އާއިލާ މީހުންގެ އަތުން ފައިސާ ފޭރެން ގެއަށް ބަޔަކު ވެއްދިކަމުގެ ތުހުމަތުގައި 15 ދުވަހަށް ބަންދުކޮށްފި

Loading

Facebook
Twitter
WhatsApp
ކްރިމިނަލް ކޯޓު/ ފޮޓޯ: ރާއްޖެއެމްވީ

ގެއަަކަށް ވަދެ ވަޅިން ބިރުދައްކައި، ގިނަ އަދަދެއްގެ ފައިސާ ފޭރުމުގައި އެ ގޭގެ މީހަކު ބައިވެރިވިކަމަށް ތުހުމަތު ކުރެވިގެން އޭނާ ހައްޔަރުކޮށް ތަހުގީގުގެ ބޭނުމަށް 15 ދުވަހަށް ބަންދުކޮށްފިއެވެ.

މި މައްސަލައިގައި 15 ދުވަހަށް ބަންދުގެ މުއްދަތު ޖަހާފައި ވަނީ ހއ.ހޯރަފުއްޓަށް ނިސްބަތްވާ 44 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން އޭނާ ހައްޔަރުކުރީ އޭނާގެ އާއިލާ ދިރިއުޅޭ ގެއަށް ވަދެ ވަޅިން ބިރު ދައްކައިގެން ފައިސާ ފޭރުމުގައި އަމަލީ ގޮތުން ބައިވެރިވި މީހަކު ހައްޔަރު ކުރަން ދިޔަ އިރު އެމީހާއާ އެކުގައި ހުއްޓާ ފެނިގެންނެވެ.

ފުލުހުން ކޯޓުގައި ބުނި ގޮތުގައި ފައިސާ ފޭރުމުގެ ޖަރީމާ ހިންގި ކަމަށް ތުހުމަތު ކުރެެވޭ މީހުންނާ އެކު އެ ޖަރީމާގެ ކުރިން ވެސް އޭނާ އުޅުނު ކަމަށެވެ. ޒާހިރު ކޯޓުގައި ބުނީ އޭނާގެ އާއިލާއަށް ބިރު ދައްކައިގެން ފައިސާ ހޯދިމީހާއާ އޭނާއާ ދިމާވީ އޮންލައިން ގޭމެެއްގެ ތެރެއިން ކަމަށާއި ފޭރެން ދިޔަ މީހުން އެ ގޭގެ ތަޅުދަނޑި ހޯދީ އޭނާ ތަނެއްގައި ބަންދުކޮށްގެން ކަމަށެވެ. އަދި އެ މީހުންނާއި އޭނާއާ ގުޅުމެއް ނެތް ކަމަށް ވެސް ދިފާއުގައި ޒާހިރު ބުނެފައި ވެ އެވެ.

މިގޮތުން އޭނާ އާ ދެކޮޅަށް ކޮންމެވެސް ވަރަކަށް ހެކި ހުރުމުން ކްރިމިނަލް ކޯޓުން އޭނާ ބަންދުކުރީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީ ބަންދުގައި ބަހައްޓަން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާ އާއި 60 ވަނަ މާއްދާގައި އޮންނަ އިޖުރާއަތުގެ ދަށުންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް