◾އިސްތިއުމާރީ އަނިޔާވެރިކަމާއި، އިޖުތިމާއީ ބަލިމަޑުކަމާ، ސަގާފީ ޚަރާބުތަކާއި، ގައުމުތަކުގެ މުއްސަދިކަން އަތްދަށުލާ ނާޖާއިޒު ފައިދާ ނެގުމާއި، ލިބަރަލް ފިކުރާއި އޭގެ ސަބަބުން ނުކުންނަ، މިސާލަކަށް އެލް.ޖީ.ބީ.ޓީ ފަދަ ހުރިހާ ކަންކަން ވަކިން ޚާއްޞަކޮށް ’ހުޅަނގު‘ (ވެސްޓް ނުވަތަ ވެސްޓަރން) މި ބަހާ ގުޅުވައިގެން ސިފަކުރުމަކީ އާންމުކޮށް ކުރެވޭ ކަމެކެވެ. އަދި މިހާރު ސިޔާސީ ވެރިންނާއި އެކަޑެމިކު ޢިލްމުވެރިން ވެސް ބޭނުންކުރާ އިޞްޠިލާޙެއްގެ ގޮތުގައި ’ދުނިޔޭގެ ހުޅަނގު‘ ނުވަތަ ’ގްލޯބަލް ވެސްޓް‘ ވަނީ މިކަންކަމާ އަޅުވާ ބަލައިގަނެވިފައެވެ.
◾ދެން، މިކަން އަޅުގަނޑު މެންގެ މުޖުތަމަޢުތަކަށް ތިލަކޮށްލާ ބަލައިލަމާ ހިނގާށެވެ. އަޅުގަނޑު މެންގެ ވެރިންގެ ހިތާބް ތަކާއި، ނުވަތަ ދަރުސްތަކުގަ ވިއަސް، އިޤްތިޞާދީ، ތަޢުލީމީ ނުވަތަ ސަގާފީ ގޮތުން ވިޔަސް، އެންމެހައި ނޭދެވޭ ސިފަތައް ގުޅުވައިގަތުމަށް މިސާލެއްގެ ގޮތުގަ ބޭނުންކުރަނީ ހަމަ ’ހުޅަނގު‘ މި ބަހެވެ. މީގަ މިކުރެވޭ ކަމަކީ ވިސްނާ ނުލައްވާ ޖަމްއުކޮށް އެތަށް ބިލިއަން ބަޔަކު އެއް ނާޅިއަކުން މިނެލެވެނީއެވެ.
◾ނަމަވެސް، މިތަނުގައި ވިސްނާ ފާހަގަކުރަންޖެހޭ މުޙިންމު ނުކުތާއަކީ، ’ހުޅަނގު’ގެ ބައްރުތަކުގައި ދިރިއުޅޭ މީހުންގެ ސަރީޙަ އަޣުލަބިއްޔަތަކީ ކްރިސްޓިއަނުން ކަމުގައިވާއިރު، އިސްތިއުމާރާއި، އަޅުވެތިކުރުމާއި، ނާޖާއިޒު ފައިދާ ނެގުމުގެ ތުހުމަތުތަކާއެކު ”ކްރިސްޓިއަން“ ދީނުގެ ނަން ހިމަނާ ކުށްވެރިކުރެވިގެންދާ ކަމެވެ. އިސްލާމްދީނުގެ ނަން ޓެރަރިޒަމާ ގުޅުވައިގެން ކުށްވެރިކުރެވޭ ފަދަ ބީދައިންނެވެ. މި ދެޙާލަތުގެ މެދުގައި އެއްގޮތްކަމެއް އެބައޮތެވެ. އަދި މި ދެފަރާތް ވަނީ ފުންކޮށް މޫހިފާފައިވާ ފިކުރީ ޢަދާވާތްތެރިކަމެއްގެ ތެރެއަށް ވައްޓާލެވިފައެވެ. މިއީ އިއްތިފާގަކުން ހިނގާފަވާ ކަމެއްތޯއެވެ، ނުވަތަ ”ފިކުރީ އިންޖިނީރިންގް“ ގެ ބައެއްތޯއެވެ. މިއީ ވިސްނާ ވަޑައިގަންނަވަން މިއަދު ޖެހޭ ކަމެކެވެ.
◾އިސްލާމީ ނަޒަރިއްޔާތަކުން ބަލާއިރު، ކީރިތި ޤުރްއާނުގެ ސޫރަތުލް މާއިދާގެ 82 ވަނަ އާޔަތުގައި ވަޙީކުރައްވަވާފައިވެއެވެ:
”އީމާންވި މީހުންނަށް މީސްތަކުންކުރެ، ޢަދާވަތްތެރިކަން އެންމެބޮޑު ބަޔަކީ، ޔަހޫދީންނާއި، އަދި ޝަރީކުކުޅަ މީހުން ކަމުގައި ހަމަކަށަވަރުން، ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އަދި އީމާންވި މީހުންނަށް، މީސްތަކުންކުރެ ރަޙްމަތްތެރިކަމުގެ ގޮތުން އެންމެ ގާތްބަޔަކީ، ”ތިމަންމެންނީ ނަޞާރާއިންނޭ“ ބުނި މީހުން ކަމުގައި ހަމަކަށަވަރުން، ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ“.
◾މި އާޔަތުގައި، އީމާންވީ މީހުންނަށް އެންމެ ޢަދާވާތްތެރި ބަޔަކީ ޔަހޫދީންކަމަށް ހަތްއުޑުގެ މަތިން ﷲ (ސވތ) ބަޔާންކުރައްވާފައިވުމީ ޢަޖާއިބުު ކުރުވަނިވި ކަމެކެވެ.
◾ނަމަވެސް ޒަޔަނިސްޓް ޔަހޫދީންގެ ނުބައިކަމާ މަކަރުވެރިކަން، އަދި އެމީހުން ރިބާގެ މުއާމަލާތުން މުޅިދުނިޔޭގެ މުއްސަދިކަން ކޮންޓްރޯލުކޮށް، މުޅިދުނިޔެއަށް ރިބާ ފަތުރާ، އެފައިސާއިން ކުދިބޮޑު ގައުމުތަކުގެ ސިޔާސީ އެލެކްޝަން ކެމްޕެއިނުތަކަށް ފަންޑުކޮށް، މުޅިދުނިޔޭގެ ސިޔާސީ ނިޒާމު އަދި ސިޔާސަތު، ފަރުދާގެ ބިއްދަށުގަ ތިބެ ކޮންޓްރޯލު ކުރާކަން ބެލީމަ، އެނގޭއިރުވެސް މިކަންވަނީ ވަޅުލެވިފައެވެ. ނޫސްވެރިޔަކުވެސް ޔަހޫދިންގެ މި ހަގީގަތާ މެދު އެއްޗެއް ބުނަނީ ވަރަށް މަދުފަހަރެއްގަ އެވެ. މި ދަންނަވަނީ ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދެއްވަން ޖެހޭއިރު ނޫސްވެރިންގެ އިހުމާލުވެސް މިކަމުގަ ފާހަގަވާ ވާހަކައެވެ.
◾އިންތިޚާބުކުރެވިފައިވާ ކެންޑިޑޭޓުންނަށް ’ވޯޓުުލުމުގެ‘ ފުރުޞަތު މުޅި ދުނިޔޭގެ ގިނަ ރައްޔިތުންނަށް ލިބިފައިވީ ނަމަވެސް، ސަރުކާރުތަކާއި، ރަސްރަސްކަލުންނާއި، ވެރިކަންކުރާ އިދާރާތަކާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން، އެބޭފުޅުންގެ މަގާމަށް ހޮވުމަށްފަހު ކެމްޕޭނުގަ ވީ ވައުދު ފުއްދުމާއި، ރައްޔިތުންގެ ޙަޤީޤީ ތަމްސީލެއް ނުކުރާކަން މިއަދު އަޅުގަނޑުމެންނަށް އެނގެއެވެ. މިއީ ކީއްވެގެން ހިނގާ ކަމެއްބާއެވެ؟ ނުވަތަ މިއީ ވިސްނާ ފިކުރުކޮށް އިސްލާހު ކުރަން މިއަދު ނުޖެހޭ ކަމެއްތޯއެވެ، ނުވަތަ މިއީ އާންމުކޮށް ކަންކަން ހުންނަންވީ ގޮތްބާއެވެ؟
◾އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުގެ ރައްޔަތުން ގާޒާގަ ހިންގަމުންދާ ގަތުލުއާންމު ހުއްޓުވުމަށް އެމީހުންގެ ގައުމުތަކުގެ ސަރުކާރު ތަކަށް ގޮވާލާ އަދި އިޒްރާއިލާ ދެކޮޅަށް އެތަށް މިލިއަން ބަޔަކު ނިކުމެ މުޒާހަރާ ކުރިތަން ސޯސަލް މީޑިޔާ ވީޑިއޯ ކްލިޕްތަކުން ނުދެކޭ ބޭފުޅަކު ހުންނާނެތޯއެވެ، ނަމަވެސް އެގައުމުތަކުގެ ސަރުކާރުތަކުން އިޒްރާއިލަށް ސިޔާސީގޮތުން އެހީތެރިވެ، ހިލޭ ސާބަހަށް ހަތިޔާރު ފޯރުކޮށްދެމުން ގެންދާ ސަބަބަކީ، އެގައުމުތަކުގެ ސެނެޓް އަދި ރިޔާސީ ކެންޑީޑޭޓުންނަށް ހަރަދުކުރަނީ ޔަހޫދީ މަހުޖަނުން ކަމުގަވާތީ، އެމީހުން ކުރާ ޝަރުތުތަކާ އަދި ނުފޫޒުންނެވެ. އަދި މިކަމުގަ ވާ ބޮޑު ބިރުވެރިކަމަކީ ޔަހޫދީން ހަލާކު ކުރައްވަވާ ނެތިކުރަށްވަވާނެކަން ހުދާ ކަޅުން އެގެން އޮތުމެވެ. ވީމާ އެމީހުންގެ ކިބައިން މަދަދު ހޯދައިފި ބަޔަކުގެ ހާލަތުވެސް ވާނީ އެފަދައިންނެވެ.
https://www.youtube.com/watch?v=j1AoPlJgEBQ
➖ އާޓިކަލް ކޮޕީ/ޕޭސްޓް ކޮށް އަމިއްލަފުޅު ސްޓޭޓަސްގައި ޕޯސްޓް ކުރައްވާށެވެ. ތެދު ހާމަކުރުމަކީ އެންމެންގެ ޒިންމާއެކެވެ.
ލިއުނީ: މުހަންމަދު މުސްތާޤު
![]()
