60،000 ރުފިޔާގެ ސްކޭމްގެ މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފި

މުދާ ވިއްކާނެކަމަށް ބުނެ ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގި 2 މައްސަަލައަކާ ގުޅިގެން ތިންމީހުން ހައްޔަރުކޮށްފިއެވެ. މި ދެމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިޗވަނީ، ހީނާގެ / ނ. ހޮޅުދޫ، ޢަލީ ޢައްފާން (32އ) އާއި ޕްލާޒާ / ނ. ހޮޅުދޫ، މުޙައްމަދު ޙަމީދު (34އ) އަދި ވީނަސް / ނ. ވެލިދޫ، ޙައްސާނު ޢަލީ (34އ) އެވެ. ފުލުހުން ބުނީ މި ތިންމީހުންގެ ތެރެއިން ޙައްސާނު ޢަލީ ހައްޔަރުކޮށްފައި ވަނީ 2026 ސެޕްޓެންބަރު 2ވަނަ ދުވަހުގެ […]
ފެނަކައިގެ ކުރީގެ ޕްރޮކިއުމަންޓް ހެޑަށް 1 އަހަރާއި 7 މަހުގެ ޖަލު ހުކުމެއް އިއްވައިފި

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް، މަރިޔަމް ދީނާގެ މައްޗަށް ކޮރަޕްޝަނުގެ ކުށް ސާބިތުވެ، 1 އަހަރާއި 7 މަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ. ދީނާގެ މައްޗަށް ދައުވާކުރަނީ، ފެނަކަ ކޯޕަރޭޝަނާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއްނެތި، އެ މަސައްކަތަށް ވާ ފައިސާ އެ ކުންފުންޏަށް ދޫކުރި މައްސަލައިގައެވެ. އެގޮތުން މި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް […]
ޑޮލަރު މާރުކުރާ ކުންފުންޏެއް ޖޫރިމަނާކޮށް، ލައިސަންސް ހިފަހައްޓައިފި

މަނީ ޗޭންޖިންގ ވިޔަފާރިއާބެހޭ ގަވާއިދާ ޚިލާފުވުމުގެ ސަބަބުން ޑޮލަރު މާރުކުރާ ކުންފުންޏެއް ޖޫރިމަނާކޮށް، ލައިސަންސް ހިފަހައްޓައިފިއެވެ. އެމްއެމްއޭ އިން ބުނީ އެ އޮތޯރިޓީން ޖޫރިމަނާކުރީ އެމްއެސް ފައިނޭންސް ކަރަންސީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް ކަމަށެވެ. އެމްއެމްއޭ އިން އެ ކުންފުނި 5 ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމާއެކު އެ ކުުންފުންޏަށް ދީފައިވާ މަނީ ޗޭންޖިންގ ލައިސަންސް ވަނީ ހިފަހައްޓާފައެވެ. މިއީ ރާއްޖޭގައި އެންމެ ގިނައިން ބޭރު ފައިސާ މާރުކުރާ އެއް ކުންފުންޏެވެ. އެނގިފައިވާ ގޮތުގައި، މިދިޔަ އަހަރުގެ އޮކްޓޫބަރުން މި އަހަރުގެ […]
މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ރަސްދޫއިން ބަޔަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އއ. ރަސްދޫގައި ހިންގި އޮޕަރޭޝަންގައި ބަޔަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ލިލީމީޑް / އއ. ރަސްދޫ، މުޙައްމަދު ޢުލްވާން ރަޝީދު (21އ) އާއި، ގުލްދަސްތާގެ / އއ. ރަސްދޫ، އަޙްމަދު ޢަރީފު (37އ) އާއި، ހަވާމަންޒިލް / އއ. ރަސްދޫ، އިބްރާހީމް ދިނާން (30އ) އާއި، ފެހިވިނަ / އއ. ރަސްދޫ، އަޙްމަދު އިކުލީލް (37އ) އާއި، ކާރނޭޝަންމާގެ / […]
ތ. އޮމަދޫ އަދި ލ. ކަލައިދޫގައި މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް އިން ، ތ. އޮމަދޫ އަދި ލ. ކަލައިދޫ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ. މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އިން މި މަހުގެ 06 ވަނަ ދުވަހު ކުރި އިއުލާނެއްގައި ބުނީ، ތ. އޮމަދޫ އަދި ލ. ކަލައިދޫ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކުރާ ކަމަށެވެ. މި ބީލަން ކުރިއަށްގެންދިއުމުގައި ޢަމަލުކުރާނީ މިނިސްޓްރީ […]
ދިވެހިންނަށް ޚާއްސަ ދާއިރާގައި މަސައްކަތްކުރި 29 ފޮރިން އިންވެސްޓްމަންޓެއް ވަނީ އުވާލާފައި: މިނިސްޓަރު

ދިވެހިންނަށް ޚާއްޞަކޮށްފައިވާ ދާއިރާތަކުގައި ޙަރަކާތްތެރިވަމުންދިޔަ 29 ފޮރިން އިންވެސްޓްމަންޓް މިހާތަނަށް ވަނީ އުވާލެވިފައިވާ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ 2024 ވަނަ އަހަރު ޢަމަލުކުރަން ފެށުނު ފޮރިން އިންވެސްޓްމެންޓް ޤާނޫނާ ގުޅިގެން އެކުލަވާލެވުނު ސިޔާސަތުގެ ދަށުން، އަލަށް ކަނޑައެޅުނު ޝަރުތުތައް ފުރިހަމަކުރަންޖެހޭ 150 ފޮރިން އިންވެސްޓްމަންޓް ހިމެނޭ ކަމަށެވެ. އަދި 29 ފޮރިން […]
ގިނަ އަދަދެއްގެ ބަނގުރާފުޅި ހޯދި މައްސަލަ: 53 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި

ބަނގުރާ ވިއްކާ ނެޓްވޯކަކަށް އަމާޒުކޮށް ހެންވޭރު ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ބަނގުރާ ފުޅި ހޯދި މައްސަލައާ ގުޅިގެން 53 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ. މާލޭގައި ބަނގުރަލުގެ ވިޔަފާރިކުރާ ބޮޑު ނެޓްވޯކެއް އަތުލައިގަތުމަށް ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި ހ. މާދޫގޭގެ ފުރަތަމަ އަދި ފަސް ވަނަ ފަންގިފިލާއިން ގިނަ އަދަދެއްގެ ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން އިއްޔެ ތިން ބިދޭސީން ހައްޔަރުކޮށްފައި ވާއިރު، އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި […]
ރާއްޖޭގެ އިގްތިސާދު ދަނީ ދުވަހެއް ދުވަހަކަށް ބޮއްސުންލައި ހަލާކުވަމުން: ނަޝީދު

ދިވެހިރާއްޖެ މިއަދު މިވަނީ ވަރަށް ނުރައްކާތެރި ފައްތަރެއްގައި ކަމަށާއި ރާއްޖޭގެ އިގްތިސާދު ދަނީ ދުވަހެއް ދުވަހަކަށް ބޮއްސުންލައި ހަލާކުވަމުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އެ ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ބާޒާރުގައި ޑޮލަރުގެ އަގު ހުރި ގޮތުގެ ސަބަބުން ތަކެތީގެ އަގު އިންތިހާއަށް އުފުލި، އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން […]
ކުލި ނުދައްކާ ދެ ފްލެޓެއް ހުސްކުރަން އެފްޑީސީން އަންގައިފި

އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް ގަވާއިދުން ކުލި ނުދައްކާ ދެ ފްލެޓެއް ހުސްކުރަން އަންގާފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ބުނެފި އެވެ. އެފްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ގަވާއިދުން ކުލި ދައްކަން އެ ދެ ޔުނިޓުގެ ވެރިފަރާތަށް އެއްބަސްވުމުގައި ބުނާ ގޮތަށް އެކި ފަހަރު މަތިން ފުރުސަތު ވަނީ ދީފައެވެ. ނަމަވެސް ކަނޑައެޅި މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް ފްލެޓްތަކަށް ފައިސާ ނުދެއްކުމުން އެއްބަސްވުން ބާތިލްކޮށް، ނޯޓިސް ލިބޭތާ 15 ދުވަހުގެ ތެރޭގައި […]
އެކްސިޑެންޓްތައް ތަހުގީގުކުރަން ”ސްމާޓް ޑްރޯ“ ސޮފްޓްވެއާ ބޭނުންކުރަން ފަށައިފި

މަގުމަތީގެ އެކްސިޑެންޓްތަކުގެ ތަހުގީގުތައް މިހާރަށްވުރެ ހަރުދަނާކޮށް، އަވަސްކުރުމަށާއި، ތަހުގީގުތަކުގެ ސައްހަކަމާއި ފަންނީ މިންގަނޑުތައް މަތިކުރުމުގެ ގޮތުން ”ސްމާޓް ޑްރޯ“ ޓްރެފިކް އިންވެސްޓިގޭޝަން ސޮފްޓްވެއަރ ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ. ފުލުހުން މިއަދު ބުނީ މި ސޮފްޓްވެއަރ ތައާރަފުކޮށް ބޭނުންކުރަން ފަށާފައިވަނީ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓްގެ ދަށުން ހިންގާ ޓްރެފިކް އިންވެސްޓިގޭޝަން ފަންކްޝަނުން ކަމަށެވެ. ”ސްމާޓް ޑްރޯ“ އަކީ އެކްސިޑެންޓް ހިނގާ ސަރަހައްދުތަކުގެ ޑައިގްރާމްތަކާއި ސްކެޗްތައް ފަސޭހަކަމާއެކު ކުރެހުމަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ޔޫޒަރ-ފްރެންޑްލީ ސޮފްޓްވެއަރއެއް ކަމަށް ފުލުހުން […]