ރާއްޖޭގެ އިގްތިސާދު ދަނީ ދުވަހެއް ދުވަހަކަށް ބޮއްސުންލައި ހަލާކުވަމުން: ނަޝީދު

Loading

Facebook
Twitter
WhatsApp

ދިވެހިރާއްޖެ މިއަދު މިވަނީ ވަރަށް ނުރައްކާތެރި ފައްތަރެއްގައި ކަމަށާއި ރާއްޖޭގެ އިގްތިސާދު ދަނީ ދުވަހެއް ދުވަހަކަށް ބޮއްސުންލައި ހަލާކުވަމުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އެ ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ބާޒާރުގައި ޑޮލަރުގެ އަގު ހުރި ގޮތުގެ ސަބަބުން ތަކެތީގެ އަގު އިންތިހާއަށް އުފުލި، އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އެގޮތުން ޑޮލަރުގެ އަގު 22.50 ރުފިޔާގައި ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލި، އާންމު ރައްޔިތުންނާއި ވިޔަފާރިވެރިން ތާށިވެފައިވާކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ވިޔަފާރިވެރިންނަށް މުދާ އެތެރެކުރުމަށާއި ޔޫޓިލިޓީސްތަކަށް ފައިސާ ދެއްކުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވެ، ވިޔަފާރިތަކުގެ ފައިދާ ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވީ މި ސަރުކާރުގެ މަގްބޫލުކަން ގެއްލި، މުޅި ގައުމު ފުން އަނދަވަޅަކަށް ވެއްޓެމުންދާ ކަމަށާއި މިފަދަ ސަރުކާރަކަށް ރައްޔިތުންނަށް ޙައްގުވާ ތަނަވަސްކަމާއި ފާގަތިކަން ހޯދައިނުދެވޭނެ ކަމަށެވެ. މި ސަރުކާރުން ބޭރުގެ ދަރަނި އަދާކުރަނީ އެއްވެސް ރޭވުންތެރިކަމެއް ނެތި ދައުލަތުގައި ހުރި ހުރިހާ ޑޮލަރެއް އެއްފަހަރާ ހޭދަކޮށްގެން ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ގައުމުގައި އެއްވެސް ވަރަކަށް ޑޮލަރު ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ސަރުކާރުން ހިންގާ އެއްވެސް މަޝްރޫއެއްގެ ކޮންޓްރެކްޓަކީ ކޮބައިކަމާއި، ވަމުންދާ ގޮތެއް ރައްޔިތުންގެ މަޖިލީހަށް ވެސް ސާފުނުވާ ކަމަށެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް