މުސްލިމުންގެ ބޮލުގައި އިލްޒާމެއް ނާޅުވައި ޓްރަމްޕަކަށް ކެތެއްނުވި!

Loading

Facebook
Twitter
WhatsApp

ފްރާންސްގައި ފަހަކަށް އައިސް ހިނގަމުންދާ ހަމަނުޖެހުންތަކުގެ ޒިންމާ އެ ގައުމަށް ހިޖުރަކުރި މީހުންގެ ބޮލުގައި އަޅުއްވައި، ޕެރިސް ވަރަށް އަވަހަށް މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ސިޓީއަކަށް ވެދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އިއްޔެ ވޮޝިންޓަންގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ފްރާންސްގެ މުޒާހަރާތަކާއި ހަމަނުޖެހުންތަކަކީ ތައުލީމީ ނުވަތަ އެތެރޭގެ އެހެން މައްސަލަތަކާ ގުޅިފައިވާ ކަންކަމަށްވުރެ ބޮޑަށް، ހިޖުރަކުރުމާ ގުޅިފައިވާ ކަންކަން ކަމަށެވެ. އަދި ބޯޑަރުތަކުގެ ކޮންޓްރޯލް ވަރުގަދަކުރުމަށް ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން އަދި ޔޫރަޕުގެ ލީޑަރުންނަށް އޭނާ ގޮވާލެއްވިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން ފްރާންސަށް އެތެރެވުމުގެ ފުރުސަތު ނުދިނުމަށް މެކްރޮންއަށް ކުރިން އިންޒާރު ދެއްވި ހަނދާން އާކުރައްވަމުން ޓްރަމްޕް ވިދާޅުވީ، މާ ކުރިންވެސް އެ ގައުމުގެ ބޯޑަރުތައް ވަރުގަދަކުރަންޖެހޭ ކަމަށެވެ.

އޭޖެންސް ފްރާންސް-ޕްރެސް (އޭއެފްޕީ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓްރަމްޕް ވިދާޅުވީ، ”ވަރަށް އަވަހަށް ޕެރިސް ވެގެންދާނީ މުސްލިމް ސިޓީއަކަށް،“ ކަމަށެވެ.

މި ވާހަކަތައް އައިސްފައިވަނީ، ތަކެތީގެ އަގުބޮޑުވުމާ ގުޅިގެން ހަފުތާ ބަންދުގައި ޕެރިހާއި ފްރާންސްގެ އެހެން ސިޓީތަކުގައި ކުރި މުޒާހަރާތައް، ފަހަކަށް އައިސް އެ ގައުމުގައި ހިނގި އެންމެ ނުރައްކާތެރި މަގުމަތީގެ ހަމަނުޖެހުންތަކަށް ބަދަލުވެގެން ދިޔުމާ ގުޅިގެންނެވެ.

ސަރުކާރުތަކުން ބޯޑަރުތައް ބަންދުނުކޮށް، އަދި މުޒާހަރާތަކުގައި ބައިވެރިވާ ކުށްވެރިންގެ ގޮތުގައި އޭނާ ސިފަކުރެއްވި މީހުން ގައުމުން ބޭރުނުކޮށްފިނަމަ، ޔޫރަޕަށް ސީރިއަސް ނަތީޖާތަކަކާ ކުރިމަތިލާންޖެހޭނެ ކަމުގެ އިންޒާރުވެސް ޓްރަމްޕް ދެއްވިއެވެ.

އިމިގްރޭޝަން ކޮންޓްރޯލް ކުރުމަކީ ޓްރަމްޕްގެ 2024 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނުގެ މައިގަނޑު އެއް ވައުދެވެ. އޭނާ ދައްކަވާ ވާހަކަތަކުން ތަކުރާރުކޮށް އިމިގްރޭޝަނާއި ބޯޑަރުގެ ސަލާމަތީ ކަންކަމަކީ އޭނާގެ ސިޔާސީ އެޖެންޑާގެ މުހިންމު ބައިތަކެއްގެ ގޮތުގައި ފާހަގަވެގެންދެއެވެ.

ފަހުގެ މި ވާހަކަތައް އައިސްފައިވަނީ އިގްތިސާދީ ދަތިކަމާއި، އާންމުންގެ މުޒާހަރާތަކާއި، އަދި އިމިގްރޭޝަން ސިޔާސަތާ ގުޅިގެން ފްރާންސްގައި ނުތަނަވަސްކަން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް