އިންޑޮނޭޝިއާއަށް އައި ދެ ބިންހެލުމަށްފަހު މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ބާރަށް ކުރިޔަށް ދަނީ

އިންޑޮނޭޝިއާއަށް ހޮނިހިރުދުވަހު އައި ބާރުގަދަ ދެ ބިންހެލުމަށްފަހު ވެއްޓުނު އިމާރާތްތަކުގެ ދަށުގައި ބަޔަކު ތިބިތޯބަލާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ރެސްކިއުޓީމް ތަކުން ބާރަށް ކުރިޔަށް ގެންދާކަމަށް ޚަބަރުލިބެއެވެ. ދެބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރުވަނީ 47އަށް އަރާފައެވެ.7.7ގެ ބާރުމިނުގައި ފުރަތަމަ ބިންހެލުން އައިސްފައިވަނީ ފަތިހު ފަހެއް ޖެހިއިރު ފްލޮރެސް ޖަޒީރާ އަށެވެ. އޭގެ ހަގަޑިއިރު ފަހުން 6.9 ގެ ބާރުމިނުގައި ބިމުގެ 158 ކިލޯމީޓަރު އަޑިން، ދެވަނަ ބިންހެލުން އައިސްފައިވަނީ އަނެއްކޮޅުގައިވާ ސުމަތުރާއަށެވެ.ދެވަނަ ބިންހެލުން އައި […]

އިންޑޮނީޝިޔާ އަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

އިންޑޮނީޝިޔާގެ ފްލޮރެސް ޖަޒީރާ އަށް 7.7 ގެ ބާރުމިނުގައި ބިންހެލުމެއް އައުމާއި ގުޅިގެން ސުނާމީގެ އިންޒާރު ނެރެ، އާންމުން އުސްހިސާބުތަކަށް ބަދަލުވުމަށް އަންގަމުންދާކަމަށް ޚަބަރު ލިބެއެވެ. ޚާއްސަކޮށް ފްލޮރެސް ޖަޒީރާ ގެ އުތުރު އަދި ދެކުނު ކޯސްޓަލް ސަރަހައްދު ތަކުގައި އުޅޭ ފަރާތްތަކުން އަމިއްލަޔަށް ވިއަސް އަވަހަށް ދުރަށް ދިއުމަށް ދަނީ އަންގަމުންނެވެ. ހޮނިހިރުދުވަހު ފަތިހު އެތާގަޑިން ފަހެއްޖަހާއެހާކަންހާއިރު އައި ބިންހެލުން ފެށިފައިވަނީ 35 ކިލޯމީޓަރު އަޑިން ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފައިވެއެވެ. ބިންހެލުމަށް އިތުރު އެތައް […]

ޖަޕާނުގެ ޗީބާ ސަރަހައްދަށްބޯކޮށް ވާރޭވެހި ބޮޑެތި ގެއްލުން ތަކެއް ލިބިއްޖެ

ޖަޕަނުގެ އިރުމަތީފަޅީގެ ޗީބާ ޕްރީފެކްޗާ ސަރަހައްދަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ ބޯކޮށްވާރޭ ވެހި ކުރިމަތިވި ހާދިސާތަކުގައި ހަތަރުމީހުން މަރުވެ، އެކަކު ގެއްލި އަދި ފަސްމީހުންނަށް އަނިޔާތައްލިބިފައިވާކަމަށް ޚަބަރު ލިބެއެވެ. ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމާއި ކަރަންޓް ކެނޑުން ފަދަ ހާދިސާތައް ކުރިމަތިވަމުން ދާތީ ލައްކައެއްހާ ގޭބިސީގައި ދިރިއުޅެމުންދާ މީހުން އެހެން ތަންތަނަށް ބަދަލުވުމަށް ދަނީ އަންގަމުންނެވެ.އަދި އެމީހުން ތިބުމަށް ދަނީ ވަގުތީ ހިޔާތައް ގާއިމް ކުރަމުންނެވެ. ޗީބާ ސަރަހައްދުގައި ރޭވަނީ ފުރަތަމަ ފަހަރަށް އެންމެ މަތީ […]

ހޮރްމޫޒް ކަނޑުއޮޅިއާއި ބެހޭގޮތުން ނޭނގޭ ހަގީގަތް

އީރާން އަދި ސްޓްރެއިޓް އޮފް ހޮރމޫޒް، މި ދެ ލަފްޒް އެއް ޖުމްލައެއްގައި އައުމުން ހިތަށް ވަންނަނީ ކޮންކަމެއްތޯއެވެ؟ ޓެންޝަން(މަޝްރަޙް ހޫނުވުން)، ތުރެޓް(ބިރުދެއްކުން) އަދި ކެއޯސް (އިންތިޒާމް ނެތް ތަނެއް) މިކަންކަން ތޯއެވެ.ހަބަރު ސުރުހީތަކުގެ ހަގީގީ ބޭނުކަކީވެސް އެއީއެވެ. ހޮރްމޫސް ކަނޑުއޮޅިއާއި ބެހޭގޮތުން ޚަބަރު ހެޑްލައިން ތަކުގައި ހާމަ ނުކުރާ ހަގީގަތްތަކެއްވެސް އެބަހުއްޓެވެ.އެހަގީގަތަކީ އެއްވެސް ކަހަލަ ފީއެއް ނެގުމެއްނެތި، ސުވާލެއް ކުރުމެއްނެތި ދުނިޔޭގެ އުޅަދުތަކުން 40 އަހަރުވަންދެން ހޮރުމޫޒް ކަނޑުއޮޅި ބޭނުން ކުރަމުން ދިއުމުގެ ފުރުސަތު އީރާނުން […]

ކެރޮލީން ލެވިޓް ޕްރެސް ސެކްރެޓަރީ ކަމުން ވަކިވާކަން ޓްރަމްޕް އިއުލާން ކުރައްވައިފި

ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލެވިޓް އޮގަސްޓް މަސް ނިމުމާއިއެކު މަގާމުން ވަކިވާނެ ކަން ބުދަދުވަހު ރައީސް ޓްރަމްޕް އިއުލާން ކުރައްވާފައި ވެއެވެ.މިއީ މިއަހަރު ބާއްވަން ތައްޔާރު ވަމުންދާ މިޑް-ޓަރމް އިލެކްޝަންއަށް ތިންމަހަށް ވުރެވެސް ކައިރި ވެފައިވަނިކޮށް ސަރުކާރުގެ ކޮމިޔުނިކޭޝަން ޓީމަށް ގެންނަ މުހިންމު ބަދަލެއްކަން ފާހަގަ ކުރެވެއެވެ.ލެވިޓް އަކީ އެންމެ އިތުބާރު ކުރެވޭ އެއިޑުންގެ ތެރޭގައި ހިމެނޭ ފަރާތެއް ކަމަށް ސިފަ ކުރައްވަމުން ޓްރަމްޕް ވިދާޅުވެފައިވަނީ އޮގަސްޓް މަސް ނިމުމުން ލެވިޓް މަގާމުން ވަކިވަނީ ކުދިންނާއި […]

ދުނިޔޭގެ އެންމެ ބިޒީ އެއާޕޯޓަކަށް ދެކުނު ކޮރެޔާގެ އިންޗަން އެއާޕޯޓް

ދުނިޔޭގެ އެންމެ ކާރޫބާރޫ ބޮޑު އެއާޕޯޓަކަށް ދެކުނު ކޮރެޔާގެ އިންޗަން އެއާޕޯޓް ވެފައިވާކަމަށް އައު ރިޕޯޓަކުން ދައްކައިފިއެވެ. ޕެސެންޖަރ ޓްރެފިކް ނުވަތަ ފަސިންޖަރުންގެ އަދަދު ތަކަށް ބަލާ ތައްޔާރު ކޮށްފައިވާ ރިޕޯޓަށް ބަލާއިރު ދެކުނު ކޮރެޔާއަށް ވަންނަ މައި ގޭޓްވޭ ކަމަށްވާ އިންޗަން އެއާޕޯޓުން މިއަހަރުގެ ފުރަތަމަ ހަމަސްދުވަހު 38.4މިލިއަން އިންޓަރނޭޝަނަލް ފަސިންޖަރުން ނަށް ޚިދުމަތް ދީފައިވެއެވެ.ކުރިން އެންމެ ކާރޫބާރޫބޮޑު އެއާޕޯޓްގެ ގޮތުގައި ލިސްޓް ކުރެވިފައިވާ ލަންޑަންގެ ހީތުރޯ އެއާޕޯޓުން މިމުއްދަތުގައި ޚިދުމަތް ދީފައިވަނީ 37.79 މިލިއަން […]

ކޮލަމްބިއާއަށް ބާރުގަދަ ބިންހެލުމެއްއައުމާއި ގުޅިގެން މަދުވެގެން132 މަރުވެއްޖެ

ކޮލަމްބިޔާގެ ހުޅަނގުގެ ސަރަޙައްދުތަކަށް 7.4ގެ ބާރުމިނުގައި އިއްޔެ އައި ބާރުގަދަ ބިންހެލުމުގައި މަދުވެގެން 132މީހުން މަރުވެއްޖެ ކަމަށް ޚަބަރު ލިބެއެވެ. ރެކްޓަރ މިންގަނޑުން 7.4ގެ ބާރުމިނުގައި އައި މި ބިންހެލުން އުފެދިފައި ވަނީ ބިމުގެ ސަޠަހައިގެ 107 ކިލޯމީޓަރު އަޑިންނެވެ. މިއީ ސަތޭކައެއްހާ އަހަރުތެރޭވެސް އެގައުމަށް އައި އެންމެ ބާރުގަދަ ބިންހެލުންކަމަށް ރިޕޯޓްތައް ބުނެއެވެ. ވެއްޓުނު އިމާރާތްތަކުގެ ދަށުގައި ގިނަ ބަޔަކު ވަޅުލެވިފައިވާ ކަމަށް ބެލެވޭތީ މަރުވާ މީހުންގެ އަދަދު އަދިވެސް މައްޗަށް އަރާނެ ކަމަށް ބެލެވެއެވެ.ބިންހެލުމުގެ […]

ތޫފާން ޑޮލްފިން ޗައިނާއަށް އެރުމުގެ ސަބަބުން މިލިއަނަކަށްވުރެގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފި

ޝަންގހާއީ ހިމެނޭ ގޮތުން ޗައިނާގެ އިރުމަތީ ފަޅިއަށް ބާރުގަދަ ތޫފާން ޑޮލްފިން އެރުމާއި ގުޅިގެން އެއްމިލިއަން އަށް ވުރެގިނަމީހުން އިދާރާ ތަކުން ރައްކާތެރި ސަރަހައްދު ތަކަށް ބަދަލު ކޮށްފައިވާ ކަމަށް ޚަބަރު ލިބެއެވެ. ގަޑިއަކު 150ކިލޯމީޓަރުގެ ބާރުވަޔާއެކު ތޫފާން ފުރަތަމަ އަރާފައިވަނީ އާދީއްތަދުވަހު އެތާގަޑިން 17:30 ހާއިރު ޒެޖިއާންގ ޕްރޮވިންސް ގެ ޔޫހުއާން އަށެވެ. އޭގެ ގަޑިއެއްހާއިރު ފަހުން ވެންޒޫ ސިޓީ އަށްވެސް ޒޫފާންގެ އަސަރު ވަރަށް ބޮޑަށްކޮށްފައި ވެއެވެ.މިސަރަހައްދަށް ބާއްވަން އޮތް ފްލައިޓްތައް ތޫފާންގެ ސަބަބުން […]

ތޫފާން ޑޮލްފިންގެ ސަބަބުން ޖަޕާން އަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ޖަޕާނުގެ އޮކިނާވާ އަށް ހޮނިހިރުދުވަހު ކުރިމަތިވި ތޫފާން ޑޮލްފިންގެ ސަބަބުން 44،000 އިމާރާތުން ކަރަންޓު ކެނޑި އެތައްބަޔަކަށް އަނިޔާތައް ލިބިފައިވާކަމަށް ޚަބަރު ލިބެއެވެ. ތޫފާންގެ ޚަބަރުތައް ލިބުމާއިއެކު ހުކުރު ދުވަހުން ފެށިގެން އޮކިނާވާގެ މައި އެއާޕޯޓް ، ނަހާ އިންޓަރނޭޝަނަލް އެއާޕޯޓް ވަނީ ބަންދުކޮށް ފްލައިތްތައް ކެންސަލް ކޮށްފައެވެ. ތޫފާނުގެ ވައި ގަޑިއަކު 162ކިލޯމީޓަރުގައި ހުރިއިރު ޖަޕާންގެ މީޓިއޮރޮލޮޖިކަލް އޭޖެންސީން ވަނީ ތޫފާނަކީ ”ވެރީ ސްޓްރޯންގ“ ތޫފާނެއް ގޮތަށް ކެޓަގަރައިޒް ކޮށްފައެވެ.އަދި އެފަރާތުން ވަނީ ވިދުމާއި ހޮނުއެޅުމުގެ […]

ފައިސާގެ ދަހިވެތިކަމުގައި އަހަރެންގެ ދަރިފުޅު އަހަރެން ހެދީ މޮޔައަކަށެވެ.

ފިރިމީހާ މަރުވަމުން އަހަރެންނަށް ދޫކޮށްދިޔަ 20 މިލިއަން ޑޮލަރު ލިބުނުތާ އެއްހަފްތާ ފަހުން އަހަރެންނަށް ހޭވެރިކަން އައީ ހޮސްޕިޓަލެއްގެ އެނދަކަށް ލައިގެން ދެފިރިހެނުން އެނދު ކޮއްޕާފަ ދަނިކޮންނެވެ. ރަނގަޅަށް ބަލާލި އިރު އެއީ ނަފްސާނީ ބަލިމީހުން ނަށް ފަރުވާދޭ ހޮސްޕިޓަލެކެވެ. އަހަރެން ސަލާމަތްވާން އެދި ހަޅޭއްލަވާ ހެދުމުންވެސް އެމީހުން އަހަރެން ދުލެއް ނުކުރި އެވެ. އަހަރެންގެ ދަރިފުޅާ އޭނަގެ އަންހެނުން ވަނީ އަހަރެންނަކީ މޮޔައެއްކަމަށް ޑޮކްޓަރުންނަށް ޔަގީން ކޮށްދީފައެވެ.އަދި އެމީހުން ހީކުރީ އަހަރެން މަރުވަންދެންވެސް އިންނާނީ އެތަނުގައި […]