ރާއްޖޭގެ އަތޮޅުތަކަށް އެސްޓީއޯގެ އޭޖެންޓުން މެދުވެރިކޮށް އަސާސީ ކާބޯތަކެތީގެ ބާވަތްތައް ފޯރުކޮށްދޭން ފަށައިފި

Loading

Facebook
Twitter
WhatsApp
ފޮޓޯ: ދަ ޕްރެސް

އަސާސީ ބާވަތްތަކުގެ ކާބޯތަކެތީގެ ލިސްޓު 26 ބާވަތުން 80 ބާވަތަށް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާ ގުޅިގެން، އެސްޓީއޯއިން އެ 80 ބާވަތް ރާއްޖެއަށް އެތެރެކޮށް ރާއްޖޭގެ އަތޮޅުތަކަށް އޭޖެންޓުން މެދުވެރިކޮށް އެ ބާވަތްތައް ފޯރުކޮށްދޭން ފަށައިފިއެވެ.

އެސްޓީއޯ އިން ވަނީ މީހުން ދިރިއުޅޭ ހުރިހާ ރަށަކުންވެސް އެސްޓީއޯ އިން ކަނޑައަޅާ ހެޔޮ އަގުތަކެއްގައި މި ބާވަތްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، އަމިއްލަ ވިޔަފާރިތަކާ ގުޅިގެން މަސައްކަތް ފަށާފައެވެ.
މިގޮތުން، ރާއްޖޭގެ އަތޮޅުތަކުގައި އެ ތަކެތި ފޯރުކޮށްދިނުމަށް އެސްޓީއޯއާއެކު ހަރަކާތްތެރިވާ އޭޖެންޓުންގެ ލިސްޓް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ.
އަތޮޅުތަކުގައި އެސްޓީއޯގެ ރޭޓުގައި މުދާ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އެ ކުންފުނިން ސީދާ ރަށްރަށުގައި މުދާ ވިއްކުމުގެ އިތުރުން، ރަށްރަށުގެ އަމިއްލަ ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދާ ފޯރުކޮށްދީ، އެ ފަރާތްތައް މެދުވެރިކޮށް ރައްޔިތުންނަށް މުދާ ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުންނެވެ. މިކަމުގެ ސަބަބުން ރަށްރަށުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ބާރުވެރިވެގެންދާނެއެވެ.

ހާރު އަލަށް ކަނޑައަޅާފައިވާ އަސާސީ 80 ބާވަތުގެ ތެރޭގައި ހިމެނެނީ:

20 ބާވަތުގެ މޭވާ
20 ބާވަތުގެ ތަރުކާރީ
އާންމުކޮށް ގޭބިސީތަކުގައި ބޭނުންކުރާ ކާބޯތަކެތީގެ 37 ބާވަތް
ކާބޯތަކެތި ނޫން އަސާސީ 3 ބާވަތް
މި އިންތިޒާމާއެކު، ރާއްޖޭގެ ކާނާގެ ރައްކާތެރިކަން އިތުރަށް ވަރުގަދަވެ، ދެމެހެއްޓެނިވި ގޮތެއްގައި އަސާސީ މުދާ ލިބޭނެކަން ކަށަވަރުވެގެންދާނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް