އުތުރު ކޮރެޔާގެ ލީޑަރު އަވަހާރަ ވެއްޖެ ކަމަށް އަނެއްކާވެސް އަޑު ފެތުރެމުން އެބަދޭ

Loading

Facebook
Twitter
WhatsApp

އުތުރު ކޮރެޔާގެ ލީޑަރު ކިމް ޖޮންގ އުން އަވަހާރަވެއްޖެ ކަމަށް އަނެއްކާވެސް އަޑު ފެތުރެން ފަށައިފިއެވެ. ޗައިނާގެ ”ޑިސިޑެންޓް“ ވަންޖުން ޒީ އާދީއްތަދުވަހު ސޯޝަލް މީޑިޔާ ގައި ޕޯސްޓް ކުރި މެސެޖެއްގައި ބުނާ ގޮތުން، އުމުރުން 42 އަހަރުގެ ކިމް އަވަހާރަވެފައިވަނީ ބްރެއިން ހެމަރެޖް އަކާއި ގުޅިގެންނެވެ.ޒީ ލިޔެފައިވާ ގޮތުގައި ލީޑަރ ކިމް ކޯމާ އަކަށް ދިއުމާއި ގުޅިގެން ފަރުވާއަށްޓަކައި ޗައިނާގެ ބޭޖިންގ އަށް ވަގުތުން ގެންދެވުނެވެ.ނަމަވެސް ކިމް ވަނީ ބޭޖިންގ ގައި އަވަހާރަވެފައި ކަމަށް އޭނާ ލިޔެފައި ވެއެވެ. ކިމް އަށް ފަރުވާ ކުރުމަށް ޕީކިންގ ގެ ޔޫނިއަން މެޑިކަލް ކޮލެޖް ހޮސްޕިޓަލްގެ މެޑިކަލް އެކްސްޕަރޓުންގެ ޓީމެއް ފޮނުވިކަމަށްވެސް އޭނާ ބުނެފައި ވެއެވެ.


މިފަދަ އަޑުތައް ފެތުރެން ފެށުމާއި ގުޅިގެން އުތުރު ކޮރެޔާގެ ސްޓޭޓް މީޑިޔާއިން ހޯމަ ދުވަހު ވަނީ ކިމް،އަންހެނުންގެ ހެދުން ވިއްކާ ފިހާރައެއްގައި ހުންނަވާ ތަން ފެންނަ ފޮޓޯ ތަކެއް އާންމު ކޮށްފައެވެ.


އަންހެނުންގެ ހެދުމާއި އަދި ފައިވާނުގެ އިތުރުން އަންހެނުންގެ ކޯޓު ތަކެއް ފެންނަން ހުރި ތަނެއްގައި ކިމް މިތަކެތި ބައްލަވަން ހުންނެވިތަން ފޮޓޯތަކުން ފެނެއެވެ. ނަމަވެސް ފޮޓޯތައް ނެގުނު ތާރީޚް ނޭގޭ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެއެވެ.
ޑިސިޑަންޓް ޒީ ގެ މެސެޖްގައި އިތުރަށް ބުނެފައިވާ ގޮތުގައި ކިމް އަވަހާރަވުމުން ހަށިގަނޑު ވަނީ އަނބުރާ އުތުރު ކޮރެޔާ އަށް ގެންގޮސްފައެވެ.ހަމައެއާއި އެކު ވެރިކަން ބަދަލުވެގެން ދާވަގުތު ފެށިގެން ހިގައިދާނެ ހަމަނުޖެހުންތައް މައިތިރި ކުރުމަށް ޗައިނާއިން 9000ސިފައިން އުތުރު ކޮރެޔާއަށް ފޮނުވާފައިވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
އިތުރު ކޮރެޔާގެ ލީޑަރ ކިމް ޖޮންގ އުން، އާންމު ތަނަކުން ނުފެންނަތާ އެތައްމަހެއް ވުމަށްފަހު އޭނާ އަވަހާރަވެފައިވާކަމަށް ބުނާ ޚަބަރު ތަކެއް 2020 ވަނަ އަހަރުވެސް ފެތުރިގެން ދިޔައެވެ.އެގައުމުގެ ކުރީގެ ޑިޕްލޮމެޓަކު އޭރު ބުނެފައިވާ ގޮތުގައި ކިމްވަނީ އަވަހާރަވެފައެވެ.ނުވަތަ ވަނީ ކޯމާއެއްގައެވެ.އަދި ކިމް އަވަހާރަވެއްޖެ ނަމަ ބާރުތައް ހަވާލުކުރެވޭނީ ކިމް ޖޮންގ އުންގެ ކޮއްކޮ ކިމް ޔޯ ޖޮންގ އާއި ކަމަށް އޭނާ ބުނެފައި ވެއެވެ.
ކިމް ޖޮންގ އުންގެ ކޮއްކޮ ކިމް ޔޯ ޖޮންގ މިހަފްތާ ފެށުނުތަނާ ވަނީ ވެރިކަމުގެ ދަރުބާރުން ބައެއް ސްޓޭޓްމަންޓް ނެރުއްވާފައި ކަމަށް ވެއެވެ.މިގޮތުން އަވަށްޓެރި ދެކުނު ކޮރެޔާ އާއި ގުޅޭ ބޯޑަރު ބެލެހެއްޓުމުގެ ކަންތައް ވަރުގަދަ ކުރާނެކަމަށް ވިދާޅުވެފައި ވެއެވެ.
ކުރިން ޚަބަރުތައް ބުނި ގޮތުން ކިމް ޖޮންގ އުން އަށްފަހު ވެރިކަމާ ހަވާލުވުމަށް ތައްޔާރުކުރައްވަމުން ގެންދެވީ އޭނާގެ 13 އަހަރުގެ އަންހެން ދަރިކަނބަލުންނެވެ.އަދި ކިމް ގެ އަރިހުގައި އެތައް ހަރަކާތް ތަކެއްގައި ދަރިކަނބަލުން ބައިވެރިވެ ވަޑައިގެންފައި ވެއެވެ. ނަމަވެސް ކިމްއަށްފަހު ދަރިކަނބަލުންނަށްވެސް އަދި އެހެން ފަރާތަކަށްވެސް ރަސްމީކޮށް ބާރުތައް އަދި
ހަވާލުކޮށްފައި ނުވާ ކަމަށް ޚަބަރުލިބެއެވެ.
މައުލޫމާތު : ވިއޯން ޗެނެލް

Loading

Leave a Reply

ފަހުގެ އަޕްޑޭޓް