ޑޮނަލްޑް ޓްރަމްޕު، ވަކި މުއްދަތެއް ނެތް ގޮތަށް ފޭސްބުކްއިން ބޭން ކޮށްފައިވާ ކަމަށް ސީ އީ އޯ މާރކް ޒަކަބާގް ވިދާޅުވެއްޖެ.

Loading

Facebook
Twitter
WhatsApp

ފޭސްބުކްގެ ޗީފް އެގްޒެކިއުޓިވް މާރކް ޒަކަބާގް ބުރާސްފަތި ދުވަހު ހާމަ ކުރެއްވި ގޮތުގައި ޑޮނަލްޑް ޓްރަމްޕު ވަކި މުއްދަތެއް ނެތް ގޮތަށް ވަނީ ބޭން ކޮށްފައެވެ. މިހެންކަމުން ޓްރަމްޕު، ހަތިޔާރެއް ގޮތުގައި އިންޓަރނެޓް ބޭނުންކޮށްގެން އެމެރިކާގެ ކެޕިޓޮލްގައި ކުރިޔަށް ދިޔަ ހަމަނުޖެހުންތަކަށް ހިތްވަރުދިނުމުގެ ސަބަބުން ސިލިކޮން ވެލީއާއި ދަ ވައިޓް ހައުސް އާއި ދެމެދު އޮތް ހަމަނުޖެހުންތައްވެސް ވަނީ އިތުރުވެގެން ގޮސްފައެވެ.

”އަހަރެމެންނަށް ޤަބޫލު ކުރެވޭ ގޮތުގައި ރައީސްއަށް އަހަރެމެންގެ ޚިދުމަތްތައް ބޭނުންކުރަމުން ދިއުމުގެ ފުރުސަތު މި ދަނޑިވަޅުގައި ދިނުމަުގެ ނުރައްކާތެރިކަން ވަރަށް ބޮޑު“ ޒަކަބާގް ލިޔުއްވާފައިވެއެވެ. ”އެހެންކަމުން އޭނާގެ ފޭސްބުކާއި އިންސްޓަގްރާމް ބަންދުކޮށްފައި ވާ ބަންދުކުރުން ވަކި މުއްދަތެއް ނެތް ގޮތަށް މި އިތުރު ކުރަނީ މަދުވެގެން ކުރިޔަށް އޮތް ދެ ހަފްތާއަށް، ސުލްހަވެރިކަމާ އަމާންކަމާއެކު ރިޔާސަތު ބަދަލުވަންދެން“

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް