އުސްމާނީ ދައުލަތުން ފިލާވަޅެއް

އުސްމާނީ ދައުލަތަކީ ދުނިޔޭގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ ބާރުގަދަ އަދި އެންމެ ދިގު މުއްދަތަކަށް ދެމިއޮތް އިސްލާމީ ވެރިކަމެވެ. ގާތްގަނޑަކަށް 600 އަށްވުރެ ގިނަ އަހަރު މި ދައުލަތް ދެމިއޮތެވެ. އެހެންނަމަވެސް ތަފާތު އެކި ސަބަބުތަކާ ހުރެ ދައުލަތުގެ ބާރު ކުޑަވެ އެންމެ ފަހުން ދައުލަތް ވެސް ނެތި ދިޔައީ އެވެ. އެކަމުގެ ބައެއް ސަބަބު ތަކަކީ؛ އުސްމާނީ ދައުލަތުގެ ބާރާ ނުފޫޒު ގަދަ ދުވަސްވަރުގައި، ޔޫރަޕްގެ ޤައުމުތަކާއެކު ވިޔަފާރީގެ އެއްބަސްވުންތަކެއް ހެދިއެވެ. އެއްބަސްވުންތައް ތަންފީޒު ނުކުރެވުމުގެ […]

ނުދައްކާ ހުރި ވާހަކަ

◾އިސްތިއުމާރީ އަނިޔާވެރިކަމާއި، އިޖުތިމާއީ ބަލިމަޑުކަމާ، ސަގާފީ ޚަރާބުތަކާއި، ގައުމުތަކުގެ މުއްސަދިކަން އަތްދަށުލާ ނާޖާއިޒު ފައިދާ ނެގުމާއި، ލިބަރަލް ފިކުރާއި އޭގެ ސަބަބުން ނުކުންނަ، މިސާލަކަށް އެލް.ޖީ.ބީ.ޓީ ފަދަ ހުރިހާ ކަންކަން ވަކިން ޚާއްޞަކޮށް ’ހުޅަނގު‘ (ވެސްޓް ނުވަތަ ވެސްޓަރން) މި ބަހާ ގުޅުވައިގެން ސިފަކުރުމަކީ އާންމުކޮށް ކުރެވޭ ކަމެކެވެ. އަދި މިހާރު ސިޔާސީ ވެރިންނާއި އެކަޑެމިކު ޢިލްމުވެރިން ވެސް ބޭނުންކުރާ އިޞްޠިލާޙެއްގެ ގޮތުގައި ’ދުނިޔޭގެ ހުޅަނގު‘ ނުވަތަ ’ގްލޯބަލް ވެސްޓް‘ ވަނީ މިކަންކަމާ އަޅުވާ ބަލައިގަނެވިފައެވެ.◾ދެން، މިކަން […]

ޗައިނާއިން އެމެރިކާ ރައީސްގެ ސައިޒް ދައްކާލުން

ހޮރްމުޒް ކަނޑުއޮޅީގެ މައްސަލާގައި ރައީސް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތަށް ޗައިނާއިން ދެކޮޅު ހަދައިފިއެވެ. އަދި މި ދެބަސްވުމުގެ ސަބަބުން އެމެރިކާއާއި ޗައިނާއިން ދުނިޔޭގެ މައްސަލަތަކުގައި ގެންގުޅޭ ވިސްނުން އިތުރަށް ފުޅާވެގެން ހިގައްޖެއެވެ. މި ތަފާތު ވިސްނުން އެންމެ ބޮޑަށް ފުޅާވެގެން ގޮސްފައިވަނީ ދުނިޔެއަށް ބޭނުންވާ ހަކަތަލިބުމަށް ހޮރްމުޒް ކަނޑުއޮޅީގެ މައްސަލާގައި މެދުވެރިވެފައިވާ ހުރަސްތަކުގެ ސަބަބުންނެވެ. ޗައިނާއާއިއިރުމަތީގެ އެހެން ގައުމުތަކަށް ބޭނުންވާ ހަކަތަ އާއި އިގްތިސާދުގައި ހޮރްމުޒް ކަނޑުއޮޅި ހުޅުވާފައިއޮތުމަކީ ވަރަށް މުހިންކަމެކެވެ. ޗައިނާއިން ދެކޭގޮތުގައި އީރާނަށް ޖެއްސުންކުރުމުގެގޮތުން […]

ފަރަަންސޭސި ވިލާތުގައި ހައި ސްކޫލްތަކާއި ޔުނިވަރސިޓީ ދަރިވަރުންގެ މުޒާހަރާ

ފަރަންސޭސި ވިލާތުގައި ތައުލީމީ ނިޒާމް މިހާރަށްވުރެން ރަނގަޅުކުރުމަށާއި އަދި ދިރިއުޅުމުގެ ޚަރަދުތައް އުފުލެމުންދާތީ ހައި ސްކޫލް ދަރިވަރުންނާއި ޔުނިވަރސިޓީ ދަރިވަރުން އިސްވެތިބެކުރިއަށް ގެންދާ މުޒާހަރާ ހޫނުވެ މުޒާހަރާގެ ސްލޯގަން ބިސްމި ﷲ ސޭ ލޭ ޓޭނެބްރޭ ގެ އަޑު ގަދަވެއްޖެއެވެ. ނުރަސްމީ މި ސްލޯގަންގެ މާނަ އޭގެ ޒާތުގައި މާ މުހިންމު ކަމަށް ބެލެބިފައި ނުވިޔަސް ދަރިވަރުންގެ ހުރިހާ ޝުއޫރުތަކެއް ވަނީ އޭގެ މައްޗަށް ބިނާކޮށްފައެވެ. ސްލޯގަން އިޚްތިޔާރުކޮށްފައިވަނީ ރައްޔިތުންގެ މެދުގައި ފުލުހުން ޒާތީ ތައައްސަބު ބޭނުންކުރުން […]

ބޯމަތީގައި އޮތީ އެންމެ ވިލާގަނޑެއް ނޫނެވެ

”ހެންލީ އެންޑް ޕާރޓްނަރސް“ އަކީ ދިވެހި ސަރުކާރުގެ އިކޮނޮމިކް އެޑްވައިޒަރ އެކެވެ. އެމީހުންގެ މައިގަނޑު ވިޔަފާރިއަކީ ދުނިޔޭގެ އެކި ޤައުމުތަކުން ގެދޮރުގަނެގެން ވަޒަންވެރިކަން ހޯދުމުގެ ފުރުސަތު އެކަމަށް ބޭނުންވާ މީހުނަށް ހޯދައިދިނުމެވެ. މިހެން މިކަން އޮތްއިރު، ހެންލީ އެންޑް ޕާރޓްނަޒްގެ ދެ އޮފީހެއް އިޒްރޭލްގައި ޤާއިމް ކޮށްފައި ހުރެއެވެ. އެއް އޮފީސް ހުންނަނީ ޓެލްއަވީވްގެ ރޮތްޗައިލްޑް ބޮލިވާރޑްގައެވެ. ވަރަށްރީތި ބޮޑު ބަގީޗާއެކެވެ. އަނެއް އޮފީސް ހުންނަނީ ޖެރޫސަލަމްގެ ގާޓީ ޓަވަރގައެވެ. މިހާވަރުގަދަ އޮފީސްތަކެއް އެ ކުންފުނިން އިޒްރޭލްގައި […]

ޕާން ކެއުން ހުއްޓާލުމުން ހަށިގަނޑަށް އަންނަ ބަދަލުތައް!

ދަ ޓެލެގްރާފްގައި ޝާއިއުކޮށްފައިވާ ތަހުލީލަކުން ދައްކާ ގޮތުގައި، ހަތަރު ހަފުތާ ވަންދެން ޕާން ކެއުން ހުއްޓާލުމަކީ ނުގަޑީގައި ލުއިކާނާ ފަދަ ތަކެތި ކެއުން މަދުކުރުމަށާއި، ބަރުދަން ކޮންޓްރޯލްކުރުމަށާއި، ބަނޑުފުފުމުގެ މައްސަލަ ހައްލުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ހާއްސަކޮށް ޕާނުގެ ބަދަލުގައި ފައިބަރުން މުއްސަނދި، ޕްރޮސެސްނުކުރާ ކާނާ ބޭނުންކުރާ ނަމައެވެ. މި ތަހުލީލުގައި، ނޫސްވެރިޔާ މިރަންޑާ މެކްމިން ހަތަރު ހަފުތާ ވަންދެން ޕާން ކެއުން ހުއްޓާލުމުން، ބަނޑުފުފުން ކުޑަވެ، ހަށިގަނޑުގެ ހަކަތަ އެއްވަރެއްގައި ހިފެހެއްޓި، އަދި ބަރުދަން ލުއިވިކަން ފާހަގަކުރެވުނެވެ. […]

އެމެރިކާ އަލުން ހަމަލާތައް ފަށައިފިނަމަ ދުނިޔެ ހައިރާންކޮށްލާނަން

އެމެރިކާއިން އީރާނާ ދެކޮޅަށް އަލުން ހނަގުރާމަ ފަށައިފިނަމަ ދެން ކަންތައް ވެގެން ހިނގައިދާނެ ގޮތުގެ އާންމު އިންޒާރެއް އީރާނުން އިއުލާންކޮށްފިއެވެ. ފާއިތުވެގެން މިދިޔަ ދުވަސްތަކުގައި އީރާނުން ތަފާތު ވައްތަރުގެ ގިނަހަތިޔާރު އުފައްދާފައިވާކަމަށާއި ޓާގެޓްތަކަށް ފޮނުވާލުމަށް ތައްޔާރު ކޮށްފައިވާކަމަށް އީރާނުން މިލިޓްރީ އޮފިޝަލުން ގެންދަނީ އިންޒާރު ދެމުންނެވެ. އަދި ކަނޑު އަޑީގައި އަޅާފައިހުރި އިންޓަރނެޓް ކޭބަލްތައް ބުރިކޮށްލާނެކަމަށްވެސްއީރާނުންދަނީއިންޒާރުދެމުންނެވެ.އަހަރެމެން މިހާތަނަށް އަމާޒުކޮށްފައިނުވާ ޓާގެޓްތައް މިހާރުވަނީ ފާހަގަ ކޮށްފައެވެ. އެ ތަންތަނަށް ހަމަލާދެމުންގެންދާއިރު ދުނިޔެއަށް ހައިރާންކަމެއް ލިބިގެންދާނެ ކަމަށް އީރާނުގެ އިންގިލާބީ […]

އިންތިޚާބު ބޯމަތިވެފައިވާއިރު ރަޙްމަތްތެރިންގެ މެދުން މިފެންނަ ދެކޮޅުވެރިކަމަކީ ހަގީގަތެއްބާ!

ހަނގުރާމައަށް ތައްޔާރަށް ތިބުމަށް ރައީސް ޓްރަމްޕް އެންގެވުމާއެކު އެމެރިކާގެ މިލިޓްރީން ގަލްފު ސަރަހައްދަށް އަނެއްކާވެސް ފުނިޖައްސަނީވައިޓް ހައުސްގެ ރިޔާސަތު މިހާތަނަށް ލިބިފައިވާ އިސްރާއީލުގެ ބޮޑުވަޒީރުގެ އެންމެގާތް ރަޙްމަތްތެރިޔާ އަދި އިސްރާއީލުގެ އެމްބަސީ އެންމެފުރަތަމަ ގުދުސްއަށް ބަދަލުކުރަން އަމުރުކުރި ރައީސް ޓްރަމްޕް އާއި ނަތަންޔާހޫގެ ދޭތެރޭ ސިޔާސީ ކުނިޖެހުނު ޚަބަރު މީޑިއާތަކުގައި ފަލަ ސުރުޚީއަކަށް ވެއްޖެއެވެ. އޮކްޓޯބަރ 27 ގައި ބޭއްވުމަށް ތާވަލް ކުރެވިފައިވާ އިސްރާއީލުގެ އާންމު އިންތިޚާބާއި ނޮވެމްބަރ 3 ވަނަ ދުވަހަށް ތާވަލްކުރެވިފައިވާ އެމެރިކާގެ މިޑްޓާރމް […]

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރާ ހަނގުރާމައަށް ޔޫރަޕް ނުވަނުމަށް އީރާނުގެ އިންޒާރު

ޔޫރަޕް އާއި އީރާނުން ބަންދުކުރެވިފައިވާ ދޮރުގެ ބޭރުފަރާތުން ކުރެވެމުންދަނީ އާދައިގެ މަޝްވަރާތަކެއް ނޫނެވެ. އެ މަޝްވަރާތަކަށް އީރާނުން ފޮނުވި މެސެޖްގައި އެމެރިކާ ހަމަބިމަށް ތިރިކުރާނެކަމަށާއި ޔޫރަޕްގެ ގައުމުތަކުން އަމިއްލަ ހާލަތާދޭތެރޭ ވިސްނުމަށް ބުނެފައިވެއެވެ. އީރާނާއެކު ޔޫރަޕްގެ ގައުމުތަކުން ގުޅުން ބާއްވާނެ ފެންވަރެއް ކަނޑައަޅާށެވެ. ޔޫރަޕްގެ ގައުމުތަކުން އީރާނުގެ މެސެޖާމެދު ވިސްނަމުން ގެންދާތާ މިހާރު ދެތިން ދުވަސްވެއްޖެ ކަމަށްވެއެވެ. މިއަދުގެ ހާލަތުގައި ޔޫރަޕްގެ ގައުމުތަކުން ގޮތެއް ނިންމުމަކީވެސް ފަސޭހަކަމަކަށް ނުވެއެވެ. ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރަން ދިމާކުރާ ޔޫރަޕްގެ ގައުމުތަކަށް […]

މެދުއިރުމަތީގެ ހަނގުރާމައިގާ ދުނިޔޭގެ ބާރުގަދަ ބައެއް ގައުމުތަކުން ފިތިފައިތިބި މިންވަރު

މެދު އިރުމަތީގައި ހިނގަމުންދާގެ ވާހަކަ ދައްކާއިރު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާފެށި ދުވަސް ޕްރޮފެސަރ ޖެފްރީ ޝާސް ބަޔާންކޮށްދިނުމަށް ބޭނުންކޮށްފައިވާ މަދު ޖުމުލަކޮޅަކާ ދޭތެރޭ ވިސްނާލުން ރަނގަޅު ވާނެއެވެ. އޭނާ ވިދާޅުވެފައިވެއެވެ. އެއީ ރޭގަނޑުގެ ހަމަހިމޭންކަމުގެ އަރާމް ނިދީގައި އީރާނަށް ކުއްލި ސިހުމެއް ލިބިގެންދިޔަ ދުވަހެވެ. އެމެރިކާއާއި އިސްރާއީލުން އެއްވެސް ހަމައެއް ލަމައެއްނެތި އީރާނަށް ބޮން އަޅަމުން ގެންދިޔަ ދުވަހެވެ. އެއީ އެމެރިކާއާއި އިސްރާއީލުގެ ހަމަލާތަކުގައި އީރާނުގެ ސުޕްރީމް ލީޑަރ އާޔަތު ﷲ އަލީ ޚާމަނާއި […]