ޓިބެޓަށް ބާރުގަދަ ތޫފާނެއް އައުމުގެ ސަބަބުން 16 މީހުން މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

މެގްނިޓިއުޑް 7ގެ ބާރު މިނުގައި ޓިބެޓަށް ބުރާސްފަތި ދުވަހުގެ ރޭ ބާރުގަދަ ބިންހެލުމެއް އައުމުގެ ސަބަބުން 16 މީހުން މަރުވެ 300 އަށް ވުރެ ގިނަ ގެ ވެއްޓިފައިވާކަމަށް ޚަބަރު ލިބެއެވެ.


ޗައިނާގެ ސްޓޭޓް މީޑިޔާ އާއި ހަވާލާދީ ލިބޭ ޚަބަރުތައް ބުނާގޮތުން ބިން ހެލުމާއި ގުޅިގެން އިތުރު 32 މީހުންނަށް އަނިޔާތައް ވެފައިވާއިރު އިދާރާތަކުން މިހާރުވަނީ އެހިސާބުގައި އިމަރޖެންސީ އިއުލާނުކޮށް އެހީގެ ޓީމުތައް ފޮނުވާފައެވެ.
ޓިބެޓަށް ބިންހެލުން އައިސްފައިވަނީ ނައްގޫ ރީޖަންގެ ކައުންޓީ އަކަށެވެ.މިއީ ރީޖަންގެ ކެޕިޓަލް ލާސާ އާއި 400ކިލޯމީޓަރު ދުރުގައިވާ ހިސާބެއް ކަމަށް ވެއެވެ.ބިންހެލުމުގެ ސަބަބުން މުޅި ސަރަހައްދުން ކަރަންޓު ކެނޑިފައިވާއިރު 339ގެ ހިމެނޭގޮތުން އެތައް އިމާރާތެއް ވެއްޓިފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.
ޓިބެޓަކީ ފަރުބަދަމަތީގެ ގައުމެއްކަމުން ބިންހެލުމާއި އެކު ފަރުބަދައިގެ ހިލަތައް ތިރިޔަށް ފައިބާފައިވުމުގެ ސަބަބުން އެތައްމަގެއްވެސް ބަންދުވެފައިވާ ކަމަށް ވެއެވެ.އެހެން ކަމާއެކު މަތީގެ ހިސާބުތަކަށް ފޯރުމަށް އެހީގެ ޓީމުތަކަށް ވަނީ ދަތިތައް ކުރިމަތިވެފައެވެ.
ރޭގެ ބިންހެލުމުގެ އަސަރު އެހެން ބައެއް ސިޓީ ތަކަށްވެސް ކުރިކަމަށްވެއެވެ.
ޓިބެޓަށާއި ނޭޕާލަށް މީގެ ދެމަސް ކުރިންވެސް ވަނީ ވަރަށް ވަރުގަދަ ގުދްރަތީ ކާރިސާއަކާއި ކުރިމަތިވެފައެވެ.ބޮޑު އައިސް ގަނޑެއް ވަކިވެ، ފެނަށް ބަދަލުވުމުގެ ސަބަބުން ފެންބޮޑުވެ ކިސަޑު ދެމިގެން ގޮސް އެދެގައުމުން މަދުވެގެން 1،400އެއްހާމީހުން މަރުވެ ވަނީ ވަރަށް ބޮޑެތި ގެއްލުން ވެފައެވެ.އެހާދިސާއަށް ފަހު އެތައް ސަތޭކަމީހުންނަށް އަދިވެސް ވަނީ ވީނުވީއެއް ނޭގިފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް