ހުޅުމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މާލޭ ކޯޓް ކޮންޕްލެކްސް އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
މި އިމާރާތުގެ ބިންގާ އަޅައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު، އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު އެވެ.
އުއްތަމަފަނޑިޔާރުގެ އަރިހުގައި މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް، ޑރ. ޢަބްދުﷲ މުއްޠަލިބް، ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް އަދި ރައްޔިތުންގެ މަޖީލީހުގެ މަނަދޫ ދާއިރާގެ މެންބަރު އަލްއުސްތާޛު ޙުސްނީ މުބާރަކް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް (ރިޓަޔާރޑް) އަޙްމަދު ސަޢުދީ ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަސައްކަތުގެ ކޮންޓްރެކްޓަރަކީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް(އެމް.ޓީ.ސީ.ސީ) އެވެ.
އެ މަސައްކަތް ކުރުމަށް މިއަދު ބިންގާ އަޅާފައިވާއިރު، އެ މަސައްކަތް ކުރުމަށް ސޮއިކޮށްފައި ވަނީ 25 ޖުލައި 2026 ގައެވެ.
މިއީ 720 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.
މާލެ ކޯޓް ކޮމްޕްލެކްސް އިމާރާތް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ކްރިމިނިލް ކޯޓް، ސިވިލް ކޯޓް، ފެމިލީ ކޯޓް، ޑްރަގް ކޯޓް، ޖުވެނައިލް ކޯޓް އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިންގުމަށް ބޭނުންވާ ޖާގަ ތަރައްޤީކުރެވިގެންދާނެއެވެ.
![]()
