އެމެރިކާއަށް ގަލްފުގެ ގައުމުތައް ގެއްލެނީ ހެއްޔެވެ ؟

އީރާނާ ދެކޮޅަށް އެމެރިކާއިން މިލިޓްރީ އަދި އިގްތިސާދީ ގޮތުން އެންމެ ބޮޑެތި ހަމަލާތައް ދެމުން ގެންދާއިރު އީރާނުގެ އިލައިޓް ލަޝްކަރުން އިރާގުގެ އިރްބީލް އާއި ސުލައިމާނިއާގައި ހަރަކާތްތެރި ވަމުންގެންދާ ސީ އައި އޭ އާއި ގުޅުން ހުރި އިރާގުގެ ކުރުދީ މިލިޝިއާއަށް ކުއްލި ހަމަލާތަކެއް ދީފިއެވެ. އެމެރިކާ ސިފައިންގެ ރިޓަޔާރޑް ކާނަލް އެންތަނީ އާގިލާރގެ ދިރާސާ ރިޕޯރޓުގައި މިއީ އާންމު ކްރޮސްބޯޑަރ ހަމަލާތަކަކަށްވުރެން ބޮޑަށް ރޭވިގެން ހިންގި މިލިޓްރީ ހަމަލާއެއް ކަމުގައި ސިފަކޮށްފައިވެއެވެ.އީރާނުގެ މިލިޓްރީ ކޮމާންޑަރުގެ މުސްތަޝާރު […]
އިސްރާއީލަށްޓަކައި ހަނގުރާމަކޮށް އެމެރިކާގެ މިލިޓްރީ ތިންވަނަ ދުނިޔޭގެ ފެންވަރަށް ވެއްޓޭކަށް ބޭނުމެއް ނޫން

އެމެރިކާ މިލިޓްރީންގެ ތެރޭގައި ދެބަސްވުންތައް ދުވަހަކުވެސް ފެނިފައިނުވާ މިންވަރަށް މިއަދު ފެންނަމުން އެބަ ދެއެވެ. ފެންނަ ފެނުމުގައި މިލިޓްރީގެ އިސް ވެރިންނާއެކު ސިފައިންގެ ވެރިޔާ ހުންނެވީ ރައީސް ޓްރަމްޕްގެ އަމުރަށް ކިޔަމަންނުވާ ހިސާބުގައެވެ. މިކަމާ ބެހޭ ޕެންޓަގަންގެ ކްލާސިފައިޑް ލިއެ ކިއުންތަކެއް އެމެރިކާގެ މީޑިއާއަށް ވަނީ ލީކް ވެފައެވެ. މުޅި ދުނިޔެއަށް ކުއްލި ހައިރާންކަމެއް އެ ލިއެކިއުންތަކުން ގެނެސް ދެއެވެ. އަހަރެމެންނަށް އީރާނުގެ ހަނގުރާމައިގާ ނާކާމިޔާބު ވެއްޖެއެވެ. ހަނގުރާމަ ކުރިއަށް ގެންދާނަމަ އެމެރިކާގެ މިލިޓްރީއަށް ލިބެމުންދާ ގެއްލުންތަކުން […]
ހޫތީ މުޖާހިދުންގެ ވިދުވަރެއްފަދަ ކުރިއެރުން އެމެރިކާއަށް އިތުރު މުސީބާތަކަށް

ވޯޝިންގޓަނުން ރޮއިޓާރސްއީރާނުގެ މަދަދާއެކު ހޫތީ މުޖާހިދުން ރެޑް ސީގެ ޔަމަނުގެ ކޯސްޓަލް ސަރަހައްދުތަކުގައި ހޯދަމުންގެންދާ އަވަސް ކާމިޔާބީ ތަކުގެ ސަބަބުން މެދުއިރުމަތީގެ ރެޑް ސީ ސަރަހައްދާއި ބާބުލް މަންދޫބް މިހާރު ހޫތީ މުޖާހިދުންގެ ބާރުގެ ދަށަށް ހިނގައްޖެއެވެ. ރެޑް ސީގެ ޔަމަނުގެ ކޯސްޓަލް ސަރަހައްދު ހޫތީ މިޖާހިދުންގެ ފުރިހަމަ ބާރުގެ ދަށަށް ދިއުމަކީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ފުރިހަމައަށް ނިދި ނުލިބޭ މުސީބާތަކަށްވެސް ވަނީ ވެފައެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ އިތުރުން ޔަމަނުގެ ކޯސްޓަލް ސަރަހައްދާއި […]
ބަހްރައިންގައިހުރި އެމެރިކާގެ މިލިޓަރީ ވަސީލަތްތަކަށް އީރާނުން ވޭންދެނިވި ޙަމަލާތަކެއް ދީފި

ފާއިތުވެގެން މިދާ ދުވަސްތަކުގައި ބަހްރައިންގައި ގާއިމްކޮށްފައިހުރި އެމެރިކާގެ ނޭވަލް ސަޕޯރޓް އެކްޓިވިޓީ ބޭސްއަށް އީރާނުން ދެމުންގެންދާ ހަމަލާތަކުން ލިބެމުންދާ ގެއްލުންތައް ވަރަށް ބޮޑުކަން ނޭވީންނާބެހޭ އެސިސްޓެންޓް ސެކްރެޓަރީ ހާމަކުރައްވައި އެމެރިކާއިން މެދުއިރުމަތީގައި ގެއްލުންތައް އަލުން މަރާމާތު ކުރެވިދާނެތޯ އެމެރިކާގެ ނޭވީން ބަލަން ފަށައިފިއެވެ. ބަހްރައިންގައި ހުންނަ އެމެރިކާގެ 5 ވަނަ ފްލީޓްގެ ހެޑްކުއާރޓަރަށް އީރާނުން ދިން ހަމަލާ ސިފަކޮށްދެމުން މިދިޔަ ބުދަދުވަހު އިޕޯކް ޓައިމްސްއަށް އެމެރިކާގެ އެކްޓިންގ ސެކްރެޓަރީ އޮފް ސްޓޭޓް އޮފް ދަ ނޭވީ ހަންގް […]
މިސްރު އިމާރާތް ކުރުމުން ފެށިގެން މިލިޓްރީ ތަމްރީނުގެ ތެރެއަށް ޗައިނާއިން ވަދެގެންފި

ގާހިރާގެ އެއާރޕޯރޓުން ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ޕެންގް ލިޔުއާން އަށް މަރުހަބާ ވިދާޅުވީ މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސީ ސީ އާއި އެމަނިކުފާނުގެ އަނބި ކަނބަލުން އިންތިސާރު އަމީރް އެވެ. 26 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގާހިރާގެ ގެތަކާއި ބޮޑެތި މަގުތަކުގައި އަލް ސީ ސީ އާއި ޝީ ޖިންޕިންގެ ފޮޓޯ ފުޅުތަކާއި ދެ ގައުމުގެ ދިދައާއި އަދި މަރުޙަބާގެ ލިއުންތަކާއި ކުލަބޮކިތަކުން ވަނީ އަލިކޮށް ޒީނަތްތެރި […]
ރޮކެޓް ބޭނުންކޮށްގެންވެސް އީރާނުން ހޮރްމުޒް ކަނޑުއޮޅީގައި މައިން އަޅާފާނެ

އެއް މަސްދުވަސް ވާންދެން އީރާނަށް ހަމަލާއެއް ނުދީ ހަމަހިމޭނުން ތިބުމަށްފަހު އީރާނުން ރޮކެޓް ބޭނުންކޮށްގެން ހޮރްމުޒް ކަނޑުއޮޅިގައި މައިން އަޅާފާނެތީވެ މިދިޔަ އާދިއްތަ ދުވަހު އީރާނުގެ ލަރާކް ޖަޒީރާގެ މިލިޓްރީ ޓާރގެޓްތަކަށް އަމާޒުކޮށް އެމެރިކާއިން ހަމަލާދީފިއެވެ. އެމެރިކާއިން ލަރާކް ޖަޒީރާއަށް ދީފައިވާނީ ކޮންމެހެން ހަލާކުކޮށްލަން ބޭނުންވާ މައިން އަޅަން ބޭނުންކުރާ މިލިޓްރީ ވަސީލަތްތަކަށް ކަމުގައި އެމެރިކާގެ އޮފިޝަލުން ބުނެފައިވެއެވެ. އެމެރިކާ ނޭވީން އީރާނުގެ ބަނދަރުތަކާއި ހޮރްމުޒް ކަނޑުއޮޅި ހިމެނޭ ސަރަހައްދު ބަނދުކޮޤގެން އުޅޭތީވެ އީރާނުގެ އިންގިލާބީ ލަޝްކަރުން […]
އީރާނު ހަނގުރާމަ ދިގުދަންމާލުމުގެ ނުރައްކާ މިލިޓްރީ އިސްވެރިންގެ ދުލުން ދިފާއީ ވަޒީރަށް

