ސޯސަންމަގުގައި ހިނގި އެކްސިޑެންޓުގައި ޒަޚަމްވި އަންހެންމީހާ ނިޔާވެއްޖެ

Loading

September 25, 2026
profile
Facebook
Twitter
WhatsApp

ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންގެ ތެރޭގައި ހިމެނޭ އަންހެންމީހާއަށް ފަރުވާދެމުން އަންނަނިކޮށް މިއަދު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ޢާއިޝަތު މާހިދާ، ށ. ފޯކައިދޫ، މަގުމަތީގެ (26އ)އެވެ. އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް އޭނާ ނިޔާވީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ. އޭނާގެ މޫނުގެ ކަށިތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، އެ ހާދިސާއާ ގުޅިގެން ބޮލުގެ އޮޕަރޭޝަނެއްވެސް އޭޑީކޭގައި ވަނީ ކޮށްފައެވެ.

މި ހާދިސާގައި ދެން އަނިޔާވެފައިވަނީ އުމުރުން 21 އަހަރުގެ ފިރިހެނަކަށާއި 22 އަހަރުގެ ފިރިހެނަކަށެވެ. މީގެތެރެއިން 22 އަހަރުގެ މީހާގެ ސިކުނޑިއަށްވެސް ގެއްލުންވެފައިވާކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

މި ހާދިސާގައި ހިމެނޭ 21 އަހަރުގެ މީހާއަކީ ނުރައްކާތެރިކޮށް ސައިކަލް ދުއްވި ތ. ދިޔަމިގިލި، އައްސޭރި، މާހު ޙަސަންއެވެ. މި އެކްސިޑެންޓާ ގުޅިގެން އޭނާ ވަނީ އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށް، 15 ދުވަހުގެ ބަންދުގެ މުއްދަތު ޖަހާފައެވެ. އެކްސިޑެންޓު ހިނގީ އޭނާ ބާރު ސްޕީޑްގައި ޒިގްޒެގްކޮށް ދުއްވުމުގެ ސަބަބުން ކަމަށާއި، އޭނާއަކީ މީގެ ކުރިންވެސް ލައިސަންސް ނެތި ދުއްވި މައްސަލައިގައި ހަތަރު ފަހަރެއްގެ މަތިން ހިފަހައްޓައި، ޖޫރިމަނާކޮށްފައިވާ މީހެއް ކަމަަށް އެނގިފައިވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް