އަސާސެއް ނެތް ތުހުމަތުތަކުގައި ދޭދޭ ފަރުދުންނާއި ޢާއިލާތަކަށް ދޭ އަނިޔާ ހުއްޓާލަންޖެހޭ: ޝާހިދު

އެއްވެސް އަސާސެއް ނެތް ތުހުމަތުތަކުގައި ދޭދޭ ފަރުދުންނާއި ޢާއިލާތަކަށް ދޭ އަނިޔާ ހުއްޓާލަންޖެހޭ ކަމަށް، ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، ކުރެވުނު ތުހުމަތުތަކަކާ ގުޅިގެން ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒު ޢަލީ ޒާހިރު މަޤާމުން ވަކިކުރުމަށްފަހު، އެ ދެ ބޭފުޅުންގެ މައްޗަށް ކުރެވުނު ތުހުމަތަށް ބާރުލިބޭ އެއްވެސް ހެތްކެއް އަދި ޤަރީނާާއެއް ލިބިފައިނުވާ ކަމަށް ނިންމައި ފުލުހުން މައްސަލަ ފައިލްކުރި ކުރުމަށް އިޝާރާތްކުރައްވައެވެ. މި މައްސަލައަކީ ސުޕްރީމް […]

ތިން ފަންނާނުންނާއެކު ވިލިމާލޭން ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

މަޝްހޫރު ފިލްމީ ފަންނާނުން ހިމެނޭހެން ވިލިމާލޭން ހައްޔަރުކުރި 4 މީހުންގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިދީފިއެވެ. ފުލުހުންގެ ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އިއްޔެ ހައްޔަރުކޮށްފައިވަނީ، ވ. ސިނަމާލެ 4 3-03 / މާލެ، ޝާހިލް މުޙައްމަދު (42އ) އާއި، މަތިމަރަދޫ، ކޮންކީލިޔާ / ލ.ގަން، މުޙައްމަދު ވިޝާލް (29އ) އާއި، ގ.ފްލައިންގޓައިގަރ / މާލެ، އިސްމާޢީލް ޖުމައިޙު (35އ) އަދި ވ. ސިނަމާލެ 4 3-03 / މާލެ، އަޙްމަދު ޢަޒްމީލް (44އ) އެވެ. މި […]

މެލޭޝިއާގައި ހިނގީ އެކްސިޑެންޓުގައި ނިޔާވި ދަރިވަރުގެ އާއިލާއަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

މެލޭޝިއާގައި އިއްޔެ ހިނގި ކާރު އެކްސިޑެންޓުގައި ނިޔާވި ދިވެހި ދަރިވަރުގެ އާއިލާއަށް، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. އެމަނިކުފާނުގެ ރަސްމީ ސޯޝަލްމީޑިއާ އެކައުންޓުގައި ހިއްސާކުރެއްވި މެސެޖެއްގައި ވަނީ އެކްސިޑެންޓުގައި ނިޔާވި އާމިނާ އިމިލީ ނާޡިމްގެ އާއިލާއަށް ތަޢުޒިޔާ ވިދާޅުވެ، އިމިލީގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި ދުޢާ ދަންނަވާފައެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި މި ހާދިސާ ހިނގާފައިވަނީ އިއްޔެގެ ވަގުތެއްގައި ބާޒާރުކުރުމަށްފަހު ގެއަށް އައި މަގުމަތީގައި، އިމިލީ ދަތުރުކުރި ޓެކްސީ އެކްސިޑެންޓުވެ، ފުރޮޅާލައިގެންނެވެ. […]

ސައިކަލު މަތީގައި އޮށޯވެ އޮވެގެން ދުއްވި މީހަކު ހައްޔަރުކޮށްފި

މަސްތުގެ ހާލުގައި، ސައިކަލު މަތީގައި އޮށޯވެ އޮވެގެން ދުއްވައި، ފުލުހުން މަޑުކުރަން އެންގުމުން ފިލަން މަސައްކަތްކުރި މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ، ކ. މާފުށި، ސްނޯސްކައި، އަޙްމަދު ފާރިޒް (26 އަހަރު) ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެއެވެ. ފުލުހުން ބުނީ، އޮކްޓޫބަރު 4 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި، ހެލްމެޓް ނާޅައި، ސައިކަލުމަތީގައި އޮށޯވެގެން ނުރައްކާތެރިކޮށް ހުޅުމާލެއިން މާލެއަށް ހައިވޭގައި ސައިކަލެއް ދުއްވާފައި ދާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން، އެމީހާ ދެނެގަނެ، މާލޭކޮޅު […]

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރު ސައުސަން ނިޔާވެއްޖެ

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު މެންބަރު ފާޠިމަތު ސައުސަން ނިޔާވެއްޖެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ގޮތުގައި އޭނާ ނިޔާވީ އިންޑިއާއަށް ބޭސް ފަރުވާއަށް ދުރުވެ ހުންނަވަނިކޮށް، މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ސައުސަން އައްޔަންކުރެއްވީ 2024 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ. ނިޔާވިއިރު ސައުސަން ހުންނެވީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ އިންޑަސްޓްރިއަލް ރިލޭޝަން ޑިވިޜަންގެ މެންބަރެއްގެ ގޮތުގައެވެ.

ތަކުރާރުކޮށް ޓްރެފިކް ގަވައިދާ ޚިލާފުވާ ފަރާތްތައް ހަރުކަށި ފިޔަވަޅު އަޅަނީ

ތަކުރާރުކޮށް ޓްރެފިކް ގަވައިދާ ޚިލާފުވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމަށް، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. މިކަން އަންގަވައި އެމަނިކުފާނު ނެރުއްވި ބަޔާނުގައި ވަނީ، މިގޮތަށް ނިންމެވީ، ޓްރެފިކް ގަވައިދުތަކަށާއި މަގުމަތީގެ އަދަބުތަކަށް ބޯނުލަނބާ މަދު ބައެއްގެ ސަބަބުން ގިނަ ބައެއްގެ ހައްގުތައް ގެއްލި، އަދި ދޭތެރެއަކުން ނުރައްކާތެރި ހާދިސާތައް ހިނގަމުންދާތީ ކަމަށެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ، މިއީ އެންމެހާ ފަރާތްތަކަށް ރައްކާތެރި އަދި އަމާން ތަނެއްގެ ގޮތުގައި މަގުތައް ބޭއްވުމަށާއި، މަދު ބައެއްގެ […]

ނައިފަރުން ކުއްޖަކު ގެއްލިގެން ހޯދަނީ

ޅ. ނައިފަރުން ފިރިހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ޅ. ނައިފަރު ޕޮލިހުން މަޢުލޫމާތު ދިންގޮތުގައި، ގެއްލިގެން ހޯދަމުންދަނީ ޅ. ނައިފަރު / ނޫކަނޑު، މުޙައްމަދު އަޙްޔާން ޙުސައިން (17އ) އެވެ. އޭނާ ގެއްލިގެން ނައިފަރު ޕޮލިހަށް ރިޕޯޓުކޮށްފައިވަނީ 2026 ސެޕްޓެމްބަރު 28ވަނަ ދުވަހުގެ ހަވީރު 5:30 އެހާކަންހާއިރު ކަމަށް އެ މުއައްސަސާއިން ބުނެއެވެ. އާއިލާއާ ހަވާލާދީ ނައިފަރު ޕޮލިހުން ބުނެފައިވަނީ، އޭނާ އެންމެ ފަހުން ފެނިފައިވަނީ ސެޕްޓެމްބަރު 27ވަނަ ދުވަހު ކަމަށާއި، އޭގެ ފަހުން ޚަބަރެއް […]

ހުޅުމާލޭ ފުރަތަަމަ ފިޔަވަހިން ކަރަންޓު ކެނޑުނީ ބިން ކޮނުމުގެ ތެރޭގައި ކޭބަލަކަށް ގެއްލުންވެގެން

ހުޅުމާލޭ ފުރަތަަމަ ފިޔަވަހިން މިއަދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުނީ ބިން ކޮނުމުގެ ތެރޭގައި ކަރަންޓު ކޭބަލަކަށް ގެއްލުންވެގެން ކަމަށް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ބުނެފިއެވެ. ސްޓެލްކޯއިން ބުނިގޮތުގައި، މިކަން ހިނގީ ކުރެދިމާ ހިނގުމުގައި އަމިއްލަ ފަރާތަކުން ކުރިއަށްގެންދިޔަ އިމާރާތްކުރުމުގެ މަސައްކަތެއްގައި، ބިންކޮނުމުގެ ތެރޭގައި ހައިވޯލްޓޭޖް ކޭބަލަކަށް ގެއްލުންވެގެން ކަމަށެވެ. މީގެ އިތުރުން، މިދިޔަ ބުރާސްފަތި ދުވަހުވެސް މިފަދަ ހާދިސާއެއް ހިނގައި، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާކަމަށާއި، ކައިރިކައިރީގައި މިފަދަ ހާދިސާތައް ތަކުރާރުވެ، […]

ދޮޅު ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލު ދެ މީހަކު ހައްޔަރުކޮށްފި

ހަށިގަނޑުގައި ފޮރުވައިގެން ދޮޅު ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލު ދެ މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުން ޚިދުމަތުން ބުނިގޮތުގައި، އެމީހުން ހައްޔަރުކޮށްފައިވަނީ ހަށިގަނޑުގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައެވެ. ހައްޔަރުކޮށްފައިވަނީ ނިއްކަ ތަމަންގް (47އ) އާއި، އީތްރާނީ ގަލެ (40އ) ކަމަށާއި، މި މީހުން ހައްޔަރުކޮށްފައިވަނީ އެ މީހުން ރާއްޖެ އައިއިރު ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުރިކަމަށް ތުހުމަތުކުރެވުމާ ގުޅިން ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. ފުލުހުން ބުނީ، މި ތުހުމަތާ ގުޅިގެން […]

ސޯސަންމަގުގައި ހިނގި އެކްސިޑެންޓުގައި ޒަޚަމްވި އަންހެންމީހާ ނިޔާވެއްޖެ

ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންގެ ތެރޭގައި ހިމެނޭ އަންހެންމީހާއަށް ފަރުވާދެމުން އަންނަނިކޮށް މިއަދު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ޢާއިޝަތު މާހިދާ، ށ. ފޯކައިދޫ، މަގުމަތީގެ (26އ)އެވެ. އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް އޭނާ ނިޔާވީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ. އޭނާގެ މޫނުގެ ކަށިތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، އެ ހާދިސާއާ ގުޅިގެން ބޮލުގެ އޮޕަރޭޝަނެއްވެސް އޭޑީކޭގައި ވަނީ ކޮށްފައެވެ. މި ހާދިސާގައި ދެން އަނިޔާވެފައިވަނީ އުމުރުން 21 […]