އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގައި އެމެރިކާއަށް ލިބޭ ގެއްލުންތައް ހާމަވާން ފަށައިފި

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަން ފެށި ހަނގުރާމައިގާ އެމެރިކާގެ 81 މިލިޓްރީ އެއާރކްރާފްޓް އީރާނުން ވައްޓާލައި ނުވަތަ ހަލާކު ކޮށްލައިފިއެވެ. އޭގެ ތެރޭގައި އެއާރކްރާފްޓާއި ހެލިކޮޕްޓަރާއި އިންޓެލިޖެންސް އާއި ފާރަލުމާއި ހަނގުރާމައިގެ މައިދާނުގެ ހަރަކާތްތަކަށާއި ބަލާ ހޯދުމުގެ ހަރަކާތްތަކަށް ޚާއްސަކުރެވިފައިވާ އެމް-ކިޔޫ 9 މަރުކާގެ ރީޕަރ ޑްރޯންވެސް ހިމެނެއެވެ. ޕެންޓަގަންގެ އެންމެ އަގުބޮޑު މިލިޓްރީ އެސެޓްގެތެރޭގައި ހިމެނޭ އެފް-35 މަރުކާގެ ފައިޓަރޖެޓާއި އީ-3 މަރިކާގެ ސެންޓްރީ އަދި […]

އެމެރިކާ ފަހަތަށް ޖައްސާލާފައި ޗައިނާއިން ދުނިޔޭގެ އެއްވަނަ ގައުމުގެ މަގާމު ހާސިލު ކުރެވިދާނެތަ!

ޗައިނާއިން އެމެރިކާގެ މަގާމު އަތުލާފާނެތޯ ބެލުމަށްޓަކައި ބައިނަލް އަގްވާމީ މީޑިއާއިގުޅިގެން ޕޫ ރިސާރޗް ސެންޓަރ އިން މިއަހަރު ބަހާރު މޫސުމުގައިކުރި ސަރވޭގައި ބައިވެރިކުރުވި 36 ގައުމުގެ ތެރެއިން ގިނަ ގައުމުތަކުން ވަނީ ދުނިޔޭގެ ކުރިމަގުގައި ޗައިނާގެ ކޮޅަށް ބުރަވެފައެވެ. އެކަމަކު މީގެ 3 އަހަރުކުރިން ކުރެވުނު ސާރވޭގައި ގިނަ ގައުމުތަކަކުން ވަނީ އެމެރިކާގެ ކޮޅަށް މާބޮޑަށް ލެނބިފައެވެ. މީގެ އެއް އަހަރުދުވަސްކުރިން ކުރެވުނު ސާރވޭގެ ނަތީޖާގައި އެމެރިކާއަށް %49 ލިބިފައިވާއިރު ޗައިނާއަށް ލިބުނީ %37 އެވެ. ޚާއްސަކޮށް […]

ބަސަރާއަށް ކަދުރު ވިއްކުމާއި އެމެރިކާއިން ޗައިނާއަށް ހަތިޔާރު ވިއްކުން

އަހަރެމެން ދުނިޔޭގެ ވަރަށްގިނަ ގައުމުތަކަށް ހަތިޔާރު ވިއްކަމުން ގެންދާ ކަމަށާއި ޗައިނާއިންވެސް އެމެރިކާގެ ހަތިޔާރު ގަތުމަށް ދައުވަތު ދެއްވަން ބޭނުންވާ މޭރުމަކުން ރައީސް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ދެންނެވިކަމަށް މިދިޔަ އާދީއްތަ ދުވަހު ފޮކްސް ނިއުސްގައި ވާހަކަ ދައްކަވަމުން ޗައިނާގައި ހުންނަވާ އެމެރިކާގެ ސަފީރު ޑޭވިޑް ޕަރޑިއޫ ވިދާޅުވެފައިވެއެވެ. އަދި އެމެރިކާގެ ހަތިޔާރު ގަންނަން ބޭނުންފުޅުތޯ އެއްސެވި ކަމަށްވެސް ސަފީރު ވިދާޅުވިއެވެ. އެހެންނަމަވެސް އެ ފަދަ ވާހައެއް ނުދެއްކޭ ކަމަށް ހޯމަދުވަހު ރައީސް ޓްރަމްޕް […]

ޓެލްއަވީވަށް ދަތުރުކުރަމުން ދިޔަ ފްލައިދުބާއިގެ ޕައިލެޓް މަރާލަން ކޯ-ޕައިލެޓް ހަމަލާ ދިނުން

2020 ވަނައަހަރު ޔުނައިޓެޑް އެރެބް އެމިރެޓްސް އާއި އިސްރާއީލާދެމެދު ސިޔާސީ ގުޅުން ގާއިމް ކުރެވުމާއެކު ދެ ގައުމުގެ މެދުގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުންވެސް ފަށައިގަނެވުނެވެ. އިއްޔެ ސެޕްޓެމްބަރ 30 ވަނަ ދުވަހު ޔުނައިޓެޑް އެރެބް އެމިރެޓްސް އިން އިސްރާއީލުގެ ބެންގޫރިއަން އިންޓަރނޭޝަނަލް އެއާރޕޯރޓަށް އުދުހެމުންދިޔަ ފްލައި ދުބައިގެ ފްލައިޓް އެފް ޒީ 1073 ގެ ޕައިލެޓަށް އޭނާގެ ކޯ-ޕައިލެޓް ވަޅިއަކުން ހަމަލާދީ ބޯޓު ވައްޓާލަން މަސައްކަތް ކުރިކަމަށް ތުހުމަތު ކުރެވިއްޖެއެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބުނެފައިވަނީ އެ […]

ޔޫއެންގެ ޕޯޑިއަމުންނާއި އެމެރިކާގެ މަސްރަހުން މެދުއިރުމަތީގެ ހަނގުރާމަ

އީރާނުގެ ރައީސް ނިއުޔޯރކަށް ވަޑައިގަތުމަކީ އެގައުމުގެ ބައެއް ރައްޔިތުން ބަލާގަންނަ ކަމަކަށް ނުވިއެވެ. އެ ރައްޔިތުން ދެކޭ ގޮތުގައި އެމެރިކާއަކީ އީރާނުގެ ދުޝްމަނުންގެ ގައުމެކެވެ. އެމެރިކާގެ ރައީސަކީ އީރާނުގެ ސުޕްރީމް ލީޑަރ އާއި ސްކޫލް ކުދިންތަކެއް މަރާލާފައިވާ އަނިޔާވެރި ގާތިލެކެވެ. އީރާނުގެ ބައެއް އެހެން ރައްޔިތުން ދެކޭ ގޮތުގައި މަސްއޫދު ޕެޒެޝްކިއާނަކީ މެދުމިނުގެ ސިޔާސަތަކަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ. އެހެންނަމަވެސް އަނެއްބަޔަކު ދެކޭގޮތުގައި އެމަނިކުފަކީ ބާޣީއެކެވެ. ދުޝްމިނުންގެ ގައުމަށް ދަތުރުފުޅު ކުރެއްވީމައެވެ. ސްޓީވް ވިކްޓޯފް އާއި ޖާރެޑް […]

ޔޫ އެން ޖެނެރަލް އެސެމްބްލީގައި ރައީސް ޓްރަމްޕް އީރާނަށް އިންޒާރު ދެއްވުން

ޖޫންމަހުގެ އެއްބަސްވުމުގެ މައްޗަށް ބިނާކޮށް 60 ދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމަށާއި ހޮރްމުޒް ކަނޑުއޮޅި ހުޅުވުމާއި އަދި ސުލްހައިގެ ވާހަކަތަކަށް މަގުފަހި ކުރުމަށް އީރާނުން ރޯޑްމެޕެއް އެމެރިކާއަށް ހުށައަޅައިފިއެވެ. މި ބަދަލު ސުލްހައިގެ ވާހަކަތަކަށް އަނެއްކާވެސް ފުރުސަތެއް ހުޅުވިދާނެކަމަށް އުންމީދެއް އައިސްފައި މިވަނީ މިސްރާއި ގަތަރ އަދި ޕާކިސްތާނުން މާބޮޑަށް ބާރުއަޅަމުންގެންދިއުމުގެ ސަބަބުންކަމުގައި ރައީސް ޓްރަމްޕް ވިދާޅުވިކަމަށް ދަ ނޭޝަނަލް އިން ރިޕޯރޓް ކޮށްފައި ވެއެވެ. ހައެއާއެކު މިދުވަސްވަރު ބައެއް އެހެން ފަރާތްތަކުން މަސްރަހް ކިލަނބު ކުރަން […]

އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ފާރަލުން ދަމަހައްޓަން ފާހެއްނުކުރެވުނު

އީރާނުގެ ނިއުކްލިއަރ މަޝްރޫއާ ގުޅިގެން އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ދެމެހެއްޓުން ބަލާ ފާރަލުމުގެ މުއްދަތު އިތުރުކުރަން ހުށައެޅި މައްސަލާގައި ޔުނައިޓެޑް ނޭޝަންސް ސެކިއުރިޓީގެ ކައުންސިލްގެ މެމްބަރުންނަށް އެއްގަލަކަށް ނޭރި ރަޝިޔާއާއި ޗައިނާއިން ވީޓޯ ކޮށް ބޭރު އަރުވާލައިފިއެވެ.އެމެރިކާއިން ސެކިއުރިޓީ ކައުންސިލަށް ހުށައަޅާފައިވަނީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ބަލާ ފާރަލުން ހަވާލުކޮށްފައިވާ ތަޖްރިބާކާރުންގެ ޓީމަށް އިތުރު އެއް އަހަރުގެ ފުރުސަތެއް ދިނުމަށެވެ. އެގާރަ ގައުމަކުން އެމެރިކާއިން ބޭނުންވި ގޮތަށް ވޯޓުދިން އިރު ޕާކިސްތާނާއި […]

ރަޝިޔާއާ ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުއަޅަން އެމެރިކާއިން ފާސްކޮށްފި

ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން ރަޝިޔާއާ ދެކޮޅަށް އިތުރު އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް މަސްދުވަސްވާންދެން ބަހުސް ކުރުމަށްފަހު ކޮންގްރެސްއިން ހުއްދަ ލިބުމާއެކު މިދިޔަ ހުކުރުދުވަހު ރައީސް ޑޮނާލްޑް ޓްރަމްޕް އެ ނިންމުމުގައި ސޮއި ކުރައްވައިފިއެވެ. ވޯޝިންގްޓަންގެ ގިނަ ވަގުތުތަކަކާއި މިލިޓްރީ ވަސީލަތްތަކެއް އީރާނާދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައަށް ހޭދަކުރެވިގެންދާއިރު މަޝްވަރާގެ މަގުން ޔޫކްރެއިން ހަނގުރާމައަށް ނިމުމެއް ގެންނަން ވޯޝިންގްޓަނުން ގެންދަނީ ބާރުއަޅަމުންނެވެ. އެހެންނަމަވެސް މޮސްކޯއިން ގެންދަނީ ޔޫކްރެއިނަށް އިތުރު ހަމަލާތައް ދެމުންނެވެ. ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ކުރަމުންގެންދާ ހަނގުރާމައަށް […]

އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގެ ބައެއް އުސްއަލިތައް އެނަލިސްޓުންގެ ރިޕޯރޓުން

އެންމެ ކުރީ ޒަމާނުއްސުރެން މެދުއިރުމަތީގެ އިސްލާމީ ކޮންމެ ގައުމަކަށްވެސް ދިވެހިންގެ ހިތުގައި ޚާއްސަ ގަދަރަކާއި އިޙްތިރާމެއް ވަނީ ދެވިފައެވެ. އޭރުވެސް އަދި މިހާރުވެސް މަޒްހަބީ ތަފާތުކުރުމަކީ ދިވެހިން މާބޮޑު އަހަންމިއްޔަތެއް ދެމުން ގެންދާކަމަކަށް ނުވެއެވެ. ރާއްޖެ އިސްލާމް ކުރެއްވި ބޭފުޅުންގެ ތެރޭގައި ބަރުބަރީއާއި ތަބްރޭޒީގެ ނަންފުޅު ގެނެވޭ ހިނދު އެބޭފުޅުންގެ މަޒްހަބު އޮޅުންފިލުވާކަށް ބޭނުމެއް ނުވެއެވެ. މިއަދު މެދުއިރުމަތީގައި އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގާ އަރަބި ގައުމުތަކުގައި ތިބި އެމެރިކާގެ ލަޝްކަރުތަކުން ފަނާކުރަނިވި ހަމަލާތަކެއް […]

ޗައިނާއާއި އީރާނުގެ ގުޅުމަށް ފަރީދު ޒަކަރިއްޔާގެ ރިޕޯރޓް

ގާނޫނީ ގޮތުން އީރާނަށް ލިބިދޭންޖެހޭ ހައްގުތަކަށް ވަކާލާތުކޮށް ރައްކާތެރިކޮށްދިނުމަށްޓަކައި ބައިވެރިއެއްގެ ގޮތުން ޗައިނާއިން ދެމިހުންނާނެކަން އެ ގައުމުގެ ޚާރިޖީ ވަޒީރު ވޭންގް ޔީ އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީއަށް ކަށަވަރުކޮށްދީފިއެވެ. ދެބޭފުޅުން ޗައިނާގެ ބެއިޖިންގގައި ބައްދަލުކުރައްވާފައި މިވަނީ ޗައިނާގެ ރައީސް ރަސްމީ ދަތުރުފުޅެއްގައި އެމެރިކާއަށް ވަޑައިގަތުން ދިހަ ވަރަކަށް ދުވަހަށް ކައިރިވެފާ ވަނިކޮށެވެ. ޗައިނާގެ ރައީސް ގެ ދަތުރުފުޅުގައި އެމެރިކާގެ ރައީސް އާއެކު އީރާން ހަނގުރާމައާއި ހޮރްމުޒް ކަނޑުއޮޅީގެ މައްސަލާގައި މަޝްވަރާ ކުރައްވާނެކަމަށް ވެއެވެ. އީރާނާއި […]