ކެއުމަށް ބޭނުން ކުރުމަށް ވަގަށް ނަގާފައިވާ އެތައްސަތޭކަ ބުޅާ ފުލުހުން މިނިވަން ކޮށްފި

ވިއެޓްނާމްގައި ކެއުމަށް ބޭނުން ކުރުމަށް ވަގަށް ނަގާފައިވާ ހަތަރު ސަތޭކައަށް ވުރެގިނަ ބުޅާ ފުލުހުން މިނިވަން ކޮށްފި އެވެ. އެނިމަލް ވެލްފެއާ ގްރޫޕަކުން މައުލޫމާތު ދީފައިވާ ގޮތުގައި ކެއުމަށް ބުޅާމަސް ބޭނުންކުރާ ގްރޫޕަކުން ބުޅާ ވަގަށް ނަގާ މައްސަލަ އޭގެ ކުރިން ވަނީ އިދާރަކުން ބަލާ ތަހުގީގް ކޮށްފައެވެ. ހޯޗީމިން ސިޓީ ގެފުލުހުންނާ ހަވާލާދީ ލިބޭ ހަބަރުތައް ބުނާ ގޮތުގައި މަސްކެއުމަށް ކަތިލުމަށްޓަކާ ބުޅާ ވަގަށް ނަގާ ކްރިމިނަލް ގްރޫޕަކުން ކުރަމުން އައި ކަންތައް ހުއްޓުވާ މިކަމުގައި […]
އިންޑޮނީޝިޔާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

އިންޑޮނީޝިޔާގެ ސެންޓްރަލް ސުލަވެސީ ޕްރޮވިންސަށް6.7ގެބާރު މިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ.އަންގާރަދުވަހު ހެނދުނު އައި ބިންހެލުމާއި ގުޅިގެން ބާރުގަދަ އާފްޓަރ ޝޮކްތައްވެސް އައިސްފައިވާކަމަށް ޚަބަރު ލިބެއެވެ. ހަތަރު ލައްކައެއްހާމީހުންގެ އާބާދީ އެއް އޮންނަ ޕާލޫސިޓީ އަށް އައި ބިންހެލުމުގައި މިނެޓެއްހާއިރުވަންދެން ވަރަށް ބޮޑަށް ހެލުންތައް އައި ކަމަށް ވެއެވެ.އެކި ދިމާދިމާލުން އިމާރާތްތަކަށް ގެއްލުންތައް ލިބުނު ކަމަށް ރިޕޯޓް ކޮށްފައިވާއިރު،ބައެއް ހޮސްޕިޓަލް ތަކުން އައިވީ ގުޅާފައިވާ ބަލިމީހުންވެސް ބޭރަށް ނެރެފައި ވެއެވެ.ޔޫއެސް ޖިއޮލޮޖިކަލް ސާވޭ އިން މައުލޫމާތު ދީފައިވާ ގޮތުގައި ޕާލޫ […]
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަށް އީލޯން މަސްކު

ދުނިޔޭގެ މަހުޖަނު އީލޯން މަސްކް، ފުރަތަމަ ޓްރިލިއަނަރު ގެ ގޮތުގައި ފާހަގަ ކުރެވިއްޖެއެވެ. އިލޯންމަސްކަށް މިލަގަބް ލިބިފައިވަނީ އޭނާގެ ސްޕޭސް އެކްސް އަދި ޓެސްލާ ކުންފުނިން ލިބޭ އާމްދަނީ ހުކުރުދުވަހު 1.5 ޓްރިލިއަން ޑޮލަރަށް އެރުމާއި ގުޅިގެންނެވެ. މިރެކޯޑާއި އެކު އީލޯން މަސްކްގެ އާމްދަނީ ވަނީ 160 ވަރަކަށް ގައުމެއްގެ މުޅި ޖީޑީޕީ އަށް ވުރެ މަތި ވެފައެވެ.2025 ވަނަ އަހަރު އެމެރިކާގެ ޖީޑީޕީ 30.6 ޓްރިލިއަން ޑޮލަރު ގައި ހުރިއިރު މަސްކުގެ މުއްސަނދިކަން މިވަނީ މުޅިއެމެރިކާގެ […]
ޕާކިސްތާނަށް ޗުއްޓީ އަށް ގޮސްހުރި އޮސްޓްރޭލިޔާގެ ކުޑަކުއްޖަކު ގަޔަށް ފުލުހުން ބަޑިޖަހާ މަރާލައިފި

ޕާކިސްތާނަށް ޗުއްޓީ އަށް ގޮސްހުރި އޮސްޓްރޭލިޔާގެ ކުޑަކުއްޖަކު ގަޔަށް ފުލުހުން ބަޑިޖަހާ މަރާލުމާއި ގުޅިގެން މައްސަލަ އަވަހަށް ބަލާދިނުމަށް އޮސްޓްރޭލިޔާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީސެ ގޮވާލައްވައިފިއެވެ.އުމުރުން 9 އަހަރުގެ ހާނިއާ އަހުމަދު ކިޔާ ކުޑަކުއްޖާ ޕާކިސްތާނަށް ދިޔައީ އާއިލާއާ އެކު ޗުއްޓީ ހޭދަކުރުމަށެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ޕަންޖާބް ޕްރޮވިންސް ގައި ހިނގި މިހާދިސާ ގައި ހާނިޔާގެ އާއިލާ ދަތުރު ކުރި ކާރަށް ހަތިޔާރު އެޅި ވަގުންގެ ބަޔަކު ހަމަލާދީ ކާރު ހިފެހެއްޓުމާއި ގުޅިގެން ވަގުންނާއި […]
ނެސްލޭ ކުންފުނިން އުފައްދާ މެގީ ނޫޑްލްސް ޕެކެޓްގައި ކުދި ސޫފިތަކެއް ހުންނަ ކަމަށް ދެކެވޭ ވާހަކަ އެކުންފުނިން ދޮގުކޮށްފި

ނެސްލޭ ގެ އިންޑިޔާ ކުންފުނިން އުފައްދާ މެގީ ނޫޑްލްސް ޕެކެޓް ތަކުގައި ކުދި ސޫފިތަކެއް ހުންނަ ކަމަށް ދެކެވޭ ވާހަކަ އެކުންފުނިން ދޮގު ކޮށްފިއެވެ. ނެސްލޭ އިންޑިޔާއިން ހުކުރު ދުވަހު މިހެން ބުނެފައިވަނީ މެގީ ނޫޑްލްސް ގައި ފަނިއަޅާފައި ހުންނަކަމަށް ބުނެ ސޯޝަލް މީޑިޔާގައި ބަޔަކު ކުރި ޕޯސްޓެއްގެ ކަންތައް ބަލާނެ ކަމަށްބުނެ އިންޑިޔާގެ ފުޑް ސޭފްޓީ އެންޑް ސްޓޭންޑަރޑްސް އޮތޯރިޓީ އޮފް އިނޑިޔާއިން ނެސްލޭ އަށް ނޯޓިސް ދިނުމާއި ގުޅިގެންނެވެ. ނެސްލޭ އިންޑިޔާއިން ބުނެފައިވަނީ މިފަދަ […]
އިންޑިޔާގެ ބިހާރުގައި ހުރި 132ފޫޓު އުސް މޮބައިލް ފޯން ޓަވަރެއް ވަގަށް ނަގައިފި

އިންޑިޔާގެ ބިހާރުގައި ހުރި 132ފޫޓު އުސް މޮބައިލް ފޯން ޓަވަރެއް ވަގަށް ނެގުމާއި ގުޅިގެން ފުލުހުން މައްސަލަ ބަލަމުން ދާކަމަށް ޚަބަރު ލިބެއެވެ. ބިހާރުގެ ބޫޒަރު ޑިސްޓްރިކްޓްގައި ހިނގާފައިވާ މިވައްކަމުގައި 15 ކޭވީއޭ ޖެނަރޭޓަރަކާއި ޓަވަރާގުޅޭ ޓެލެކޮމް އިކްއިޕްމަންޓް ތަކެއްވެސް ވަގަށް ނަގާފައިވާ ކަމަށް ވެއެވެ. އެތައް އަހަރެއް ވަންދެން އެއްތަނެއްގައި ހުރި ޓަވަރު ވަގަށް ނެގިކަންވެސް ނޭގި ގެއްލިފައި ވުމުން އެޑިސްޓްރިކްޓްގެ އާންމުންނާއި އަދި އިދާރާތަކުން ހައިރާންކަން ފާޅުކުރަމުން ދާކަމަށް ވެއެވެ. ޓަވަރު ހުރި ތަނުގައި […]
ވަރޑް ކަޕްއާއި ދިމާކޮށް ނިއުޔޯކް އަށް ”އައިސް“ އެޖެންޓުން ފޮނުވުމަށް ޓްރަމްޕް ކުރި މަސައްކަތް މަމްދާނީ ހުއްޓުވައިފި

ވަރޑް ކަޕްއާއި ދިމާކޮށް ނިއުޔޯކް އަށް ”އައިސް“ އެޖެންޓުން ފޮނުވުމަށް ރައީސް ޓްރަމްޕް ކުރި މަސައްކަތް މޭޔަރ މަމްދާނީ ހުއްޓުވައިފި އެވެ. އައިސް އެޖެންޓުންނަކީ އެމެރިކާގައި އިމިގްރޭޝަން އެންޑް ކަންސްޓަމްސް އެންފޯސްމަންޓް އޭޖެންޓުންގެ ނަމުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ގުންޑާ ފައުޖެކެވެ. މިފައުޖުން އާންމު ގޮތެއްގައި ކުރާ މަސައްކަތަކީ އެހެން ގައުމު ތަކުން އެމެރިކާއަށް ބަދަލު ވެފައިވާ މީހުންގެ ދިރިއުޅުން ދަތިކޮށް އެމީހުން ގަދަބާރުން ގައުމުން ފޮނުވާލުމެވެ. މިއީ ރައީސް ޓްރަމްޕް ގެ ޚާއްސަ އެންގުމަކަށް ކުރާ […]
މުސްކުޅި އުމުރުގައި އަލުން މީހަކު ދެކެ ލޯބިވެވުމަކީ ކުށެއް ހެއްޔެވެ؟

އަހަރެންގެ އުމުރުން މިހާރު 63 އަހަރު ވެފައިވާއިރު، އަލުން މީހަކުދެކެ ލޯބިވުމަކީ ކުށެއް ހެއްޔެވެ؟މި އުމުރަށް ދާއިރު އަންހެނެއްގެ ގޮތުގައި ގިނަ ބަޔަކު ނުދެކޭނެއެވެ.މީހުންނަށް ފެންނާނީ ކޮންމެވެސް ކުދިބަޔެއްގެ މާމައެއްގެ ގޮތުގައެވެ.ތަނެއްގައި މަޑުން އިނދެ ސައިތައްޓެއްބޯލާހަދާ، މާމަ ދަރިން ބަލާދޭން ހުންނަ މީހެއްގެ ގޮތުގައެވެ.އަދި މިދުނިޔެ ދޫކޮށް ދިއުމަށް ތައްޔާރު ވަމުންދާ މީހެއްގެ ގޮތުގައެވެ. ތެދަށް ބުނަންޏާ އަހަރެންވެސް ހުރީ އެގޮތް ގަބޫލުކޮށްގެންނެވެ. އަހަރެން ކުރި ކައިވެންޏަށް 40 އަހަރު ވެފައި ވަނިކޮށް ފިރިމީހާ މަރުވީއެވެ.ފިރިމީހާ މަރުވުމަށް […]
ފިލިޕީންސް އަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 32 އަށް އަރައިފި

ފިލިޕީންސްގެ ދެކުނުގެ ޖަޒީރާއެއް ކަމުގައިވާ މިންދަނާއޯގެ އައްސޭރިފަށަށް ރިކްޓަރ މިންގަނޑުން 7.8ގެ ބާރުމިނުގައި ބިންހެލުމެއް އައިސް، ބައެއް އިމާރާތްތައް ވެއްޓި، މަރުވި މީހުން ގެ އަދަދު 32 އަށް އަރައިފިއެވެ. މަރުވި މީހުންގެ އިތުރުން ގިނަ ބަޔަކު ޒަޚަމްވެސް ވެފައި ވެއެވެ. އެމެރިކާގެ ޖިޔޮލޮޖިކަލް ސަރވޭއިން ބުނެފައިވާގޮތުގައި ބިންހެލުން އައިސްފައި ވަނީ ފިލިޕީންސް ގަޑިން ހޯމަދުވަހު ހެނދުނު 7:40 އެހާކަންހާއިރު، ބިމުގެ ސަތަހައިން ފެށިގެން 10 ކިލޯމީޓަރު އަޑިއަށް ކަމުގައެވެ. މި ހާދިސާއާ ގުޅިގެން އޭޝިޔާގެ އެކި […]
ކައިވެންޏަށް ފަހު ހަނީމޫންއަށް ދިއުމަށް ދަތުރުކުރި ހެލިކޮޕްޓަރު ވެއްޓި ފިރިހެން ކުއްޖާ މަރުވެއްޖެ

އެމެރިކާގެ ޖޯޖިއާ ސްޓޭޓް ގައި ދިރިއުޅެމުން އައި އިންޑިޔާ ދަރިކޮޅުގެ ޒުވާން ފިރިހެނަކު،ކައިވެނި ކުރުމަށްފަހު ހަނީމޫނަށް ދިއުމަށް ދަތުރުކުރި ހެލިކޮޕްޓަރު ވެއްޓި މަރުވެއްޖެއެވެ.ހެލިކޮޕްޓަރުގައި ދެމަފިރިން ދަތުރު ކުރީ ހަނީމޫނަށް ދިއުމަށް އެއާޕޯޓަށް ދިއުމަށް ކަމަށްވެއެވެ. މިހާދިސާގައި ހެލިކޮޕްޓަރު ދުއްވަން އިން ޕައިލެޓްވެސް ވަނީ މަރުވެފައެވެ. ނަމަވެސް ކައިވެނި ކުރި އަންހެން ކުއްޖާ ޖެސްނީ މަރުނުވެ ސަލާމަތް ވެފައި ވެއެވެ.މަރުވި، އުމުރުން 26 އަހަރުގެ ފިރިހެން ކުއްޖާ ޑޭވް ފިޖީ އަކީ ޑެލްޓާ އެއާލައިންސްގެ ޕައިލެޓެއް ކަމަށް ވެއެވެ.މީޑިޔާ […]