ތަންމަކުނު ފެނިގެން ކުއަންޓާސްގެ ބޯޓެއް ގްރައުންޑް ކޮށްފި

Loading

Facebook
Twitter
WhatsApp

އިޓަލީ އިން ފުރައިގެން އޮސްޓްރޭލިޔާއަށް ދާން އޮތް ކުއާންޓާސް އެއާލައިންގެ ފުލައިޓެއް، ބޯޓުން ގިނައަދަދަކަށް ތަންމަކުނު ފެނުމުގެ ސަބަބުން ކެންސަލް ކޮށްފިއެވެ.


މިދަތުރު ގެ ކުރިން ބޯޓު ޕަރތުން ރޯމަށްކުރި 17ގަޑިއިރުގެ ދަތުރުގައި މަކުނު ހަފާކަމުގެ ޝަކުވާ އެތައް ފަސިންޖަރުންނެއް ކޮށްފައިވާކަމަށް ވެއެވެ. މަކުނު ހަފައިގެން ތަންތަން ކަހާކަމުގެ ޝަކުވާ ކުރިމީހުންނަށް ފަޅުވެރިން އެންޓިހިސްޓަމީން ބޭސް ދިން ނަމަވެސް ދާދިއަވަހަށް ބޭހުގެ ސްޓޮކް ހުސްވެފައިވާ ކަމަށް ނޫސްތަކުގައި ބުނެފައިވެއެވެ.
މިޝަކުވާތަކާއި ގުޅިގެން ބޮއިންގ787ގެ ޑްރީމް ލައިނަރ ބޯޓު ގްރައުންޑްކުރީ ޑީޕް ކްލީން އެއް ހެދުމަށް ކަމަށް ބޮއިންގ ކުންފުނިން މައުލާމާތު ދީފައި ވެއެވެ. އަދި ފަސިންޖަރުންގެ ކިބައިން މައާފަށް އެދިފައި ވެއެވެ.
ތަންމަކުނަކީ ބައިވަރު ފައިތަކެއްލާފައިވާ ކުޑަކުޑަ ސޫތްޕެކެވެ.އާންމުކޮށް ފަރުނީޗަރުގެ ދޭތެރެތަކާއި އެނދުގެ ގޮދަޑިފަދަ ތަންތަނުގައި އަޅާ މިސޫފި، އެތަންތަނުގައި އިށީދެވޭ ނުވަތަ އޮށޯވެވޭ މީހުންގެ އަންނައުނުގެ ޒަރީއާއިން އެއްތަނުން އަނެއްތަނަށް ދެވި، އަދި ގިނަވެ އާލާވާގޮތް ވެއެވެ.
ތަންމަކުން ސަލާމަތް ވުމަކީ ބައެއްފަހަރު ވަރަށް އުނދަގޫ އަދި ޚަރަދިބޮޑު ކަމަކަށް ވެސް ވެދެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް