އަސާސެއް ނެތް ތުހުމަތުތަކުގައި ދޭދޭ ފަރުދުންނާއި ޢާއިލާތަކަށް ދޭ އަނިޔާ ހުއްޓާލަންޖެހޭ: ޝާހިދު

Loading

October 10, 2026
profile
Facebook
Twitter
WhatsApp

އެއްވެސް އަސާސެއް ނެތް ތުހުމަތުތަކުގައި ދޭދޭ ފަރުދުންނާއި ޢާއިލާތަކަށް ދޭ އަނިޔާ ހުއްޓާލަންޖެހޭ ކަމަށް، ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، ކުރެވުނު ތުހުމަތުތަކަކާ ގުޅިގެން ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒު ޢަލީ ޒާހިރު މަޤާމުން ވަކިކުރުމަށްފަހު، އެ ދެ ބޭފުޅުންގެ މައްޗަށް ކުރެވުނު ތުހުމަތަށް ބާރުލިބޭ އެއްވެސް ހެތްކެއް އަދި ޤަރީނާާއެއް ލިބިފައިނުވާ ކަމަށް ނިންމައި ފުލުހުން މައްސަލަ ފައިލްކުރި ކުރުމަށް އިޝާރާތްކުރައްވައެވެ.

މި މައްސަލައަކީ ސުޕްރީމް ކޯޓުގެ ކުރީގެ ތިން ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި، މަހާޒު އަލީ ޒާހިރު އަދި ޙުސްނުއްސުޢޫދުގެ ޖިނާއީ ތަޙުޤީޤެއް ހިނގަމުންދާ ކަމަށް ބުނެ އޭސީސީން ޖޭއެސްސީއަށް އެންގި އެންގުމަކާ ގުޅިގެން ބަލަންފެށި މައްސަލައެކެވެ.
މި މައްސަލައާ ގުޅިގެން އެ ތިން ފަނޑިޔާރުން ވަނީ ސަސްޕެންޑްކޮށްފައެވެ.

އޭގެފަހުން ފަނޑިޔާރު ޙުއްނުއްސުޢޫދު ވަނީ މަޤާމުން އިސްތިއުފާދެއްވާފައެވެ. އަދި ޑރ. އަޒްމިރާލްދާއާއި މަހާޒު ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން މަޤާމުން ވަކިކޮށްފައެވެ.

”ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުން ކަމަށްވާ ޖަސްޓިސް އަޒްމިރަލްދާ ޒާހިރާއި، ޖަސްޓިސް މަހާޒު ޢަލީ ޒާހިރު މަޤާމުން ވަކި ކޮށްފައިވަނީ ބޭއިންސާފުންކަން މިއަދު މިއޮތީ ސާބިތުވެފައި. ޤާނޫނުގެ ކުރިމަތީގައި ކޮންމެ ފަރުދަކަށްވެސް ޑިއު ޕްރޮސެސްއާއި ރޫލް އޮފް ލޯ ހިނގަންޖެހޭ.“ މިކަމާ ގުޅިގެން އެމަނިކުފާނުގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓުގައި ޝާހިދު ވިދާޅުވެފައިވެއެވެ.

އެމަނިކުފާނު ވިދާޅުވީ ތުހުމަތަކީ ކުށެއް ނޫން ކަމަށާއި، ހަމަ ކޮންމެ މީހަކަށް އަނެކާއަށް ތުހުމަތެއް ކުރެވިދާނެ ކަމަށެވެ. ނަމަވެސް ތުހުމަތު ރައްދުވާ މީހާގެ ވަޒީފާއާއި އަބުރު ގެއްލުވާލައި، ޢާއިލާތައް ބަދުނާމުކޮށް ދެވޭ ގެއްލުމަކީ ބަދަލުނުދެވޭނެ، ފޫނުބެއްދޭނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ތިން ފަނޑިޔާރުންގެ ތެރެއިން މަހާޒާއި ޑރ. އަޒްރާލްދާގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައިގެ ތަޙުޤީޤަށް ހޯދާފައިވާ ހެތްކާއި ޤަރީނާ ދިރާސާކުރިއިރު، އެއްވެސް ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތްކަމަށާއި، އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުންވެސް މި މައްސަލާގައި ދަޢުވާ ނުކުރުމަށް ނިންމާފައިވާތީ، މައްސަލަ ފައިލްކުރެވިފައިވާ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ވަނީ އަންގާފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް