޓަރކްސް […]

މެލޭޝިޔާގައި މޫސުމީ ފެންބޮޑުވުންތަކާއި ކުރިމަތިވެ ގިނަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ގެންގޮސްފި

އެއްބަޔަކު ހައިމާކެއްގައި ރައްކާތެރި ހިސާބުތަކަށް ގެންދެވިފައިވާއިރު އަނެއްބަޔަކު ވަނީ ފަތާފައި ސަލާމަތްތެެރި ސަރަހައްދުތަކަށް ގޮސްފައެވެ. މި ހާދިސާތަކުގައި އަމިއްލަ ގެދޮރު ދޫކޮށް ރައްކާތެރި މަންޒިލްތަކަށް ދިއުމަށް މަޖުބޫރުވި މީހުންގެ އަދަދު 28,000 އަށް ވުރެ މަތި ވެފައި ވީއިރުމިހާތަނަށް މަދުވެގެން 4 މީހަކު ވަނީ މަރުވެފައެވެ. ވިއްސާރަ މޫސުމުގައި އާއްމުކޮށް ކޮންމެ އަހަރަކުވެސް މި ޤައުމުގެ އިރުމަތީ އައްސޭރީގައި ފެންބޮޑުވެ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ގެންދަން ޖެހެއެވެ. ނަމަވެސް ބައެއް ސަރަހައްދު ތަކުގެ މީހުން ބުނާ ގޮތުގައި […]

ޑޮނަލްޑް ޓްރަމްޕު، ވަކި މުއްދަތެއް ނެތް ގޮތަށް ފޭސްބުކްއިން ބޭން ކޮށްފައިވާ ކަމަށް ސީ އީ އޯ މާރކް ޒަކަބާގް ވިދާޅުވެއްޖެ.

ފޭސްބުކްގެ ޗީފް އެގްޒެކިއުޓިވް މާރކް ޒަކަބާގް ބުރާސްފަތި ދުވަހު ހާމަ ކުރެއްވި ގޮތުގައި ޑޮނަލްޑް ޓްރަމްޕު ވަކި މުއްދަތެއް ނެތް ގޮތަށް ވަނީ ބޭން ކޮށްފައެވެ. މިހެންކަމުން ޓްރަމްޕު، ހަތިޔާރެއް ގޮތުގައި އިންޓަރނެޓް ބޭނުންކޮށްގެން އެމެރިކާގެ ކެޕިޓޮލްގައި ކުރިޔަށް ދިޔަ ހަމަނުޖެހުންތަކަށް ހިތްވަރުދިނުމުގެ ސަބަބުން ސިލިކޮން ވެލީއާއި ދަ ވައިޓް ހައުސް އާއި ދެމެދު އޮތް ހަމަނުޖެހުންތައްވެސް ވަނީ އިތުރުވެގެން ގޮސްފައެވެ. ”އަހަރެމެންނަށް ޤަބޫލު ކުރެވޭ ގޮތުގައި ރައީސްއަށް އަހަރެމެންގެ ޚިދުމަތްތައް ބޭނުންކުރަމުން ދިއުމުގެ ފުރުސަތު މި […]