އިމްރާން ޚާން އަވަސް ސިއްހީ ފަރުވާއަށް އެދިވަޑައިގެންފި

Loading

November 17, 2026
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުންގެންދަވާ ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންއަށް ވަރަށް އަވަސް ސިއްހީ ފަރުވާ ބޭނުންވާކަމަށް އޭނާ ވިދާޅުވެއްޖެ އެވެ. ބްރެއިންހެމަރެޖެއް ނުވަތަ ކާޑިއެކް އެރެސްޓް ކުރިމަތިވުމުގެ ފުރުސަތު އެބައޮތްކަމަށް އޭނާގެ ޑޮކްޓަރުން ބުނެފައިވާ ކަމަށާ އުމުރުފުޅުންވެސް 74 އަހަރު ވެފައިވުމާއި އެކު އަވަސް ސިއްހީ ފަރުވާ ނުލިބިއްޖެ ނަމަ އޭނާ ދިރި ހުންނަވަނިކޮން ދެން ނުފެނިދާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.


އިމްރާން މިކަމަށް އެދިވަޑައިގެން އިދާރާތަކަށް ލިއުއްވާފައިވާ ސިޓީ އޭނާގެ ލޯޔަރު ވަނީ އާންމު ކޮށްފައެވެ.
ނަމަވެސް އިމްރާންގެ ސިއްހަތު ހަފްތާއަކު އެއްފަހަރު ޑޮކްޓަރުން ޗެކް ކުރަމުން ދާކަމަށާ އަދި އިމްރާން ހުންނެވީ ފުދޭވަރެއްގެ ރަގަޅު ސިއްހަތެއްގައި ކަމަށް ޑޮކްޓަރުން ބުނާކަމަށް އިސްލާމް އާބާދުގެ އިދާރާތަކުން ދަނީ ބުނަމުންނެވެ.
އިމްރާން ޚާންގެ މައްޗަށް ސަތޭކައަށް ވުރެ ގިނަ މައްސަލަ ޝަރީއަތަށް ހުށަހަޅާފައިވާއިރު ނިމުނު ބައެއް މައްސަލަ ތަކާއި ގުޅިގެން 2023 ގެ އޮގަސްޓްމަހު އޭނާ ޖަލަށް ލެވުނެވެ.
އިމްރާންގެ އަނބިކަނބަލުން ބުޝްރާބީބީ ވެސް ވަނީ މިދިޔަ އަހަރު ޖަލަށް ލާފައެވެ.އިމްރާން ވިދާޅުވާ ގޮތުގައި އެދެބޭފުޅުންގެ މައްޗަށް ކުރެވުނީ ސިޔާސީ ދައުވާތަކެކެވެ.
އިމްރާން ޚާން ގެ ސިއްހީހާލަތު ގޯސްވަމުންދާ ކަމުގެ ޝަކުވާ އާއިލާއިން ކުރަމުންދާތާ އަހަރެއްހާދުވަސް ވަނީ ވެފައެވެ.އާއިލާއިން ބުނާ ގޮތުގައި އިދާރާތަކުން ފަރުވާ ނުދިނުމުގެ ސަބަބުން އިމްރާންގެ ކަނައަތު ލޮލުގެ ފެނުން ގެއްލިދާނެ ކަމުގެ ބިރުވެސް އެބައޮތެވެ.
އިމްރާންގެ އަނބިކަނބަލުންވެސް އެޕްރިލް މަހު ލޮލުގެ ސަރޖަރީ އެއްހައްދަވާފައި ވާތީ އިތުރު ފަރުވާ ނުލިބިއްޖެ ނަމަ އެކަމަނާގެ ލޮލަށްވެސް ގެއްލުންވެ ، ފެނުން ގެއްލިދާނެ ކަމަށް އިމްރާންގެ ސިޓީގައި ލިއުއްވާފައި ވެއެވެ.
އިމްރާން ޚާން އިތުރުރަށް ލިއުއްވާފައިވާ ގޮތުގައި އޭނާ 22 ގަޑިއިރު ޖަލުގައި އެކަނި ބަހައްޓައެވެ.އަދި މިވަގުތު ތަކުގައި އާއިލާ މީހަކާވެސް ބައްދަލް ވިޔަނުދޭތަނުގައި ފޮތެއް ކިޔާލާ ޓީވީ ބަލާލުމުންވެސް ހުންނަވަނީ މަހްރޫމް ކޮށްފައެވެ.އެހެން ކަމުން އޭނާގެ ނަފްސާނީ ސިއްހަތަށްވެސް ވަރަށް އަސަރު ކޮށްފައިވާ ކަމަށް އިމްރާން ލިއުއްވާފައި ވެއެވެ.
މީގެ އިތުރުން ފާއިތުވި އެއްއަހަރުތެރޭ ގާނޫނީ ވަކީލާ ބައްދަލް ވެފައިވަނީ ވެސް އެންމެ ހަތަރު ފަހަރު ކަމަށްވެސް އިމްރާން ލިއުއްވާފައި ވެއެވެ.
ޕާކިސްތާންގެ ޕާލިއަމެންޓަރީ އެފެއާސް މިނިސްޓަރ ތާރިޤް ފައިސަލް ޗައުދްރީ ވަނީ އިމްރާންގެ މިވާހަކަތައް ދޮގުކުރައްވާފައެވެ.އަދި ޖަލުގައި ހުންނެވި ނަމަވެސް އިމްރާން އަށް ހުރިހާ ފެސިލިޓީ ތަކެއް ލިބިދެވޭ ކަމަށާ ބޭނުންފުޅުވާ ކާއެއްޗެތިވެސް އެރުވޭ ކަމަށް އޭނާ ވިދާޅުވެފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް