އެމެރިކާގެ އިމެއްނެތް އިގްތިސާދީ ފިއްތުންތަކުގައި އެންމެ ފުރަތަމަ ފިތެނީ އެމެރިކާގެ ރައްޔިތުން

އެމެރިކާގެ ރައީސް މިދިޔަ ހޯމަ ދުވަހު އީރާނާ ދެކޮޅަށް އެއްވެސް އިމެއްނެތް އިގްތިސާދީ ފިއްތުންތައް އިއުލާންކުރައްވަމުން ސޯޝަލް މީޑިއާގައި ލިއުއްވާފައި ވެއެވެ. “ ސުލްހަވެރިގޮތުގައި ދެކޮޅުވެރިކަން ހައްލުކުރަން އީރާނަށް ދިން ފުރުސަތުތައް ނަގާލައިފިއެވެ. މިހާރުދެން ނިމުމެއްނުވާ އިމެއްގެ ތެރޭގައި އިގްތިސާދީ ފިއްތުންތަކާ ކުރިމަތި ލުމަށް ތައްޔާރުވާށެވެ. އިގްތިސާދީ ގޮތުންނާއި މާލީގޮތުންނާއި ދަތުރު ފަތުރު ކުރުމުގެ ގޮތުން ނުވަތަ އެހެން އެއްވެސް ގޮތަކުން އީރާނަށް އެހީތެރިވެ ދިން ކޮންމެ ގައުމަކުންވެސް އެމެރިކާގެ އިގްތިސާދީ ފިއްތުންތަކުގެ ހިތި ބޭސް ބޯން […]

އެމެރިކާގެ ސެންޓްރީ އެއާރކްރާފްޓް ކުއްލިއަކަށް ގެއްލުން: މިއަދުގެ އެންމެ ހޫނު ސުރުޚީ

އެމެރިކާއަށް މިއަދު މިދިމާވީ ކޮންކަހަލަ ހާދިސާއެއް ހެއްޔެވެ. ކުއްލިއަކަށް ލިބުނީ އިމަރޖެންސީ ކޯޑެކެވެ.  އޭރިއަލް ސަރވެއިލަންސް އާއި ބެޓްލްފީލްޑް ކޮމާންޑް ކުރުމަށް ބޭނުންކުރާ ޔޫ އެސް އެސް އޭވެކްސް އެއާރކްރާފްޓްއަކަށް ނުރައްކާތެރި ހާލަތެއް މެދުވެރިވީއެވެ. ބާރުގަދަ ރާޑަރ ސިސްޓަމެއް ގާއިމް ކުރެވިފައި ހުންނަ އެތައް ސަތޭކަ ކިލޯ މީޓަރެއްގެ ދުރުން ޖައްވު ތެރޭގެ ހަރަކާތްތައް ދެނެގަތުމުގެ ގާބިލްކަން ލިބިފައިވާ ސެންޓރީ އެއާރކްރާފްޓަކަށް ނުރައްކާތެރި ހާދިސާއެއް މެދުވެރިވީއެވެ. ހަނގުރާމައިގެ ވަގުތުގައި އެއީ އުދުހެމުންދާ ކޮމާންޑް ސެންޓަރެއްކަމަށް މަޝްހޫރުވެފައިވާ އެއާރކްރާފްޓްގައި […]

އެމެރިކާގެ މިލިޓްރީ ވަސީލަތްތައް އޭޝިއާ ޕެސިފިކްސަރަހައްދުން ބޭރަށް ގެންދިއުން

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައަށް 6 ވަނަ މަސްދުވަސް ގުނަމުން ދާއިރު ގަލްފުގެ މިއަދުގެ ހާލަތާގުޅޭގޮތުން އެމެރިކާގެ ބައެއް މިލިޓްރީ ވަސީލަތްތައް ފަހަތަށް ޖައްސަމުން ގެންދާތަން އޭޝިއާގައިތިބި އެމެރިކާގެ ބައިވެރިން ގެންދަނީ ބަލަމުންކަން މިއަދު އަލްޖަޒީރާގެ ޚަބަރުގައި ބުނެފިއެވެ. މެދު އިރުމަތީގައި އޮތް އެމެރިކާގެ ޔޫއެސް އެސް އަބްރަހަމް ލިންކަންގައި ފާޚާނާތައް ހަލާކުވެ ގައިންތާހިރު ވެވޭނެގޮތެއްވެސް ނެތުމާއި ފަޅުވެރިން ބަޑަށްޖެހިދާނެ ހާލަތަކަށް ގޮސް ފަޅުވެރިންގެ ބަޔަކު ކަނޑަށް ފުންމާލައިގެން އަމިއްލައަށް މަރުވުން އިޚްތިޔާރު […]

ރައްކާވެ ތިބިއްޔާ ދަތުރު

2024 ނޮވެމްބަރ މަހުގެތެރޭގައި ސްކޫލް ކުދިންގެ ދަތުރެއްގައި ދިވެހިރާއްޖެއަށް އައިސް މޫދަށް އެރި  އުޅެނިކޮށް ދުއްވަމުންދިޔަ އުޅަނދެއްގެ ބުރަފަތިންޖެހި ލިބުނު ޒަޚަމް ތަކުގައި މަރުވި އުމުރުން 15 އަހަރުގެ ސިންގަޕޯރުގެ ދަރިވަރެއްގެ ފޮޓޯ :                                                                              ސުރުޚިއަކީ ދިވެހިން އަތްމަތީބަހެކެވެ. ދިވެހިންނާއި ކަނޑުދަތުރަކީ ވަކިނުކުރެވޭ ދެ ނަމެކެވެ. ދިވެހިން ކަނޑުދަތުރުކޮށް ނޫޅޭ ޒަމާނެއް ދިވެހިރާއްޖޭގެ ތާރީޚުން އެނގޭކަށް ނެތެވެ. އެންމެގާތް އަވަށްޓެރިޔާއަށް ޒިޔާރަތްކުރުމަށްވެސް ކަނޑު ހުރަސްކުރަން ޖެހޭތީއެވެ. ދިވެހިންގެ ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށްޓަކައި ކަނޑުދަތުރު ކުރުން އެންމެ ބޮޑަށް […]

ޔޫ އެސް އެސް އަބްރަހަމް ލިންކަން ގަލްފު ސަރަހައްދުގައި ބޭއްވޭކަންނެތް

އެމެރިކާގެ ފްލެގްޝިޕް އެއާރކްރާފްޓް ކެރިއަރ މެދުއިރުމަތީގައި އިތުރު 9 މަސްދުވަސް ހޭދަކުރަންޖެހުމުން އެ އުޅަނދުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ސިފައިން ބޯގޮވައި އަމިއްލައަށް މަރުވަން ކަނޑަށް ފުންމާލަން މަސައްކަތް ކުރަމުން އަންނަކަން ޔޫ އެސް މީޑިއާއިން ރިޕޯރޓް ކޮށްފިއެވެ. ކާ ބޯ އެއްޗެހި ރޭޝަންކޮށްފާ އޮތުމާއި ފާޚާނާތައް ހަލާކުވެ ތާހިރުވެވެން ނެތުމާއި ފެނަށްޖެހި ފެންވަރާ ގައިންތާހިރުވޭވެނެ ގޮތެއްވެސް ނެތްކަން އެނގިފައިވާކަމަށް ގަލްފު ސަރަހައްދުގައި ތާށިވެފާއޮތް އެއާރކްރާފްޓް ކެރިއަރ ގައި މަސައްކަތްކުރާ ސިފައިންގެ މީހުންގެ އާއިލާތަކުން މީޑިއާތަކަށް ކިޔާދީފައިވެއެވެ. […]

އޮމާނުގައި މޮސާޑުން ހިންގަން އުޅުނު ޖާސޫސް ކުރުން ފަޅާއަރުވާލައިފި

ކިއުންތެރިންނާ ހަމަޔަށް ގެނެސްދެވޭތޯ މިބަލަނީ ކޮލެޕްސް ކްރޯނިކްލް އިން ކޮށްފައިވާ ޖިއޯ ޕޮލިޓިކަލް ފުން ކަވަރޭޖެއްގެ ތަންތަންކޮޅެވެ. ގަލްފުގައި ހިނގަމުންދާ ހަނގުރާމައިގާ މިއީވެސް އެނގުންބޭނުން މައުލޫމާތަކަށް ވާނެއެވެ. މިދިޔަ ހަފުތާގައި އޮމާނާއި އީރާނުން ގުޅިގެން ހިންގި ކައުންޓަރ ޖާސޫސީ ހަރަކާތަކީ އިސްރާއީލާއި އެމެރިކާގެ ސިއްރު އޭޖެންސީތައް ލަދުގަންނުވާލި ހަރަކާތެކެވެ. މިފަހަރު އަތުލައިގަތީ ހަމައެކަނި މޮސާޑުގެ ޖާސޫސުންނެއް ނޫނެވެ. އެމީހުންގެ ހަރަކާތްތަކުގެ ތަފްސީލަށް ދާންދެން ކުރަހާފައިވާ ބުލޫ ޕްރިންޓާވެސް އެކުގައޭ ބުނެވިދާނެއެވެ. އޮމާނުން އެ ޖާސޫސުންނަށް ފާރަލުމުގައި އީރާނުގެ […]

ފުރާނަފުޅަށް ބިރުން ކޭޓަރިން ޓްރަކެއްގައި ރައީސް ޓްރަމްޕް ފިއްލަވާފާނެކަން ގަބޫލުކުރާނީ ކާކު؟

މި ހަފުތާގައި މީޑިއާތަކުން އެންމެ ގިނަ ކިއުންތެރިން ފާހަގަކުރަމުން ގެންދާތަންފެންނަނީ މި ހުސްވި ޖުލައިމަހު ތުރުކީގެ އަންކާރާގައި ބޭއްވުނު ނޭޓޯ ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށްފަހު އެނބުރި ގައުމަށް ވަޑައިގަތުމުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަންތައް ކޮށްފައިވާގޮތާމެދު ފާޑުކިޔައި މަލާމާތް ރައްދު ކުރަމުން ގެންދާ ޚަބަރުތަކެވެ. ބައެއް އެހެން ސިޔާސީ ބޭފުޅުން ގެންދަވަނީ އެއީ ތެދެއްކަމާދޭތެރޭވެސް ސުވާލު އުފައްދަވަމުންނެވެ. އެމެރިކާގެ އިންޓެލިޖެންސުން ވަރަށް ގިނަ ގޮތްގޮތުން ހޯދި މައުލޫމާތުގެ އަލީގައި ސަމިޓްގެ […]

އެމެރިކާގެ އެއާރކްރާފްޓް ކެރިއަރގައި ސާޅަނގައިން އެއާރކްރާފްޓް ލޯންޗް ކުރާ ނިޒާމާ ދިމާލަށް

އެއާރކްރާފްޓް ކެރިއަރުން ސާޅަނގަ ބޭނުންކޮށްގެން އެއާރކްރާފްޓް ލޯންޗްކުރުންއެމެރިކާގެ ކުރިއަށް ހުރި ބައެއް އެއާރކްރާފްޓް ކެރިއަރ ތަކުގައި މިހާރު ބޭނުންކުރާ އެންމެ މިޒަމާނުގެ އިލެކްޓްރޯމެގްނެޓިކް އެއާރކްރާފްޓް ލޯންޗް ކުރާ ނިޒާމް ހުއްޓާލައި ކުރީ ޒަމާނުގައި ބޭނުންކުރި ސްޓީމް ޕަވަރޑް ކެޓަޕަލްޓް (ސްޓީމް އާވި ބޭނުންކޮށްގެން ސާޅަނގަބޭނުންކޮށްގެން އެއާރކްރާފްޓް ލޯންޗް ކުރާ ) ނިޒާމަށް ބަދަލުކުރަން ދިފާއީ ވަޒީރު ޕީޓް ހެގްސެތަށް ވައިޓް ހައުސްއިން އަންގައިފިކަމަށް ސީ އެން އެންގެ ޚަބަރުގައި ބުނެފިއެވެ. އަދި މިހާރު ބަންނަމުންދާ ޔޫ އެސް […]

ދަރަނީގެ ބަލާ : 39 ޓްރިލައން ޑޮލަރުގެ ދަރަންޏާއެކު ދަރަނިވެރި 10 ގައުމުތެރެއަށް

ޖަޕާނާއި ސިންގަޕޯރުގެ އިކޮނޮމީ ސައިޒަށް އަޅާކިޔާއިރު އެމެރިކާގެ ދަރަނި 39 ޓްރިލިއަނަށް އަރައިގެން ދިއުމަކީ ބޮޑު މައްސަލައެއް ނޫންކަން ދޭހަވާ މޭރުމަކުން ފޯރޗޫން.ކޮމް އިން ހާމަކޮށްފިއެވެ. 39 ޓްރިލިއަން ޑޮލަރުގެ ދަރަންޏާއެކު މިހާރު އެމެރިކާ ގުނަމުންދަނީ ދަރަނިވެރި 10 ގައުމުގެ ތެރޭގައެވެ. އެހެންނަމަވެސް އެމެރިކާގެ ބިޔަ އިގްތިސާދަށް ބަލާއިރު ބައެއް އެހެންގައުމުތަކުގެ ދަރަނި-އިގްތިސާދުގެ ނިސްބަތުން އެމެރިކާގެ ދަރަނި ބޮޑުވެ އަތްނުފޯރާފަށަށް ހިނގައްޖެކަމަށް ބުނަން އަދި މާއަވަސް ކަމުގައިވެސް ފޯރޗޫން.ކޮމް ގެ ރިޕޯރޓުގައި ފާހަގަކޮށްފައިވެއެވެ.                                                          ދުނިޔޭގެ އިގްތިސާދުގައި […]

އީރާނުގެ ކިބައިން އިސްރާއީލު ރައްކާތެރި ކުރެވިދާނެ ގާބިލްކަން އެމެރިކާއަށް ލިބިފައެއް ނެތް

އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގާ މިހާތަނަށް 37.5 ބިލިއަން އެމެރިކާ ޑޮލަރ ހޭދަވެގެން ހިނގައްޖެކަން އެސޯޝިއޭޓެޑް ޕްރެސްއަށް ލީކްވެއްޖެއެވެ. އެމެރިކާއިން ޔޫރަޕްގެ ކޮމާންޑް ކަމުގައި ކަނޑައަޅާފައިވާ ޖެނެރަލް އެލެކްސަސް ގްރީންކެވިޗް ހާމަކޮށްފައިވާގޮތުގައި އީރާނުގެ ބަނދަރުތަކަށް ދަތުރުކުރާ ބޯޓުފަހަރު ހުއްޓުވަން އެމެރިކާއިން އަޅާފައިވާ ނޭވަލް ބްލޮކްގެ ސަބަބުން އީރާނުން ދީފާނެ ހަމަލާތަކުން އިސްރާއީލް ރައްކާތެރި ކުރަން ބޭނުންވާ ހަތިޔާރު އެމެރިކާގެ މިލިޓްރީގައި މިހާރު ވަނީ ހުސްވުމާ ކައިރިވެފައެވެ. ޖެނެރަލް އެލެކްސަސް ގްރީންކެވިޗް ޕެންޓގަން […]