ގައުމު ދޫކޮށް އޮސްޓްރޭލިޔާ އަށްދިޔަ އީރާންގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ދެކުޅުންތެރިންނަށް އެގައުމުގެ ރަށްވެހިކަން ދީފި

ގައުމު ދޫކޮށް އޮސްޓްރޭލިޔާ އަށްހިޖްރަ ކުރި އީރާންގެ ނެޝަނަލް އަންހެން ފުޓްބޯޅަ ޓީމުގެ ދެކުޅުންތެރިއަކަށް އެގައުމުގެ ރަށްވެހިކަން ދީފިއެވެ. އުމުރުން 22 އަހަރުގެ ފާތިމާ ޕަސަންދީދާ އަދި އުމުރުން 34 އަހަރުގެ އާތިފާ ރަމިޒަންޒާދޭ އަށް އޮސްޓްރޭލިޔާގެ ސިޓިޒަންޝިޕް ދިނުމަށް ބޭއްވި ބައްދަލްވުން އޮތީ ބުދަދުވަހު ބްރިސްބޭންގައި ކަމަށް ރަސްމީ އިދާރާއިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ. އަދި އެދެމީހުންނަށް ހުވާލާދެއްވީ އޮސްޓްރޭލިޔާގެ އިމިފްރޭޝަން މިނިސްޓަރ ޓޯނީ ބަރކް ކަމަށްވެސް ބުނެފައި ވެއެވެ. މި […]

ސްޕޭސް އެކްސްގެ ރޮކެޓެއް މިއަދު ހަނދަށް ވެއްޓިއްޖެ!! ދެން ވާނީ ކިހިނެއް؟

2025 ވަނަ އަހަރު ގެ ޖަނަވަރީމަހު ޖައްވަށް ފޮނުވާލި ސްޕޭސްއެކްސްގެ ރޮކެޓް ފެލްކަން9 ގެ މަތީބައި ޖަށްވަށް ދޫކޮށްލުމުން ޖައްވުގައި އެނބުރުމަށްފަހު މިއަދު، ބުދަދުވަހުގެ ވަގުތެއްގައި ހަނދާ ”ކޮލައިޑް“ ވާނެކަމަށް ނުވަތަ ބާރު ފޯސްއަކާއެކު ހަނދަށް ވެއްޓޭނެ ކަމަށް ސައިންޓިސްޓުން ބުނެފިއެވެ. ސްޕޭސް އެކްސްގެ ރޮކެޓް ނުވަތަ ރޮކެޓްގެ މަތީބައި ޖައްވުގައި އެނބުރިފައިވަނީ ސިކުންތަކު 2.43ކިލޯމީޓަރުގެ ބާރު މިނުގައެވެ.އަދި އެބައިގެ ބަރުދަނުގައި 4000 ކިލޯގްރާމް ހުރިއިރު ފަސްބުރި އިމާރާތެއްހާ ބޮޑު ކަމަށް ވެއެވެ.އެމެރިކާގެ ސްޕޭސް އޭޖެންސީން ބުނެފައިވަނީ […]

އެންމެ ގިނައިން މީހުން ޒިޔާރަތް ކުރާ ތަންތަނުގެ ލިސްޓުގައި މައްކާ އަދި މަދީނާ

2025 ވަނަ އަހަރު 19.5 މިލިއަން ހައްޖު އަދި އުމްރާވެރިން ސައޫދީ އަރަބިއްޔާއަށް ޒިޔާރަތް ކޮށްފައި ވީނަމަވެސް، އެންމެ ގިނައިން މީހުން ޒިޔާރަތް ކުރި ތަންތަނުގެ ލިސްޓުން މައްކާއަށް ލިބިފައިވަނީ 5ވަނަ އެވެ. އަދި މަދީނާއަށް ލިބިފައިވަނީ ހަތްވަނަ އެވެ. 2025 ވަނަ އަހަރު 18.03 މިލިއަން މީހުން އުމްރާގެ އަޅުކަން އަދާ ކުރުމަށް ސައޫދީއަރަބިއްޔާއަށް ޒިޔާރަތް ކޮށްފައިވާއިރު، 1.5 މިލިއަން މީހުން ހައްޖުވުމަށްޓަކާ އެގައުމަށް ގޮސްފައިވެއެވެ. މިއަދަދު ތަކަށް ބަލާއިރު އުމްރާ ގެ އަޅުކަން އަދާކުރުމަށް […]

ޕާކިސްތާންގައި އަމިއްލަ ހަށިގަނޑު ގޮއްވާލައިގެން މީހަކުދިން ބޮމުގެ ހަމަލާއެއްގައި 14 މީހުން މަރުވެއްޖެ

ޕާކިސްތާންގެ ސްވޮޓް ވެލީގައި، ޕޮލިސް ސްޓޭޝަނެއްގެ ބޭރުގައި ބަޔަކު މުޒާހަރާކުރަމުން ދަނިކޮށް އަމިއްލަ ހަށިގަނޑުގައި ބޮން ހަރުކޮށް ގޮއްވާލައިގެން ދިން ހަމަލާއެއްގައި މަދުވެގެން 14 މީހުން މަރުވެއްޖެ އެވެ.އަފްޣާނިސްތާނާ ގުޅޭ ބޯޑަރާކައިރި ޕްރޮވިންސެއްކަމަށްވާ ޚައިބަރ ޕަޚްތުންޚުވާ ގައި ހަމަލާ ދީފައިވަނީ އާދީއްތަ ދުވަހުގެ ވަގުތެއްގައެވެ.ސްވޮޓް ޑިސްޓްރިކްޓްގެ ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް ވިދާޅުވި ގޮތުގައި އެމީހާ ބޮން ގޮއްވާލާފައިވަނީ ޕޮލިސް ސްޓޭޝަނަށް ވަންނަން އުޅުމުން ހުއްޓުވާ ބަލާފާސްކުރަން ފެށުމުންނެވެ. މިހަމަލާގައި އިތުރު 22 މީހުންނަށް އަނިޔާތައް […]

ސްރީލަންކާގައި ބޮންގޮއްވުމުގައި ބައިވެރިވިކަން ސާބިތުވި ސަރުކާރުގެ އިސް ދެބޭފުޅުން މަރަން ހުކުމް ކޮށްފި

2019 ވަނަ އަހަރު ސްރީލަންކާ ގައި ހިންގި ބޮންގޮއްވުމުގެ ހާދިސާ ހުއްޓުވުމުގައި ފޭއިލް ވެފައިވާތީ ސަރުކާރުގެ ކުރީގެ އިސް ދެއޮފިޝަލުން ގެ މައްޗަށް މަރުގެ ހުކުމް އިއްވައިފިއެވެ. ސްރީލަންކާގައި ފާހަގަކުރާ ދީނީ އިހުތިފާލެއް ކަމަށްވާ އީސްޓަރ ސަންޑޭ ކުރިއަށް ދަނިކޮށް އެތައް ތަނެއްގައި އެއްފަހަރާ ބޮން ގޮއްވުމުގެ ސަބަބުން 260 މީހުން މަރުވެފައި ވެއެވެ. މިކަމުގައި ބައިވެރިވާކަމަށްބަލާ ކޮލޮމްބޯ ޕަރމަނަންޓް ހައިކޯޓުން މަރުގެ ހުކުމް އިއްވާފައިވަނީ ކުރީގެ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް ޕުޖީތު ޖަޔަސުންދަރާ އާއި […]

ދަރިފުޅު މަރުވަމުންދާތީ މަންމައަށް 127 ފަހަރު ގުޅިއިރު ވެސް އެންމެ ކޯލްއެއްވެސް ނުނެގިއެވެ.

އަހަރެންގެ ކޮއްކޮ ވަނެއްސާގެ 8 އަހަރުގެ އަންހެން ދަރިފުޅު ހޮސްޕިޓަލްގައި އޮވެ މަރުވަމުންދާތީ އޭނާއަށް 127 ފަހަރު ގުޅިއިރު އޭނާ އެންމެ ކޯލްއެއްވެސް ނުނެގިއެވެ. ފަހުނޭވާތައް ގުނަމުން ގެންދިޔަ ކުޑަކުޑަ ސޯފީ ސަލާމަތްކުރެވޭތޯ ޑޮކްޓަރުން އަވަސް އަވަހަށް އެކި ކަންތައް ކުރަމުން ދިޔައިރު އޭނާގެ އަތުގައި ހިފަހައްޓާލައިގެން އެނދު ކައިރީ އިނީ އަހަރެންނެވެ. 0 އެންމެ ފަހުވަގުތު ވެސް މަޑު މަޑުން ސޯފީ ސުވާލު ކުރަމުންގެންދިޔައެވެ.“މަންމަ އަންނަނާނެ ހެއްޔެވެ.؟“ސޯފީ މަރުވެ، ކުޑަކުޑަ ހަށިގަނޑު އެމްބިއުލައިންސްގައި ސަހަރާއަށް ގެންދަން […]

ޖަޕާނަށް އިއްޔެ އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 13 އަށް އަރައިފި

ޖަޕާނުގެ ހުޅަނގު ދެކުނު އައްސޭރިފަށުގައިވާ ކިއުޝޫ ރަށުގެ ކުމަމޯޓޯ ޕްރިފެކްޗަރ އަށް ރިކްޓަރ މިންގަނޑުން 7.1 ގެ ބާރުމިނުގައި އިއްޔެ މެންދުރުފަހު އައި ބިންހެލުމަށްފަހު މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ދާކަމަށް ޚަބަރުލިބެއެވެ. މިހާތަނަށް ހާމަވެފައިވާ ގޮތުގައި ބިންހެލުގެ ސަބަބުން 13 މީހުން ވަނީ މަރުވެފައެވެ. އަދި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އެތައްބަޔަކު ވާނެކަމަށް ބެލެވޭތީ މަރުވާ މީހުންގެ އަދަދު އަދިވެސް މައްޗަށް ދާނެ ކަމަށް ދަނީ ބެލެމުންނެވެ. އުމުރުން 75 އަހަރުގެ މީހަކު […]

ދަރިފުޅުގެ ކައިވެނި ޕާޓީ އަށް ދިޔައިރު އަހަރެންގެ ގޮޑި ހުރީ ހޯލުން ބޭރުގައި ޑަސްބިންތައް ކައިރީގައެވެ.

އަހަރެންގެ ދަރިފުޅު ޑެނިއަލް ގެ ކައިވެނި ޕާޓީ އަށް އަހަރެން ދިޔައިރު އަހަރެން އިށީންނަންވީ ގޮޑި ބަހައްޓާފައި ހުރީ ހޯލުން ބޭރުގައި ޑަސްބިންތައް ކައިރީގައެވެ. ހިނދު ކޮޅަކަށް އަހަރެން ހީކުރީ މިވާނީ އޮޅުމަކަށް ކަމަށެވެ. ނަމަވެސް އިރުކޮޅަކުން ދަރިފުޅުގެ އަންހެނުން ވަނެއްސާ ހޯލުން ނިކުމެގެން އަންނަ ތަން ފެނުނެވެ. އަދި އަހަރެން ފެނުމުން ބުންޏެވެ. ”އާނ މާގަރެޓް ތިޔަ އައީދޯއެވެ. އިންނަންވީތަން ފެނިއްޖެ ދޯއެވެ؟“ އަހަރެން އޭނައާއި ދިމާލަށް ބަލާލުމަށްފަހު ބުނީމެވެ. ”އަހަރެން އިށީންނަންވީ ގޮނޑިއަކީ މީހެއްޔެވެ؟“ […]

އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުން އައި ޣައިރުޤާނޫނީ ހަނގުރާމަ މެދުކަނޑާލުމުން ތެލުގެ އަގު ”ޑައިވް“ އަކަށް

އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުން އައި ޣައިރުޤާނޫނީ ހަނގުރާމަ، ދެވަނަ ފަހަރަށް ފެށުމަށްފަހު 13 ދުވަސް ފަހުން މެދުކަނޑާލުމުން ތެލުގެ އަގު ”ޑައިވް“ އަކަށް ދިޔައީއޭ ބުނާގޮތަށް ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ ކަމަށް ޚަބަރު ލިބެއެވެ. މިބަދަލާއެކު ބްރެންޓް ކްރޫޑް ގެ އަގު ވަނީ ނުވަ އިންސައްތަ ދަށަށް ގޮސް ފީފާއެއް 88 ޑޮލަރަށް ވެއްޓިފައެވެ. އޭގެކުރިން ބްރެންޓް ކްރޫޑްގެ އަގުހުރީ ފީފާއެއް 100ޑޮލަރަށް ވުރެމަތީގައެވެ.ތެލުގެ އަގުމިހާބޮޑަށް ދަށްވެގެން ގޮސްފައިވަނީ ވާހަކަތަކަށް ފުރުސަތު ދިނުމަށް އެމެރިކާގެ […]

ފައިބުރިކޮށްލުމުގެ ސަބަބުން އަހަރެންގެ ހަޔާތަށް ކުރިއެރުންތަކެއް ލިބުނު: ދުނިޔޭގެ ސަރފިންގ ޗެމްޕިއަނެއް

ޓީނޭޖް އުމުރުގައި އެއްފައި ބުރިކޮށްލަން ޖެހުމުގެ ސަބަބުން އޭނާގެ ހަޔާތަށް ކުރިއެރުންތަކެއް ލިބުނު ކަމަށް ސަރފިންގެ ދުނިޔޭގައި ހަތަރުފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ލޫވެލީން ވިލިއަމްސް ބުނެފިއެވެ. 2011 ވަނަ އަހަރު ކާރަކުން ޖެހި ހިނގި އެކްސީޑެންޓަށް ފަހު ރަނގަޅު ވަމުން އައި ދުވަސްތަކުގައި ސަރފިންގ މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށް އޭނާ ބުނެފައި ވެއެވެ. އުމުރުން 16 އަހަރުގައި ސްކޭޓް ކުރަން އުޅެނިކޮށް ކާރަކުންޖެހި އެކްސީޑެންޓް ވީއިރުވެސް ސަރފް ކުރުމަކީ އޭނަދެކެމުން އައި ހުވަފެނެއް ކަމަށް ލޫވެލީން […]