ޓްރިވެންޑްރަމަށް ދިވެއްސަކު ގެއްލިގެން ހޯދަނީ

ޓްރިވެންޑްރަމަށް ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަންފަށައިފިއެވެ. ގެއްލިގެން ހޯދަމުންދަނީ ރ. މީދޫ، އަތަމާގެ، ޢަލީ އިބްރާހީމް (އައްޔަބޭ) ކަމަށް، އޭނާއަށް ބޮޑުބޭބެކިޔާ ކުއްޖަކު ސޯޝަލްމީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ބުނެފައެވެ. ޕޯސްޓުގައި ވާގޮތުން އޭނާ އެންމެ ފަހުން ފެނިފައިވަނީ މިއަދު ހަވީރު 5:30 ހާއިރުއެވެ. އޭރު ލައިގެން ހުރީ ދަނބުކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ މުންޑެކެވެ. އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ވައިބަރ ނުވަތަ ވަޓްސްއަޕް މެދުވެރިކޮށް 9129561 960+އަށް ގުޅައި، މަޢުލޫމާތު ހިއްސާކުރުމަށް ޕޯސްޓުގައި ވަނީ […]

ޖިއްދާއަށް ދާން އޮތް މޯލްޑިވިއަންގެ ފްލައިޓް ސަލާމަތީ ސަބަބުތަކަށްޓަކައި ފަސްކޮށްފި

ޢުމްރާވެރިން ގޮވައިގެން މާލެއިން ޖިއްދާއަށް މިއަދު ދަތުރުކުރުމަށް ހަމަޖެހިފައިވާ މޯލްޑިވިއަންގެ ފްލައިޓް، ސަލާމަތީ ސަބަބުތަކަށްޓަކައި ފަސްކޮށްފި ކަމަށް އެ އެއާލައިނުން ބުނެފިއެވެ. މޯލްޑިވިއަނުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ސަޢޫދީ ޢަރަބިއްޔާ ހިމެނޭ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރަށް ގާތުން ބަލަމުންދާކަމަށެވެ. އެގޮތުން، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ސަރަހައްދުގެ މަސްރަހު ވަރަށް ބޮޑަށް ގޯސްވެފައިވާކަމަށާއި، މިހާރު އޮތް ހާލަތަކީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފާނެ ފަދަ ހާލަތެއް ކަމަށް ލަފާކުރެވޭ […]

ލިންކު ރޯޑުގައި ދުއްވަން ދަތިވެގެން އައްޑޫ ޒުވާނުން އިޙްތިޖާޖު ކުރަނީ

އައްޑޫ ސިޓީ ލިންކު ރޯޑުގެ ހާލަތު ގޯސްވެ އެމަގުން ދުއްވަން ދަތިވެފައިވާތީ އެ ސިޓީގެ ޒުވާނުންތަކެއް އިޙްތިޖާޖެއް ފެށުމަށް ނިންމައިފިއެވެ. ”ބެރިކޭޑު“ގެ ނަމުގައި ކުރިއަށްގެންދާ މި އިޙްތިޖާޖު ބޭއްވުމަށް ނިންމާފައިވަނީ ލިންކު ރޯޑުގައި ހުންނަ އައްޑޫ މަރުކަޒީ އިންޖީނުގޭގެ ކުރިމަތީގައި އޮންނަ ހުސް ބިމުގައެވެ. މި އެއްވުމުގައި އައްޑޫގެ ހުރިހާ އުމުރުފުރައެެއްގެ މިހުންނަށްވެސް ބައިވެރިވެވޭނެކަމަށް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ. ”މަބެނީ ތޯ ކޮބާ؟“ ފޭސްބުކް ޕޭޖު މެދުވެރިކޮށް އިންތިޒާމުކުރާ މި ސުލްހަވެރި އިޙްތިޖާޖުގައި ބޭނުންކުރާނީ ރަތް، ކަޅު […]

ށ. ފުނަދޫ އަލިފާނުގެ ހާދިސާ: އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައި

އެމްއެންޑީއެފާއި ށ. ފުނަދޫ އެއަރޕޯޓުގެ ފަޔަރ ފައިޓަރުން ގުޅިގެން ކުރި މަސައްކަތުން، އެރަށު ޕެޓްރޯލް ޝެޑުގައި މިއަދު ހެނދުނު ރޯވި އަލިފާންގަނޑުގެ 90 އިންސައްތަ ކޮންޓްރޯލް ކުރެވިއްޖެ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދީފިއެވެ. އެމްއެންޑީއެފުން ބުނީ، ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި އަލިފާން ރޯވެގެން އުޅޭކަމުގެ މަޢުލޫމާތު ލިބިފައިވަނީ ހެނދުނު 8:00 ހާއިރު ކަމަށެވެ. އެއާއެކު ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުގެ ސިފައިން އެރަށަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ. މި ހާދިސާގައި، އެ ސަރަހައްދުގައި […]

އެލެގްޒެންޑަރ ދަ ގްރޭޓްގެ ތިން ވަސިއްޔަތް

ދުނިޔެ ދުށް އެންމެ ވަރުގަދަ ލީޑަރު ކަމަށްވާ އެލެގްޒެންޑަރ ދަ ގްރޭޓް އަވަހާރަވުމުގެ އާލާސްކަންފުޅުގައި އޮންނަވައި ތިން ވަސިއްޔަތެއް ކުރެއްވި ކަމަށްވެއެވެ. ފުރަތަަމަ ކަމަކީ، އޭނާގެ ސަންދޯއް އުފުލުމަށް ހަމައެކަނި ނަން މަޝްހޫރު ހަކީމުންނާއި ބޭސްވެރިންނާ ހަވާލުކުރުމެވެ. އެއީ އެންމެ މޮޅު ހަކީމުންނާއި ބޭސްވެރިންނަށްވެސް މަރުން ސަލާމަތްކޮށްނުދެވޭނެކަން މީހުންނަށް އެންގުމަށްޓަކައެވެ. ދެވަނަ ކަމަކީ، އޭނާގެ ސަންދޯއް ގެންދާއިރު ކަށްވަޅާ ހަމައަށް ދަންދެން ފައިސާއާއި ރަންރިއްސާއި ޖަވާހިރު އުކަމުން ދިއުމެވެ. އެއީ މަރުވެގެން ދާއިރު އެއިން އެއްވެސް އެއްޗެއް […]

ކ އަތޮޅުން ފެށިގެން ލ އަތޮޅާ ހަމައަށް ރީނދޫ ސަމާލު

މޫސުމާބެހޭ ޤައުމީ އިދާރާއިން ކ އަތޮޅާ ލ އަތޮޅާ ދެމެދުގެ ސަރަހައްދަށް ރީނދޫ ސަމާލު ނެރެފިއެވެ. މިއަދު ހަވީރު 5:00ން ފެށިގެން މިރޭގެ 9:00އާ ހަމައަށް ދަމަހައްޓާފައިވާ ރީނދޫ ސަމާލުގެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ގަދަ ވަޔާއެކު ވިއްސާރަކުރަމުންދާ ދުވަސްވަރެކެވެ.

އައިސްކްރީމް ވިއްކާ ކުއްޖާ

ކުޑަ ގާޑިޔަލެއްގައި އައިސްކްރީމް ވިއްކަން މަގުމަތީގައި ކުޑަ ފިރިހެން ކުއްޖަކު އުޅުނެވެ. ކޮންމެ ދުވަހަކު ހެނދުނުން ފެށިގެން އެ ކުއްޖާ އެ މަސައްކަތުގައި އުޅެއެވެ. ދުވަހަށް ފުދޭވަރުގެ ފައިސާކޮޅެއް ލިބުމުން އެނބުރި ގެއަށް ދަނީއެވެ. އެއްދުވަހަކު ހެނދުނު ބޯކޮށް ވާރޭ ވެހެންފެށިއެވެ. ނަމަވެސް އެ ދުވަހުގެ ކޮއްތު ހަމަޖައްސާލާނެ ފަދައެއް ލިބޭތޯ ގާޑިޔާ ހިފައިގެން ހިތްވަރާއެކު އެ ކުއްޖާ ނުކުތެވެ. ގާޑިޔާ ދުއްވަމުން ”ގަންނާނެއްބާ“ ގޮވަމުން ދިޔައެވެ. ނަމަވެސް ދުވަހުގެ ފިނިކަމާއެކު އެންމެ އައިސްކްރީމެއްވެސް ގަންނާނެ މީހަކު […]

ގެދޮރު އިމާރާތްކުރުމަށާއި ގަތުމަށް 1 މިލިިއަން ރުފިޔާއާ ހަމައަށް އެހީ

ގެދޮރު އިމާރާތްކުުރުމަށާއި ގަތުމަށް ލޯނު ނަގަން ބޭނުންވާ އިކުއިޓީގެ އެހީތެރިކަން ދިނުމަށް ސަރުކާރުން އެކުލަވާލާފައިވާ ޕްރޮގްރާމަށް އިތުރު ދެ ކަމެއް އިތުރުކޮށް، ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މިއަދު ފަހުމުނާމާގައި ސޮއިކޮށްފިއެވެ. މާލީ ހަތަރު އިދާރާއެއްގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ ”ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް“ގެ ދަށުން ނަގާ ލޯނަށް އިކުއިޓީ ދިނުމަށް ހިންގާ ”ހެލްޕް ޓު ބިލްޑް“ އަދި ”ހެލްޕް ޓު ބައި“ ޕްރޮގްރާމް މިއަދު ފަށާފައިވަނީ ބޭންކް އޮފް މޯލްޑިވްސްއާއި، މޯލްޑިވްސް އިސްލާމިކް ބޭންކާއި، ހައުސިންގ ޑިވެލޮޕްމެންޓް […]

ހަދަމުންދާ އިމާރާތަކުން ހިލަ ބަސްތާއެއް ވެއްޓުން: މީހަކަށް އަނިޔާނުވެ ސަލާމަތްވީ ކިރިޔާ

މާލޭގައި ހަދަމުންދާ އިމާރާތަކުން ރޭ މަގުމައްޗަށް ހިލަ ބަސްތާއެއް ވެއްޓިއްޖެއެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަގޮތުން، ޗާންދަނީމަގުގައި ހަދަމުންދާ މި އިމާރާތުން ވެއްޓުނު ހިލަ ބަސްތާ ވެއްޓެނީ މަގު މެދަށް ވާކަހަލަ ގޮތަކަށެވެ. މި ވީޑިއޯއިން ފެންނަ ގޮތުގައި، އޭގެ ސިކުންތުކޮޅެއް ކުރިން އެތަނުން ބަޔަކު ސައިކަލުގައި ދެއެވެ. ހިލަ ބަސްތާ ވެއްޓެނީ އެ ސައިކަލުގެ ފަހަތުން އައި ސައިކަލު އެ ހިސާބާ އަރާ ހަމަވަނިކޮށެވެ. ދުއްވަން އިން މީހާގެ ހުޝިޔާރުކަމުން އެވަގުތު ސައިކަލު ހުއްޓައެވެ. […]

ކައުޘަރު

އަހަރެންނަށް ކައުޘަރު އެންމެ ފުރަތަަމަ ދިމާވީ ސައިހޮޓަލަކުންނެވެ. މާލެ އައި ދަތުރެއްގައި ސައިތައްޓެއް ބޯލަން ވަތްތަނާއެވެ. ކައުޘަރަކީ މަސައްކަތު ވިސާގައި ރާއްޖެއައިސް އުޅޭ ތައިލެންޑު ރައްޔިތެކެވެ. ބަލާ ބެލުމަށް ތައިލެންޑު މީހަކަށްވުރެ އޭނާ ބޮޑަށް ވައްތަރީ ދިވެއްސަކާއެވެ. ހަމުގެ ކުލައެވެ. ލޮލުގެ ބައްޓަމެވެ. ރާޅުބާނި އިސްތަށިގަނޑެވެ. ހެދުންއަޅާފައި ހުރި ގޮތެވެ. ދިވެއްސެއް ކަމަށް ހީކޮށް އަހަރެން ފުރަތަަމަ ވާހަކަދެއްކީ ދިވެހިބަހުންނެވެ. އިނގިރޭސި ބަހުން އޭނާ ބުނީ ދިވެހި ނޭނގޭ ކަމަށެވެ. ކޮށަކޮށައިގެން އަހަރެން އިނގިރޭސި ބަހުން ވާހަކަ […]