ހަދަމުންދާ އިމާރާތަކުން ހިލަ ބަސްތާއެއް ވެއްޓުން: މީހަކަށް އަނިޔާނުވެ ސަލާމަތްވީ ކިރިޔާ

Loading

October 18, 2026
profile
Facebook
Twitter
WhatsApp

މާލޭގައި ހަދަމުންދާ އިމާރާތަކުން ރޭ މަގުމައްޗަށް ހިލަ ބަސްތާއެއް ވެއްޓިއްޖެއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަގޮތުން، ޗާންދަނީމަގުގައި ހަދަމުންދާ މި އިމާރާތުން ވެއްޓުނު ހިލަ ބަސްތާ ވެއްޓެނީ މަގު މެދަށް ވާކަހަލަ ގޮތަކަށެވެ.

މި ވީޑިއޯއިން ފެންނަ ގޮތުގައި، އޭގެ ސިކުންތުކޮޅެއް ކުރިން އެތަނުން ބަޔަކު ސައިކަލުގައި ދެއެވެ. ހިލަ ބަސްތާ ވެއްޓެނީ އެ ސައިކަލުގެ ފަހަތުން އައި ސައިކަލު އެ ހިސާބާ އަރާ ހަމަވަނިކޮށެވެ. ދުއްވަން އިން މީހާގެ ހުޝިޔާރުކަމުން އެވަގުތު ސައިކަލު ހުއްޓައެވެ.

މާލޭގެ އެކި އިމާރާތްތަކުން (ޚާއްޞަކޮށް ހަދަމުންދާ އިމާރާތްތަކުން) އެއްޗެހި ވެއްޓުމަކީ ވަރަށް އާންމުކޮށް ހިނގަމުންދާ ކަމެކެވެ. މިފަދަ ހާދިސާއެއްގައި 2018ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ރާއްޖޭގައި ދިރިއުޅެމުންދިޔަ ބަނގްލަދޭޝްއަށް ނިސްބަތްވާ ހަތް އަހަރުގެ ކުއްޖަކުވެސް ވަނީ ނިޔާވެފައެވެ.

ހަމަ މިފަދަ އެހެން ހާދިސާއެއްގައި މަތިން ވެއްޓުނު ދަގަނޑެއް މީހެއްގެ ހަށިގަނޑު ހުރި ފުންމިނަށް ވަދެގެންގޮސް، ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހުނެވެ.

މިފަދަ އެތައް ހާދިސާތަކެއް ހިގަމުންދާއިރުވެސް މުއައްސަސާތަކުން ފަރުވާކުޑަކުރާތީ އާންމުންގެ ޝަކުވާ ދަނީ ގިނަވަމުންނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިފަދަ ކަންކަން ހިނގަނީ މިފަދަ މަސައްކަތް ކުރުމުގެ ތަޖުރިބާ ނެތް ބިދޭސީންނާ ހަވާލުކޮށްގެން، ބަލަހައްޓާނެ މީހަކު ނެތި މަސައްކަތް ކުރުވާތީއެވެ.

މީގެ އިތުރުން، މިފަދަ ތަންތަނުގައި ސަލާމަތީ އެއްވެސް ފިޔަވަޅެއް އަޅާފައި ނުހުންނައިރު، ކަމުގެ ޒިންމާ ނަގާނެ މީހެއް ނުވަތަ އެފަދަ މީހެއްގެ މަޢުލޫމާތު އެނގޭ މީހެއްވެސް މަސައްކަތް ހިނގާ ސަރަހައްދުގައި ނުހުރެއެވެ. ގިނަ ފަހަރަށް މިފަދައިން މަސައްކަތަށް ގެނެސްފައި ތިބޭ މީހުންނަކީ އަހަރެމެންނަށް ދޭހަވާފަދަ އެއްވެސް ބަހަކުން މުޢާމަލާތުކުރަން އެނގޭ ބައެއްވެސް ނޫނެވެ.

ބައެއް މީހުންގެ ފަރާތުން މަޢުލޫމާތު ލިބޭގޮތުގައި، މިފަދަ މަސައްކަތްތައް ކުރަނީ އެ މަސައްކަތާ ހަވާލުވާ ބަޔަކު އެހެން ބަޔަކަށް މަސައްކަތް ހަވާލުކޮށްގެންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް