މީހުން ޓްރެފިކްކުރުމުގެ ކުށުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

މީހުން ޓްރެފިކްކުރަން އުޅުނުކަމުގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފިއެވެ

ހައްޔަރުކޮށްފައިވަނީ ހެންވޭރު ސަލީމް ގެސްޓުހައުސްގައި އުޅެމުންދާ އުމުރުން 20 އަހަރުގެ ވެންކަޓަރަމަނާ ޕައްލާ ކިޔާ ފިރިހެނެކެވެ.

އޭނާގެ މައްޗަށް ކުރަނީ މީހުން ޓްރެފިކްކުރަން އުޅުން ނުވަތަ ޓްރެފިކްކުރުމުގައި ބައިވެރިވިކަމުގެ ތުހުމަތެވެ.

މިއީ ގިނަ ބަޔަކު ޝާމިލްވެގެން އިންތިޒާމުވެގެން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކުށުގެ އަމަލުތައް ހިމެނޭ ގޮތުން ހިންގަމުންދާ ކުށެއްކަމަށް ބެލެވޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.

“ކުށުގެ އަމަލުގެ ސަބަބުން ގިނަ ބަޔަކު ވިކްޓިމައިޒްވެފައިވާނެ ކަމަށް ބެލެވޭ.“

ކްރިމިނަލް ކޯޓުން މިއަދު ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.

އޭނާއަކީ އޭނާގެ ސްޕޮންސަރަށް ފިލައިގެން އުޅޭ މީހެއްކަމަށް ބެލެވޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Loading

One Response

  1. މާދަމާ ދޫކޮށްލާނެ. އިންޑިއާ ފަސްޓް ޕޮލިސީ ތަންފީޒް ކުރަން ދިލްއީއިން އަންގާނެ ވިކާޝް ސާހަބަށް. ދަ މޮންގޮލްސް އިން ސަލްޖިކް ތުރުކީ ފިލްމް ސީރީޒް ބައްލަވާ ލައްވާ. ވަރަށް ބަރާބަރަށް ގުޅޭނެ މިސަރުކާރާއީ އިންޑިޔާ ގޮނޑިކޮށްކޮގެ ބާރު ހިންގާގޮތް.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް