އަމިއްލަ އެދުމަށްވުރެ ގައުމީ މަސްލަހަތު އިސްކުރަންޖެހޭ: ސިޔާމް

އަމިއްލަ އެދުމަށްވުރެ ޤައުމީ މަޞްލަޙަތު އިސްކުރަންޖެހޭ ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރަމުން އަންނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބެއްގައި ސިޔާމް ވިދާޅުވީ،، 1988 ނޮވެމްބަރު 3 ގެ ހާދިސާއިން ސިޔާސީ ދަހިވެތިކަމާއި ޚިޔާނާތްތެރިކަމުގެ ނުރައްކާތެރިކަން ހާމަވެގެންދާ ކަމަށެވެ. އަދި އެ ޢުދުވާނަކީ ވެރިކަމުގެ ދަހިވެތިކަމުގައި އަމިއްލަ ޤައުމާ ދެކޮޅަށް ތެދުވެ، އަނިޔާވެރި އަމަލުތަކަށް ވާގިވެރިވެދާނެ ގޮތް ދައްކުވައިދިން ހާދިސާއެއް ކަމަށް ސިޔާމް ވިދާޅުވިއެވެ. ސިޔާމް […]

ހުރުމުޒު ކަނޑުއޮޅީގައި މިއަދު މިވީ ކިހިނެއް؟

ވޮޝިންގޓަނާއި ތެހެރާނާ ދެމެދު ޑިޕްލޮމެޓިކް މަސައްކަތްތައް ކުރިއަށްދަނިކޮށް، އެމެރިކާގެ އަސްކަރިއްޔާއިން ހުރުމުޒު ކަނޑުއޮޅީގައިވާ އީރާނުގެ އަމާޒުތަކަކަށް ހަމަލާތަކެއް ދިނުމާ ގުޅިގެން، އެ ސަރަޙައްދުގައި މަސްރަޙު އިތުރަށް ގޯސްވެއްޖެއެވެ. އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާތަކަކީ އެމެރިކާގެ އަސްކަރީ ވަސީލަތްތަކަށް އަމާޒުކޮށް ފޮނުވާ މިސައިލްގެ ނުރައްކާތައް ކުރިމަތިވުމާ ގުޅިގެން، ދިފާޢީ ގޮތުން ދިން ހަމަލާތަކެކެވެ. މި އަސްކަރީ ފިޔަވަޅު އަޅާފައި މިވަނީ މި ހަމަނުޖެހުންތައް ފިނިކުރުމަށް އެއްބަސްވުމަކަށް އައުމަށް ކުރެވޭ މަސައްކަތްތަކާމެދު ނުތަނަވަސްކަން ބޮޑުވެފައިވާ […]

ޓުރަމްޕު އަނެއްކާވެސް ބިރުދައްކަން ފަށައިފި!

ވޮޝިންޓަނާއި ތެހެރާނާ ދެމެދު ޑިޕްލޮމެޓިކް މަސައްކަތްތަކެއް ކުރިއަށްދިޔަ ނަމަވެސް، އީރާނުގައި ނިއުކްލިއާ މަސައްކަތް ކުރާ ކަމަށް ޝައްކުކުރެވޭ ބާކީ ހުރި ތަންތަނަށް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެމެރިކާގެ އަސްކަރިއްޔާއިން ހަމަލާދީފާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވުމާ ގުޅިގެން، އަލުން އަސްކަރީ ފިޔަވަޅުތަކެއް އަޅައިފާނެ ކަމުގެ ފުރުސަތު ބޮޑުވެއްޖެއެވެ. ހޮނިހިރު ދުވަހު ފްލޮރިޑާގައި ހުންނަ އޭނާގެ މާ-އަ-ލާގޯ އެސްޓޭޓުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ހަމަލާދޭން ބާކީ ހުރީ އެންމެ ތަނެއް ނުވަތަ ދެ […]

ޒާކިރު ނައިކު ތާލިބާނުން ދިފާޢުކުރުމުން ފާޑުކިޔުން އަމާޒުވެއްޖެ

އަފްޣާނިސްތާނުގައި އަންހެން ކުދިންނަށް ތަޢުލީމު އުނގެނުން މަނާކުރުމަށް ތާލިބާނުން ނިންމި ނިންމުން ދިފާޢުކުރެއްވުމާ ގުޅިގެން، އިންޑިއާގެ އިސްލާމީ ދަޢުވަތުވެރިޔާ ޒާކިރު ނައިކަށް އިންޑިއާ، ޕާކިސްތާން އަދި އަފްޣާނިސްތާނުގެ ނޫސްވެރިންނާއި، އެކްޓިވިސްޓުންގެ އިތުރުން އެކަޑެމިކުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ. ޢާންމުވެފައިވާ ވީޑިއޯއެއްގައި ޒާކިރު ނައިކު ވިދާޅުވީ، އަފްޣާނިސްތާނާ ބެހޭގޮތުން މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކަކީ އޮޅުވާލުމެއް ކަމަށެވެ. އަދި އޭނާ ވިދާޅުވީ ތާލިބާނުން އަންހެން ކުދިންގެ ސާނަވީ އަދި މަތީ ތަޢުލީމު ހުއްޓުވާފައިވަނީ ސެކިއުރިޓީ ޙާލަތު ރަނގަޅުވަންދެން ވަގުތީ ގޮތުން […]

ދެ ދުވަހުގެ ތެރޭގައި ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމާ މެދު އީރާނުން ވިސްނަމުންދަނީ!

އެމެރިކާއާއެކު ކުރެވެމުންދާ ޑިޕްލޮމެޓިކް މަސައްކަތްތައް ކުރިއަށްދާއިރު، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމާ މެދު އީރާނުން ދަނީ ވިސްނަމުންނެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި މަޝްވަރާތައް ކުރިއަށްދަނީ ރަނގަޅަށް ކަމަށް ސިފަކުރައްވާފައެވެ. އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ވިދާޅުވީ، ތެހެރާނުން މި ހުށަހެޅުމާ ގުޅޭގޮތުން ޤަޠަރުގެ މެދުވެރިންނާ އެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. ވޮޝިންގޓަނުން އެއްބާރުލުން ދީފިނަމަ، ސްޓްރެޓީޖިކް ގޮތުން މުހިންމު މި ކަނޑުއޮޅި އަލުން […]

ޔަމަނުގެ 290،000 މީހުން ގެދޮރު ދޫކޮށް ގޮސްފި!

އޯގަސްޓް މަހު ޔަމަނުގެ ސަރުކާރުގެ ސިފައިންނާއި ހޫތީ ހަނގުރާމަވެރިންނާ ދެމެދު ކުރިމަތިލުންތައް ވަރުގަދަވި ފަހުން، އެ ގައުމުގައި މަދުވެގެން 290،000 މީހުން ގެދޮރު ދޫކޮށް ގޮސްފައިވާ ކަމަށް އދ. އިން ބުނެފިއެވެ. އދ. ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއާޒް (އޯޗާ) އިން ހުކުރު ދުވަހު އިންޒާރު ދިން ގޮތުގައި، މި ހަނގުރާމަ އިތުރަށް ގޯސްވަމުން ދިޔުމުގެ ސަބަބުން، ހާއްސަކޮށް މާބަނޑު އަންހެނުންނާއި ނާޒުކު ހާލަތްތަކުގައިވާ މުޖުތަމައުތަކަށް އިންސާނީ ބޮޑު ކާރިސާއަކާ ވަނީ […]

ފިލިޕީންސްގައި ބޮޑު އަލިފާންފަރުބަދައެއް ގޮވައިފި

ފިލިޕީންސްގައި އެންމެ ހަރަކާތްތެރި އަލިފާންފަރުބަދަތަކުގެ ތެރޭގައި ހިމެނޭ މައުންޓް މާޔޯން ހުކުރު ދުވަހު ގޮވައި، ގާތްގަނޑަކަށް 3،000 މީޓަރު (3 ކިލޯމީޓަރު) އުހަށް ވައިގެ ތެރެއަށް ބުރައިގެން ހިނގައްޖެއެވެ. ފިލިޕީން އިންސްޓިޓިއުޓް އޮފް ވޮލްކެނޮލޮޖީ އެންޑް ސީސްމޮލޮޖީން ބުނި ގޮތުގައި މެދުމިންވަރަކަށް ބާރުގަދަކޮށް ހިނގި މި ގޮވުން ގާތްގަނޑަކަށް ހަ މިނެޓަށް ދެމިގެން ދިޔައެވެ. އަދި އުފެދުނު އަޅީގެ ވިލާގަނޑު މަޑުމަޑުން ވަނީ ދެކުނު ހުޅަނގަށް، މީހުން ދިރިއުޅޭ ކައިރި ސަރަޙައްދުތަކާ ދިމާއަށް ދަތުރުކޮށްފައެވެ. މި ހާދިސާގައި […]

އީރާނުން ވަރުގަދަ ބަދަލުހިފުމަކަށް އިންޒާރުދީފި

އަލުން ފެށުނު އަސްކަރީ ހަރަކާތްތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވަމުންދާއިރު، އީރާނަށް އިތުރު ހަމަލާއެއް އަތުވެއްޖެނަމަ ވަރުގަދަ ބަދަލުހިފުމަކުން ބަދަލުހިފާނެ ކަމުގެ އިންޒާރު އެ ގައުމުން ދީފިއެވެ. އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ވަނީ، އެ ގައުމަށް އަލުން ހަމަލާއެއް ދީފިނަމަ ”ބިންގަނޑު ގުޑައިގެންދާ ފަދަ ވަރުގަދަ ހަމަލާއެއް“ ދޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ. މި އިންޒާރު ދީފައި މިވަނީ، ހުއްދަ ނެތް މަގުތަކުން ދަތުރުކުރުމުގެ ސަބަބުން ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ އުފުލާ […]

ހޮރްމުޒާއި ގުޅޭ އެއްބަސްވުމަކަށް އީރާނުން މަސައްކަތްކުރަނީ

އެމެރިކާއާއި އިސްރާއީލާއެކު މިހާރު ހިނގަމުންދާ ހަނގުރާމައިގެ ނުތަނަވަސްކަން ދެމިއޮތް ނަމަވެސް، ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވުމަށް ހުށަހަޅާފައިވާ ހަތް ދުވަހުގެ ޕްލޭނަކާ ގުޅޭގޮތުން މެދުވެރިންނާ އެކު އަދިވެސް ގުޅުން ދަމަހައްޓަމުން އަންނަ ކަމަށް އީރާނުން ބުނެފިއެވެ. އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް އަރަޤްޗީ ބުރާސްފަތި ދުވަހު ވިދާޅުވީ، މި ހުށަހެޅުން ތަންފީޒުކުރެވިދާނެ ގޮތްތައް ހޯދުމަށް ތެހެރާނުން މެދުވެރިންނާ ގާތުން މުޢާމަލާތް ކުރަމުންދާ ކަމަށެވެ. މި ޕްލޭންގައި ގޮވާލާފައިވަނީ ފްރީޒްކޮށްފައިވާ އީރާނުގެ 12 ބިލިއަން ޑޮލަރުގެ އެސެޓްތައް އެމެރިކާއިން […]

ސްޕެއިންގައި ދެ ރޭލެއް އެކްސިޑެންޓުވެ 68 މީހުން މަރުވެއްޖެ

އިއްޔެ، ސްޕެއިންގެ މެދުތެރޭގައި ދެ ހައި-ސްޕީޑް ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މަދުވެގެން 68 މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ. މިއީ ފަހުގެ ތާރީޚެއްގައި އެ ޤައުމުގައި ހިނގި މިފަދަ އެންމެ ހިތާމަވެރި އެއް ރޭލު އެކްސިޑެންޓެވެ. މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހެނދުނު 9:00 ގެ ކުޑައިރުކޮޅެއް ފަހުން، މެޑްރިޑްގެ ދެކުނުން ގާތްގަނޑަކަށް 140 ކިލޯމީޓަރު ދުރުގައި އޮންނަ މޯރާ އަދި އޮރްގާޒް އަވަށާ ދެމެދުގައެވެ. އަމިއްލަ ކުންފުންޏެއް ކަމަށްވާ އިރްޔޯއިން އޮޕަރޭޓްކުރާ، […]