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންގެންދާ ހަނގުރާމަ ދިގު ދެމިގެންދާނަމަ އެމެރިކާގެ އެތެރޭންނާއި ބޭރުންވެސް އަތުވެދާނެ މިލިޓްރީ ހަރަކާތަކަށް ކުރިމަތިލުމުގެ ގާބިލުކަން އެމެރިކާ މިލިޓްރީގައި ނެތިގެން ހިނގައިދާނެކަމަށް ގިނަ އަދަދެއްގެ މިލިޓްރީ އިސް ލީޑަރުން ދިފާއީ ވަޒީރު ހެގްސެތަށް އިންޒާރު ދީފިއެވެ. ދިފާއީ ވަޒީރަށް އިންޒާރު ދެއްވި މިލިޓްރީ އިސް ލީޑަރުންގެ ތެރޭގައި އެމެރިކާގެ އެއްގަމާއި ކަނޑު އަދި ވައިގެ ސިފައިންގެ އެންމެ އިސްވެރިންނާއި ޔޫރަޕް އާއި ލެޓިން އެމެރިކާ އަދި އޭޝިއާގެ މިލިޓްރީ ހާލަތު ދިރާސާ ކުރަމުންގެންދާ […]
އީރާނު ހަނގުރާމައިގެ ސިޔާސަތު ހޮރްމުޒް ކަނޑުއޮޅި ހުޅުވުމާ ދިމާލަށް

އެމެރިކާއާއި އީރާނުގެ ދެކޮޅުވެރި ހަމަލާތައް މި ދުވަސްވަރު މައިތިރިވެފައި ވިޔަސް ސުލްހައަށްޓަކައި ކުރެވެމުންދިޔަ މަޝްވަރާތަކަށްވެސް ވަނީ އުންމީދު ގެއްލިފައެވެ. އީރާނާ ދެކޮޅަށް އަޅާފައިވާ އިމެއް ނެތް ދަތި ކުރުމުގެ ފިޔަވަޅުތަކުން ނަތީޖާ ފެންނަމުންދާތީވެ އީރާނާ ދެކޮޅަށް އެމެރިކާއިން އިތުރު މިލިޓްރީ ހަމަލާއެއް ދިނުމުގެ ވިސްނުން ނުގެންގުޅޭކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާރކޯ ރޫބިއޯ ވަނީ އިއުލާން ކުރައްވާފައެވެ. ހަބަރުތަކުން އެނގޭ ގޮތުގައި އެމެރިކާގެ ހަރުކަށި އިގްތިސާދީ ފިއްތުންތަކުގެ ދިގުއަތް އީރާނުގެ ތެޔޮ ގަތުމަށް އެންމެ ގިނައިން ފައިސާ […]
އިސްލާމިކް ރިޕަބްލިކް އޮފް އީރާނުން ދުނިޔެއަށް ފޮނުވި ސާފު ސިޓީ

47 އަހަރު ވަންދެން އެމެރިކާއާއި ޔޫރަޕުން އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އެމީހުންގެ އަތްމަތީގައި ހުރި ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްފައިވެއެވެ. ބޭސް އެތެރެކުރުންވެސް ހަނިކުރިއެވެ. ކޮވިޑް-19 ގެ ދުވަސްވަރު އީރާނަށް ވެކްސިން ދިނުމަށް އިންކާރު ކުރުމުން، އަޅުގަނޑުމެން އަމިއްލައަށް ވެކްސިން އުފެއްދުމުގެ ނިޒާމް ގާއިމު ކުރަން ޖެހުނެވެ. އެކަމަކު އެދުވަސްތައް ނިމިއްޖެއެވެ. މިހާރު، އަޅުގަނޑުމެން ތިޔަބޭފުޅުންގެ މައްޗަށް، އަދި ތިޔަބޭފުޅުންގެ ހުރިހާ ހިޔަނި ފޯސްތަކެއްގެ މައްޗަށް، ޔޫރަޕުން ފެށިގެން އޮސްޓްރޭލިއާ އާ ހަމައަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުން […]
ކޯވިޑް-19 ގެ ރިސާރޗް ރިކޯރޑްތައް ފޮރުވިކަމަށް ފައުޗީގެ މުޝްތަޝާރުގެ އިއުތިރާފް

ބިރުވެރި ކޯވިޑް-19 ގެ ހަގީގަތް ދެނެގަތުމަށް ފެރޑެރަލް ސަރުކާރުންކުރަމުންގެންދިޔަ ތަހްލީލުތަކުގެ ލިއެކިއުންތައް ފޮރުވަން ރޭވިކަމުގައި ގައިންގަޔަށް އަރާ ބަލިތަކާބެހޭ އެމެރިކާ ސަރުކާރުގެ ތަޖުރިބާކާރު ސީނިއަރ އެޑްވައިޒަރ ޑޮކްޓަރ އެންތަނީ ފައުޗީ ގެ ޚާއްސަ މުޝީރު ޑޮކްޓަރ މޯރެންސް އިއުތިރާފް ވެއްޖެއެވެ. އަދި އޭނާގެ އިއުތިރާފުގެ މައްޗަށް ބިނާކޮށް އެ ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބު 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް މި އަންނަ ނޮވެމްބަރ މަހުގެ 12 ވަނަ ދުވަހު އެމެރިކާގެ މެރީލޭންޑް ގްރީންބެލްގެ […]