އީރާނުގެ ނިއުކްލިއަރ މަޝްރޫއާ ގުޅިގެން އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ދެމެހެއްޓުން ބަލާ ފާރަލުމުގެ މުއްދަތު އިތުރުކުރަން ހުށައެޅި މައްސަލާގައި ޔުނައިޓެޑް ނޭޝަންސް ސެކިއުރިޓީގެ ކައުންސިލްގެ މެމްބަރުންނަށް އެއްގަލަކަށް ނޭރި ރަޝިޔާއާއި ޗައިނާއިން ވީޓޯ ކޮށް ބޭރު އަރުވާލައިފިއެވެ.
އެމެރިކާއިން ސެކިއުރިޓީ ކައުންސިލަށް ހުށައަޅާފައިވަނީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ބަލާ ފާރަލުން ހަވާލުކޮށްފައިވާ ތަޖްރިބާކާރުންގެ ޓީމަށް އިތުރު އެއް އަހަރުގެ ފުރުސަތެއް ދިނުމަށެވެ.
އެގާރަ ގައުމަކުން އެމެރިކާއިން ބޭނުންވި ގޮތަށް ވޯޓުދިން އިރު ޕާކިސްތާނާއި ސޮމާލިއާއިން ވަކިގޮތަކަށް ވޯޓުދޭކަށް ބޭނުމެއް ނުވިއެވެ. ރަޝިޔާއާއި ޗައިނާއިން އެމެރިކާގެ ހުށައެޅުމާ ދެކޮޅުހަދައި މައްސަލަ ކައުންސިލުން ބޭރުކޮށްލީއެވެ. އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރު އަހަރުދުވަހަށް ދަމަހައްޓަން ހުށައަޅާފައިވަނީ 2015 ގެ ޖޮއިންޓް ކޮމްޕްރެހެންސިވް ޕްލޭން އޮފް އެކްޝަންއާއި އީރާން ޚިލާފްވަމުންގޮސްފައިވާކަމަށްބުނެ އަދި އެ އެއްބަސްވުމުން އެމެރިކާ ވަކިވުމަށްފަހު އެއްބަސްވުން މުއްދަތު 2025 ވަނައަހރު ހަމަ ވެފައިވާކަމަށް ސެކިއުރިޓީ ކައުންސިލްގެ ދާއިމީ ބައެއް މެމްބަރުން ކައުންސިލަށް ހުށައަޅާފައި ވަނިކޮށެވެ. އީރާނުން ޚިލާފު ވެފައިވާނަމަ އެކަން ބެލުމަށްފަހު ކައުންސިލަށް ރިޕޯރޓްކުރަން އިޚްތިޔާރު ކުރެވިފައިވާ ޕެނަލަށް ވަނީ އަންގާފައެވެ. އެހެންނަމަވެސް މެމްބަރުންގެ ޚިލާފް ތަފާތު ވެފައި އޮތުމާއެކު މިހާތަނަށްވެސް ޕެނަލް އިން އެކަން ބެލޭނެގޮތެއް އޮތީ ނުވެފައިކަމަށް ރޮއިޓާރސްގެ ޚަބަރުގައި ބުނެފައިވެއެވެ. އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ދަމަހައްޓަން އިނގިރޭސި ވިލާތާއި ޖަރުމަނާއި އަދި ފަރަންސޭސި ވިލާތުގެ ބާރުއެޅުމާއެކު އެ މައްސަލަ ކުރިއަށް ގެންދަން ކުރި މަސައްކަތުގައި ރަޝިޔާއާއި ޗައިނާއިން ބުނެފައިވަނީ ޔުނައިޓެޑް ނޭޝަންސް ސެކިއުރިޓީ ކައުންސިލްގެ 2231 ވަނަ ގަރާރު 2025 އޮކްޓޯބަރ މަހު ނިމުމަކަށް އައިސްފައިވާކަމަށެވެ. އެހެންނަމަވެސް ޔޫރަޕްގެ ތިން ގައުމުން އެކަން ގަބޫލެއް ނުކުރެއެވެ. އީރާނާއި އެގައުމުގެ ބައިވެރިންގެ މެދުގައި ގާއިމް ކުރެވިފައިވާ ހުއްދަނުކުރެވޭ ގުޅުމުގެ މައްޗަށް ތަޖްރިބާކާރުންގެ ރިޕޯރޓްގައި އަލި އަޅުވާލާނެކަމަށް ޔޫ އެންގައި ހުންނަވާ އެމެރިކާގެ ސަފީރު ޖެނިފަރ ލޮސެއްޓާ ބުނެފައިވާކަން އެސޯޝިއޭޓެޑް ޕްރެސް އިން ހާމަކޮށްފައިވެއެވެ.
އީރާނާގުޅޭ ކަންކަމުގައި ކައުންސިލްތެރޭގައި ސިޔާސީ ގޭމް ޖައްސަނީކަމަށް ވިދާޅުވެ ރަޝިޔާގެ ސަފީރު ވަސިލީ ނެބަންޒިޔާ އެ ގަރާރު ވީޓޯ ކުރުން ދިފާއު ކުރައްވާފައިވެއެވެ. އަދި އެމެރިކާގެ ވިސްނުމަކީ އަބަދުވެސް ދެކޮޅުވެރިކަމުގައި ދެމިތިބުންކަމަށް ވިދާޅުވިއެވެ. ޗައިނާއިންވެސް ވަނީ ރަޝިޔާއެކޭ އެއް މޭރުމަކުން ވާހަކަދައްކައި ސިޔާސީގޮތުން މައްސަލަތައް ހައްލުކުރަން ގޮވާލާފައެވެ.
ޔޫ އެން ސެކިއުރިޓި ކައުންސިލްގެ 2231 ގަރާރުގެ ދަށުން އީރާނަށް މަނާކޮށްފައިވާ ބެލިސްޓިކް މިސައިލް އުފެއްދުމާއި އަދި ހިފާއްޓާފައިވާ އީރާނުގެ މިލްކިއްޔާތުތަކުގެ މައްސަލައަށް މިފަހަރުގެ ވޯޓުންވެސް ހައްލެއް ލިބިފައިނުވާކަމަށް އެސޯޝިއޭޓެޑް ޕްރެސްގެ ޚަބަރުގައި ބުނެފައި ވެއެވެ. އެހެންނަމަވެސް ތަޖްރިބާކާރުންގެ ޕެނަލްއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތު 2027 ސެޕްޓެމްބަރ ގައި ނިމުމަކަށް އަންނާނެއެވެ.
![]()
