ޑޮނަލްޑް ޓްރަމްޕު، ވަކި މުއްދަތެއް ނެތް ގޮތަށް ފޭސްބުކްއިން ބޭން ކޮށްފައިވާ ކަމަށް ސީ އީ އޯ މާރކް ޒަކަބާގް ވިދާޅުވެއްޖެ.

ފޭސްބުކްގެ ޗީފް އެގްޒެކިއުޓިވް މާރކް ޒަކަބާގް ބުރާސްފަތި ދުވަހު ހާމަ ކުރެއްވި ގޮތުގައި ޑޮނަލްޑް ޓްރަމްޕު ވަކި މުއްދަތެއް ނެތް ގޮތަށް ވަނީ ބޭން ކޮށްފައެވެ. މިހެންކަމުން ޓްރަމްޕު، ހަތިޔާރެއް ގޮތުގައި އިންޓަރނެޓް ބޭނުންކޮށްގެން އެމެރިކާގެ ކެޕިޓޮލްގައި ކުރިޔަށް ދިޔަ ހަމަނުޖެހުންތަކަށް ހިތްވަރުދިނުމުގެ ސަބަބުން ސިލިކޮން ވެލީއާއި ދަ ވައިޓް ހައުސް އާއި ދެމެދު އޮތް ހަމަނުޖެހުންތައްވެސް ވަނީ އިތުރުވެގެން ގޮސްފައެވެ. ”އަހަރެމެންނަށް ޤަބޫލު ކުރެވޭ ގޮތުގައި ރައީސްއަށް އަހަރެމެންގެ ޚިދުމަތްތައް ބޭނުންކުރަމުން ދިއުމުގެ ފުރުސަތު މި […]

އެމެރިކާގެ އައު ރައީސް ބައިޑެންގެ ސަރުކާރު – މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަށް ވާނީ ކިހިނެއް؟

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއިން އިންތިޚާބު ކާމިޔާބު ކުރިއިރު އެމީހުންގެ އެތަކެއް ރިޔާސީ ވައުދުތަކަކާއި ވަނީ ޚިލާފުވެފައެވެ. ސަބަބަކީ ވަޢުދުތައް ފުއްދުމަށް މަސައްކަތް ކުރުމަށް ހޭދަކުރި ވަގުތަށް ވުރެ އިންޑިއާއާއި، އެމެރިކާ އަދި ސަޢުދި ޢަރަބިއްޔާ ރުހޭ ގޮތަށް ކަން ކުރުމަށް ހޭދަވި ވަގުތު ގިނަވުމެވެ. މި ތިން ޤައުމަކީވެސް ކުދި އާބާދީ ތަކަށާއި ސިޔާސީ ގޮތުން އިދިކޮޅު ނުވަތަ ޚިޔާލު ތަފާތު ފަރާތްތަކާއި ދޭތެރޭ އިންސާނީ ޙައްޤުތަކާއި ޚިލާފުވާ ގޮތްގޮތަށް ކަންކަން ކުރުމުގެ ރިކޯޑު އޮތް ތިން […]

ވިކިލީކްސްގެ ފައުންޑަރ އަސާންޖް އެމެރިކާއާއި ހަވާލު ނުކުރެވޭނެ ކަމަށް އިނގިރޭސިވިލާތުގެ ކޯޓަކުން ނިންމައިފި

ވިކިލީކްސްގެ ބާނީ ޖޫލިއާން އަސާންޖްގެ މައްޗަށް ޝަރީޢަތް ހިންގުމަށް ދޫކޮށްދިނުމަށް އެމެރިކާއާ ހަވާލު ނުކުރެވޭނެ ކަމަށް ވިދާޅުވެ, އިނގިރޭސި ވިލާތުގެ ފަނޑިޔާރަކު އެމެރިކާއިން އެދިފައިވާ އެދުމަށް ދެކޮޅުހައްދަވައިފިއެވެ.  ފަނޑިޔާރު ވިދާޅުވި ގޮތުގައި އަސާންޖުގެ ނަފްސާނީ ހާލަތު އެކަމަށް ތަންނުދެއެވެ.  އަސާންޖު އެމެރިކާއާއި ހަވާލު ނުކުރެވޭނެ ސަބަބު ވިދާޅުވަމުން ފަނޑިޔާރު  ވެނެއްސާ ބަރައިޓްސަރ ވިދާޅުވީ އަސާންޖް އެމެރިކާއާ ހަވާލުކޮށްފި ނަމަ އޭނާ އަމިއްލައަށް މަރުވުމުގެ ބިރު އެބައޮތެވެ.  ”އެކަނިމާއެކަނި އެތައް ދުވަހު ހައްޔަރު ކޮށްފައި ހުންނަންޖެހިފައިވާތީ… އެމެރިކާގެ ކަމާއިބެހޭ […]

މެލޭޝިއާގެ އެއްގަމު މަސް ވިއްކާ ތަނަކުން އޮޅުވާލައިގެން,ހަލާލު ނޫން މަސް 40 އަހަރުވަންދެން ވިއްކައިފި

ނިއުސް ސްޓަރައިޓު ޓައިމްސް (އެން.އެސް.ޓީ) އާއި ހަވާލާދީ ޚަބަރު ފަތުރާފައިވާ ގޮތުގައި އެއްގަމު މަސްވިއްކާ އެ ފިހާރައިގެ ”ބިޒްނަސް މޮޑެލް“ ބިނާވެފައިވަނީ ބްރެޒީލް, ބޮލީވިއާ, ކެނެޑާ, ކޮލަމްބިއާ, ސްޕެއިން, މެކްސިކޯ ފަދަ ގައުމުތަކުން ހަލާލް ސެޓްފިކެޓު ނޯންނަ މަސް އެތެރެކޮށް, ހަލާލް ތައްގަނޑު ޖަހައި އަލުން ޕެކްކޮށްގެން, މެލޭޝިއާގެ އެކިކަންކޮޅުތަކުގައި ހުރި  ފިހާރަތަކަށް ފޮނުވުމެވެ.  މި ފިހާރައިންވަނީ އަހުގެ މަހާއި ކެންގަރޫ މަހުގެ އިތުރުން ވަރަށް ފެންވަރުދަށް ޖަރާސީމު ހުރި މަސްވެސް އެތެރެކޮށްފައެވެ. ދެން މި މަހުގެ […]

ގާޒާގެ ގްރޫޕުތައް ގުޅިގެން ބޭއްވި ފުރަތަމަ ހަރަކާތުގައި މޫދަށް ރޮކެޓު ފޮނުވާލައިފި

މުސްތަގުބަލުގައި އިޒުރޭލުން ކުރިމަތިވެދނެ ހަމަލާއަކަށް ތައްޔާރުވެ ތިބުމުގެ ގޮތުން ގާޒާގެ ފެކްޝަންތައް ގުޅިގެން މިލިޓަރީ ތަމްރީން ތަކެއް ހިންގައިފިއެވެ.  ފަލަސްތީނުގެ ހަތިޔާރުއެޅި ޖަމާއަތްތައް އެކުވެގެން އަންގާރަ ދުވަހު ހިންގި ހަރަކާތުގައި ގާޒާގެ މެޑިޓެރޭނިއަން ކަނޑަށް ވަނީ ރޮކެޓު ފޮނުވާލާފައެވެ. މިއީ މިގޮތަށް ގިނަ ގްރޫޕްތަކެއް ގުޅިގެން ބޭއްވި ފުރަތަމަ ހަރަކާތެވެ. މިހަރަކާތް މިހިންގީ ގިނަ އަރަބި މުސްލިމު ގައުމުތަކެއް ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިޒްރޭލާއި ގުޅިފައިވާ ވަގުތެއްގައެވެ.  ގާޒާ ހިންގަނީ ފަލަސްތީނުގައި އެންމެ ފުރަތަމަ ބޭއްވި ޑިމޮކްރަޓިކް […]

ތުރުކީން ލީބިޔާގެ ކަނޑުގެ ސިފައިންނަށް ފެނުއަޑީގައި ހަނގުރާމަކުރުމުގެ ހުނަރު ދަސްކޮށްދޭ ތަމްރީންތަކެއް ދީފި

ތުރުކީގެ ސިފައިން ލީބިޔާގެ ކަނޑުގެ ސިފައިންނަށް ފެނުއަޑީގައި ހަނގުރާމަކުރުމުގެ ހުނަރު ދަސްކޮށްދިނުމަށް  ފަސް ހަފްތާގެ ތަމްރީން ޕްރޮގްރާމެއް  ހިންގައިފިކަމަށް ތުރުކީގެ ދިފާޢީ ވުޒާރާއިން ޚަބަރު ދީފިއެވެ.  މި ހަރަކާތަކީ ތުރުކީއާއި ލީބިޔާއާއި ދެގައުމުގެ ދެމެދުގައި ހެދިފައިވާ އެއްބަސްވުމެއްގެ ދަށުން ހިންގުނު ހަރަކާތެއްކަމަށް އޮފިޝަލުން ވިދާޅުވިއެވެ.   ތުރުކީގެ ދިފާޢީ ވުޒާރާއިން ނެރުނު ސްޓޭޓްމަންޓެއްގައި ވިދާޅޫވެފައިވަނީ ތުރުކީއާއި ލީބިޔާއާއި ގުޅިގެން ހިންގި ތަމްރީންތަކަކީ މިލިޓަރީ ތަމްރީނާއި, ދެގައުމުގެ އެއްބާރުލުމާއި ކޮންސަލްޓެްންސީ އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.  މީގެ […]

ނިރުބަވެރިން ހޯދުމުގެ އޮޕްރޭޝަންތަކުގެ ސަބަބުން ގެއްލުން ލިބުނު މީހުންނަށް ކުރިމަތިވާ މައްސަލަތައް: އޮސްޓްރިއާ

ނިރުބަވެރިން ހޯދުމުގެނަމުގައި ހިންގި އޮޕަރޭޝަނެއްގައި ފުލުހުން ގެއެއް ބަލައި ފާސްކުރުމުގެ ތެރޭގައި ފުލުހުންގެ ފަރާތުން އަނިޔާ ލިބުނު 12 އަހަރުގެ މުސްތަފާއަށް ނިދުމަށް އުދަގޫވާތީ  މިހާރުދަނީ ފަރުވާކުރަމުންނެވެ.  ނޮވެންބަރު 9ވަނަ ދުވަހު ވިއެނާ ފުލުހުން ހިންގި ”އޮޕަރޭޝަން ލަކްސް“ ކިޔާ ހަރަކާތެއްގައި 60 ގެއެއް ބަލައި ފާސްކޮށް 30 އަށްވުރެ ގިނަ މުސްލިމު އެކްޓިވިސްޓުންނާއި އިލްމުވެރިން ހައްޔަރު ކުރިއެވެ. އެމީހުންނަށް ތުހުމަތު ކުރަނީ ނިރުބަވެރި ޖަމާއަތްތައް ހިންގުމާއި, ނިރުބަވެރިންނަށް މާލީ އެހީ ދިނުމާއި, ރާވައިގެން ޖަރީމާ ހިންގުމާއި, […]

ސައޫދީގެ ކޯޓަކުން އަންހެން އެކްޓިވިސްޓެއް 6 އަހަރާ ގާތްކުރާ މުއްދަތަކަށް ޖަލަށްލައިފި

އިދިކޮޅު ގްރޫޕަކުން ހާމަކުރިގޮތުގައި, ހޯމަދުވަހު ސައޫދީގެ ކޯޓަކުން އަންހެން އެކްޓިވިސްޓެއް ކަމަށްވާ ލުޖައިން އަލްހަތުލޫލް 5 އަހަރާއި 8 މަހުގެ މުއްދަތަކަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.  2018 ވަނަ އަހަރު މޭމަހު އަލް ހަތުލޫލްއާއި އިތުރު އަންހެން އެކްޓިވިސްޓުންތަކެއް ހައްޔަރުކުރީ, ރަސްކަމުގެ ކަންކަމަށް ގެއްލުންދޭން މަސައްކަތްކުރި ކަމުގެ ތުހުމަތުގައެވެ.  ސައޫދީ މީޑިއާއިން ހާމަކުރިގޮތުގައި އަންހެން އެކްޓިވިސްޓުންނަށް ދައުވާކުރީ ސަޢޫދީގެ ސިޔާސީ ނިޒާމް ބަދަލުކުރަން އުޅުމުގެ ކުށަށާއި ގައުމީ ސަލާމަތަށް ނުރައްކާކުރި ކުށަށެވެ.  ސައުދީ ސަރުކާރުން, ގައުމު ތަރައްގީކޮށް, ހުޅަގުގެ […]

އެމެރިކާގެ ޑިމޮކްރަޓުން އެދެނީ އަޅުގަނޑުމެން މިތަނުން ދާން، އެކަމަކު އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން: އެމެރިކާގެ ސަރުކާރުގެ ޚަބަރު ފަތުރާ މީޑިއާތައް.

ޑޮނަލްޑު ޓްރަމްޕުގެ ސަރުކާރު ޖަވާބުދާރީކޮށް ދެފުށް ފެންނަ ގޮތަށް ކަންތައްތައް ކުރުވުމަށް ވޭތުވެދިޔަ އަހަރު ތަކުގައި ހުއްޓާނުލައި ކުރަމުންދިޔަ މަސައްކަތްތައް ހަމަ އެގޮތަށްކުރަން، ޑިމޮކްރަޓިކް ޕާޓީން އުފައްދާ ސަރުކާރެއްގެ ކޮރަޕްޝަން ހުއްޓުވަންވެސް ތިބީ ތައްޔާރަށްކަން އިންޓަރސެޕްޓު ނޫހުން، އެ ނޫހުގެ ކިޔުންތެރިންނަށް ޔަގީންކޮށްދީފިއެވެ. ”އަޅުގަނޑުމެންފަދަ ޚަބަރުފަތުރާ ތަނަކަށް, ޑިމޮކްރަޓިކް ޕާޓީގެ ރައީސްގެ ފަރާތުން ފެނިދާނެ މައްސަލައަކީ މިއީ,.. އޮބާމާގެ ސަރުކާރުން, ސަރުކާރުގެ ފައިލުތައް ސެންސަރުކުރި, ސަރުކާރުގެ މުހިއްމު ގިނަ ރިކޯޑުތަކެއް ބެލުނަނުދީ ނޫސްވެރިންނަށް ހުރަސްއެޅި, އަދި ކަންކަން […]

ދެހަފްތާތެރޭ ރާއްޖެއިން ޗައިނާއަށް 15 މިލިއަން ދައްކަންޖެހޭކަމަށް ރައީސް ނަޝީދު ބުނިބުނުން ޗައިނާ ސަފީރު ދޮގުކޮށްފި

       ރާއްޖޭގެ ސަރުކާރުން ޗައިނާއަށް ކުރިޔަށް އޮތް ދެހަފްތާތެރޭ 15މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތައް ޗައިނާ ސަފީރު ދޮގުކޮށްފިއެވެ.        ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވާ ގޮތުން ކުރިޔަށް އޮތް ދެހަފްތާ ތެރޭގައި 15 މިލިއަން ޑޮލަރު ޗައިނާގެ ބޭންކްތަކަށް ރާއްޖެއިން ދައްކަން ޖެހެއެވެ. އަދި މިއީ ދެހަފްތާއިން ސަރުކާރަށް ލިބޭ އާމްދަނީގެ 50% ކަމަށް ވެސް […]