އެއާރކްރާފްޓް ކެރިއަރުން ސާޅަނގަ ބޭނުންކޮށްގެން އެއާރކްރާފްޓް ލޯންޗްކުރުންއެމެރިކާގެ ކުރިއަށް ހުރި ބައެއް އެއާރކްރާފްޓް ކެރިއަރ ތަކުގައި މިހާރު ބޭނުންކުރާ އެންމެ މިޒަމާނުގެ އިލެކްޓްރޯމެގްނެޓިކް އެއާރކްރާފްޓް ލޯންޗް ކުރާ ނިޒާމް ހުއްޓާލައި ކުރީ ޒަމާނުގައި ބޭނުންކުރި ސްޓީމް ޕަވަރޑް ކެޓަޕަލްޓް (ސްޓީމް އާވި ބޭނުންކޮށްގެން ސާޅަނގަބޭނުންކޮށްގެން އެއާރކްރާފްޓް ލޯންޗް ކުރާ ) ނިޒާމަށް ބަދަލުކުރަން ދިފާއީ ވަޒީރު ޕީޓް ހެގްސެތަށް ވައިޓް ހައުސްއިން އަންގައިފިކަމަށް ސީ އެން އެންގެ ޚަބަރުގައި ބުނެފިއެވެ. އަދި މިހާރު ބަންނަމުންދާ ޔޫ އެސް އެސް ޑޯރިސް މިލަރ ގެ ނަންދިނުމަށް ހަމަޖެހިފައިވާ އެއާރކްރާފްޓް ކެރިއަރ ގައި ސާޅަނގައިން ބޭނުންކޮށްގެން އެއާރކްރާފްޓް ލޯންޗްކުރާ ނިޒާމް ގާއިމް ކުރުމާބެހޭ އިންތިޒާމްތައް އެކަށައެޅުމަށްފަހު 60 ދުވަހުގެ ތެރޭގައި ރައީސް ޓްރަމްޕް އަށް ފޮނުވަންވެސް ވަނީ އަމުރު ކުރައްވާފައެވެ.
ސާޅަނގައިގާ ލާފައި އެއާރކްރާފް ލޯންޗް ކުރާގޮތަށް ހަމަޖެއްސުމުން ދިގު މުއްދަތަކަށް މައްސަލަ ހައްލުކުރެވޭނެކަމަށް ވައިޓްހައުސް އިން ބުނެފައިވެއެވެ. އެމެރިކާގައި އޮތް އެންމެ އާ އެއާރކްރާފްޓް ކެރިއަރ ޔޫ އެސް އެސް ޖެރާލްޑްފޯރޑް ބަނދެފައިވަނީ އީމަލްސް ގެ ނަންދެވިފައިވާ އިލެކްޓްރޯ މެގްނެޓިކް ލޯންޗިންގ ސިސްޓަމް އާއެކުގައެވެ. އެހެންނަމަވެސް މިހާރު 10 އަހަރު ވެފައިވާ ނިމިޒް ކްލާސްގެ އެއާރކްރާފްޓް ކެރިއަރ ތަކުގައި ބޭނުންކުރަނީ ސާޅަނގައިގާ ލާފައި ދޫކޮށްލާ ނިޒާމެވެ. ޔޫ އެސް އެސް ޑޯރިސް މިލަރ މިހާރު ބަނދެވެމުންދާއިރު އަލުން އެ އުޅަނދު ފަރުމާކުރަން ބޭނުންވާނަމަ އޭގެ އަގަށް އެތައް ބިލިއަން ޑޮލަރެއް އިތުރުވެ އަދި 2034 ގައި ބޭނުންކުރަން ފެށޭވަރުވާނެކަމަށް ބެލެވުނު އެއާރކްރާފްޓް ކެރިއަރ އަށް ބޭނުންވާ ބަދަލުތައް ގެނައުމުން އޭގެފަހުންވެސް ދިހަ އަހަރު ދުވަސް ބޭނުންވާނެކަމަށް ހަޑްސަން އިންސްޓިޓިއުޓުގެ ސީނިއަރ ފެލޯ ބްރައިއަން ކްލާރކް ބުނެފައިވެއެވެ. އިލެކްޓްރޯމެގްނެޓިކް ނިޒާމަކީ ހުރިހާގޮތަކުންވެސް ފަސޭހަ ނިޒާމަކަށް ވެފައި އަގުވެސް މާބޮޑަށް ހެޔޮވާނެއެވެ. ސާޅަނގައިން ބޭނުންކުރާ ނިޒާމުގައި ހިމެނޭ ބައިތައްވެސް މާގިނަވާނެކަމަށް ބްރައިއަން ކްލާރކް ބުނެފައިވެއެވެ. އޭގެތެރޭގައި ވޭލުތަކާއި ޕްރެޝަރ ރެގިއުލޭޓަރތަކާއި ޕިސްޓަންތައްވެސް ހިމެނޭނެއެވެ. އީމަލްސް ބޭނުންކުރާ ފޯރޑް ކްލާސްގެ އެއާރކްރާފްޓް ކެރިއަރއެއް އޮޕަރޭޓް ކުރުމުގެ ޚަރަދުން އެމެރިކާ ނޭވީންނަށް އަހަރު 100 މިލިއަން ޑޮލަރ ސަލާމަތް ކުރެވޭނެ ކަމަށްވެސް ބްރައިއަން ކްލާކް ބުނެފައިވެއެވެ. އިތުރު މައުލޫމާތު ހޯދަން ސީއެން އެން އިން ވައިޓް ހައުސްގައި އެދުމުން ބުނެފައިވަނީ ނޭވީންގެ ބޯޓުފަހަރު ބަނުމާއި ރިޕެއަރ ކޮށް ބެލެހެއްޓުމާގުޅޭ ފޮތްތައްބަލައިގެން އޮޅުންފިލުވުމަށެވެ. ސާޅަނގައަކީ މާކުރިއްސުރެން ވެސް ރައީސް ޓްރަމްޕް މާބޮޑަށް ތާއީދުކުރައްވާ ނިޒާމެކެވެ. އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި މިޒަމާނުގެ ކުރިއަރާފައިވާ ނިޒާމްތައް ބެލެހެއްޓުމަކީ ބޮލުރިހުމެކެވެ. އަދި އެޓްލާންޓިކް ކަނޑާއި ޕެސިފިކް ކަނޑުގެ 70-80 ފޫޓު އުސް ރާޅުތަކުގެ ތެރޭގައި ދަތުރުކުރަމުންދާއިރު ލޮނުގެ ސަބަބުން މެގްނެޓްތަކުގައި ދަބަރު ޖަހައިފިނަމަ އަނެއްކާ އަނެއް ކަންތަކާ ލައިގަތީއެވެ. ރައީސް ޓްރަމްޕް އެމަނިކުފާނުގެ ނިންމުން ދިފާއު ކުރައްވައި ވިދާޅުވި ކަމަށްވެއެވެ. މަޝްހޫރު ޖާރންލިސްޓް އަދި ނޭވަލް މައްސަލަތަކުގައި އެންމެ ގިނައިން ހޯސްޓުކޮށްއުޅޭ ކްރިސް ކަވާސް ދެކޭގޮތުގައި ސާޅަނގައިން އެއާރކްރާފްޓް ލޯންޗް ކުރުމަކީ އިލެކްޓްރޯމެގްނެޓިކް ބޭނުންކޮށްގެން ލޯންޗް ކުރާ ނިޒާމަށް ވުރެން މާ ކުރީގެ ނިޒާމެކެވެ. އަދި ސާޅަނގައިން އެއާރކްރާފްޓް ލޯންޗް ކުރުމުގެ ނިޒާމަށް ދިއުމަކީ ވަރަށް ބޯދާ ވިސްނުމެކެވެ. އިލެކްޓްރޯ މެގްނެޓިކް ސިސްޓަމުން މާ އޮމާންކޮށް ހަރަކާތް ކުރެވޭނެއެވެ. ކްރިސް ކަވާސް އާއި ބްރައިއަން ކްލާރކް ގަބޫލުކުރާގޮތުގައި ސާޅަނގަ ބޭނުންކޮށްގެން އެއާރކްރާފްޓް ލޯންޗްކުރުމުގެ ފުރިހަމަ ނިޒާމެއް ގާއިމް ކުރުމަކީ ފަސޭހަކަމަކަށްވެސް ނުވާނެއެވެ.
![]()
