އިންޑިޔާގެ އިދިކޮޅު މައިޕާޓީ ކޮންގްރެސް ޕާޓީ އާއި އެކު، މިހާރު އަލަށް އުފެދިފައިވާ ޒުވާނުންގެ ”ކުރަފި ޕާޓީ“ ގެ ސަޕޯޓަރުން ފަށާފައިވާ ހިނގާލުން ހޯމަ ދުވަހުވެސް ކުރިޔަށް ގެންގޮސްފި އެވެ. ވެރިރަށް ޑެލްހީގައި ކުރިޔަށް ގެންދިޔަ ހިނގާލުމުގައި ރާހުލް ގާންދީ ހިމެނޭގޮތުން އިދިކޮޅު ލީޑަރުން ވަނީ ސުޕްރީމް ކޯޓު ކައިރިއަށް ދިއުމަށް މަސައްކަތް ކޮށްފައެވެ.އަދި ހޯމަދުވަހު ހަވީރު 4ޖަހާއިރު ޗީފް ޖަސްޓިސް އޮފް އިންޑިޔާ ސޫރިޔާ ކާންތާ އާއި އެކު ބައްދަލް ވުމެއް އޮންނާނެ ކަމަށް އިދިކޮޅު ލީޑަރުން ވަނީ އިއުލާން ކޮށްފައެވެ.
އިދިކޮޅު ސަޕޯޓަރުންގެ ހިގާލުން ހުއްޓުވުމަށް ސަލާމަތީ ބާރު ތަކުން ދަނީ ވަރަށް ބޮޑަށް ހުރަސް އަޅަމުން ކަމަށް ޚަބަރުތައް ބުނެއެވެ. އަދި އެތައްސަތޭކަ އިދިކޮޅު ސަޕޯޓަރުން ވަނީ މިހާތަނަށް ހައްޔަރު ވެސްކޮށްފައެވެ.
ކޮންގްރެސް ޕާޓީ އާއި ”ކުރަފި ޕާޓީން“ މިފަހަރު ގޮވާލަމުން ދަނީ އިންތިހާބްތަކުގައި ހާމަކަން ގެންގުޅުމަށާއި އަދި ވޯޓު އޮޅުވާލުން ހުއްޓާލުމަށެވެ.އަދި ޗީފް އިލެކްޝަން ކޮމިޝަނަރު ގިއާނޭޝް ކުމާރު އިސްތިއުފާދެއްވުމަށް ދަނީ ގޮވާލަމުންނެވެ.
ކޮންގްރެސް ޕާޓީގެ ޖެނެރަލް ސެކްރެޓަރީ ވޭނޫގޯޕާލް ދަނީ ހުރިހާ އިދިކޮޅު ސަޕޯޓަރުން ވެސް މިއިހުތިޖާޖްތަކުގައި ބައިވެރި ވުމަށް މަގުތަކަށް ނިކުތުމަށް ގޮވާލަމުންނެވެ.
އަނެއްކޮޅުން ޚަބަރުލިބޭ ގޮތުގައި މިއަދަކީ ޑެލްހީ އަށް ވަރަށް ވިއްސާރަ ދުވަހެކެވެ.ފަތިހު މީހުން ހޭލިއިރުވެސް ބޯކޮން ވާރޭވެހި ގުގުރާ ވިދަމުން ދާކަމަށް ޚަބަރުތައް ބުނެއެވެ. އަދި 11 ޑިސްޓްރިކްޓަކަށް ފަތިހު ރެޑް އެލަރޓް ނެރުނު ކަމަށާ ނަމަވެސް ފަހުން ޔެލޯ އަދި އޮރެންޖަށް ބަދަލުކޮށްފައިވާ ކަމަށް ވެއެވެ.
![]()
