ފުރާނަފުޅަށް ބިރުން ކޭޓަރިން ޓްރަކެއްގައި ރައީސް ޓްރަމްޕް ފިއްލަވާފާނެކަން ގަބޫލުކުރާނީ ކާކު؟

Loading

Facebook
Twitter
WhatsApp

މި ހަފުތާގައި މީޑިއާތަކުން އެންމެ ގިނަ ކިއުންތެރިން ފާހަގަކުރަމުން ގެންދާތަންފެންނަނީ މި ހުސްވި ޖުލައިމަހު ތުރުކީގެ އަންކާރާގައި ބޭއްވުނު ނޭޓޯ ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށްފަހު އެނބުރި ގައުމަށް ވަޑައިގަތުމުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަންތައް ކޮށްފައިވާގޮތާމެދު ފާޑުކިޔައި މަލާމާތް ރައްދު ކުރަމުން ގެންދާ ޚަބަރުތަކެވެ.

ބައެއް އެހެން ސިޔާސީ ބޭފުޅުން ގެންދަވަނީ އެއީ ތެދެއްކަމާދޭތެރޭވެސް ސުވާލު އުފައްދަވަމުންނެވެ. އެމެރިކާގެ އިންޓެލިޖެންސުން ވަރަށް ގިނަ ގޮތްގޮތުން ހޯދި މައުލޫމާތުގެ އަލީގައި ސަމިޓްގެ އެންމެ ފަހުދުވަހު އެމަނިކުފާނަށް ލިބިވަޑައިގެންނެވި އިންޒާރާއި އަދި ސަމިޓް ބޭއްވުނު ސަރަހައްދުން ކޮނޑުމަތީގައި ބާއްވައިގެން ގޮއްވާލާ ވައްތަރުގެ މިސައިލެއް ހިފައިގެން ހުރި މީހަކުވެސް ފެނިފައިވުމާއެކު ސަރފޭސް ޓު އެއާރ މިސައިލަކުން އެއާރފޯސް-1 އަށް ހަމަލާދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާތީ ރައީސް ޓްރަމްޕްގެ ސަލާމަތަށްޓަކައި ވަނީ ވަގުތުން ފިޔަވަޅުތައް އަޅާފައެވެ. އެންމެ ފުރަތަމަ ރައީސް ޓްރަމްޕް އަރާވަޑައިގަތީ އެއާރފޯސް-1 އަށެވެ. އެއަށްފަހު ސިއްރިޔާތުގައި އެމަނިކުފާނު އެއާރކްރާފްޓުން ބާލައިގެން ކޭޓަރިންގ ޓްރަކެއްގައި ކުޑަ މިލިޓްރީ ޖެޓަކަށް ގެންދެވުނީއެވެ. ތުރުކީން އެމަނިކުފާނު ފުރާވަޑައިގަތީ ސަރުކާރުގެ އިސް ބޭފުޅުނާއި މިލިޓްރީގެ އޮފިޝަލުންނާވެސް ވަކިން އެ ކުޑަ ޖެޓްގައެވެ. އެއާރފޯސް-1 ގައި ދަތުރުކުރެއްވި ބޭފުޅުންގެ ތެރޭގައި ޚާރިޖީ ވަޒީރު މާރކޯ ރޫބިއޯ އާއި ޚަޒާނާއާ ބެހޭވަޒީރު ސްކޮޓް ބެސެންޓް އަދި ވައިޓްހައުސް ސީނިއަރ އެއިޑުން ކަމުގައިވާ ސްޓެފަން މިލަރ އާއި ސްޓީވެން ޗޯންގްހިމެނޭ ކަމަށް ނިއުޔޯރކް ޓައިމްސް އިން ބުނެފައިވެއެވެ. އެބޭފުޅުން ހީކުރައްވައިގެން ތިއްބެވިކަމަށް ވަނީ ދަތުރުކުރެވެނީ ރައީސް އަރިހުގައި ކަމަށެވެ. ހާލަތުގެ ނުރައްކާތެރިކަން ނޭންގިތިބެ ރައީސް ޓްރަމްޕް އާ ދެތެރޭ ކަންތައް ކުރި ގޮތުން ފާޑުކިއުން ވަނީ ވަރަށް ގިނަވެފައެވެ. އެހެންނަމަވެސް ކުރީގެ ރައީސް ޖޯރޖްޑަބްލިޔޫ ބުޝްގެ މުސްތަޝާރު ޖޯސެފް ހެގިން ވަނީ ސަރުކާރުން ރައީސް ޓްރަމްޕްގެ ސަލާމަތަށްޓަކައި އެޅި ފިޔަވަޅުތަކަށް ތާއީދު ކޮށްފައެވެ. އެމެރިކާގެ ބާރުގަދަ ރައީސް ބިރުން ތުރުތުރު އަޅާ ކުޑަކުއްޖެކޭ އެއްފަދައިން އީރާނުން އެމަނިކުފާނުގެ ޖާނަށް ދީފާނެ ހަމަލާއަކުން ރައްކާތެރިކަމާއި ހިމާޔަތްދިނުމަށްޓަކައި މަތިންދާ ބޯޓުފަހަރަށް ކާބޯތަކެތި އުފުލާ ކޭޓަރިން ޓްރަކަކަށް ލާ ފޮރުވައިގެން ގެންގުޅެފާނެއޭ ހިތަށް އަރާނީ ކާކުހެއްޔެވެ ؟ އެމެރިކާގެ ރައީސަކީ އީރާނުގެ މިނާބުގައިހުރި ކުޑަކުދިންގެ ސްކޫލަކަށް ބޮންއަޅައި އެ ސްކޫލްގެ ކިޔަވާކުދިންތައް މަރަން އަމުރުކުރި ހިތްހަރު މީހެއްކަމާއި ގައްޒާގައި ހިންގަމުންގެންދާ ގަތުލުއާންމުގައި ފުރިހަމައަށް ބައިވެރި ވަމުންގެންދާ އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތް ވެރިއެއްކަމަށްވެސް މުޚާތަބު ކޮށްފައި ހުރެއެވެ. އާއިލާތައް ނިދާފައި ތިއްބާ ބޮންއަޅައި މަރަން އަމުރުކޮށް އަދި ސުލްހަ ގާއިމް ކުރަން ކުރާ މަސައްކަތެއް ކަމަށްބުނެ އީރާނުގެ ސުޕްރީމް ލީޑަރ ޝަހީދު ކޮށްލި އިންސާނާ އެފަދަ ދަށްފެންވަރެއްގައި މަރަށް ފިލަން ދުވުމުން މަލާމާތް ކޮށްފައިވެއެވެ. ދުނިޔޭގައި އެންމެ ގިނަ ބަޔެއްގެ ދިރިއުޅުމުގައި އުފުލުމަށް ނުކުޅަދާނަ ވޭނާއި ރިހުން މެދުވެރި ކުރަމުންދާ ނުބައި ނުލަފާ މީހާއަށް ވަށައިގެން މިސައިލް ބެޓެރީތަކުން ހިމާޔަތް ލިބިގެންނޫނީ ނިދަންވެސް ބިރުގަންނަކަމަށް ބުނެ މަލާމާތުގެ ބަސްތައް ގެންދަނީ އުކަމުންނެވެ. ދުނިޔޭގެ ސުޕަރ ޕަވަރ އެމެރިކާއިން އެގައުމު ރައީސްއަށް ކޭޓަރިންގ ޓްރަކެއްގައި ފޮރުވައިގެން ހިމާޔަތް ދިނުމުން ބައެއް މީޑިއާތަކުން މަލާމާތްކޮށްފާ ހުއްޓާވެސް އެބަ ފެނެއެވެ. އަދި އެއީ އެމަނިކުފާނުގެ ހައިބަތާ ނުގުޅޭ ކަމެއްކަންވެސް ފާހަގަކޮށްފައި ވެއެވެ. ބައެއް ސިޔާސީ ބޭފުޅުން ދެކިވަޑައިގަންނަވާގޮތުގައި ތުރުކީއާއި އެމެރިކާގެ ސެކިއުރިޓީ އެމަނިކުފާނު ވަށާލައިގެންތިބިއިރު ކޭޓަރިންގ ޓްރަކަކަށް ލައި އެމަނިކުފާނު ފޮރުވައިގެން ގެންގުޅުނުކަން އާންމު ކުރުމަކީ ބަލާގަންނަން އުދަނގޫ ލަދުވެތިކަމެކެވެ. ނޭޓޯގެ ބައްދަލުވުމަށް ރައީސް ޓްރަމްޕް އަންކާރާއަށް ވަޑައިގެން ހުންނެވި އިމާރާތާއި ފަންގިފިލާއަށް ދާންދެން ހުރިހާ މައުލޫމާތެއްގެ ތަފްސީލު އީރާނަށް ވަނީ ލިބިފައިކަން އެމެރިކާގެ ދެ އޮފިޝަލަކު ނިއުޔޯރކް ޓައިމްސްއަށް ވަނީ ކިޔާދީފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް