ފަރެސްމާތޮޑާގައި ނިކަމެތި ހާލުގައި އުޅުނު މީހަކު މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފި

Loading

September 15, 2026
profile
Facebook
Twitter
WhatsApp

ގދ. ފަރެސްމާތޮޑާގައި ނިކަމެތި ހާލުގައި ދިރިއުޅެމުންދިޔަ އުމުރުން ދުވަސްވީ ފިރިހެނަކު މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ގދ އަތޮޅު ޕޮލިހުން މަޢުލޫމާތު ދިންގޮތުގައި، ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނާއި، އެ ރަށު ކައުންސިލް އަދި މިނިސްޓްރީން ގުޅިގެން ކުރެވުނު މަސައްކަތުން އެ މިނިސްޓްރީގެ ބެލުމުގެ ދަށަށް އެމީހާ ގެންގޮސްފައިވަނީ 22 އޮގަސްޓް 2026ގައެވެ.

މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ކުރިން، ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނުން އޭނާގެ ހާލަތު ދުވަހުން ދުވަހަށް ވަރަށް ގާތުން ބަލަމުންދިޔަކަމަށް މަޢުލޫމާތުދެއެވެ.

މީގެ އިތުރުން، މިނިސްޓްރީން ހަވާލުވުމާ ހަމައަށް އޭނާގެ ކެއިންބުއިމުގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސައިދީފައިވަނީ އެ ރަށު ކައުންސިލުގެ ފަރާތުން ކަމަށް ގދ ޕޮލިހުން މަޢުލޫމާތުދެއެވެ.

އެ މީހާގެ ހާލަތު މިނިސްޓްރީން ބަލަމުން އައިނަމަވެސް، މިހާތަނަށް ސަރުކާރުގެ ބެލުމުގެ ދަށަށް ގެނެވިފައި ނުވަނީ އެގޮތަށް ދައުލަތުން ނަގާ މީހުން ބައިތިއްބާ މަރުކަޒުތަކުގައި ޖާގަ ނެތުމުން ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް