ތައިލަންޑްގެ ރާނީ ފައިޓަރ ޖެޓެއްގައި ސޯލޯ ދަތުރެއް ކުރައްވައިފި

Loading

Facebook
Twitter
WhatsApp

ތައިލަންޑްގެ ރަސްގެފާނު ގެ އަނބިކަނބަލުން ވަރަށް ޚާއްސަ ކަމެއް ކުރެއްވުމުގެ ސަބަބުން އެވިއޭޝަން ތާރީޚްގެ ތެރެޔަށް ވަދެވަޑައިގެންފި އެވެ.މިގޮތުން ރާނީ ސުތީދާ ބަޖްރަސުދާބީމާލަލަކްޝަނާ ވަނީ ޕައިލެޓް ކަން ކުރައްވަމުން ފައިޓަރ ޖެޓެއްގައި އެކަނި ދަތުރުފުޅެއް ކުރައްވާފައެވެ.
ބެންގކޮކް ޕޯސްގައި ބުނެފައިވާ ގޮތުގައި ރާނީ ސުދީތާ މިދަތުރު ފުޅު ކުރައްވާފައިވަނީ ދެކުނު ތައިލަންޑްގެ ސޫރަތު-ތާނީ ޕްރޮވިންސް ގެ ވިންގ ސެވަން އެއާބޭސް އިން ބުރާސްފަތި ދުވަހުއެވެ.


ކުރު ބްރީފިންގ އަކަށްފަހު ސިންގަލް ސީޓް އެއާކްރާފްޓްގައި އެކަމަނާ ދަތުރަށް ނައްޓާލެއްވިއިރު ރަސްގެފާނު މަހާ ވަޖީރަލޮންގކޯން ބައްލަވަން ހުންނެވި ކަމަށާ އަދި ދަތުރުން އެނބުރި ވަޑައިގެންނެވުމުން އެކަމާއަށް މަރުހަބާ ވިދާޅުވުމުގެ ގޮތުން މާބޮޑިއަކާއި ޚާއްސަ ގޯލްޑަން-ޕެޗް އެއް އަރުވާފައި ވާކަމަށް ޚަބަރުތައް ބުނެއެވެ. މިގޯލްޑަން ޕެޗް އަކީ ސްވީޑްންގައި އުފައްދާފައިވާ މިވައްތަރުގެ ފައިޓަރ އެއާކްރާފްޓް ދުއްވުމުން ދެވޭ އެވޯޑެކެވެ.
ރާނީ ސުތީދާ އަކީ ވަރަށް ތަޖްރިބާ ލިބިވަޑައިގެން ހުންނެވި ޕައިލެޓެއް ކަމަށް ވެއެވެ.މިގޮތުން ބޮއިންގ 737އިންފެށިގެން ކުދި ސެސްނާ ބޯޓްތަކާއި ހަމަޔަށް އެކި ވައްތަރުގެ މަތިންދާ ބޯޓުތަކުގައި 1،188 ގަޑިއިރަށް ވުރެ ގިނަ ވަގުތު އެކަމަނާ ބޯޓުދުއްވުމުގައި ހޭދަ ކުރައްވާފައި ވާކަމަށް ޝާހީ ގަނޑުވަރުން ބުނެފައިވެއެވެ.
ހަތަރުވަނަ އަނބި ކަނބަލެއްގެ ގޮތުން ރަސްގެފާނާއި ކައިވެނި ބައްލަވައިގަތުމުގެ ކުރިން ރާނީ ސުތީދާ އަކީ ފްލައިޓް އެޓެންޑެންޓެކެވެ.ފަހުން ރޯޔަލް ތައި އާމްޑް ފޯސަސް އާއި ގުޅިވަޑައި ގަތުމުން އެކަމަނާ ވަނީ ރަސްގެފާނުގެ ބޮޑީގާޑަކަށް ޕްރޮމޯޓް ކޮށްފައެވެ.އަދި ރަސްގެފާނު އެކި ގައުމުތަކަށާއި އަދި އެތެރޭގެ ބައެއް ތަންތަނަށް ކުރައްވާ ދަތުރު ފުޅުތަކުގައި ރާނީ ސުތީދާ ކޯޕައިލެޓްކަންވެސް ކުރައްވާ ކަމަށް ވެއެވެ.މިފަދަ ބައެއް ދަތުރު ތަކުގައި ރަސްގެފާނު ޕައިލެޓްކަން ކުރައްވާ ކަމަށް ވެއެވެ.
މިގޮތުން މިދިޔަ އަހަރު ބޫޓާނަށް ކުރެއްވި ދަތުރު ފުޅެއްގައި އެދެކަނބަލުން ބަނީ ބޯޓާންގައި އޮންނަ،ބޯޓުޖައްސަން އުނދަގޫ ޕާރޯ އެއާޕޯޓްގައިވެސް ބޯޓު ޖައްސާފައެވެ.
އުމުރުފުޅުން 48 އަހަރުގެ ރާނީ ސުތީދާ ޕައިލެޓެއްގެ ގޮތުން ފުރަތަމަ ދަތުރު ކުރައްވާފައިވަނީ 13މެއި 2010 ގައެވެ. އެއީ ސެސްނާ ބޯޓެއްގައެވެ.މިލިޓަރީ ޖެޓެއްގައި ސޯލޯ ފްލައިޓެއް ކުރެއްވުމަކީ މިލިޓަރީ އަދި ސިވީލިއަން ބޯޓުތަކުގައި އެކަމަނާ ހޯއްދަވަމުންގެންދަވާ ތަޖުރިބާ އަށް އިތުރުވި ފާހަގަކޮށްލެވުނު ބޮޅެކެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް