ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ސޯސަން މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި، މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ތ. ދިގަމިގިލި، އައްސޭރި، އުމުރުން 21 އަހަރުގެ މާހު ޙަސަންއެވެ. އޭނާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫނެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައި ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެފައިވެއެވެ. އެއީ 21 އަހަރުގެ […]

ތޮއްޑޫއިން 100އަށްވުރެ ގިނަ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އއ. ތޮއްޑޫއިން 107 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އެ އިދާރާއިން ބުނެފިއެވެ. އިމިގްރޭޝަނުން ބުނިގޮތުގައި އެ މީހުން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެ އާންމުންގެ ގިނަ ޝަކުވާތަކެއް ލިބެމުންދިއުމާ ގުޅިގެން، ތޮއްޑޫއަށް އަމާޒުކޮށްގެން ޓާސްކްފޯސްއިން ހޮނިހިރު ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. ހޮނިހިރު ދުވަހުގެ ހެނދުނު 6:00ން 4:00ށް ހިންގި މި އޮޕަރޭޝަނުގައި ޖުމްލަ 507 ބިދޭސީއަކު ބަލައިފާސްކޮށްފައި ވާކަމަށް އެ އިދާރާއިން ބުނެއެވެ. […]

ދިވެހި ވަޠަނީ ޚިދުމަތުގެ ތިންވަނަ ބެޗުގެ ދަރިވަރުން ދަސްވެނިވެއްޖެ

ދިވެހި ވަޠަނީ ޚިދުމަތުގެ ތިންވަނަ ބެޗުގެ ދަރިވަރުން މިއަދު ދަސްވެނިވެއްޖެއެވެ. މިކަމަށްޓަކައި ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދެވެ. 2026 ޖޫން 8ން 19 ސެޕްޓެމްބަރުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ޓްރޭނިންގ ޕްރޮގްރާމްގައި ރާއްޖޭގެ 115 ރަށަކަށް ނިސްބަތްވާ 352 ދަރިވަރުން ބައިވެރިވިއެވެ. އޭގެތެރެއިން 341 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. އެއީ 62 އަންހެން ދަރިވަރުންނާއި 279 ފިރިހެން […]

ޕާކުކޮށްފައި އޮތް ކާރެއްގައި ޖައްސާފައި ދިޔަ މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭ ފޭސް 2ގައި ޕާކުކޮށްފައި އޮތް ކާރެއްގައި ޖައްސާފައި މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ނެސްޓް / ލ. ކަލައިދޫ، ޣުފްރާން ޚާލިދު (26އ) ކަމަށެވެ. އޭނާ ހޯދިއިރު މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތުކުރެވުމުން ދުއްވި އުޅަނދު ބަލައި ފާސްކުރިއިރު، ބަނގުރާ ހުރި ދަޅަކާއި ބަނގުރާ ހުސްކުރި ދެ ދަޅު ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. މި މައްސަލާގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން […]

ފަރެސްމާތޮޑާގައި ނިކަމެތި ހާލުގައި އުޅުނު މީހަކު މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފި

ގދ. ފަރެސްމާތޮޑާގައި ނިކަމެތި ހާލުގައި ދިރިއުޅެމުންދިޔަ އުމުރުން ދުވަސްވީ ފިރިހެނަކު މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ގދ އަތޮޅު ޕޮލިހުން މަޢުލޫމާތު ދިންގޮތުގައި، ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނާއި، އެ ރަށު ކައުންސިލް އަދި މިނިސްޓްރީން ގުޅިގެން ކުރެވުނު މަސައްކަތުން އެ މިނިސްޓްރީގެ ބެލުމުގެ ދަށަށް އެމީހާ ގެންގޮސްފައިވަނީ 22 އޮގަސްޓް 2026ގައެވެ. މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ކުރިން، ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނުން އޭނާގެ ހާލަތު ދުވަހުން ދުވަހަށް ވަރަށް […]

ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާކަމަުގެ ތުހުމަތުގައި ދެ ބިދޭސީއަކު އިމިގްރޭޝަނުގެ ބަންދަށް

ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާކަމަުގެ ތުހުމަތުގައި ބަންގްލަދޭޝް ދެ މީހަކު އިމިގްރޭޝަންގެ ބަންދަށް ގެންގޮސްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުނާއި އިމިގްރޭޝަން ގުޅިގެން ކުރި މަސައްކަތުން މި މީހުން ހައްޔަރުކޮށްފައިވަނީ، ދިވެހިރާއްޖޭގައި ގަވައިދާ ޚިލާފަށް ބޭރު ފައިސާގެ މުޢާމަލާތުކުރާ ފަރާތްތަކުގެ މަޢުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މަޢުލޫމާތާ ގުޅިގެން ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ، އެމްޑީ މަސްޢޫދު އަޙްމަދު އަދި އަބޫ ޠާހިރުއެވެ. މީގެ ތެރެއިން އެމްޑީ މަސްޢޫދު ބަންދުކޮށްފައިވަނީ […]

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އިސްތިއުފާދެއްވައިފި

ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމުގައި ހުންނެވި ޢަބްދުﷲ ނާޡިމް އިބްރާހީމް މިއަދު އިސްތިއުފާ ދެއްވައިިފިއެވެ. ނާޡިމް އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ މިދިޔަ ޖޫން މަހުއެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ ވަޒީރުންގެ ފެންވަރުގައެވެ. ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ ވެރިކަމުގައި ޞިއްޙީ ވަޒީރުގެ މަގާމު އަދާކުރެއްވި ކުރެއްވި ނާޡިމް، މި ސަރުކާރުގައި ފުރަތަމަ ހުންނެވީ ރައީސް އޮފީހުގެ އިސް މަގާމެއްގައެވެ. އެއަށްފަހު ޞިއްޙީ […]

އެ ދަރިފުޅު (ދެވަނަ ބައި)

އަނެއް ދުވަހު ހެނދުނު ޑެނިއަލް އެހެން ހުށަހެޅުމެއް ހުށަހެޅިއެވެ. އޭނާ ބުންޏެވެ. ”މަންމާއެވެ! މި ގެ ވިއްކާލަމާ ހިނގާށެވެ! މަންމައަށް މިތަނުގެ ބޭނުމެއް ހިފޭނީއެއް ނޫނެވެ! މަންމަ ދެން ދާނީ އަހަރެމެންގެ ގާތަށް ކެނެޑާއަކަށް ނޫންހެއްޔެވެ! ގެ ވިއްކާލާފައި ލިބޭ ފައިސާ މަންމަ ބޭނުންވާ ކަންކަން ކުރަން ހުންނާނެ ނޫންހެއްޔެވެ!“ ޑެނިއަލްގެ މޫނަށް އަހަރެން ބަލައިލީމެވެ. އޭނާ ހިނިތުންވެލިއެވެ. އަހަރެން ހިތަށްއެރިއެވެ. އޭނާ އަހަރެންދެކެ ހަގީގަތުގައިވެސް ހާދަހާ ލޯބިވެއެވެ. އަހަރެންނާމެދު ހާދަހާ ވިސްނައެވެ. ޑެނިއަލްގެ ލަފާގެ މަތިން […]

އެ ދަރިފުޅު (ފުރަތަަމަ ބައި)

އަހަރެންގެ ނަމަކީ ލިންޑާ ޕާކަރެވެ. އަހަރެން ދިރިއުޅެނީ ބްރައިޓަންގައި ހުންނަ ކުޑަކުޑަ ގެއެއްގައި އެކަނިމާއެކަންޏެވެ. އަހަރެންގެ ފިރިމީހާ ވަނީ މީގެ އަށް އަހަރު ކުރިން މިދުނިޔެއާ ވަކިވެފައެވެ. އަހަރެންގެ ހުންނަ ހަމައެކަނި ދަރިފުޅު ޑެނިއަލް ދިރިއުޅެނީ އޭނާގެ އޭނާގެ އަންހެނުންނާއި ދެ ދަރިންނާއެކު ކެނެޑާގައެވެ. އެތަނަށް އޭނާގެ ދިރިއުޅުން ބަދަލުކުރިތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ. އޭނާ އުޅެނީ ވަރަށް ހަމަޖެހޭ އުފާވެރި ދިރިއުޅުމެކެވެ. ދިރިއުޅެނީ ބޮޑު ގެއެއްގައެވެ. އަދާކުރަނީ ރަނގަޅު ވަޒީފާއެކެވެ. ޑެނިއަލްއާ ޚިލާފަށް އަހަރެން ދިރިއުޅެނީ […]

ތިން މިނިސްޓްރީއެއްގައި ރޯވި މައްސަލައާގުޅޭ ޗިޓާ ޔާމީން ހަވާލުވެވަޑައެއްނުގެންނެވި: ފުލުހުން

ތިން މިނިސްޓްރީއަކާއި މާލެ ސިޓީ ކައުންސިލްގެ ބައެއް ހިންގަމުން އައި އިމާރާތުގައި ރޯވި މައްސަލައާ ގުޅޭގޮތުން ކުރީގެ ރައީސް ޔާމީން ކުރެއްވި ތުހުމަތާ ގުޅިގެން، އެ މައްސަލައިގެ ތަހުގީގަށް އެމަނިކުފާނު ހާޒިރުކުރުމަށް ގެންދިޔަ ޗިޓާ ހަވާލުވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގަތް ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. މިއީ، ޕީއެންއެފުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި، މިނިސްޓްރީގެ އިމާރާތުގައި 12 ޑިސެމްބަރު 2024 ވަނަ ދުވަހުގެ ހެނދުނު އެތަނުގައި ރޯކޮށްލީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާ ކިހާ ގާތް […]