ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާކަމަުގެ ތުހުމަތުގައި ބަންގްލަދޭޝް ދެ މީހަކު އިމިގްރޭޝަންގެ ބަންދަށް ގެންގޮސްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުނާއި އިމިގްރޭޝަން ގުޅިގެން ކުރި މަސައްކަތުން މި މީހުން ހައްޔަރުކޮށްފައިވަނީ، ދިވެހިރާއްޖޭގައި ގަވައިދާ ޚިލާފަށް ބޭރު ފައިސާގެ މުޢާމަލާތުކުރާ ފަރާތްތަކުގެ މަޢުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މަޢުލޫމާތާ ގުޅިގެން ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ، އެމްޑީ މަސްޢޫދު އަޙްމަދު އަދި އަބޫ ޠާހިރުއެވެ. މީގެ ތެރެއިން އެމްޑީ މަސްޢޫދު ބަންދުކޮށްފައިވަނީ މި ސެޕްޓެންބަރު 11 ވަނަ ދުވަހުއެވެ. އަދި އަބޫ ޠާހިރު ބަންދުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
ފުލުހުން މި މައްސަލައިގެ ތަހުގީގު މިހާރުވެސް ކުރިއަށްގެންދާއިރު، މި ދެ މީހުންނާމެދު އަޅާނެ ފިޔަވަޅުތައް ނިންމާނީ ތަހުގީގަށް ލިބޭ އިތުރު މަޢުލޫމާތާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެއެވެ.
![]()
