އޮމާނުގައި މޮސާޑުން ހިންގަން އުޅުނު ޖާސޫސް ކުރުން ފަޅާއަރުވާލައިފި

Loading

Facebook
Twitter
WhatsApp

ކިއުންތެރިންނާ ހަމަޔަށް ގެނެސްދެވޭތޯ މިބަލަނީ ކޮލެޕްސް ކްރޯނިކްލް އިން ކޮށްފައިވާ ޖިއޯ ޕޮލިޓިކަލް ފުން ކަވަރޭޖެއްގެ ތަންތަންކޮޅެވެ. ގަލްފުގައި ހިނގަމުންދާ ހަނގުރާމައިގާ މިއީވެސް އެނގުންބޭނުން މައުލޫމާތަކަށް ވާނެއެވެ.


މިދިޔަ ހަފުތާގައި އޮމާނާއި އީރާނުން ގުޅިގެން ހިންގި ކައުންޓަރ ޖާސޫސީ ހަރަކާތަކީ އިސްރާއީލާއި އެމެރިކާގެ ސިއްރު އޭޖެންސީތައް ލަދުގަންނުވާލި ހަރަކާތެކެވެ. މިފަހަރު އަތުލައިގަތީ ހަމައެކަނި މޮސާޑުގެ ޖާސޫސުންނެއް ނޫނެވެ. އެމީހުންގެ ހަރަކާތްތަކުގެ ތަފްސީލަށް ދާންދެން ކުރަހާފައިވާ ބުލޫ ޕްރިންޓާވެސް އެކުގައޭ ބުނެވިދާނެއެވެ. އޮމާނުން އެ ޖާސޫސުންނަށް ފާރަލުމުގައި އީރާނުގެ އިލައިޓް ފޯސަސް އިން ގެންދިޔައީ ވަގުތުން ވަގުތަށް އެމީހުންގެ ހަރަކާތް ކިޔާދެމުންނެވެ. މިހަރަކާތުގައި ބައިވެރިވި މޮސާޑުގެ 600 ޖާސޫސުން ވަނީ މަސްކަތުގެ ސަރަހައްދުން އަތުލައިގެންފައެވެ. މޮސާޑުގެ އޭޖެންޓުން އުޅެމުންގެންދިޔައީ އޮމާނުގެ ރައްވެހިންނާއި އަރަބި ގައުމުތަކުން އައިސްއުޅޭ ވިޔަފަރިވެރިންނަށް ހެދިގެންނެވެ. މިދައްކަނީ އާދައިގެ ޖާސޫސް ކުރުމެއްގެ ވާހަކައެއް ނޫނެވެ. ޖާސޫސް ކުރުމުގެ މާސްޓަރ ޕީސް އެއްގެ ވާހަކައެވެ. ތެލް އަވީވާއި ޕެންޓަގަން ލަދުން އިސްޖައްސުވާލި ކައުންޓަރ ޖާސޫސީ ހަރަކާތެއްގެ ވާހަކައެވެ. ހޮރްމުޒް ކަނޑުއޮޅީގެ އަނަގަމަތީގައި ހިނގަމުންދިޔަ މާސްޓަރ ކްލާސް ޖާސޫސީ ހަރަކާތްތަކެއް ފަޅާއަރުވާލުމެވެ. މޮސާޑުގެ އޭޖެންޓުން އަރަބިމުޖުތަމާތަކުގެ ތެރެއަށް ފޭދިގަނެގެން އުޅުނީ ޝައްކުވެސް ނުކުރެވޭފަދަ ހުޝިޔާރުކަމާ އެކުގައެވެ. ވާހަކަދެއްކުމާއި ދިރިއުޅުމުގެ ވައްޓަފާޅިވެސް އަރަބިންނާ ތަފާތު ނުވާނެގޮތެއްގައެވެ. އެކަމަކު އަރަބިންނާއި ގަލްފުގައި ވަކި ހިއްޕާލައިގެން ތިބި އެމެރިކާގެ ލަޝްކަރުތަކާއި އިސްރާއީލުގެ ޖާސޫސުންނަށް ނޭންގޭ އެތައްކަމެއް އީރާނުގެ ޖާސޫސީ އިދާރާގެ ވެރިޔާ އިސްމާއީލު ޣަނީ އަށް އެނގެއެވެ. އިސްމާއީލް ޣަނީ އެމަގާމަށް ހަވާލުވެ ވަޑައިގަތީ އެމެރިކާއިން ޖެނެރަލް ގާސިމް ސުލައިމާނީ ޝަހީދުކޮށްލުމާ ގުޅިގެންނެވެ. އީރާނުގެ އިރުޝާދާއެކު އޮމާނުން ކައުންޓަރ ޖާސޫސީ ހަރަކާތްތައް ކުރިއަށް ގެންދިޔާއީ ވަރަށް ތަފާތު މޮޅު ގޮތަކަށެވެ. އީރާނުން ދިން ލަފައާއެކު އޮމާނުން އިޝްތިހާރުކޮށްލީ އޮމާނުގައި ވަރަށް ފައިދާހުރި ސޯޝަލް އަދި އިކޮނޮމިކް ރިލީފް މަޝްރޫއުތަކަކަށް ހުޅުވާލުމެވެ. ދިގު މުއްދަތަކަށް އޮމާނުގައި ދިރިއުޅެމުންގެންދާ ބިދޭސީންނާއި އޮމާނުގެ ރައްޔިތުންނަށްވެސް ބައިވެރިވޭވޭ ގޮތަށެވެ. ބައިވެރިން ރަޖިސްޓްރި ކުރުން ހަމަޖެހިފައިއޮތީ ދަރިވަރުން ޔުނިވަރސިޓީއަށް ވަންނަން އެދޭ ފޯރމް ފުރުން ކަހަލަ ގޮތަކަށެވެ. ރަޖިސްޓްރީ ކުރުމަށް ވަރަށް ގިނަ ބަޔަކު އަވަސްވެގަތެވެ. ރަޖިސްޓްރީ ކުރަން އަވަސްވެ ގަތް މީހުންނަށް ޖަހާފައިއޮތް ދަންތޫރައެއް ނުފެނެއެވެ. ރަޖިސްޓްރީކުރުމުގައި ކްރޮސް ރިފަރެންސްބޭނުންވެއެވެ. ޑީޕް ސްޓޭޓް ޑޭޓާ ބޭސަސްބޭނުންވެއެވެ. ހަމައެކަނި އޮމާނުގެ ސިވިލް ރަޖިސްޓްރީއަކުން ނުފުދެއެވެ. އޮމާނުގެ މިލިޓްރީން ލިބިފައިވާ ޓެރަރިޒަމްގެ ހަރަކާތްތަކާ ބެހުމެއް ނުވާކަން ކަށަވަރު ކުރުންވެސް ހިމަނަން ޖެހެއެވެ. އޮމާނުގެ ރައްވެހިން ކަމުގައި ހެދިގެން އުޅުނު ޖާސޫސުންނަށް އެލިއުން ހޯދުން ފަސޭހަކަމަކަށް ނުވިއެވެ. އެމީހުންއޮމާނުގައި ދިރިއުޅެމުން ގެންދިޔަ ވަގު ނަމުގައި ޕޮލިސް ރިޕޯރޓް ހޯދާފައެއް ނުވެއެވެ.
އޮމާނުގެ މިލިޓްރީއާއި އީރާނުގެ އިންޓެލިޖެންސުން ގުޅިގެން އޮމާނުންކުރެވުނު ހުރިހާ މުވާސަލާތުތަކެއް ފާރަލަމުންގެންދިޔަކަން އެއްވެސް މީހަކަށް ނޭންގެއެވެ. އެންމެ ފުރަތަމަ ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ފައިސާގެ ދަހިވެތިކަމުގައި މޮސާޑުންނާ ގުޅިގެން އުޅުނު އޮމާނުގެ ރައްޔިތުންނާއި އަދި މަޖުބޫރުކޮށްގެން ގެންގުޅުނު އޮމާނުގެ ރައްޔިތުން ހިމެނެއެވެ. އެމީހުންގެ ތަހްގީގުގައި މޮސާޑު އޭޖެންޓުންގެ މައުލޫމާތުތައް އެއްވެސް އުދަނގުލަކާ ނުލައި ތަހްގީގަށް ފުރިހަމައަށް ލިބިއްޖެއެވެ. އެމީހުން އުޅޭ ތަނަކާއި މުވާސަލާތު ކުރުންތަކާއި އަދިވެސް ގިނަ މައުލޫމާތުތަކެއް އެމީހުންގެ ފަރާތުން ތަހްގީގަށް ލިބިއްޖެއެވެ. އޮމާނުގެ ސިފައިން ހަރަކާތްތެރިވި އަވަސްކަމަށް ސާބަސްދޭން ޖެއެވެ. އެމީހުންގެ މުވާސަލާތީ ޑޭޓާތަކާއި ހަތިޔާރު ވަގުތުން އަތުލައިގެނެވިއްޖެއެވެ. އަތުލައިގަނެވުނު އެއްޗެހީގެތެރޭގައި އެމީހުންގެ ޕްލޭން ރާވާފައިވާ ގޮތުގެ ހުރިހާ ތަފްސީލެއްވެސް ހިމެނެއެވެ. އެމީހުންގެ ރޭވުމުގައި އޮމާނުގެތެރެއިންމުޅި އަރަބި ދުނިޔޭގައި ފިތުނަގަނޑަކާއި ދާޚިލީ ހަމަނުޖެހުން އުފެއްދުމާއި ޔަމަނުގައި ސަރުކާރާ ދެކޮޅުވެރިކަން އުފެއްދުންވެސް ހިމެނެއެވެ.އަދި ސަރުކާރުގެ ތެރޭގައި ބަޣާވަތެއް ގެނެސް އެމެރިކާއާއި އިސްރާއީލުން ބޭނުންވާ ބަޔަކު ވެރިކަމަށް އިސްކުރުންވެސް ހިމެނެއެވެ. ބޭނުމަކީ ހޮރްމުޒް ކަނޑުއޮޅި އެމެރިކާއާއި އިސްރާއީލުގެ ބާރުގެ ދަށަށް ގެނައުމެވެ. އޮމާނުގެ ރަށްވެހިންގެ ފަރާތުން ލިބުނު މައުލޫމާތުގެތެރޭގައި ހިމެނޭ އެންމެ ނުރައްކާތެރި ކަމަކީ ގަލްފު ސަރަހައްދު ހަމައިން ނައްޓުވާލައި ދާޚިލީ ކޯޅުންގަނޑެއްގެ ތެރެއަށް ވައްޓާލުމުގައި އޮމާން ބޭނުންކުރަން ރާވާފައި އޮތުމެވެ. މީގެކުރިން ސައޫދީ އެރޭބިޔާއާއި ގައުމުތަކާއި ޖަމާއަތްތަކުގެ ތެރެއިން އެމީހުންގެ ރޭވުންތައް ކާމިޔާބު ނުކުރެވުނީކަމަށްވެއެވެ.
މިފަހަރުގެ ރޭވުން ނާކާމިޔާބު ވުމުގައި އިސްރާއީލުން އޮމާނުގައި ހިންގަމުންގެންދިޔަ ޖާސޫސީ ހަރަކާތަތަކުގެ މައުލޫމާތު އީރާނުން ހޫތީ މުޖާހިދުންނަށް ފޯރުކޮށްދިނުން މުހިން ހިއްސާއެއް އަދާކޮށްފައި ވެއެވެ. އީރާނުގެ ޖާސޫސްކުރުމުގެ ފެންވަރު އެމެރިކާއާއި އިސްރާއީލަށް ވިސްނާ ގަނެވިފައެއް ނުވެއެވެ. އީރާނުގެ ސިފައިންގެ ފޮރިން ޔުނިޓަކީ ސައިބަރ ކްރައިމް އާއި ޖާސޫސީ ހަރަކާތުގައި ކިހާ ފުންނާބު އުސް ބައެއްކަން އަންދާޒާ ކުރެވިފައެއް ނެތެވެ. އީރާނުގެ ޖާސޫސީ ލަޝްކަރުގެ ހުނަރުތައް އަބަދާއަބަދު ތާޒާ ކުރެވެމުން ގެންދެވެއެވެ. އޭގެތެރޭގައި އިރާގާއި ސިރިޔާ އަދި ޔަމަނުގައި ތިބި އީރާނުގެ މަދަދު ލިބޭ މުޖާހިދުންވެސް ބައިވެރިވެއެވެ.
އޮމާނުގައި މޮސާޑުން ހިންގަމުންގެންދިޔަ ހަރަކާތްތައް ފަޅާއަރުވާލުމުގެ ސަބަބުން އެ ގައުމު ވީރާނާކޮށްލާނެ ދާޚިލީ އަރާރުން ވުމަކުން ސަލާމަތް ކުރެވުމުގެއިތުރުން ޔަމަނުގެ ދެބައިވެފައިވާ ރައްޔިތުންގެ މެދުގައި އިތުރު ދެކޮޅުވެރިކަމެއް އުފައްދަން ކުރަމުންގެންދާ މަސައްކަތްވެސް ނާކާމިޔާބުވެގެން ދިޔައީއެވެ. ކުރުގޮތަކަށްބުނާނަމަ މެދުއިރުމަތީގައި ދުވަހަކުވެސް ނިއްވާ ނުލެވޭނެ ނަފުރަތުގެ އަލިފާން ގަނޑެއް ރޯކުރަން އިސްރާއީލުން ހިންގަމުންގެންދިޔަ ރޭވުންތައް މިވަގުތަށް ފޭލިވެގެން ދިޔައީއެވެ. އިސްރާއީލުގެ ރޭވުންތައް ފޭލިކޮށްލުމުގައި އީރާނުގެ ސެކިއުރިޓީ ސަރވިސް އިން އަދާކޮށްފައިވަނީ ވަރަށް އާދަޔާ ޚިލާފް ހުނަރުވެރި ދައުރެކެވެ. އީރާނުގެ ސީކްރެޓް ސަރވިސްގެ މާސްޓަރ މައިންޑް އިސްމާއީލް ޣަނީ ޝަހީދުކޮށްލުމަށްޓަކައި އިސްރާއީލާއި އެމެރިކާއިން ނުކުރާ އެއްވެސް ކަމެއް ނެތޭ ބުނެވިދާނެއެވެ. އެމަނިކުފާނު އުޅުއްވާ މުޅި ސަރަހައްދަށް ބޮންއަޅާ ވީރާނާ ކޮށްލުމާއި ސަބޯޓާޖްގެ ހުރިހާ ނުރައްކަލެއް ވަނީ ކުރިމަތި ކޮށްފައެވެ. އެމަނިކުފާނު ޝަހީދު ކޮށްލެވިއްޖެކަމާއި އަތުލާގަނެވިއްޖެކަމަށް ބުނެ ގިނަ ބަޔާންތަކެއް ވަނީ އާންމުކޮށްފައެވެ. ބޭނުމަކީ އެމަނިކުފާނުހުންނެވިތަނެއް އޮޅުން ފިލުވުމެވެ. އެމަނިކުފާނުގެ މަގު ދެއްކެވުމުގައި އީރާނުގެ ފޮރިން ޔުނިޓް ހަރަކާތްތެރިވަމުންގެންދާގޮތް އެއީ އިދިކޮޅުގައި ތިބޭ ބަޔަކަށް ދެނެގަތުން ފަސޭހަ ކަމަކަށް ނުވާނެއެވެ.
އޮމާނަކީ މެދުއިރުމަތީގެ ސުވިޒަރލޭންޑް ކަމުގައި ބެލެވެމުންދާއިރު މިވަރުގެ ނުރައްކާތެރި ޖާސޫސީހަރަކާތް ތަކަކަށް ހުޅުވިގެން ދިޔައީ ކީއްވެގެންތޯވެސް ސުވާލު އުފެދެއެވެ. ޖަވާބުވެސް އޮތީ އަތްމަތީގައެވެ. އެމެރިކާއާއި އީރާނުން ދެއްކި ސުލްހައިގެ ވާހަކަތަކުގައިވެސް އޮމާނުން ވަނީ އިސް ދައުރެއް އަދާކޮށްފައެވެ. މައްސަލައަކީ ހަމަ އެކަނި ހޮރްމުޒް ކަނޑުއޮޅީގެ މައްސަލާގައި އޮމާނުން އެމެރިކާއާއި އެއްބައިނުވެ އީރާނާ އެކުގައި މަސައްކަތްކުރަމުން ގެންދިއުމެވެ. އޮމާނުން އީރާނާއެކުގައި މަސައްކަތް ކުރުމުން ރައީސް ޓްރަމްޕް ނުރުހިފާހުރި މިންވަރު މިހާތަނަށް ދެފަހަރެއްގެ މަތިން އޮމާނަށް ބޮންއަޅައި ގޮއްވާލާނެ ކަމުގެ އިންޒާރު ދިނުމުން ހާމަވެގެން ދެއެވެ. ވޯލްސްޓްރީޓް ޖާރަނަލުންވެސް ހޮރްމުޒް ކަނޑުއޮޅީގެ މައްސަލާގައި އޯމާނުން އިރާނާ ގުޅިގެން ހައްލު ހޯދަން މަޝްވަރާ ކުރަމުން ގެންދިއުމަކީ އެމެރިކާއިން ދެކޭގޮތުގައި ރަތްރޮނގު ހުރަސްކުރުން ކަމަށް ބުނެފައި ވެއެވެ. ހޮރްމުޒް ކަނޑުއޮޅި ހުރަސްކޮށް ދަތުރު ކުރާ އުޅަނދުފަހަރުން ޓޯލް ފީއެއް ނަގަން އީރާނާއި އޮމާނުން މަޝްވަރާކުރަމުން ގެންދާކަން ވޯޝިންގޓަންޕޯސްޓުންވެސް ވަނީ ހާމަކޮށްފައެވެ. އަދި އެމެރިކާއިން އެކަމުގައި 3 ވަނަ ހިއްސާ ދާރަކަށް ވުމުގެ އެދުންވެސް ވަނީ ފާޅުކޮށްފައެވެ. އެހެންނަމަވެސް އީރާނާއި އޮމާނުން ވަނީ އެކަމަށް އިންކާރުކޮށްފައެވެ.
އޮމާނުން އީރާނާއި ދުރުވުމަށް ޓްރަމްޕް ގެ ސަރުކާރުން މިހާރުވެސް ބާރުއަޅަމުންގެންދާއިރު އަތުލައިގަނެވުނު ޖާސޫސުންގެ 600 މީހުންނަކީ އެމެރިކާއާއި އިސްރާއީލުން ހޮރްމުޒް ކަނޑުއޮޅީގައި އެމެރިކާގެ މަގްސަދު ފުރިހަމަކުރުމަށް އަޅާފައިވާ އެންމެ މުހިންމު ފިޔަވަޅުކަން އޮމާނަށް މިހާރު ވިސްނިއްޖެއެވެ. އެމެރިކާގެ އެންގުމަށް އޮމާނުން އާނބަސް ނުބުނެފިނަމަ އެ ގައުމުގައި ބަޣާވާތެއް ގެނެސް މިހާރުގެ ސަރުކާރު ވައްޓާލައި އެމެރިކާ ރުހޭ ބަޔަކާއެކު ސަރުކާރެއް އުފެއްދުމާއި މުޅި ގައުމުގައި ނިމުމެއް ފެންނަންނެތް ދެކޮޅުވެރިކަމެއް އުފެއްދުން ކައިރިއެވެ. އެ 600 ޖާސޫސުންނަކީ އޮމާން ސަރުކާރުގެ ބޯމައްޗަށް މަޅާލާފައި ނުރައްކާތެރި ކަނޑިއެކެވެ. 600 ޖާސޫސުން އަތުލައިގަތުމުގެ ކުރިން އީރާނާއެކު އޮމާނުން ދެއްކި ވާހަކަތައް ނިމުމަކަށް އައިނަމަ އެމީހުންގެ ރޭވުމަކީ ސަރުކާރުގެ އިސްބަޔަކުގެ ބޮލުތެރެއަށް ވަދެ ސަރުކާރު ވައްޓާލުމަށް ބަޣާވަތެއް ގެނައުން ކަމުގައި ބުނެވެއެވެ. އެމެރިކާއާއި އިސްރާއީލުން ހީކޮށްގެންތިބީ އޮމާނަކީ ބަޣާވަތެއް ގެނައުން ފަސޭހަ ގައުމަކަށް ވެދާނެ ކަމަށެވެ. ޖާސޫސުންނަށް އޮމާނުގެ ހުޝިޔާރުކަން އޮތީ އޮޅިފައެވެ. މުޅި މެދުއިރުމަތީގެ ވެރިކަންކުރަން ނަތަންޔާހޫގެ ބޮޑާކަން އާންމުކުރަމުންދާއިރު އޭނާގެ ބަލިފަޔަކީ ކިބުރުވެރިކަމުގައި ތަންދޮރު އޮޅިފައިހުރުންކަން އޭނާއަކަށް ނޭންގެއެވެ. އޮމާން އަތުލައިގަނެ ހޫތީ ޖިހާދުންގެ ބާރުކަނޑުވާލަން ނަތަންޔާހޫގެ ރޭވުންތައް ފޭލިވުމަކީ އޭނާގެ މަގްސަދުގެ ކުރިމަގު ބަންދުވުން ކަމުގައި އަދިވެސް އޭނާއަކަށް ގަބޫލެއް ނުކުރެވެއެވެ.
އޮމާނަކީ ފަޚުރުވެރި ގައުމެކެވެ. އެ ގައުމުގެ އިސްތިގްލާލަކީ އެ ގައުމުގެ އެންމެ މުގައްދަސް ބިނާއެވެ. އެ ގައުމު އަޅުވެތިކަމުގެ ދަންތުރައިން ސަލާމަތްކޮށްދިން ފަރާތުން އެކަހެރިވެ މުނާފިގުންނާއެކު ބައިވެރި ނުވާނެކަން އެގެންދަނީ އަމަލުން ދައްކަމުންނެވެ. ހޮރްމުޒް ކަނޑުއޮޅީގެ އެންމެހާ ހަރަކާތްތައް ބަލަހައްޓާނީ އިރާނާއި އޮމާނުން ގުޅިގެންކަން ދުނިޔެއަށް އަންގައިފިއެވެ. އީރާނު ލަޝްކަރުތަކުގެ ފޮރިން ޔުނިޓް ނުވަތަ ސީކްރެޓް ސަރވިސް ޔުނިޓްތައް ފަޅާނުލެވޭނެކަން މިހާރު އީސްރާއީލަށް އެނގޭނެއެވެ. އޮމާނަށް ބިރުވެރިކަމަކަށް ވެފާއޮތް 600 ޖާސޫސުން އަތުލައިގަތުމަށް އެހީތެރިވެ ދިނުމުގައި ގަލްފުގެ އެހެން ގައުމުތަކަށްވެސް ސަލާމަތެއް ނެތްކަމުގެ މެސެޖް އީރާނުން ހާމަކޮށްދިނީއެވެ. ތިޔަ ގައުމުތައް އޮތީ ތަންމިނަށް ހުޅުވިފައެވެ. އަހަރެމެން މިތިބެނީ ބަލާށެވެ. އީރާނުން ގަލްފުގެ ގައުމުތަކަށް ދިން އިންޒާރުގެ މެސެޖުގައި ބުނެފައިވެއެވެ.

އިސްރާއީލުން އޮމާނުގައި ޖާސޫސް ކުރުމުގެ ހަރަކާތްތައް ހިންގަމުންގެންދިޔައިރު އޮމާނުގެ މަސްވެރިންކަމަށް ހެދިގެން އުޅުނު އެމެރިކާގެ ސިފައިންގެ 50 މީހުން އީރާނުން އަތުލައިގެންފިކަންވެސް ކޮލެޕްސް ކްރޯނިކްލް އިން ބުނެފައިވެއެވެ. އަޅާފައިވާ ހެދުމާއި ހަރަކާތްތަކުން އެއީ އޮމާނުގެ މަސްވެރިން ނޫންކަން ދެނެގަތުން ފަސޭހައެއްވެސް ނުވާނެއެވެ. އެބައިމީހުންގެ ރޭވުން އޮތީ މަސްވެރިން ކަމުގައި ހެދިގެން އުޅެ އީރާނުގެ ތެރެއަށް ދެމިގަތުމެވެ. އެމީހުންނަށް ނޭންގިއޮތް ކަމަކީ އެ މުޅިސަރަހައްދަށް އީރާނުން ފާރަލަމުންގެންދާކަމެވެ. އީރާނުގެ ފާރަކެމެރާތަކުގެ ލޯ ހުންނަނީ ތަންމިނަށް ހުޅުވާފައިކަން އެމެރިކާއަކަށް ނޭންގުނެވެ. އެމީހުންއަތުގައި ހަތިޔާއި ނައިޓްގިއަރ އަދިވެސް ކޮމާންޑޯއިން ބޭނުންކުރާ ހުރިހާވައްތަރެއްގެ ހަތިޔާރުވަނީ ފެނިފައެވެ. މިއީ އެމެރިކާއަށް ކުރިމަތިލާންޖެހުން އަނެއް ލަދުވެތިކަމެވެ.
އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައި އީރާނުގެ ހަމަލާތަކުގައި މަރާލެވޭ ނުވަތަ އަތުލައި ގަނެވޭ އެމެރިކާގެ ކޮންމެ ފިރިހެނަކަށް 30000 އެމެރިކާ ޑޮލަރު އަދި ކޮންމެ އަންހެނަކަށް 60000 އެމެރިކާ ޑޮލަރުގެ އިނާމެއް ދެއްވާނެކަން އީރާނު ސިފައިންގެ ކޮމާންޑަރ އިން ޗީފް އަމީރު ހަތާމީ އިއުލާންކުރައްވައި ފިއެވެ. އެމަނިކުފާނު މިކަން އިއުލާންކުރެއްވީ މިލިޓްރީގެ ދަރިވަރުންނާއެކު ބޭއްވި ބައްދަލު ކުރެއްވުމެއްގައިކަން އީރާނުގެ ސިފައިންގެ އޮފީހަށް ހަވާލާދީ ޖަރުމަނުގެ ޑީ ޕީ އޭ އާއި އަދި ދުނިޔޭގެ އެންމެ ބޮޑު މިނިވަން މީޑިއާ އެމެރިކާގެ ޒޫމާއިން ބުނެފައިވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް