ވެނެޒުއެލާ އަށް ކުރިމަތިވި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ފަސްހާހަށް ވުރެ އިތުރު ވެއްޖެ

ވެނެޒުއެލާ އަށް ކުރިމަތިވި ދެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ފަސްހާހަށް ވުރެ އިތުރު ވެފައިވާކަމަށް ޚަބަރު ލިބެއެވެ.ބިންހެލުމާއި ގުޅިގެން ގެދޮރުނެތި ހާލުގައި ޖެހިފައިވާ ވިއްސަކަށްހާސް މީހުން މިވަގުތު ދިރިއުޅެމުން ގެންދަނީ ތޮއްޖެހިފައިވާ ވަގުތީ ކޭމްޕް ތަކުގައެވެ.ވެނެޒުއެލާގެ ރައީސް އޮފީހުންނެރުނު ބަޔާނެއްގައި ވަގުތީ ގޮތުން ރައީސްކަމާއި ހަވާލުވެވަޑައިގެން ހުންނެވި ޑެލްސީ ރޮޑްރިގޭޒް ވަނީ ބިންހެލުމަށްފަހު ގެއްލުން ލިބުނު ހިސާބުތައް އަލުން ބިނާ ކުރުމަށާ އެހެންވެސް ކަންކަން ހަމަޖެއްސުމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން 346މިލިއަން ޑޮލަރުގެ އެހީ ދޭން […]

އިޒްރޭލުން ފަލަސްތީން ރައްޔިތުންނާއި ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގާކަމަށް ބުނެގެން އދގެ ސްޕެޝަލް ރަޕޮޓެއަރ އަށް މަރުގެ އިންޒާރު

އިޒްރޭލުން ޣައްޒާގައި ދިރިއުޅޭ ފަލަސްތީން ރައްޔިތުންނާއި ދެކޮޅަށް އިންތިހާ ދަރަޖައިގެ ލާއިންސާނީ ޖަރީމާތައް ހިންގަމުން ގެންދާކަމަށް ބުނެގެން އދގެ ސްޕެޝަލް ރަޕޮޓެއަރ ފްރާންސެސްކާ އަލްބަނީސެ އަށާ އޭނަގެ އާއިލާއަށް މަރުގެ އިންޒާރު ދެމުން ގޮސްފައި ވެއެވެ. މަރުގެ އިންޒާރު ތަކުގެ އިތުރުން ފައިސާގެ ގޮތުން ދަތިކުރުމާއިއެކު އެމީހުންނާ ދެކޮޅަށް އެހެންވެސް ފިޔަވަޅުތައް އަޅާފައިވެއެވެ. މިކަންކަމުގެ ތަފްސީލް ހާމަ ކުރައްވާ ކުރެއްވި ޕޯސްޓެއްގައި އަލްބަނީސެ ވިދާޅުވީ،އިޒްރޭލުން ޣައްޒާގައި ދިރިއުޅޭ ފަލަސްތީން ރައްޔިތުން މަރާ ނައްތާލުމަށް ރާވައިގެން އެމީހުންނާ ދެކޮޅަށް […]

ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ކުރަމުން ގެންދިޔަ ސޯނަމް ވަންގޗުކް ފުލުހުން ގަދަކަމުން ހޮސްޕިޓަލަށް ގެންގޮސްފި

އިންޑިޔާގައި ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ކުރަމުން ގެންދިޔަ އެކްޓިވިސްޓް، ސޯނަމް ވަންގޗުކް އަށް ސިއްހީ މައްސަލަތައް ކުރިމަތިވާން ފެށުމުން އޭނާ އޮތް ތަނުން ނަގައިގެން ފުލުހުން ގަދަކަމުން ހޮސްޕިޓަލަށް ގެންގޮސްފިއެވެ. އޭނާގެ ހަޅުތާލަށް ހޮނިހިރުދުވަހަށް 21 ދުވަސްވެފައިވާއިރު، އޭނާގެ ހަށިގަނޑުން މިހާތަނަށް 9 ކިލޯ ލުއިވެފައިވާ ކަމަށް ޚަބަރު ލިބެއެވެ. ހަޅުތާލު ފެށިއްސުރެ ލޮނުއަޅައިގެން ފެން ފިޔަވާ އެހެން އެއްވެސް އެއްޗެއް އޭނާ ބޭނުން ނުކުރާ ކަމަށް ވެއެވެ.އުމުރުން 59 އަހަރުގެ އެކްޓިވިސްޓް ވަނގޗުކް ބަނޑުހައިހޫނު ކަމުގެ […]

މަތިންދާބޯޓެއްގެ ނެއްޓުނު ކުޑަދޮރަކުން މީހަކު ކިރިޔާ ބޭރުނުވެ ސަލާމަތް ވެއްޖެ

ރަޔަންއެއަރ ގެ މަތިންދާބޯޓެއްގައި ހިނގި އެކްސީޑެންޓެއްގައި ނައްޓައިގެންދިޔަ ބޯޓުގެ ކުޑަދޮރަކުން މީހަކު ބޭރުނުވެ ކިރިޔާ ސަލާމަތްވެއްޖެއެވެ. ކުޑަދޮރު ވިއްސައިގެން ދިއުމާއިއެކު ދޮރާއި އެންމެ ކައިރީގައިވާ ގޮނޑީގައި އިންމީހާ ގަދަ ”ފޯސް“ އަކާއެކު ބޭރަށް ދަމައިގަތް ކަމަށްވެއެވެ.އެވަގުތު އޭނާއާއި ޖެހިގެން އިން އޭނާގެ އަންހެނުން، ފިރިމީހާގެ ދެފައިގައި ބާރަށް ބެއްދުމަށްފަހު އެތެރެޔަށް ގެނެވޭތޯ އުޅެމުން އެހެންމީހުންނަށް ގޮވާ އެހީތެރިކަމަށް އެދުނު ކަމަށް ވެއެވެ. ރަޔަންއެއާގެ ބޯޓު ހުކުރު ދުވަހު ކުރި ދަތުރުގައި ދިހަވަރަކަށް މިނިޓް ދަތުރު ކުރިޔަށް ގޮސްފައި […]

ދަރިފުޅު ރަޔަންގެ ޓެކްސްޓް މެސެޖެއް ހެނދުނު 6 ޖެހިއިރު ލިބުމުން…

އަހަރެންގެ ފިރިހެން ދަރިފުޅު ރަޔަންގެ ޓެކްސްޓް މެސެޖެއް ހެނދުނު 6 ޖެހިއިރު އަހަރެންނަށް ލިބުނެވެ.އާއިލާ އެކުގައި ދިއުމަށް އަހަރެން ފައިސާދެއްކި ކްރޫސް ދަތުރުގައި އަހަރެން ދެން ނުދާނެ ވާހަކަ ބުނެފައެވެ. އަހަރެންގެ ނަމަކީ އެލެނާ އެވެ. އުމުރަކީ 63 އަހަރެވެ. 40 އަހަރުވަންދެން ރަނގަޅަށް ހިނގަމުން އައި ކުންފުންޏެއްގެ އެންމެ އިސްވެރިންގެ ގޮތުގައި މަށާމަގޭ ފިރިމީހާ ވޯލްޓަރ ތިބުމުން ވަނީ ރަނގަޅު އަދަދަކަށް ފައިސާ ޖަމާކުރެވިފައެވެ.އަހަރުމެންގެ ކުންފުންޏަކީ އުސް އިމާރާތް ތައް އަޅާ ކުންފުންޏެކެވެ. ވިޔަފާރި ރަގަޅެވެ. […]

ގެރި ކަތިލި މީހަކު މެރި 14 މީހަކަށް ހުކުމް އިއްވި މުސްލިމް ފަޑިޔާރަކަށް މަރުގެ އިންޒާރު ފޮނުވަން ފަށައިފި

އިންޑިޔާގައި، މަސްކެއުމަށްޓަކައި ގެރި ކަތިލި ކަމަށް ތުހުމަތު ކުރެވޭ މުސްލިމަކަށް އަނިޔާކޮށް ދަންޖައްސާ މެރުމުގައި ބައިވެރިވި، ހިންދޫ ދީނުގެ 14 މީހަކަށް ހުކުމް އިއްވި މުސްލިމް އަންހެން ފަޑިޔާރަކަށް ސޯޝަލް މީޑިޔާގެ އެކި ޕްލެޓްފޯމްތަކުގައި މަރުގެ އިންޒާރު ދޭން ފަށައިފި ކަމަށް ޚަބަރު ލިބެއެވެ. މިސާދަ މީހުންނަށް ކޯޓުން އިއްވާފައިވަނީ އުމުރުދުވަހުގެ ޖަލު ހުކުމެކެވެ. މަދްޔާ ޕްރަދޭޝް ސްޓޭޓްގެ ޑިސްޓްރިކްޓް ކޯޓެއްގައި ޖޫންމަހުގެ 12 ވަނަ ދުވަހު ނިންމާފައިވާ ޝަރީއަތުގައި ފަޑިޔާރު ތަބައްސުމް ޚާން ވަނީ 14 […]

ޤަޠަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ އަވަހާރަވެއްޖެ

ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ، އުމުރުފުޅުން 74 އަހަރުގައި އަވަހާރަވެއްޖެއެވެ. މި ހިތާމަވެރި ޚަބަރު އެ ޤައުމުގެ އަމީރުގެ ރަސްމީ އޮފީހުން ކަށަވަރު ކޮށްދީފައި ވަނީ މިއަދު ، ޖުލައި 12 ވަނަ ދުވަހުއެވެ. ޝައިޚް އަލްޘާނީ، ޤަޠަރުގެ ވެރިކަން ކުރައްވާފައި ވަނީ 1995 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރަށެވެ.ޙަމަދު ބިން ޚަލީފާ އަލްޘާނީ ޤަޠަރުގެ ޒަމާނީ ތަރައްޤީގެ ބާނީގެ ގޮތުގައި ފާހަގަކުރެވޭ ބޭފުޅާއެވެ. ޝައިޚް އަލްޘާނީ ގެ […]

ބަންގްލާދޭޝްގައި 120،000ކުދިންނާއި މީހުންނަށް ބަލިޖެހި، ހިމަބިހި ބާރަށް ފެތުރެނީ

ހިމަބިހި ނައްތާލުމަށް ކުރާ މަސައްކަތުގައި، މިއަހަރުގެ މާޗްމަހާހަމަޔަށްވެސް ބޮޑެތި ކާމިޔާބީ ތަކެއް ހޯދަމުން އައި ބަންގްލާދޭޝްގައި މިވަގުތު ވަރަށް ބާރަށް އެބަލި ފެތުރެމުން ދާކަމަށް ޚަބަރު ލިބެއެވެ. ރިކޯޑްތަކުން ދައްކާގޮތުގައި ފާއިތުވި ހަތަރު މަހެއްހާ ދުވަހުގެތެރޭ އެގައުމުގެ އެއްލައްކަ ވިހިހާހެއްހާ ކުޑަކުދިންނާއި މީހުންނަށް ބަލިޖެހިފައި ވެއެވެ. ބައެއް ޑޮކްޓަރުން ފާހަގަ ކޮށްފައިވާ ގޮތުގައި މިހާ ބޮޑު ”އައުޓްބްރޭކް“ އެއް، ނުވަތަ ބައްޔެއް ބާރަށް ފެތުރެމުންދާ ހާލަތެއް އެމީހުންނަށް މީގެ ކުރިން ފެނިފައެއް ނުވެއެވެ.މީގެ ކުރިން ޑަބްލިއުއެޗްއޯއިންވެސް ވަނީ […]

ޗައިނާގައި ރިޝްވަތުގެ ގޮތުގައި 325މިލިއަން ޑޮލަރު ނެގި މީހަކު މަރަން ހުކުމް ކޮށްފި

ޗައިނާގައި ރިޝްވަތުގެ ގޮތުގައި 325މިލިއަން ޑޮލަރު(2.2ބިލިއަން ޔުއާން) ނެގި އޮފިޝަލަކު މަރަން ހުކުމް ކޮށްފި ކަމަށް ޚަބަރު ލިބެއެވެ. އޭނާ މިކަން ކޮށްފައިވަނީ 30 އަހަރުގެ މުއްދަތެއްގެ ތެރޭގައެވެ.. ޔަންގ ޔޫލިން ނަމަކަށް ކިޔާ އޮފިޝަލަކީ 1993 ވަނަ އަހަރުން ފެށިގެން 2023 އަށް ނަންގޖިންގ ސިޓީގައި އެކިމަގާމް ތަކުގައި މަސައްކަތް ކޮށްފައިވާ މީހެކެވެ.އޭނާގެ މައްޗަށް ވަނީ ފައިސާއަށް ޚިޔާނާތްތެރިވުމާއި މަގާމުގެ ނާޖާއިޒް ނުފޫޒު ބޭނުންކުރުމާއި، އަދި މަނީ ލޯންޑަރިންގ ގެ ކުށް ސާބިތުވެފައެވެ.އަދި އޭނާ މިގޮތުން […]

ވޯލް ސްޓްރީޓްގައި ކަންކަން އިއުލާން ކުރުމަށް ޖަހާ ރަނުގެ ރަނގަބީލު ރައީސް ޓްރަމްޕް ”ވަގަށް“ ނަންގަވައިފި

އެމެރިކާގެ މާލީ ކަންކަން އިއުލާން ކުރާ މައި ހަބް، ވޯލްސްޓްރީޓް ގައި މުހިންމު ކަމެއް އިއުލާން ކުރުމުގެ ކުރިންޖަހާ ރަނުގެ ރަނގަބީލު ރައީސް ޓްރަމްޕް ”ވަގަށް“ ނަންގަވާފައިވާ ކަމަށް ޚަބަރު ލިބެއެވެ. ހޯމަ ދުވަހު ޓްރަމްޕް ވަނީ ކުޑަކުދިން ގެ ނަމުގައި ފައިސާ ފަހަށް ރައްކާކުރުމަށް ހިންގާ ޚާއްސަ ޕްރޮގްރާމް،“ޓްރަމްޕް އެކައުންޓް“ގެ ފެށުން ވައިޓް ހައުސްގެ އޯވަލް އޮފީހުން އިއުލާން ކުރައްވާފައެވެ.މިކަމަށްޓަކާ ސަރުކާރުން ވަނީ ވޯލްސްޓްރީޓް ގައި އެކަމަށް ޖަހާ ޚާއްސަ ރަނުގެ ރަނގަބީލު ވައިޓްހައުސް އަށް […]