އެމެރިކާގެ ސްކޫލެއްގައި 16 އަހަރުގެ ކުއްޖަކު ބަޑިޖަހާ ތިން ކުދިން މަރާލައިފި

Loading

Facebook
Twitter
WhatsApp

އެމެރިކާގެ އޮރެގަން ސްޓޭޓްގެ ޕްރައިމަރީ ސްކޫލަކަށް ބަޑިހިފައިގެން ހުރި 16 އަހަރުގެ ކުއްޖަކު ވަދެ ތިން ކުދިން މަރާލައިފިއެވެ. ބަޑިޖެހިކުއްޖާ ފަހުން ވަނީ އާންމުންގެ މީހަކު ބަޑިޖަހާ މަރާލާފައި ކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.


ބުރާސްފަތި ދުވަހު މެންދުރުފަހު އޮރެގަންގެ ސިލްވަރ ރެއިލް އެލިމެންޓަރީ ސްކޫލް ގައި ހިނގި ހާދިސާގައި ބަޑިހިފައިގެން ހުރި ކުއްޖާ ސްކޫލަށް ވަދެފައިވަނީ ތަޅުލާފައި ހުރި ދޮރެއްގެ ތަޅަށް ބަޑިޖަހާ ހަލާކުކޮށްލުމަށްފަހު ކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.
ބަޑީގެ ހަމަލާގައި މަރުވެފައިވަނީ އުމުރުން 5 އަހަރާއި 8 އަހަރު ،އަދި 11އަހަރުގެ ތިން ކުދިންނެވެ.އުމުރުން 7 އަހަރު ކުއްޖަކާއި 54 އަހަރުގެ ޓީޗަރަކު ކްރިޓިކަލް ހާލަތުގައި ހޮސްޕިޓަލަށް ގެންދެވުނެވެ.
ބަޑިޖެހި ކުއްޖާއާއި ހާދިސާ ހިނގި ސްކޫލްއާއި އެއްވެސް ގުޅުމެއް ވާކަން އަދި ނޭނގޭ ކަމަށް ޚަބަރުތައް ބުނެއެވެ.މިހާދިސާއާއި ގުޅިގެން އެންމެން ތިބީ ހައިރާންވެ ހިތާމައިން ފުރިފައިކަމަށް ލޯކަލް ސްކޫލް ޑިސްޓްރިކްޓްގެ ވެރިޔާ ވިދާޅުވެފައި ވެއެވެ. އަދި އެކޮމިޔުނިޓީ އަށް މިވަގުތު ކުރިމަތިވެފައިވާ ހިތާމަ، އިބާރާތަކުން ސިފަކޮށް ނުދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.
ފުލުހުން ހަމައެކަނި ބުނީ ހަލަލާ ދިނީ ސްކޫލް ހުރި ހިސާބުގަނޑަށް ނިސްބަތްވާ އުމުރުން 16 އަހަރުގެ ކުއްޖެއް ކަމުގައެވެ.އެކުއްޖާގެ ނުވަތަ މަރުވި ކުދިންގެ ވަނަވަރުވެސް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ އެދުވަހު ފުރަތަމަ ލިބުނީ ކާރުތަކަށް ބަޑިޖަހަމުން އުޅޭ މީހަކު އެބައުޅޭ ކަމުގެ ރިޕޯޓެވެ.އެއަށްފަހު ސްކޫލެއްގެ ތަޅު ހަލާކޮށްގެން ސްކޫލް އަށް ވަން ކަމުގެ ރިޕޯޓް ލިބުނު ކަމަށް ބުނެފައި ވެއެވެ.އަދި އޭގެ ތިންމިނިޓް ފަހުން ފުލުހުން ސްކޫލަށް ފޯރި އިރު، ބަޑިޖެހިކުއްޖާވަނީ އޭނަގެ ފަހަތުން އައި އާންމުންގެ މީހަކު ބަޑިޖަހާ މަރާލާފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެމެރިކާގެ ސްކޫލް ތަކުގައި މިފަދަ ބަޑިޖެހުމުގެ ހާދިސާތައް ގިނަވަމުން ދާތީ ގިނަ ސްކޫލްތަކުން ސަނީ ސަލާމަތީ ފިޔަވަޅުވެސް އަޅަމުންނެވެ. މިގޮތުން ހާދިސާ ހިނގި ސްކޫލަކީވެސް ސުއިޗެއް ޖައްސާލުމުން ކްލާސްރޫމް ތަޅުލެވޭ ފަދަ ޒަމާނީ ތަޅު ސިސްޓަމެއް ހަރުކޮށްފައިވާ ތަނެއް ކަމަށް ވެއެވެ.
ސިލްވަރ ރެއިލް އެލިމެންޓަރީ ސްކޫލްގައި 450 އެއްހާ ކުދިން ކިޔަވަމުންދާކަމަށް ޚަބަރު ލިބެއެވެ. އެސްކޫލްގައި 40 ޓީޗަރުން މަސައްކަތް ކުރެއެވެ.
ބަޑިޖެހުމުގެ ހާދިސާއާއިގުޅިގެން އޮރެގަން ގެ ހުރިހާ ސްކޫލްތައް ހުކުރު ދުވަހު ވަނީ ބަންދު ކޮށްފައެވެ.
އެމެރިކާގެ ސްކޫލް ޝޫޓިންގ ޑާޓާ ބޭސް ދައްކާ ގޮތުން މިދިޔަ އަހަރު 235 ސްކޫލެއްގައި ބަޑިޖެހުމުގެ ހާދިސާތައް ހިނގާފައިވާއިރު މިއަހަރުގެ މިހާތަނަށް 140 އަށް ވުރެ ގިނަ ހާދިސާތައް ހިނގާފައިވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް