ޕާކިސްތާންގެ ޕެޝާވަރުގައި ސްކޫލެއްގެ ފުރާޅުން ބައެއް ވެއްޓުމުގެ ސަބަބުން 33 ކިޔަވާކުދިންނާއި ޓީޗަރުމަރުވެފައިވާ ކަމަށް ޚަބަރުލިބެއެވެ. ބުރާސްފަތިދުވަހު ހެނދުނު ހިނގި މިހާދިސާގައި އިތުރު ވިއްސަކަށް ކުދިންނަށް އަނިޔާތައް ލިބިފައިވެއެވެ. މީގެތެރެއިން ބައެއް ކުދިންނަށް ވަނީ ސީރިއަސް އަނިޔާތައް ލިބިފައެވެ.
މިހާދިސާއަށް ފަހު ސްކޫލްގެ ވެރިޔާ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.
އިމަޖެންސީ ސަރވިސް ތަކަށް ހާދިސާގެ ޚަބަރު ފުރަތަމަ ލިބުނީ އެތާގަޑިން 8:48އެހާއިރު ކަމަށް ވެއެވެ. ހާދިސާ ހިނގި ޕްރައިވެޓް އަލްޚައިރު ސްކޫލް ހުންނަނީ ފަހަރަކު ވެހިކަލް އަކަށް ވަދެވޭހާ ހަނިމަގެއްގައި ކަމުން ވެއްޓިފައިވާ ފުރާޅުގެ ދަށުން ނެރެވޭ ކުދިން ބޭރަށް ނެރުމުގައި ގިނަ ބަޔަކު ހަރަކާތްތެރި ވެފައިވެއެވެ.ވެއްޓިފައިވާ ފުރާޅުގެ ދަށުން ނެރުނު އިރު ގިނަ ކުދިން އަދި މަރުނުވާކަމަށާ ނަމަވެސް ހޮސްޕިޓަލަށް ގެންދިޔަފަހުން ނުވަތަ ގެންދިއުމުގެ މަގުމަތީގައި މަރުވެފައިވާކަމަށް ކަބަރުތައް ބުނެއެވެ.
މިހާދިސާ އާއި ގުޅިގެން ބޮޑުވަޒީރު ޝަހްބާޒްޝަރީފް ވަނީ ހިތާމަ ފާޅުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.މުޅިގައުމުވެސް މިވަގުތު ވަނީ ހިތާމައިގައި ކަމަށާ ސިއްހީ ފަރުވާ ބޭނުންވާ އެންމެނަށް ސަރުކާރުން އެޚިދުމަތް ދޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.އަދި ކިޔަވާކުދިންގެ ރައްކާތެރިކަމަށް އުނިކަން އަންނަ ގޮތަށް ގައުމުގައި އެއްވެސް ކަމެއް ހުރެގެން ނުވާނެކަމަށާ، މިއަދު ހިނގި ހާދިސާވެސް ރަގަޅަށް ތަހުގީގު ކުރަންޖެހޭނެ ކަމަށް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.
މިހާދިސާގައި މަރުވި ގިނަ ކުދިންނަކީ އުމުރުން 13 އަހަރުން ދަށުގެ ކުދިންނެވެ.
![]()
