ސްރީލަންކާގައި ޑެންގޫ ފެތުރޭ މިންވަރު އިތުރުވެ، ފެންހެދިފައިހުންނަ ތަންތަން ހޯދުމަށް ޑްރޯން ބޭނުން ކުރަނީ

ސްރީލަންކާގައި ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭވެސް ނުފެތުރޭ ވަރަށް ޑެންގޫ ހުން ފެތުރެމުންދާކަމަށް ޚަބަރު ލިބެއެވެ. އެހެން ކަމުން ބަލި ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގައި، ފުރާޅުތަކުގެ މަތީގައާއި އެހެންވެސް މަދިރި ބިސްއަޅާނެ ކަމަށް ބެލެވޭ ދަތި ތަންތަނުގައި ފެން ހެދިފައި ހުރިތޯ ބެލުމަށް މިލިޓަރީ ޑްރޯންތައް ބޭނުން ކުރަމުންދާކަމަށް ޚަބަރު ލިބެއެވެ. ސްރީލަންކާގައި ޑެންގޫ ޖެހިގެން މިއަހަރުގެ މިހާތަނަށް 56 މީހުން މަރިވެފައިވާ ކަމަށް ޚަބަރު ލިބެއެވެ. އަދި 77،000މީހުންނަށްބަލިޖެހިފައިވާ ކަމަށް ވެއެވެ. މީގެ ހަތަރުބައިކުޅައެއްބަޔަށް […]

ފުރަތަމަ ފިރިމީހާ މަރުވުމަށް ފަހު އަލުން މީހަކުދެކެ ލޯބިވުމަކީ ކުދިންނަށް ގަބޫލު ކުރެވޭ ވަރުގެ ކަމަކަށް ނުވިއެވެ.

(ދެވަނަބައި)”އަހަރެންނާ ވަކިވުމަކީ ލިޒް ހަގީގަތުގައިވެސް ބޭނުންވާ ގޮތްކަމަށްވާނަމަ ލިޒް ދޫކޮށްލާ ވަރަށް އަހަރެން ލިޒް ދެކެލޯބިވެއެވެ.ނަމަވެސް އެންމެ ވާހަކައެއްއަހާލަން ބޭނުމެވެ. ލިޒް ގެ ފިރިމީހާ ލިޒްދެކެ ހަގީގީ ލޯބިވީނަމަ، ލިޒްގެ ހަޔާތުގެ ބާކީ ބައި އެކަނިވެރިކަމުގައި ހޭދަކުރަން ބޭނުންވީސް ހެއްޔެވެ؟ އެހެން އެންމެންގެ ހިތްހަމަ ޖައްސާދިނުމަށް އަމިއްލަ އުފާވެރިކަން މަޑުޖައްސާލާފައި ބާއްވާނީ ކިހާދުވަހެއް ވަންދެން ހެއްޔެވެ؟“ މިސުވާލު ވެގެން ދިޔައީ ހުރިހާ ކަމެއް ބަދަލު ކޮށްލި ސުވާލަށެވެ.އަހަރެން ވިސްނާލާއިރު މިހުރިހާ އަހަރަކު އަހަރެން އުޅެމުން އައިސްފައިވަނީ އަހަރެންގެ […]

ބަންގްލާދޭޝްގެ ރައީސް އިސްތިއުފާދެއްވާކަން އިއުލާން ކުރައްވައިފި

ބަންގްލާދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީން އިސްތިއުފާ ދެއްވާކަން އިއުލާން ކުރައްވައިފިއެވެ. ޝަހާބުއްދީން އަކީ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ވަރަށް އަރިސް ބޭފުޅެކެވެ. އަދި ދާދި ފަހުން ހަސީނާ ވަނީ އޭނާގެ މައްޗަށް މަރުގެ އަދަބު ކަނޑައަޅާފައި ވީނަމަވެސް ގައުމަށް އެނބުރި ވަޑައިގަންނަވާނެކަން އިއުލާން ކުރައްވާފައެވެ. ޝެއިޚް ހަސީނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނީ އޭނާގެ ސަރުކާރާ ދެކޮޅަށް 2024ވަނަ އަހަރު ކިޔަވާ ކުދިން ކުރިޔަށް ގެންދިޔަ މުޒާހަރާތައް މަތަކުރުމަށް ސިފައިންލައްވާ ބާރުގެ ބޭނުން ކޮށް ސަތޭކަޔަށްވުރެގިނަ […]

އީރާން ހަނގުރާމައަށް އިސްރާއީލަށް 1.15 ޓްރިލިއަން ޑޮލަރު ދޭން އެމެރިކާއިން ފާސްކުރަނީ؟

ދިފާއީ ހަރަދުތައް ބޮޑުތަނުން އިތުރުކޮށް، އިސްރާއީލާއެކު އަސްކަރީ ޓެކްނޮލޮޖީގެ އެއްބާރުލުން ފުޅާކުރުމަށާއި، އީރާނާ ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދާ އަސްކަރީ ކެމްޕޭނަށް އެހީތެރިވުމަށް އެކުލަވާލާފައިވާ 1.15 ޓްރިލިއަން ޑޮލަރުގެ އަސްކަރީ ހަރަދުތަކުގެ ޕެކޭޖް އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ފާސްކޮށްފިއެވެ. މި ބިލް މިހާރު ވަނީ ސެނެޓަށް ފޮނުވާފައެވެ. ނަމަވެސް ޑިމޮކްރެޓުންގެ ވަރުގަދަ ދެކޮޅުވެރިކަމާ ހުރެ، ސެނެޓުން މި ބިލް ފާސްވުމާމެދު ވަނީ ސުވާލު އުފެދިފައެވެ. 2027 ވަނަ އަހަރުގެ ނޭޝަނަލް ޑިފެންސް އޮތޮރައިޒޭޝަން އެކްޓް ގެ […]

ފުރަތަމަ ފިރިމީހާ މަރުވުމަށް ފަހު އަލުން މީހަކުދެކެ ލޯބިވުމަކީ ކުދިންނަށް ގަބޫލު ކުރެވޭ ވަރުގެ ކަމަކަށް ނުވިއެވެ.

އަހަރެން ކައިވެންޏެއްކޮށް ނުހަނު އުފަލުގައި 45 އަހަރުވިތަނާ އަހަރެންގެ ފިރިމީހާ ކުއްލިއަކަށް މަރު ވީއެވެ.މިފަދަ ކަމަކަށް ހަމަ އެކަކުވެސް ހުންނާނީ ކުރިން ތައްޔާރު ވެގެން ނެއް ނޫނެވެ. ހަޔާތުގެ ހަމަ ކޮންމެ ހިނދު ކޮޅަކުވެސް ކައިރީގައި ހުރި މީހަކު ކުއްލިއަކަށް ނެތުމުން އިންތިހާދަރަޖައިގެ ފަޅުކަމާ ކުރިމަތިލާން އަހަރެންނަށް ޖެހުނެވެ. އެންމެ އުނދަގޫވި ކަމަކީ ވަށައިގެން ހިނގާ ހުރިހާކަމެއްވެސް ކުރިއެކޭ އެއްގޮތަށް ހިނގަމުން ހިނގަމުން ދާތީއެވެ. އެތައްމަހެއް ވަންދެން އަހަރެންނަށްވެސް ކުރީގެ އާދަތައް ދޫކޮށްލަން އުނދަގޫވިއެވެ.މާގިނައިން ކެއްކުމާއި އެނދުގައި […]

އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރު އެންޑީ ބަރނަމް އޭނާގެ ފުރަތަމަ ކެބިނެޓް ބައްދަލްވުން ބާއްވަވައިފި

އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރު އެންޑީ ބަރނަމް އޭނާގެ ފުރަތަމަ ކެބިނެޓް ބައްދަލްވުން ބާއްވަވައިފިއެވެ. މިބައްދަލް ވުމުގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވަނީ އުނދަގޫ ނިންމުންތައް ނިންމަން ތައްޔާރަށް ތިބެންޖެހޭނެ ކަމަށް މިނިސްޓަރުންނަށް ގޮވާލައްވާފައެވެ. އަދި އޭނާގެ ސަރުކާރު ވެގެން ދާނީ ދިރިއުޅުމުގެ ޚަރަދުތައް ކުޑަ ކޮށްދޭނެ ސަރުކާރަކަށް ކަމުގައި ވިދާޅުވެފައި ވެއެވެ. މިގޮތުން އެހީ އެބަ އަންނަ ކަމުގެ އިހުސާސް އާންމު ރައްޔިތުންނަށް ދޭން ޖެހޭނެ ކަމަށް ވިދާޅުވެފައި ވެއެވެ. ބަރނަމް ވަނީ އޭނާގެ ވެރިކަމުގައި ޤައުމުގެ […]

އަފްޢާނިސްތާން ގައި ފެންބޮޑުވެ ކުރިމަތިވި ހާދިސާތަކުގައި 20 މީހުން މަރުވެ 100މީހުން ގެއްލިއްޖެ

އަފްޢާނިސްތާން އަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ކުރިމަތިވި ހާދިސާތަކުގައި 20 މީހުން މަރުވެ 100އަށް ވުރެ ގިނަމީހުންނަށް ވީނުވީގޮތެއް ނޭނގި ގެއްލިފައިވާކަމަށް ޠާލިބާން ސަރުކާރުން ބުނެފިއެވެ. މިކަމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ނުރިސްތާން ޕްރޮވިންސްގެ ވެރިރަށް ޕާރުން އަށް ކަމަށް ވެއެވެ. އެތަނުން ގެއްލިފައިވާ މީހުންގެ ތެރޭގައި މޭޔަރުވެސް ހިމެނޭ ކަމަށް ވެއެވެ. މީގެ އިތުރުން ޕާރުން ސަރަހައްދުގެ 80 ވަރަކަށް މީހުންނަށް އެކި އަނިޔާތައް ލިބިގެންވެސް ރިޕޯޓް ކޮށްފައި ވެއެވެ.އަފްޣާނިސްތާންގެ ވެރިކަމުގައި މިހާރު އޮތް […]

އެމެރިކާގެ ނާއިބް ރައީސް ޖޭޑީ ވޭންސް އާއި އޫޝާ ވޭންސް އަށް 4ވަނަ ބޭފުޅަކު ލިބިއްޖެ

އެމެރިކާގެ ނާއިބް ރައީސް ޖޭޑީ ވޭންސް އަދި އަނބިކަނބަލުން އޫޝާ ވޭންސް އަށް ހަތަރުވަނަ ބޭފުޅަކު ލިބިވަޑައިގެންފިއެވެ. އާދީއްތަދުވަހު އިތުރު ބޭފުޅަކު ލިބިވަޑައިގެންފައިވާކަން ވޭންސް ހާމަ ކުރައްވާފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ޕޯސްޓްގައި ވޭންސް ވަނީ އޫޝާ އާއި ދަރިކަލުން އެލެކް ނީލް ވޭންސްގެ ހާލު ރަނގަޅު ކަމަށް ވިދާޅުވެފައެވެ.އޫޝާ ވޭންސް އަކީ އިންޑިޔާ ދަރިކޮޅުގެ ބޭފުޅަކަށް ވާއިރު، ކުޑައިރުއްސުރެ ދިރިއުޅުއްވާފައިވަނީ ކެލިފޯނިޔާގެ ސޭންޑިއޭގޯގައެވެ. އެމެރިކާ ނޫން ގައުމު ތަކަށް ނިސްބަތްވާ މީހުންނާމެދު ޓްރަމްޕް ހަރުކަށި އިމިގްރޭޝަން […]

ވަރލްޑް ކަޕް ފައިނަލަށްފަހު ތަށިދިން ރަސްމިއްޔާތުގައި ރައީސް ޓްރަމަށް ކްރައުޑް“ބޫ“ ކޮށްފި

ރޭނިމިގެން ދިޔަ ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތް ނިމުމަށްފަހު މުބާރާތް ކާމިޔާބް ކުރި ސްޕެއިން އަށް ތަށިދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދަނޑުމައްޗަށް އަރާވަޑައިގަތުމުން އޭނާއަށް މަލާމަތް ކުރުމުގެ ގޮތުން ކްރައުޑް“ބޫ“ ކިޔާ ވަރަށް ބޮޑަށް އަޑުގަދަކޮށްފިއެވެ.ރަސްމިއްޔާތު ގައި ސްޕެއިން ޓީމަށް ތަށި ހަވާލުކުރުމަށްފަހުވެސް ޓްރަމްޕް ދަނޑުމަތީ މަޑު ކުރައްވަން ފެށުމުން އަޑުލައްވާ، ހަޅޭކުގެ އަޑު ގަދަވާން ފެށުމުން ފީފާގެ ރައީސް އިންފަންޓީނޯ ވަނީ ނޭނގޭ ގޮތަށް މަޑުމަޑުން ޓްރަމްޕް ދަނޑުމަތިން […]

އީރާނަށް މެގްނިޓިއުޑް ފަހެއްގެ ބާރު މިނުގައި ބިންހެލުމެއް އަތުވެއްޖެ

އީރާނުގެ ޚުޒެސްތާން ޕްރޮވިންސް ގެ ސަލާންދް ސަރަހައްދަށް އާދީއްތަ ދުވަހު ފަތިހުގެ ވަގުތެއްގައި ބިންހެލުމެއް އަތުވެއްޖެ އެވެ. އީރާނުގެ ހުޅަގު ދެކުނު ސަރަހައްދެއް ކަމަށްވާ ޚުޒެސްތާން ޕްރޮވިންސަށް ބިންހެލުން އައިސްފައިވަނީ ބިމުގެ ބާރަ ކިލޯމީޓަރު އަޑިން ކަމަށް ސްޓޭޓް މީޑިޔާއިން ރިޕޯޓް ކޮށްފައި ވެއެވެ. ބިންހެލުން އައުމާއި ގުޅިގެން ލިބުނު ގެއްލުންތައް ބެލުމަށާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފެށުމަށް ރެޑް ކްރެސެންޓްގެ ދެޓީމް އަވަށް ތަކަށް ފޮނުވާފައިވާކަމަށް އެފަރާތުން ބުނެފައި ވެއެވެ.އަނެއްކޮޅުން އެމެރިކާސިފައިން އީރާނާ ދެކޮޅަށް […]