ނަތަންޔާހޫގެ މައްޗަށް ޝަރީއަތް ހިންގަން ޖެހޭނެ : ނަވީ ޕިއްލޭ

Loading

Facebook
Twitter
WhatsApp

އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ މައްޗަށް ޝަރީއަތް ހިންގަންޖެހޭނެ ކަމަށް މިއަހަރުގެ ސުލްހައިގެ އިނާމު ލިބިވަޑައިގެންނެވި ދެކުނުއެފްރިކާގެ ފަނޑިޔާރު ނަވީ ޕިއްލޭ ވިދާޅުވެއްޖެއެވެ. އެކަމަނާ ވިދާޅުވީ ނަތަންޔާހޫ ކޮންމެވެސް ދުވަހަކުން އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގެ ކުރިމައްޗަށް ގެންދެވި،އޭނާގެ މައްޗަށް ޝަރީއަތް ހިނގާނެ ކަމުގެ އިތުބާރު އެބައޮތް ކަމުގައެވެ.


އދގެ ކޮމިޝަން އޮފް އިންކުއަރީގެ ވެރިއަކަށް މިދިޔަ އަހަރު ނަވީ ޕިއްލޭ ހުންނެވިއިރު އެކޮމިޝަނުން ވަނީ އިޒްރޭލުން ޢައްޒާގައި އިންސާނިއްޔަތާ ޚިލާފް ޖަރީމާތައް ހިންގަމުން ދާކަމަށް ނިންމާފައެވެ.
ނަވީ ޕިއްލޭ ވިދާޅުވީ އައިސީސީގެ ތުހުމަތުތަކާއި ކުރިމަތިލުމަށް ނަތަންޔާހޫ ހައްޔަރުކޮށްގެން ފޮނުވުމަށް މިވަގުތު ސިޔާސީ އިސްފަރާތްތަކުގެ ވިލް،ނުވަތަ އެކަމަށް ބޭނުންވުން ވަރަށް ކުޑަކަމުގައެވެ.ނަމަވެސް ޕިއްލޭ ވިދާޅުވީ އެކަމަނާގެ މުޅިހަޔާތުގައިވެސް ފެނިވަޑައިގެންފައިވަނީ ދަތިކަމުގެ ތެރޭން މީހުން ކަންކަން ކާމިޔާބު ކުރަމުންދާތަން ކަމަށާ،އެހެން ކަމުން ނަތަންޔާހޫ ވެސް ހައްޔަރުކޮށް އިންސާފުގެ ކުރިމަށް ގެނެވޭނެ ކަމުގެ އިތުބާރު އެކަމަނާއަށް އެބައޮތް ކަމުގައެވެ.
ނަތަންޔާހޫގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އޭނާދަނީ އިންކާރު ކުރަމުންނެވެ.
ނަވީ ޕިއްލޭ ސްކައި ނިއުސް އަށް ދެއްވި ތަފާތު އިންޓަރވިއުއެއްގައިވެސް ވަނީ އެކަމަނާ ނެރުއްވި ރިޕޯޓާބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ.
އައިސީސީގެ ރިޕޯޓްގައި ޕިއްލޭ ވިދާޅުވެފައިވަނީ ޢައްޒާގެ އާންމުންނާއި ކުޑަކުދިންނާދެކޮޅަށް،ހާލަތާ ނުބައްދަލް ބާރު އިޒްރޭލުން ތަކުރާރުކޮށް ބޭނުން ކުރަމުންދާކަމުގައެވެ.
ޕިއްލޭ ވިދާޅުވީ މިފަދަ ޖަރީމާތަކަށް އިންސާފު ހޯދާ ދިނުމަށް އިޒްރޭލުގެ ރައީސްއާއި ބޮޑުވަޒީރު ނަތަންޔާހޫ އަދި ކުރީގެ ޑިފެންސް މިނިސްޑަރ އިންސާފުގެ ކުރި މައްޗަށް ގެންދިއުމަށް ރިޕޯޓްގައި ގޮވާލާފައިވާނެ ކަމަށެވެ.
ނަވީޕިއްލޭ އަށް ސުލްހައިގެ އިނާމު ލިބިވަޑައިގަތުމުގެ ދެތިންގަޑިއިރު ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އައިސީސީ އާއި ދެކޮޅަށް ”ސެންކްޝަންސް“ އިއުލާން ކޮށްފައިވާތީ އެކަމަކީ ވެސް ޢައިރު ޤާނޫނީ ކަމެއް ކަމަށް ނަވީ ޕިއްލޭ ވިދާޅުވެފައި ވެއެވެ. އެމެރިކާ އަކަށް މިނިވަން އިންޓަރނޭޝަނަލް ކޯޓެއްގެ މައްޗަށް އެގޮތަށް ބާރު ނުފޯރުވޭނެކަން ޓްރަމްޕްގެ ލީގަލް އެޑްވައިޒަރުން ޓްރަމްޕަށް ބުނެދޭން ޖެހޭނެ ކަމަށް އެކަނާ ވިދާޅުވިއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް