އާއިލާ މީހުންގެ އަތުން ފައިސާ ފޭރެން ގެއަށް ބަޔަކު ވެއްދިކަމުގެ ތުހުމަތުގައި 15 ދުވަހަށް ބަންދުކޮށްފި

ގެއަަކަށް ވަދެ ވަޅިން ބިރުދައްކައި، ގިނަ އަދަދެއްގެ ފައިސާ ފޭރުމުގައި އެ ގޭގެ މީހަކު ބައިވެރިވިކަމަށް ތުހުމަތު ކުރެވިގެން އޭނާ ހައްޔަރުކޮށް ތަހުގީގުގެ ބޭނުމަށް 15 ދުވަހަށް ބަންދުކޮށްފިއެވެ. މި މައްސަލައިގައި 15 ދުވަހަށް ބަންދުގެ މުއްދަތު ޖަހާފައި ވަނީ ހއ.ހޯރަފުއްޓަށް ނިސްބަތްވާ 44 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން އޭނާ ހައްޔަރުކުރީ އޭނާގެ އާއިލާ ދިރިއުޅޭ ގެއަށް ވަދެ ވަޅިން ބިރު ދައްކައިގެން ފައިސާ ފޭރުމުގައި އަމަލީ ގޮތުން ބައިވެރިވި މީހަކު ހައްޔަރު ކުރަން ދިޔަ […]
ރާއްޖޭގެ އަތޮޅުތަކަށް އެސްޓީއޯގެ އޭޖެންޓުން މެދުވެރިކޮށް އަސާސީ ކާބޯތަކެތީގެ ބާވަތްތައް ފޯރުކޮށްދޭން ފަށައިފި

އަސާސީ ބާވަތްތަކުގެ ކާބޯތަކެތީގެ ލިސްޓު 26 ބާވަތުން 80 ބާވަތަށް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާ ގުޅިގެން، އެސްޓީއޯއިން އެ 80 ބާވަތް ރާއްޖެއަށް އެތެރެކޮށް ރާއްޖޭގެ އަތޮޅުތަކަށް އޭޖެންޓުން މެދުވެރިކޮށް އެ ބާވަތްތައް ފޯރުކޮށްދޭން ފަށައިފިއެވެ. އެސްޓީއޯ އިން ވަނީ މީހުން ދިރިއުޅޭ ހުރިހާ ރަށަކުންވެސް އެސްޓީއޯ އިން ކަނޑައަޅާ ހެޔޮ އަގުތަކެއްގައި މި ބާވަތްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، އަމިއްލަ ވިޔަފާރިތަކާ ގުޅިގެން މަސައްކަތް ފަށާފައެވެ.މިގޮތުން، ރާއްޖޭގެ އަތޮޅުތަކުގައި އެ […]
މާލޭގެ ގެއަކަށް ވަދެ ފޭރުނު މައްސަލައެއް ފުލުހުން ތަހުޤީޤުކުރަނީ

މާލޭގެ ގެއަކަށް ވަދެ ފޭރުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން ބުނީ، މިކަން ހިނގާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށާއި މާލެ، ގަލޮޅުގަައި ހުންނަ ގެއަކަށް ރޭގެ ވަގުތެއްގައި ބަޔަކު ވަދެ ފޭރުނު މައްސަލައެއް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ. އަދި މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހިއްސާކުރާނެކަމަށް ފުލުހުން ބުނެފައި ވެއެވެ. މޫނު ނިވާކޮށްގެން ތިބި ދެ ފިރިހެނަކު ވަދެފައިވަނީ ބަނަފްސާ މަގުގައި ހުންނަ ގ. ޑްރީމް އޮފް ގާޑަން […]
ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ދެމުން އަންނަ ސައިބަރ ހަމަލާތައް ދަނީ އިތުރުވަމުން: ފުލުހުން

ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު (ސީސޮކް) އިން މޮނިޓަރ ކުރަމުންދާ ކަންތައްތަކުގެ ތެރެއިން، ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާކަން ފުލުހުން މިއަދު ބުނެފިއެވެ. އެހެންކަމުން، ސަރުކާރުގެ މުއައްސަސާތަކުންނާއި އާންމު ރައްޔިތުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެދިފައެވެ.މިގޮތުން ފޮނުވާ އީމެއިލްތައް ފަރުމާކޮށްފައި ހުންނަނީ، ބަލާބެލުމަށް އިތުބާރުކުރެވޭ ރަސްމީ އިދާރާތަކުން ނުވަތަ ދަންނަ ފަރާތްތަކުން ފޮނުވާފައި ހުންނަ ސައްހަ އީމެއިލްތަކެއްގެ ގޮތުގައި، އޮޅޭފަދަ […]
އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން ކުންފުންޏަށް ދައުވާކުރަނީ

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ކުރިއަށްގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ދަށުން، މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މަނީ ލޯންޑްރިންގ ކުށުގެ ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފޮނުވައިފިއެވެ. އެޗްއާރުސީއެމް އިން ބުނީ މި މައްސަލައިގެ ތަޙުޤީޤަށް ފާހަގަކުރެވިފައިވާ ގޮތުގައި، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާގެ ތެރެއިން ގިނަ ޢަދަދެއްގެ ފައިސާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ޑޮލަރު އެކައުންޓުގެ ދެ ޗެކަކުން، ހ. ސާމަރާ، […]
ރެސިޑެންސީ އެއްބަސްވުން އަވަހަށް މަޖިލީހަށް ފޮނުވަން ޖެހޭ: ނަޝީދު

ރަސްމާލޭގައި ތަރައްގީކުރަން ނިންމާފައިވާ އީގަލް ހިލްސް ރެސިޑެންސީ އެއްބަސްވުން އަވަހަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ޓޫރިޒަމާއި ރިއަލްއެސްޓޭޓް ވިޔަފާރި ހިމެނޭހެން 500 ހެކްޓަރުގެ ބިމެއްގައި ބޮޑު މަޝްރޫއެއް ހިންގަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސްއާ އެކު ސަރުކާރުން ވަނީ ސޮއިކޮށްފައެވެ. އިދިކޮޅު ސިޔާސީ ބައެއް ލީޑަރުން ދަނީ އެ މަޝްރޫއާ ދެކޮޅު ހައްދަވައި އެކިއެކި ތުހުމަތުތައް ކުރައްވަމުންނެވެ.ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރީގެ ރައީސް […]
އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ވިލަރެސް ކޮމިޓީ އެކުލަވާލައިފި

އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ވިލަރެސް ކޮމިޓީ އެކުލަވާލައި ފުރަތަމަ ބައްދަލުވުން އިއްޔެ ބާއްވައިފިއެވެ. އެ ބައްދަލުވުން ކުރިއަށް ދިޔައީ ފަންނާއި ސަގާފަތާއު ތަރިކައާ ބެހޭ ވުޒާރާގައެވެ. އެ ވުޒާރާއިން ބުނީ އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު ކުރިއަށް ގެންދިޔުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ވިލަރެސް ކޮމިޓީއެއް އެކުލަވާލައި، އެ ކޮމިޓީގެ އިރުޝާދުގެ ދަށުން ފުރަތަމަ ބައްދަލުވުން ބާއްވައިފައިވާ އިރު، މި ކެމްޕެއިން ފެށުމަށްޓަކައި ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އެ ވުޒާރާގެ ފަރާތުން މިހާރު ދަނީ […]
ކަރަންޓާއި ވައިގެ ދަތުރުފަތުރުގެ އަގުތައް ހެޔޮވުމާއެކު އޮގަސްޓް މަހުގެ އަގުތަކުގެ އިންޑެކްސް ދަށަށް

ކަރަންޓާއި ވައިގެ ދަތުރުފަތުރުގެ އަގުތައް ހެޔޮވުމާއެކު އޮގަސްޓް މަހުގެ އަގުތަކުގެ އިންޑެކްސް ދަށަށް ގޮސްފިއެވެ. މޯލްޑިވްސް ބިއުރޯ އޮފް އެސްޓެޓިސްޓިކްސް (އެމްބީއެސް) އިން ސެޕްޓެމްބަރު 28 ގައި ޝާއިއުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2026 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު އޮގަސްޓް މަހު ރާއްޖޭގެ ކޮންސިއުމަރ ޕްރައިސް އިންޑެކްސް (ސީޕީއައި) %1.15 ދަށަށް ދިއުމުގެ މައިގަނޑު ސަބަބަކީ ކަރަންޓާއި ވައިގެ ދަތުރުފަތުރުގެ އަގުތައް ހެޔޮވުމާ ގުޅިގެންނެވެ. މިގޮތުން، އޮގަސްޓް މަހު ކަރަންޓުގެ އަގު %3.21 ދަށަށް ގޮސްފައިވާއިރު، […]
މި އަހަރުގެ މިހާތަނަށް މާލޭގެ 180 މަގު މަރާމާތުކޮށްފި

މާލޭގެ މަގުތަކަކީ އަމާން، ރައްކާތެރި އަދި ހިނގާބިނގާވެ އުޅުމަށް ފަސޭހަ ތަނަކަށް ހެދުމަށް މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، މި އަހަރުގެ މިހާތަނަށް މާލޭގެ 180 މަގެއް މަރާމާތުކޮށް ނިންމައިފިއެވެ. މާލެ ސިޓީ ކައުންސިލްގެ ރޯޑް މެނޭޖްމަންޓް ސެކްޝަންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި 12 މަގެއް މަރާމާތުކޮށްފައިވާއިރު، ފެބްރުއަރީ މަހު 23 މަގެއް ވަނީ މަރާމާތުކޮށްފައެވެ. އަދި މާރިޗު މަހު 28 މަގު، އޭޕްރީލް މަހު 15 މަގު، […]
ފަތާ ޓްރެކް ކައިރީ ހުރި ސައިކަލެއްގެ މަޑިދަށުން ވަގަށްނެގި 150،000 ރުފިޔާ ހޯދައިފި

މާލެ ފަތާ ޓްރެކް ކައިރީގައި ހުރި ސައިކަލެއްގެ މަޑިދަށުން ވަގަށްނެގި ފައިސާ ފުލުހުން ހޯދައިފިއެވެ. ފުލުހުން މިއަދު ބުނީ މާލެ ފަތާ ޓްރެކް ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުން 150،000 ރުފިޔާ ވަގަށްނަގާފައިވާ މައްސަލަ މި ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.އެގޮތުން މި މައްސަލައިގެ ތަހުގީގުގެ ތެރެއިން އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖް ބަލައި، ސައިކަލު މަޑިދަށުން ފައިސާ ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ މީހާ ހޯދައި، އެ މީހާ […]